މާލެއިން ވޭމަންޑޫއަށް ދަތުރުކުރި ދޯންޏެއް ފަަރަށް އަރައި ހާލުގައި ޖެހުނު 3 މީހަކު ސަލާމަތްކޮށްފި

މާލެއިން ވޭމަންޑޫއަށް ދަތުރުކުރި ދޯންޏެއް ފަަރަށް އަރައި ހާލުގައި ޖެހުނު 3 މީހަކު ދިވެހި ފުލުހުންގެ ޚިދުމަތުން ސަލާމަތްކޮށްފިއެވެ. ފުލުހުން މިއަދު ބުނީ މާލެއިން ފުރައިގެން ތ. ވޭމަންޑޫއަށް ދަތުރުކުރަމުންދިޔަ “އަލްމަޖްރާ“ ދޯނި ދިއްގިރި ކައިރިން ފަރަށް އަރައި ދިޔަވެ، އަޑިއަށްދާކަމުގެ މައުލޫމާތު މިއަދު ފަތިހު 5:34 އެހައިކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. ފުލުހުން ބުނީ އެ ރިޕޯޓާ ގުޅިގެން ވ. އަތޮޅު ފުލުހުން އެ ސަރަހައްދަށް ދިޔައިރު، އެ ދޯނިން ދަތުރުކުރި 3 މީހުން ހާލުގައި […]

ރާއްޖޭގެ ފުރަތަމަ ސަބްމެރިން ކޭބަލް ލޭންޑިންގ އިފްތިތާޙުކޮށްފި

ރާއްޖޭގެ ފުރަތަމަ ސަބްމެރިން ކޭބަލް ލޭންޑިންގ އިފްތިތާޙުކޮށްފިއެވެ. ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ލޯންޗުކުރި ސަބްމެރިން ކޭބަލް ލޭންޑިންގ ރަސްމީކޮށް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮއްދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލް ޠާރިޤު އިބްރާހިމް އެވެ. މިކަމާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރ ޠާރިޤު އިބްރާހިމް ވިދާޅުވެފައިވަނީ، 2005 ވަނަ އަހަރުން ފެށިގެން އުރީދޫ މޯލްޑިވްސްއިން ޑިޖިޓަލް ދަތުރުގައި އެއްވެސް ފަރާތެއް ބާކީނުކުރުމަށްޓަކައި […]

ނޯތު ހާބަރު ސަރަހައްދުގައި މިފްކޯ މަސް ފިހާރައިގެ އައުޓްލެޓެއް ހުޅުވައިފި

މާލޭ ނޯތު ހާބަރު ސަރަހައްދުގައި މިފްކޯ މަސް ފިހާރައިގެ އައުޓްލެޓެއް ހުޅުވައިފިއެވެ. މިފްކޯ އިން އިއްޔެ ބުނީ ޑިސްޓްރިބިއުޝަން ޕާޓްނާ ވިޔަފާރިތަކަށް މިހާރު ސެންޓްރަލް މާކެޓް ސަރަހައްދުގެ ތެރެއިން މިފްކޯގެ ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ ކަމަށެވެ. އެގޮތުން ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 8:30 އިން ހަވީރު 6:00 އަށް އެ އައުޓްލެޓް ވިޔަފާރި ކުރުމަށް ހުޅުވިފައި ހުންނާނެ ކަަމަށް މިފްކޯއިން ހާމަކޮށްފައި ވެއެވެ.

އާރުޓީއެލް ފެރީ ބަނުމަށް އިންޑިއާއިން 100 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފައިވޭ: ޓްރާންސްޕޯޓް މިނިސްޓްރީ

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީ ބަނުމަށް އިންޑިއާއިން 100 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ. މިކަންހާމަކުރައްވާފައި ވަނީ ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ޔާސިރު އެވެ. އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޔާސިރު ވިދާޅުވީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި އޮތީ 100 މިލިއަން ރުފިޔާ ލިބިފައި ކަމަށާއި އެ އެހީގެ ދަށުން 12 ފެރީ ބަންނާނެ ކަމަށެވެ. އަދި ޒޯން […]

ކަނޑުބޯޓަކުން ލ.މާމެންދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި

ކަނޑުބޯޓަކުން ލ.މާމެންދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ފުލުހުން އަތުލައިގެންފިއެވެ. ފުލުހުން މިއަދު ބުނީ މާމެންދޫއަށް ދަތުުރުކުރަމުންދާ ބޯޓަކުން އެ ރަށަށް މަސްތުވާތަކެތި ގެންދާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަަނުގައި މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ކަމަށެވެ. ”ޖުލައި 31 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، މާމެންދޫއަށް އެ ބޯޓު ގާތްކުރުމުން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި 115 ސެލޯފިންކޮޅު ފެނިފައިވޭ“ ފުލުހުން ބުނެފައި ވެއެވެ. އެ ބޯޓުގައި ހުރި ފޮށިގަނޑެއްގެ ތެރެއިން ފެނުނު […]

ރައީސް މުޢިއްޒަށް މަރުގެ އިންޒާރު ދިން މީހާގެ ބަންދަށް 10 ދުވަސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒަށް މަރުގެ އިންޒާރު ދިން މައްސަލާގައި ރޭ ހައްޔަރުކުރި މީހާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ. ރައީސް މުއިއްޒަށް މީހަކު މަރުގެ އިންޒާރު ދިނީ މަސްތުވާތަކެތި އެތެރެކޮށް އަދި އޭގެ ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ދިނުމަށް އެ މަނިކުފާނު ބޭނުންފުޅުވާކަން ރޭ ހާމަކުރެއްވުމުންނެވެ. ރައީސް އަށް މަރުގެ އިންޒާރު ދީފައިވަނީ ތ. ތިމަރަފުށި، މަލަސް، މަސީހު މޫސާ 25އ އެވެ. އޭނާ ވަނީ އެ މައްސަލައިގައި ރޭ […]

ރާއްޖެއާއި ސްރީލަންކާގެ ބަދަހި ގުޅުމުގެ ރަމްޒެއްގެ ގޮތުގައި ގަސް އިންދުމުގެ ހަރަކާތެއް!

ރާއްޖެއާއި ސްރީލަންކާގެ ބަދަހި ގުޅުމުގެ ރަމްޒެއްގެ ގޮތުގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ މިއަދު ހަވީރު ސަލްޓަން ޕާކުގައެވެ. މި ރަސްމިއްޔާތުގައި ފުރަމާނަ ދަތުރުފުޅެއްގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އަދި އަރިހުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. ދިވެހިރާއްޖޭގެ ”5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް“ގެ ދަށުން، ރައީސް އަނޫރާ […]

އިންޖީނު ހުއްޓުނު ”ލައިފްލައިން“ ދޯނީގައި ތިބި މީހުން ނައިފަރަށް ގެންގޮސްދީފި

މާލެއިން ފުރައިގެން 40 މީހުނާއެކު ޅ.ނައިފަރަށް ދަތުރުކުރި ”ލައިފްލައިން“ ނަމަކަށް ކިޔާ ބޯޓެއް، ކާށިދޫގެ އިރުން އިންޖީނު ހުއްޓުމާ ގުޅިގެން، އެ އުޅަނދުގައި ތިބި މީހުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ޅ.ނައިފަރަށް ގެންގޮސްދީފިއެވެ. 40 މީހުންނާ އެކު މާލެއިން ފުރައިގެން ޅ.ނައިފަރަށް ދަތުރުކުރަމުން ދަނިކޮށް އިންޖީނު ހުއްޓި ހާލުގައި ޖެހިގެން އެ ބޯޓުން އެމްއެންޑީއެފް ކޯސްޓްގާޑުގެ އެހީތެރިކަމަށް އެދިފައި ވަނީ މިއަދު ހެނދުނު 08:15 ހާއިރުއެވެ. އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ […]

މާވަށުގައި މަރާލި ޒުވާނާގެ ހަށިގަނޑު އިތުރު ތަޙްލީލުތަކަށް މާލެ ގެނެސްފި

ލ. މާވަށުގައި އިއްޔެ ވަޅިއަކުން ހަމަލާދީ މަރާލި އެ ރަށު ނަލަހިޔާ، މޫސާ އިބްރާހިމް (29އ) ގެ ހަށިގަނޑުގެ އިތުރު ތަހުލީލުތައް ހެދުމަށް މާލެ ގެނެސްފިއެވެ. ފުލުހުން މިއަދު ބުނީ އިތުރު ތަހްލީލުތައް ހެދުމަށް މޫސާ އިބްރާހިމްގެ ހަށިގަނޑު ރޭގެ ވަގުތެއްގައި މާލެ ގެނެސްފައިވާ ކަމަށެވެ. ފުލުހުން އިއްޔެ ބުނީ މާވަށުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ކަމުގެ ރިޕޯޓް އިއްޔެ ހެނދުނު 10 ޖެހި ފަހުން ލިބިފައިވާ ކަމަށެވެ. އަދި ޒަހަމްވި މީހާ އެ […]

ސްރީލަންކާގެ ރައީސަށް ދިވެހި ސަރުކާރުން ރަސްމީކޮށް މަރްޙަބާ ދަންނަވައިފި

ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެއަށް ދިވެހި ސަރުކާރުން ރަސްމީ ގޮތުން މަރްޙަބާ ދަންނަވައިފިއެވެ. މިރަސްމިއްޔާތަށް، ރައީސް ޑިސަނާޔަކެ ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ރަސްމީކޮށް މަރުހަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. ރައީސް ޑިސަނާޔަކެއަށް މަރްޙަބާ ދެންނެވުމުގެގޮތުން ދަރިވަރުންގެ ޘަޤާފީ ހުށަހެޅުމެއްގެ އިތުރުން، އެމަނިކުފާނުގެ ޝަރަފުގައި 21 ބަޑީގެ ސަލާމެއް ވަނީ އަރުވާފައެވެ. އަދި ދިވެހި އަސްކަރީން ދެ ޤައުމުގެ ޤައުމީ ސަލާމް ކުޅެފައިވެއެވެ. މި ރަސްމިއްޔާތުގައި ރައީސް ޑިސަނާޔަކެ ވަނީ، އެމަނިކުފާނުގެ ޝަރަފުގައި […]