ފަލަސްޠީނުގެ މައްސަލައަށް ކުރުގޮތަކަށް ބަލާލުމެއް!

ފަލަސްޠީނުގެ ޣައްޒާގެ ބިންތައްވެރިކޮށް ކޮންޓްރޯލު ހޯދުމަށް ޙަމާސް ޖަމާޢަތާއި ހަނގުރާމަ ކުރަނީ، ހަމައެކަނި ޔާހޫދީންނެއް ނޫނެވެ. ފަތަޙަޖަމާޢަތުން ރާމަށް ﷲ ގައި ހިންގާ ފަލަސްޠީން އޮތޯރިޓީ ވެސް ވެސް ޝާމިލުވެ އެވެ.ފަތަޙަ ޖަމާޢަތަކީ ފަލަސްޠީނުގެ ބިންތަ ފޭރިގަތުމަށް ފަސޭހަކުރުމަށް ފަލަސްޠީނުގެ ރައްޔިތުން ދެބަޔަކަށް ބަހާލުމަށް ފަހު އެމެރިކާ އާއި އިޒްރޭލާއި ހުޅަގުގެ ޤައުމުތަކުން ފައިސާގެ އެހީތެރިވެދޭ ސެކިއުލަރ ސިޔާސަތުގެ ޖަމާޢަތެކެވެ. އެޖަމާޢަތުގެ ވެރިއަކީ މަޙްމޫދުޢައްބާސް އެވެ. ފަލަސްޠީނު އޮތޯރިޓީ އަށް މިޞްރާއި ސައޫދީ ޢަރަބިއްޔާ އާއި އުރުދުން […]
ފަނޑިޔާރުން މަދުކުރުން ގޯހެއް ނޫން!

ގޯސްވީ އެކަން ކުރަން ޤަޞްދުކުރި ގޮތް ސްޕްރީމް ކޯޓަކީ ކޮންމެ ވެރިކަމަކަށް ވެސް މުހިއްމު ތަނެކެވެ. އެހެންކަމުން އެއިރަކު ވެރިކަމުގައި ތިބޭބަޔަކަށް ސްޕްރީމް ކޯޓުގެ މައްޗަށް އިތުބާރު އޮތުން ވެސް މުހިއްމު ވެއެވެ. ރާއްޖޭގައި ނޫނަސް މިކަން އޮންނަނީ މިގޮތަށެވެ. ވީމާ 7ން 5ށް ފަނޑިިޔާރުން މަދުކުރުމަކީ މައްސަލައެއް ނޫނެވެ. ގޯސްވީ އެކަން ކުރަން އުޅުނުގޮތެވެ. ރާއްޖޭގައި ސްޕްރީމް ކޯޓު އުފެދުނު ފަހުން އެކޯޓަށް އެންމެ ބޮޑު ނުފޫޛެއް ފޯރުވާފައިވަނީ، އެމް.ޑީ.ޕީ އަށް ވެރިކަން ލިބުނު ދެފަހަރުކަން […]
ދިވެހިރާއްޖެ ލާމަރުކަޒު ކުރުމާއި އެއްފަސްކުރުން އޮޅިއްޖެ

އެމެރިކާގެ ބައެއް ސަރަހައްދު ތަކުގައި މީހުން ދިރިއުޅުން ތޮއް ޖެހެމުން ދިއުމުގެ ސަބަބުން ނިއުކްލިއަރ ކާރިސާއެއް ފަދަ ކަމެއް ދިމާވެއްޖެނަމަ ގައުމުގެ ރައްޔިތުންގެ ހަތަރުބައިކުޅަ ތިންބައި ވަރަށްމަދު ސިކުންތު ކޮޅެއްގައި އަނދާ އަޅިޔަށް ވެދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ކަމަށް ތަޖްރިބާކާރުންގެ ދިރާސާ ތަކަށް ޙަވާދީ ވަރަށްފަހުން ހިންދުސްތާން ޓައިމްސް ގައި ޝާއިއުކޮށްފައިވާ ރިޕޯރޓެއް ކިޔާލީމެވެ. އެ ރިޕޯރޓުގައި ބާރުއަޅާފައިވާ މައުލޫމާތުތައް އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ ވެއްޓަށް އަމާޒުކޮށްލައިފިނަމަ ނިއުކްލިއަރ ކާރިސާއެއް ނޫނަސް ހިތަށް ބިރުވެރިކަމާއި ނުތަނަވަސްކަން ވައްދައިދޭނެއެވެ. […]
މެދުއިރުމަތީގެ ބައެއް ގައުމުތަކުން ޝެންގަން ސްޓައިލް ވިސާ ތަޢާރުފް ކުރަނީ

ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމުގެ ބޭނުމުގައި މެދުއިރުމަތީގެ ބައެއް ގައުމުތަކަށް އެއްވިސާއެއްގައި ދަތުރުކުރެވޭނެ އިންތިޒާމް މިއަންނަ ޑިސެމްބަރު މަހުގެތެރޭގައި ތަޢާރުފް ކުރެވިގެން ދާނެކަމަށް ޓްރެވަލް އެންޑް ޓުއަރ ވޯލްޑުން މިއަދު ހާމަކޮށްފިއެވެ. އަލަށް ތަޢާރުފް ކުރެވޭ ވިސާގެ ދަށުން ކުވޭތާއި ބަހްރައިން އަދި ގަތަރާއި އެމިރޭޓްސް އާއި އުމާނަށާއި ސަޢޫދީ އެރޭބިޔާއަށް ދަތުރު ކުރެވޭނެއެވެ. ގަލްފުގެ 6 ގައުމަކަށް އެއް ވިސާއެއްގައި ދަތުރުކުރުމުގެ އިންތިޒާމް ހަމަޖެހިގެން މިދަނީ ގަލްފް ކޯޕަރޭޓިވް ކައުންސިލްގެ 40 ވަނަ މިނިސްޓަރުންގެ ބައްދަލުވުމުގައި […]
ފެނަކަ ސަޢީދު ހިތަށް ލޮޅުންއަރައިގެން ލަންކާއަށް ފުރައިފި

ނިމިދިޔަ ސަރުކާރުގެ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސަޢީދު ހާޓް އެޓޭކެއް ޖެހިގެން ފަރުވާ ދޭން ފަށައިފާވާ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ. ސަޢީދުގެ ގާތް ޢާއިލާ މެމްބަރަކު ބުނި ގޮތުގައި، ސަޢީދުގެ ހިތައް ލޮޅުން އެރީ މިދިޔަ އަޟްޙާ އީދު ބަންދުގެ ތެރޭގައެވެ. އަދި އޭނާ އަށް އިތުރު ފަރުވާ ދިނުމަށް އަވަށްޓެރި ސްރީލަންކާ އަށް ވަނީ ފުރުވާލާފައެވެ. ލަންކާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ސަޢީދުގެ ޙާލު މިހާރު އިތުރަށް ނުރައްކާވެފައިވާ ކަމަށް ޚަބަރު ލިބިފައިވެއެވެ. […]
މާދަމާ އިނގިރޭސި ވިލާތުގެ ޢާންމު އިންތިޚާބު މޮނިޓަރ ކުރުން މެލޭޝިޔާގެ އޭ.އެމް.އީ.ސީ. އަށް

މާދަމާ ( 2024 ޖުލައި 4 ބުރާސްފަތި ) ދުވަހަކީ އިނގިރޭސި ވިލާތަށް ވަރަށް ޚާއްސަ ދުވަހެކެވެ. އެއްޒަމާނެއްގައި މުޅިދުނިޔޭގެ ވެރިކަން ކުރި އިނގިރޭސި ވިލާތުގެ ސައިޒު ކުޑަވަމުންގޮސް މިހާރު ބައެއްފަހަރު ޖަޒީރާއެއްގެ ނަމުންވެސް މުޚާތަބު ކުރެވެމުންދާ އިނގިރޭސި ވިލާތުގެ ތާރީޚުގައި 58 ވަނަ ފަހަރު ޕާރލަމެންޓަރީ އިންތިޚާބު ބޭއްވެނީ މާދަމާއެވެ. މިފަހަރުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ އަދަދު ފާއިތުވެގެން މިދިޔަ 57 އިންތިޚާބަށްވުރެން ގިނަ ކަމަށް ޚަބަރު ލިބެމުންދެއެވެ. މިފަހަރުގެ އިންތިޚާބުގައި ޕާރލަމެންޓުގެ ޖުމުލަ 650 […]
މިއީވެސް ދުނިޔެ ދެކިފައިވާ އަދި ދެކެމުންދާ ދުވަހެކެވެ.

ވެރިކަމާއި އިއްޒަތަކީ އަމާނާތެއް ކަމުގައި ގަބޫލުކުރި އެތައް ވެރިންނަކާއި ޚަލީފާއިން ދުނިޔޭގެ ތާރީޚުގެ ފަތްފުށްތަކުން ފެނިފައި ވެއެވެ. އަދި މިހާރުވެސް މަދުންނަމަވެސް ދަނީ ފެންނަމުންނެވެ. އެ މަގުގައި އެއްބޭފުޅަކަށް ވުރެން ކުރިއަރަން މަސައްކަތް ކުރެއްވި ބޭފުޅުންވެސް މާޒީގެ ތާރީޚުން ފާހަގަ ކުރެވެއެވެ. ބައެއް ބޭފުޅުން އެހެން ބޭފުޅުންނަކީ ނަމޫނާއަކަށް ބައްލަވައި އެބޭފުޅުންގެ ފިޔަވަޅުމަތިން ހިންގެވޭތޯ ބައްލަވާފައި ވެއެވެ. އަޅުގަނޑުމެންގެ އުސްތާޒުންގެ ފިލާވަޅުތަކަށް ބަލާއިރު މި މަގުގައި އަޅުގަނޑުމެންގެ މާތް ނަބިއްޔާއާއި އެކަލޭގެފާނަށްފަހު އިސްލާމްދީނުގެ ހުންގާނުގައި ތިއްބެވި 4 […]
ސުންނީ ޝިޢާ މި ދެބައި ބޭނުންކޮށްގެން ފިތުނަ އުފައްދަން ވޭތަ؟

ސުންނީ ޝިޔާޢީ ވިޔަސް އިސްލާމްދީން ޤަބޫލުކުރާ މީހުން މާތް ﷲ ގެ އެއްކައުވަންތަކަމާއި މުޙައްމަދުގެ ފާނުގެ ރަސޫލުކަމާއި އިސްލާމްދީނުގެ ރުކުންތައް ޤަބޫލުކުރެއެވެ. ޝައްކެއްނެތި އެކަން އެނގެން ބޭނުން މީހަކަށް ބޭރުފުށުންވެސް އެނގޭވަރަށެވެ. ގުރުއާނަށް އީމާންވާ މީހުން ގުރުއާނަށް ބަރާބަރަށް އީމާން ވެއެވެ. އިންކާރެއް ނުކުރެއެވެ. ދެން ބައެއްގެ މެދުގައި ހުރި އާދަކާދައިގެ ތަފާތު ތަކަކީ ދީނުން ބޭރުވުންކަމުގައި ބެލުން ބުއްދި ގަބޫލުކުރާ ކަމެއްގެ ގޮތުގައި ނުބެލެވޭނެއެވެ. އެއީ އިސްލާމް މާއްދާ ކިޔަވައިދޭ ސްކޫލްތަކުގެ ގުރޭޑް 10 ދަރިވަރުންވެސް […]
ބައިނަލް އަގުވާމީ ހިޕޮކްރެސީ

ބައިނަލްއަޤުވާމީ ހުރިހާ ޤާނޫނަކުން މަނާކުރާ ލާއިންސާނީ އަނިޔާތައް އިޒްރޭލާއި އެމެރިކާ، ފަރަންޖީ ވިލާތާއި އަދިއިޓަލީ އާއި ފްރާންސް އާއި ޖަރުމަނާއި. މިނޫނަސް މުސްލިމުންނާއި ދެކޮޅު ޤައުމުތަކުން. ފަލަސްޠީނުގެ ރައްޔިތުންނުގައި ގަތުލު އާންމު އެހިންގަނީ ފަލަސްތީނުގެ ކޮން ކުށަކާ ލައިގެން ހެއްޔެވެ. އެއީ މިހާރުގެ އެންމެ ބޮޑު ސުވާލެވެ! ޖަވާބަކީ، ކުށަކީ ހަމައެކަނި އަޅުވެތި މުސްލިމުންނަށް ނުވާތީއެވެ. ކޮންމެ ގޮތެއް، އެމީހުންގެ ބިމާއި ގެދޮރުގައި ޢަދުއްވުން ހަދަމުން ގެންދާއިރު ބަލިކަށި ދުނިޔޭގެ އަރާމާއި ލައްޒަތަށް ހެއްލި އަޅުވެތި ބައެއްގެ ގޮތުގައި ދެން އިތުރަށް ތިބެން ބޭނުން ނުވާތީއެވެ. އަދި ފަލަސްޠީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް މަސައްކަތްކުރުމެވެ. މަސްޖިދުލް އަޤުޞާ މިނިވަންކުރަން މަސައްކަތްކުރުމެވެ. މިއީ شرعي ގޮތުން ވެސް ބައިނަލްއަޤުވާމީ ޤާނޫނުތަކުން ވެސް މަނާ ކުރާކަމެއް ނޫނެވެ. އެހެނީ ފަލަސްތީނަކީ އެމީހުންގެ ވަތަނެވެ. […]
ޑޮލަރު އޭޓީއެމް މެޝީނަތައް ހުށްޓުވާ ރުފިޔާ އަށް އިތުބާރު އުފައްދަން ޖެހޭ

ޑޮލަރުގެ ތާށިކަމުގެ ވާހަކަ ފަލަ ސުރުޚީ ތަކުން މިދުވަސްކޮޅު ނުފެނުން ނަމަވެސް، އަދިވެސް އެކަން އޮތީ ހަމަ އޮތް ގޮތަށެވެ. ބޭންކުތަކުން އެއްވެސް ވަރަށް ޑޮލަރު އަދިވެސް ވިޔާފާރިވެރިން ނާއި އެމީހުންގެ ގެދޮރު ކުއްޔަށްދީ ދަަރިން ތަޢުލީމުގ ޙާސިލުކުރުމަށް ބޭރުގައި އުޅޭ ދިވެހީންނަށް ނުލިބުމުގެ ސަބަބުން ވިޔަފާރިވެރިންނާއި އެކި ކަންކަމުގައިމިބުނި ރާއްޖެއިން ބޭރަށް ފުރާ މީހުން އަދި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް އަދިވެސް މަޖުބޭރުވެފައިވަނީ ކަޅުބާޒާރުން ޑޮލަރު ގަންނާށެވެ. އަދި އެކަޅުބާޒާރު ރަނގަޅަށް ފަސޭހައިން ހިންގައި ދިނުމަށް ބޭންކުތަކުން ވަނީ ސަރުކާރުތަކުގެ ސަޕޯޓާއި އެކު އޭޓީއެމް މެޝީންވެސް ބަހަށްޓަދީފައެވެ. ޑޮލަރުން ޢާމްދަނީ […]