ހިޔާ ފްލެޓް ސަރަހައްދުގައި ބޭސް ވިއްކާ ފިހާރައެއް ހުޅުވައިފި

ހުޅުމާލޭ ދަވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓް ސަރަހައްދުގައި ބޭސް ފިހާރައެއް ހުޅުވައިފިއެވެ. އިސްއެރި-2 ނަމުގައި ހުޅުވި މި ފާމަސީ ހުންނަނީ ޓަވަރު 5ގައެވެ. ގިނަ އަދަދެއްގެ ބަޔަކު މިހާރު ދިރިއުޅެމުންދާ ހިޔާ ފްލެޓް ސަރަހައްދުގައި އިތުރު ފާމަސީތައް ހުޅުވަން ވަނީ ނިންމާފައެވެ. ހައުސިން ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ހިޔާ ފްލެޓް ސަރަހައްދުގައި ތިން ފާމަސީ އާއި ތިން ކްލިނިކް ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އެޗް5ގައި ހަދާ ކްލިނިކަކާއި ފާމަސީއާއި […]

ކުޅިވަރު ބަލަން ދާ މީހުން މަދުވުމުން ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

ކުޅިވަރު މުބާރާތްތައް ބަލަން ދާ މީހުން މަދުވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައި ވާހަކަފުޅު ދައްކަވައިފިއެވެ. ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރެއްވީ ރ. މާކުރަތުގެ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނުނިމި ލަސްވާ މައްސަލައިގައި އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ކުރެއްވި ސުވާލަށް ޖަވާބު ދެއްވަން މިއަދުގެ ޖަލްސާ އަށް މަހުލޫފް ވަޑައިގެން ދެއްކެވި ވާހަކަފުޅާއި ގުޅިގެންނެވެ. މިއަހަރަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އެންމެ ބޮޑު ކުޅިވަރު މުބާރާތް […]

ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލައިފި.

ހުޅުމާލޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ މަރާލައިފިއެވެ. މައލޫމާތު ލިބިފައިވާގޮތުގައި ހުޅުމާލޭ ފުރަމަ ފިޔަވަހީގައި ހުންނަ ހާންޖީ ރެސްޓޯރަންޓްގައި މިއަދު ހަވީރު މާރާމާރީ އެއް ހިނގާފައިވަނީ ޕާކިސްތާނު މީހަކާއި ބަންގްލަދޭޝް މީހަކާ ދެމެދު އެވެ. މިހާދިސާގައި މަރުވީ އެ ރެސްޓޯރެންޓްގައި ވެއިޓަރެއްގެ ގޮތުގައި މަސައްކަތްކުރާ ބަންގްލަދޭސް މީހާއެވެ. ފުލުހުން ބުނީ މި މާރާމާރީ އާއި ގުޅިގެން ޒަހަމްވި މީހާ ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށިކަމަށެވެ. ހުޅުމާލޭ ހޮސްޕިޓަލުން ބުނީ ޒަހަމް ތަކަކާއެކު މިއަދު ހަވީރު […]

ދެ ސިޓީއަށް ރައީސުލް ޖުމުހޫރިއްޔާ ކުރެއްވި ދަތުރު ނިންމަވާލައްވާފަ މާލެ ވަޑައިގަންނަވައިފި

  ފުވައްމުލައް ސިޓީއާ އައްޑޫ ސިޓީއަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުރެއްވި 4 ދުވަހުގެ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ފުވައްމުލައް ސިޓީއާ އައްޑޫ ސިޓީއަށް ކުރެއްވި މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ފުވައްމުލައް ސިޓީއާ އައްޑޫ ސިޓީގެ ރައްޔިތުންނަށް އެ ދެކަނބަލުންގެ ފަރާތުން މާހެފުން ދެއްވާފައެވެ. މި ދެ ސިޓީގައި […]

ރައީސުލް ޖުމުހޫރިއްޔާ އައްޑޫ މީދޫ ބަނދަރު ހުޅުވައި ދެއްވައިފި

  ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ސާލިހު، އައްޑޫ ސިޓީ މީދޫގެ ބަނދަރު ރަސްމީގޮތުން ހުޅުވައިދެއްވައިފިއެވެ. އައްޑޫ ސިޓީ މީދޫ ބަނދަރު ރަސްމީގޮތުން ރައީސުލްޖުމްހޫރިއްޔާ ހުޅުވައިދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ. މީދޫ ބަނދަރުގެ މަސައްކަތް ކުރިޔަށްގެންގޮސްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމްޓީސީސީ) އިންނެވެ. މި މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމާއި ނެރު ފުންކުރުމާއި ސޭންޑް-ފިލް ބްރޭކްވޯޓަރ ހެދުމާއި 115 މީޓަރުގެ ބޭރުތޮށީ ޖެހުމާއި 496 […]

ނައިބު ރައީސް ޔޫއޭއީއަށް

  ވަރލްޑް ގަވަރންމަންޓް ސަމިޓް 2022 ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫ.އޭ.އީ) ދުބާއީއަށް ފުރާވަޑައިގެންފިއެވެ. ރައީސު އޮފީހުން ބުނީ ނައިބު ރައީސްގެ މި ދަތުރުފުޅަކީ ހަތަރު ދުވަހުގެ ދަތުރުފުޅެެއް ކަމަށެވެ. ‎މިއަހަރުގެ ވަރލްޑް ގަވަރންމަންޓް ސަމިޓްގެ ޝިއާރެއްގެ ގޮތުން ޕެންޑެމިކަށްފަހު ދުނިޔެއަށް އަންނަމުންދާ ބަދަލަށް ވެގެންދާނެގޮތް ވަޒަންކޮށް ޕެންޑަމިކް ގެ ފަހުގެ ޒަމާނެއްގެ މުސްތަގްބަލް ތަސއްވުރުކުރާނެއެވެ. މި ސަމިޓްން އެކި ގައުމުތަކުގެ ލީޑަރުންނާއި އެކިއެކި ފަންނުތަކުން ފުންނާބުއުސް ފަރާތްތަކާއި […]

މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފި

    މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއެކު ތިން މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މި ތިންމީހުންގެ ތެރެއިން ދެ މީހަކު ހައްޔަރުކުރީ މ. މުލި އިން ކަމަށާ ދެން ހައްޔަރުކރިމީހާ ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫން ކަމަށެވެ. ފުލުހުން ބުނީ މި ދެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން  އޮޕަރޭޝަނެއް ހިންގި ކަމަށެވެ. އެގޮތުން މުލީގައި މި މަހުގެ 26 ވަނަ ދުވަހު އޮޕަރޭޝަނެއް ހިންގި ކަމަށާ […]

ޓެރަރިޒަމްގެ ތުހުމަތުކޮށް އައްޑޫ ސިޓީން ގިނައަދަދެއްގެ ބަޔަކު ހައްޔަރުކޮށްފި

    ޓެރަރިޒަމްގހެ އަމަލެއް ހިންގަން އުޅުމުގެ ތުހުމަތުގައި އައްޑޫން ގިނަ އަދަދެއްގެ މީހުން މިއަދު  ހައްޔަރުކޮށްފި އެވެ. ޓެރަރިޒަމް ހަމަލާއެއް ދޭން އުޅޭކަމުގެ ތުހުމަތުގައި އައްޑޫ ސިޓީން ބަޔަކު ހައްޔަރުކުރި ކަން ފުލުހުން ވަނީ ޔަގީން ކޮށްދީފައެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޓެރަރިޒަމް އަމަލެއް ހިންގަން އުޅުމުގެ ތުހުމަތުގައި މިހާތަނަށް ނުވަ މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އަދި ފުލުހުން އަންނަނީ މި ކަމާގުޅޭ ހާއްސަ […]

ރޯދަ އަށް ހާއްސަކޮށް އިތުރު ވައްތަރުތަކުގެ މަސްދަޅުތަކެއް ތައާރަފްކުރަނީ

    ކުރިއަށް އޮތް ރޯދަ މަހަށް ހާއްސަކޮށްގެން އާ ވައްތަރުތަކެއްގެ މަސްދަޅު ތަކެއް ބާޒާރަށް ނެރެން މިފްކޯއިން ތައްޔާރުވެއްޖެއެވެ. މިފްކޯއިން ބުނީ ރޯދަމަހަށް ހާއްސަކޮށްގެން ނެރުމަށް ހަމަޖެހިފައިވަނީ ީ ބަނޑައިދޫ މަސް ދަޅާއި ސްޕައިސީ ލެމަން ވޯޓާ މަސްދަޅު ކަމަށާ މި މަސްދަޅުތައް އަންނަ ހޮނިހިރުދުވަހު ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ގިނަ ބަޔެއްގެ މެދުގައި މިހާރު މަޝްހޫރު ވެފައިވާ ހޮޓް ޕެކާއި މިހާރު ބާޒާރަށް ނެރޭ ލެމަން ވޯޓާ މަސްދަޅަކީ ވަރަށް އެއްގޮތް މަސްދަޅެވެ. […]

ފުލުހުންގެ އިންޒާރަށް ބެލުމެއްނެތި މުޒާހަރާ ބާއްވަން އިދިކޮޅުން ނިންމައިފި

    އިދިކޮޅުން މާދަމާ މާލޭގައި ބާއްވަން ރާވައިފައިވާ މުޒާހަރާ ނުބޭއްވޭނެ ކަމަށް ފުލުހުން ބުނެފައި ވަނިކޮށް އެ އެއްވުން ކުރިއަށް ދާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ. އިދިކޮޅުން ބާއްވަން ރާވަމުން އަންނަ މި އެއްވުމަކީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުލާ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުވުމަށް ”އިންޑިއާ އައުޓް“ގެ ނަމުގައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ކެމްޕެއިނުގެ އެއްވުމެކެވެ. ”ނޭވާ ހޮޅިއަށް“ ނަމުގައި ބޭއްވުމަށް […]