ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޞާބިރު އަވަހާރަވުމާ ގުޅިގެން ތިންދުވަސް ވަންދެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމައިފި

ރާއްޖޭގެ އިޤްތިޞާދީ ދާއިރާއަށް ވަރަށްދިގު މުއްދަތެއްގައި ބިނާކުރަނިވި އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވި ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ލަޤަބް އަރުވާފައިވާ ގަލޮޅު ފިޔާތޮށިގޭ ޙަސަން ޞާބިރު އަވަހާރަވުމާ ގުޅިގެން ތިންދުވަސް ވަންދެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމައިފިއެވެ. ޙަސަން ޞާބިރު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، މިއަދުގެ ހެނދުނުގެ ވަގުތެއްގައި ޓްރީޓޮޕް ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 73 އަހަރެވެ. ޙަސަން ޞާބިރު އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި މާދަމާ، 29 ޖުލައި 2025ވާ […]

ސްރީލަންކާގެ ރައީސް ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގަންނަވައިފި

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ، ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ދައުވަތަކަށް ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ރާއްޖެއަށް ވަޑައިގަންނަވައިފިއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރައީސް ޑިސަނާޔަކެއަށް އިސްތިގުބާލުކުރެއްވީ ރައީސް މުޢިއްޒުއެވެ. އެ މަނިކުފާނަށް ރަސްމީގޮތުން މަރުޙަބާދެންނެވުމުގެ އިޙުތިފާލުތައް މިއަދު މެންދުރުފަހު ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ދަތުރުފުޅުގައި، ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރެއްވުމާމެދު، ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވާނެއެވެ. އަދި އެ މަޝްވަރާތަކާއި، ދަތުރުފުޅުގައި ނިންމެވި ނިންމެވުންތަކުގެ މައްޗަށް ބިނާކުރައްވައި، ރައީސުލްޖުމްހޫރިއްޔާ […]

މާވަށު ޒުވާނާގެ ކަރަށް ވަޅި ހަރައި މަރާލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ލ. މާވަށުގައި މިއަދު ޒުވާނެއްގެ ކަރަށް ވަޅި ހަަރައި މަރާލި ކަމަށް މައްސަލައިގައި ތުހުމަތުވާ މީހާ ހައްޔަރުކޮށްފިއެވެ. ހަމަލާދީ މަރާލާފައި ވަނީ އެ ރަށު ނަލަހިޔާ މޫސާ އިބްރާހިމް 29އ އެވެ. ފުލުހުން މިއަދު ބުނީ މާވަށުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ކަމުގެ ރިޕޯޓް މިއަދު ހެނދުނު 10 ޖެހި ފަހުން ލިބިފައިވާ ކަމަށެވެ. އަދި ޒަހަމްވި މީހާ އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައިކަމަށް ސިއްހީ މަރުކަޒާ ހަވާލާދީ […]

މާވަށުގައި ޒުވާނެއްގެ ކަރަށް ވަޅި ހަރައި މަރާލައިފި

ލ. މާވަށުގައި ޒުވާން ފިރިހެނެއްްގެ ކަރަށް ވަޅި ހަރައި މަރާލައިފިއެވެ. ހަމަލާދީ މަރާލާފައި ވަނީ އެ ރަށު ނަލަހިޔާ މޫސާ އިބްރާހިމް 29އ އެވެ. ފުލުހުން މިއަދު ބުނީ މާވަށުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ކަމުގެ ރިޕޯޓް މިއަދު ހެނދުނު 10 ޖެހި ފަހުން ލިބިފައިވާ ކަމަށެވެ. އަދި ޒަހަމްވި މީހާ އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައިކަމަށް ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުނެފައި ވެއެވެ. ފުލުހުން ދަނީ […]

ޓާމިނަލް ހުޅުވަން އެރުވި ހަވާ ގިނަސް ވޯލްޑް ރެކޯޑު ފޮތަށް!

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމުގެ ގޮތުން ރޭ ބޭއްވި ހަވާ އެރުވުމުގެ ހަރަކާތް ގިނަސް ވޯލްޑް ރެކޯޑު ފޮތަށް އަރައިފިއެވެ. އެ ރަސްމިއްޔާތުގައި މާލޭގެ ވަށައިގެން ކަނޑުގެ 16 ސަރަހައްދެއްގައި އަދި އެއާޕޯޓް ކައިރިން ތިން ސަރަހެއްދެއްގައި ވަނީ ހަވާ އަރުވާފައެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްއޭސީއެލްގެ ފަރާތުން ގިނަސް ވޯލްޑް ރެކޯޑްސްގެ ފަރާތުން ދިން ލިޔުމާ ހަވާލުވެވަޑައިގެންނެވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހް އެވެ. މި […]

މާޅޮހު ދޯންޏެއްގެ ބެޓެރި ގޮވައި ފިހުނު ދެ ބިދޭސީންނަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައި

އއ. މާޅޮހު ދޯންޏެއްގެ ބެޓެރި ގޮވައި ފިހުނު ދެ ބިދޭސީންނަށް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. މާޅޮހު ދޯނީގައި އެ ހާދިސާ ހިނގާފައި ވަނީ ރޭ 8:45 ހާއިރުއެވެ. މި ހާދިސާގައި ފިހިފައި ވަނީ އެ ދޯނީގައި މަސައްކަތްކުރާ އުމުރުން 33 އަހަރާއި 40 އަހަރުގެ އިންޑިޔާ ދެ ފިރިހެނުންނަށެވެ. އެނގިފައިވާ ގޮތުގައި އެ ދެމީހުންގެ ހަށިގަނޑުގެ ބޮޑު ބައެއް ވަނީ ފިހިފައެވެ. އެ ދެ މީހުންނަށް އެންމެ ފުރަތަމަ ފަރުވާދީފައި […]

ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އައު އިމާރާތް ހުޅުވައިފި

ޖަސްޓިސް ބިލްޑިންގ އެނެކްސްގައި ޤާއިމުކުރި ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އައު އިމާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހުޅުވައިދެއްވައިފިއެވެ. މިއަދު މެންދުރު ފަހު އޮތް ރަސްމިއްޔާތުގައި، ޝަރުޢީ ދާއިރާގެ ފަރާތުން ރައީސް މުޢިއްޒުއަށް ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ. އަދި ޖަސްޓިސް ބިލްޑިންގ އެނެކްސްގައި ދިވެހި ޤައުމީ ދިދައާއި ޖުޑީޝަރީ ދިދަ ނެގުންވެސް މި ރަސްމިއްޔާތުގައި އޮތެވެ. މި ރަސްމިއްޔާތުގައި ދިވެހި ދައުލަތުގެ އިސްވެރިންނާއި، ޝަރުޢީ ދާއިރާގެ މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވިއެވެ. ހުޅުމާލޭގައި ތަރައްޤީކުރި […]

އައިޖީއެމްއެޗްގެ އައިނު ފިހާރަ ހުޅުވައިފި

އައިޖީއެމްއެޗްގެ އައިނު ފިހާރަ، އެމް.ސީ.ޖީ.އެޗް އޮޕްޓިކަލްސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. މި ފިހާރަ ހުޅުއްވައިދެއްވާފައި ވަނީ، މިކަމަށްޓަކައި، މިއަދު އެ ހޮސްޕިޓަލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. އެމް.ސީ.ޖީ.އެޗް އޮޕްޓިކަލްސް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ ފިހާރަ ބައްލަވާލައްވާފައެވެ. އަދި އެ ފިހާރައިން ޚިދުމަތް ހޯއްދެވި ފުރަތަމަ ތިން ފަރާތާ، އައިނު ހަވާލުކޮށްދެއްވާފައި ވަނީވެސް ރައީސް މުޢިއްޒު އެވެ. މާޅެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ އެމް.ސީ.ޖީ.އެޗް އޮޕްޓިކަލްސް އިން، ލޮލުގެ ނަންބަރު […]

ހުޅުމާލޭގައި ތަރައްޤީކުރި ޑަޔަލަސިސް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

ހުޅުމާލެ ޑަޔަލަސިސް ސެންޓަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު، ރަސްމީކޮށް މިއަދު އިފުތިތާހު ކޮށްދެއްވައިފިއެވެ. މި ހަފުލާގައި ހުޅުމާލެ ޑަޔަލިސިސް ސެންޓަރ އިފުތިތާހުކުރުމުގެ ކުރިން، އައު ޢިމާރާތް ދައްކުވައިދޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލާފައިވެއެވެ. ޑަޔަލިސިސް ސެންޓަރު ރަސްމީކޮށް އިފްތިތާހް ކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ސެންޓަރު ބައްލަވާލައްވާފައެވެ. މާލެސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ މި ސެންޓަރުގައި ޖުމްލަ 30 އެނދާހުންނާނެއެވެ. ޞިއްޙީ ޚިދުމަތް ހޯދަން، ރާއްޖެއިން ބޭރަށް ދިވެހި ރައްޔިތުން ދާންޖެހޭ މައްސަލައަށް ހައްލުހޯދައި، އެކަން […]

އިންޑިއާ އިން ރާއްޖެއަށް ހެލްތު ކިއުބް ހަދިޔާކޮށްފި

އެމަޖެންސީ މެޑިކަލް ރެސްޕޮންސް ހަރުދަނާ ކުރުމަށް އިންޑިއާ އިން ރާއްޖެއަށް އާރޮގްޔާ މައިތުރީ ހެލްތު ކިއުބް ހަދިޔާކޮށްފިއެވެ. މި ހެލްތު ކިއުބް ހަވާލުކޮށްފައި ވަނީ އިއްޔެ ސަލްޓަން ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު، ހިޒް އެކްސެލެންސީ ނަރެންދްރަ މޯދީ، އާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ހެލްތު މިނިސްޓަރ އަބްދުﷲ ނާޘިމް އިބްރާހިމްގެ އިތުރުން ދެ ގައުމުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ”އަރޯގްޔާ މައިތިރީ ހެލްތު ކިއުބް“ އަކީ ޕޯޓަބަލް ހޮސްޕިޓަލެއް […]