ގިނަ ޓީޗަރުންގެ މުސާރަ 20000 އަށް ވުރެ ބޮޑުވާނެ: އަމީރު

ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެނެސްފައިވާ ބަދަލާއިރު އެކު ގިނަ އަދަދެއްގެ ޓީޗަރުންގެ މުސާރަ 20000 ރުފިޔާ އަށްވުރެ ބޮޑުވާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިނޭންސް އަމީރު ވިދާޅުވީ ޓީޗަރުންގެ ތެރެއިން މުސާރައަށް އެންމެ ބޮޑު ބަދަލެއް އަންނާނީ ރޭންކު 2 ގެ ޓީޗަރުންގެ ކަމަށެވެ.  އެއީ 50 އިންސައްތައިގެ ކުރިއެރުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން މިހާރު 12398 ރުފިޔާގެ މުސާރައެއް ލިބޭ ޓީޗަރުންނަށް […]

އިންޑިއާ އައުޓް ކެމްޕޭން ރަމްޒުކޮށްދޭ ބޮޑު ބެނާއެއް ޕީޕީއެމް އޮފީސް އިމާރާތުގައި ހަރުކޮށްފި

އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް އިނދިކޮޅުން ފަށައިގެން އުޅޭ އިންޑިއާ އައުޓް ކެމްޕޭން ބެނާއެއް   ޕީޕީއެމް އޮފީސް ހިންގާ ހ. ހުރަފަ ގޭގެ އިމާރާތުގެ ބޭރުގައި ހަރުކޮށްފިއެވެ. އިންޑިއާ ދިދަ ކުރަހާ “ އައުޓް“ ޖަހާފައި ހަރުކޮށްފައި ހުރި މި ބޮޑު ބެނާގެ ދިގުމިނުގައި 40 ފޫޓު ހުރިއިރު ފުޅާ މިނުގައި ހުރީ 12 ފޫޓެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅު ހަރަކާތައް ހިންގުން މަނާކޮށ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހއްމަދު ސާލިހު ގަރާރެއް ނެރުއްވި […]

އެއާޕޯޓުން ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު ހޯދަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވައްކަންކުރި ކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ހޯދުމަށް އެމީހުންގެ ވީޑިއޯ ފުލުހުން އާންމުކޮށްފި އެވެ. ފުލުހުން ބުނީ އެ ވީޑިއޯއިން ފެންނަ ދެ މީހުންނަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރގެ ފަރާތުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ހިންގަމުންދާ ޕްލާންޓް އެންޑް އެނިމަލް ޔުނިޓްން މިދިޔަ ބުދަ ދުވަހު ފަތިހުގެ ވަގުތެއްގައި ވައްކަން ކޮށްފައިވާ ކަމަށް ތުހުމަތުކުރވޭ ދެ މީހުން ކަމަށެވެ. ފުލުހުން ބުނީ އެ […]

އިންތި ވަކި މީހަކަށް ވަޒީފާއެއް ހޯދުމަށް މަސައްކަތް ނުކުރާކަމަށް ވިދާޅުވުމުން ހޫނުފެނަށް

އިންތި ވަކި މީހަކަށް ވަޒީފާއެއް ހޯދުމަށް މަސައްކަތް ނުކުރާކަމަށް ވިދާޅުވުމުން ހޫނުފެނަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ވަކި މީހަކަށް ވަޒީފާ ހޯދުމަށް މަސައްކަތް ކުރި މީހެއް ނޫންކަމށް ވިދާޅުވެ ވާހަކަފުޅު ދެއްކެވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިއުން އޭނާ އަށް އަމާޒުވެއްޖެއެވެ. ސަރުކާރުން ވަޒީފާ ހޯދަން އޭނާ އެދިވަޑައިގެންފައި ނުވާނެކަމަށް ވިދާޅުވެ އިންތި ވާހަކަފުޅު ދައްކަވާފައިވަނީ ޗެއާޕާސަން ކަމުގެ އިންތިހާބުގެ ކެންޕޭން […]

ވަކީލުކަމުގެ ވަގުތީ ހުއްދަ ދޫކުރެވިފައިވާ ފަރާތްތަކުގެ ގާނޫނީ ވަކީލު ކަމުގެ ހުއްދަ ހިފަހައްޓަނީ

ގާނޫނީ ވަކީލުކަމުގެ ވަގުތީ ހުއްދަ ދޫކުރެވިފައިވާ ފަރާތްތަކުން ގާނޫނީ ވަކީލްކަމުގެ ލައިސެންސް ހޯދުމަށް ހަދަން ޖެހޭ ބާ ކައުންސިލްގެ އިމްތިހާނުގައި ބައިވެރިނުވާނަމަ، ގާނޫނީ ވަކީލު ކަމުގެ ހުއްދަ ހިފަހައްޓޭނެ ކަމަށް ބާ ކައުންސިލުން ބުނެފިއެވެ. ބާ ކައުސިލުން ބުނީ 2020 ވަނަ އަހަރު އެ ކައުންސިލުން ކުރިއަށް ގެންދިޔަ ސްޕެޝަލް ލައިސަންސިންގ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވެ ގާނޫނީ ވަކީލުކަމުގެ ވަގުތީ ހުއްދަ ދޫކުރެވިފައިވާ ފަރާތްތަކުން ޖޫން 25  ވަނަ ދުވަހު ބާއްވާ ބާ އިމްތިހާނުގައި ބައިވެރިނުވާނަމަ، އެފަރާތްތަކަށް […]

އައްޑޫ ސިޓީން ފްލެޓަށް އެދުނުފަރާތްތަކުގެ ދާއިމީ ލިސްޓް އާންމުކޮށްފި

އައްޑޫ ސިޓީގެ ހިތަދޫ އަވަށުގައި އިމާރާތްކޮށްފައިވާ ފްލެޓްތައް އދުނު ފަރާތްތަކުގެ ދާއިމީ ލިސްޓް އައްޑޫ ސިޓީ ކައުންސިލް އިން އިއުލާންކޮށްފިއެވެ. ސިޓީ ކައުންސިލުން ބުނީ  އާންމު ކޮށްފައިވާ ފްލެޓް ލިބުނު ފަރާތްތަކުގެ ލިސްޓަކީ ހިތަދޫ އަވަށުގައި އިމާރާތްކޮށްފައިވާ 264 ފްލެޓްގެ ތެރެއިން A,B,C ކެޓަގަރީގެ ބާކީހުރި 28 ފްލެޓަށް އެދުނު ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ދާއިމީ ލިސްޓް ކަމަށެވެ.  ސިޓީ ކައުންސިލުން ބުނީ ސަރުކާރުގެ ”ގެދޮރުވެރިކުރުން“ ޕްރޮގްރާމްގެ ދަށުން، އައްޑޫ ސިޓީގެ ހިތަދޫ އަވަށުގައި އިމާރާތްކޮށްފައިވާ 264 ފްލެޓްގެ […]

ވިލިމާލެ ދާއިރާގެ ޑަބްލިއުޑީސީ މެންބަރު ހޮވުން އަވަސްކޮށްފި

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން އޮންނަ ތާރީހު އިލެކްޝަންސް ކޮމިޝަނުން އަވަސްކޮށްފިއެވެ. މި ބައި އިލެކްޝަންގެ ވޯޓްލަން ކުރިން ނިންމާފައިއޮތީ އަންނަ މަހުގެ 16 ވާ ހޯމަ ދުވަހުއެވެ. އެކޮމިޝަންސް ކޮމިޝަނުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެ ތާރީހު އަވަސްކުރަން ނިންމީ، ބައި-އިލެކްޝަން ބާއްވާ ދުވަހަކީ ރަސްމީ ދުވަހަކަށް ވުމުން ގިނަ އަދަދެއްގެ ރައްޔިތުންނަށް ވޯޓުލާން ދިޔުމަށް ދަތިތަކެއް ދިމާވެދާނެތީ އަދި ވޯޓުލާ މަރުކަޒުތައް ގާއިމްކުރުމަށް ބޭނުންވާ […]

ކޮމަންޑޫގައި 30 ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަނީ

ށ. ކޮމަންޑޫގައި ހައުސިން ޔުނިޓް އަޅައި ދޭނެ ބަޔަކު ހޯދަން އިއުލާން ކޮށްފި އެވެ. ފިނޭންސް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން، ޑިޒައިން އެންޑް ބިލްޑް އުސޫލުން ށ. ކޮމަންޑޫގައި 30  ހައުސިންގ ޔުނިޓްސް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވަކާމަށެވެ. މިމަޝްރޫއަށް ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް މެއި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތުވަނީ ހުޅުވާލާފައެވެ. މި ބީލަމުގައި […]

ޓެރަރިޒަމް އަމަލު ހިންގާ ކަމަށް ތުހުމަތުކުރެވޭ މީހާ ޝަރީއަތް ނިމެންދެން ބަންދު

ހަރުކަށި ފިކުރު ފަތުރަން މަސައްކަތް ކުރާ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއތައް ތާއީދުކޮށް ސޯޝަލް މީޑިއާ މެދުވެރިކޮށް އެ ޖަމާއަތުގެ ފިކުރު ތަކަށް ހިތްވަރުދޭކަމަށް ތުހުމަތުކޮށް ހައްޔަރުކުރި ވ. ދެލްވައްތަ، ހޫދު މުހައްމަދު ޒާހިރު ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ. ހޫދު ބަންދުކުރުމަށް އަމުރުކުރީ ބަންދު މުރާޖައާ ކުރުމަށް އިއްޔެ ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމެއްގައި ދައުލަތުން އެކަމަށް އެދުމުންނެވެ. ދައުލަތުން ބުނެފައި ވަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އެކި އެކައުންޓްތަކުން އައިއެސް ޖަމާއަތައް ތާއީދުކޮށް، […]

އިސް މީހެއްގެ ގޮތުގައި ޓެރަރިޒަމް އަމަލު ހިންގާ ކަމަށް ތުހުމަތުކުރެވޭ މީހާއަށް ދައުވާކޮށްފި

ހަރުކަށި ފިކުރު ފަތުރަން މަސައްކަތް ކުރާ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއތައް ތާއީދުކޮށް ސޯޝަލް މީޑިއާ މެދުވެރިކޮށް އެ ޖަމާއަތުގެ ފިކުރު ތަކަށް ހިތްވަރުދޭކަމަށް ތުހުމަތުކޮށް ހައްޔަރުކުރި ވ. ދެލްވައްތަ، ހޫދު މުހައްމަދު ޒާހިރު ގެ މައްޗަށް ދައުވާކޮށްފި އެވެ. ހޫދު ހައްޔަރުކޮށްފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތާއި ޔޫރަޕިއަން ޔޫނިއަންގައި ހިމެނޭ ދެ ގައުމެއްގެ އިދާރާއަކާއި އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ޖެނުއަރީ މަހު ހަ ވަނަ ދުވަހުއެވެ. ޕީޖީ […]