ސިޔާސީ ވާހަކަ 2 / ދުރާލާ ދިވެހީންގެ އަޚުލާގު ހަލާކުކޮށްލުން!

https://sandhaanu.today/25689/ އާއި ގުޅޭ… ކުރީބައިގައި ބަޔާން ކުރެވުނު ފަދައިން އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެނާއި ހަމައަށް މިޤައުމު ގެނެސްދިނީ ވަރަށްވެސް ރިވެތި އުޞޫލު ތަކަކާއި މަތިވެރި އަޚުލާޤެއްގައެވެ. 18 ވަނަ ޤަރުނުގެ މަދުތެރެއިން ފެށިގެން 19 ވަނަ ޤަރުނުގެ މެދުތެރެއަށް ދުނިޔެދުށް ކާރުހާނީ އިންޤިލާބު (އިންޑަސްޓްރިއަލް ރިވޮލިއުޝަން) ގެ އަސަރު ދިވެހިރާއްޖެ އަށްވެސް ކުރިއެވެ. އެކަންވީ ގޮތަކީ ދިވެހީންގެ ތެރޭގައި އޭރު ތިބި ޕޯޗުގީޒު ފަރަންސޭސި ހުރަވީންނަކީ އިނގިރޭސި ނޫނީ ވިލާތުގެ ގޮތްފޮތާ މާރުހޭ ބަޔަކަށްވުމެވެ. އެހެނަސް އެމީސްތަކުން ކިތަންމެ ބޭނުންވިޔަސް […]
ސިޔާސީ ވާހަކަ 1 / ދިވެހީންނަށް ދިވެހީން ނޭނގުނީ ހެއްޔެވެ؟

ދިވެހީންނަކީ މީގެ އެތަކެއް ހާސް އަހަރު ކުރިއްސުރެ މި ޖަޒީރާ ތަކުގައި ވަޒަންވެރިވެ އުޅެ އަދި މިހާރުވެސް އުޅެމުން އަންނަބަޔެކެވެ. ދިވެހީންގެ ކާބަފައިން ޒަމާންތަކުގައި ދިރިއުޅުނީ ވަރަށްވެސް ރިވެތިކޮށް ބަޔަކަށް ނުދަރާ ޚުލްޤްހެޔޮ ދިރިއުޅުމެއް ގައެވެ. އެއް މޫސުމުން އަނެއް މޫސުމަށް ރަށްރަށުގެ ބޮޑުން ދިޔައީ ރަށަށް ބޭނުންވާ ކާބޯތަކެތި ރަށަށް ގެނެސް ގުދަން ކޮށްގެން އުޅެމުންނެވެ. އެޒަމާނުގައި އެކިއެކި މީސްތަކުންގެ ގޮވަތީގައި އެކި ފެންވަރުގެ ގުދަން ހުރެއެވެ. ބޭނުމަކީ ކާބޯތަކެއްޗަށް ނުޖެހި ދިރިއުޅުމެވެ. އެޒަމާނުގައިވެސް، މާނައަކީ ޤަދީމީ ޒަމާނުގައިވެސް މި […]