ހިތާދޫގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ހުރި ހުރަސްތައް ރައީސްއާ ހިއްސާކުރައްވައިފި

ބ. ހިތާދޫގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ހުރި ހުރަސްތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއާ އެ ރަށު ކައުންސިލުން ހިއްސާކުރައްވައިފިއެވެ. އެ ކައުންސިލުން އެކަން ހިއްސާކުރައްވާފައި ވަނީ ރައީސް މުޢިއްޒު، މިހާރު ބ. އަތޮޅަށް ކުރައްވަމުން އަންނަ ދަތުރުފުުޅުގައި އެރަށްށް ވަޑައިގެން ހިތާދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައެވެ. އެގޮތުން އެ ބައްދަލުވުމުގައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުންގެ […]
އީޕީއޭގެ ނަން، ”އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ“ އަށް ބަދަލުކޮށްފި

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) “ ގެ ނަން، ”އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ“ އަށް މިއަދު ބަދަލުކޮށްފިއެވެ. މި ބަދަލު ގެނެސްފައި ވަނީ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ. ރައީސް އޮފީހުން ވިދާޅުވީ މި ބަދަލު ގެނެސްފައިވާކަން އިޢުލާން ކޮށްފައި ވަނީ، ނަންބަރު 2025/14 ދެންނެވުމުގައި ކަމަށެވެ. މި ބަދަލާއެކު، މިހާތަނަށް ގަވަރނިންގ ބޯޑެއްގެ ލަފާގެ ދަށުން ހިންގި އިދާރާއެއްގެ ގޮތުގައި އެ އިދާރާ އޮތް ހައިސިއްޔަތު ބަދަލުވެ، އެއީ […]
”މަޢުރިފާ“ގެ ނަމުގައި އިސްލާމީ ފޮތް މަޢުރަޒެއް ބާއްވަނީ

”މަޢުރިފާ“ ގެ ނަމުގައި އިސްލާމިކް މިނިސްޓްރީން އިސްލާމީ ފޮތް މަޢުރަޒެއް ބާއްވަން ނިންމައިފިއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މި މަޢުރަޒު ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 26 އިން 28 އަށް ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކަމަށެވެ. މި ފޮތް މައުރަޒުގެ މައުލޫއަކީ ’ފޮތްތެރިކަން – ބުއްދީގެ ކާނާ‘ އެވެ. ”މި މަޢުރަޒުގެ މަޤުސަދަކީ ފޮތް […]
4 ދުވަހުގެ ދަތުރުފުޅެއްގައި ރައީސް ބ. އަތޮޅަށް!

މާޅޮސްމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ. ރައީސްގެ މި ދަތުރުފުޅުގައި، އެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. އަދި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާނެއެވެ. އަދި މި ދަތުރުފުޅުގައި، މާޅޮސްމަޑުލު […]
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް ޣަނީ އައްޔަން ކުރައްވައިފި

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް ހެންވޭރު ހޯސްޓްސައިޑް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު އައްޔަންކުރައްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ރައީސުލްޖުމްހޫރިއްޔާ، އުއްތަމަ ފަނޑިޔާރުކަމަށް، ޢަބްދުލްޣަނީ މުޙައްމަދު، ހަމަޖެއްސެވީ ޤާނޫނުއަސާސީގެ 147 ވަނަ މާއްދާގެ ދަށުންނެވެ. މި ރަސްމިއްޔާތުގައި ޢަބްދުލްޣަނީ މުޙައްމަދަށް މަޤާމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދުއެވެ. އުއްތަމަ ފަނޑިޔާރުކަމުގެ ހުވައިކުރެއްވުމަށްފަހު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވަނީ ހުވައިގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ. މި މަގާމާއި ޙަވާލުވެވަޑައިގަތުމާއި […]
ކުޅުދުއްފުށިން ގެއްލިގެން ހޯދަމުން ދިޔަ ދުވަސްވީ މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

ހދ. ކުޅުދުއްފުށިން ގެއްލިގެން ހޯދަމުން ދިޔަ އުމުރުން ދުވަސްވީ މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. ފުލުހުންގެ މިއަދު ބުނީ ގެއްލިގެން ހޯދަމުން ދަނިކޮށް ނިޔާވެފައި އޮއްވާ ފެނުނީ ހދ. ކުޅުދުއްފުށީ، ޖިފުޑީ/ ހަސަން މޫސާ 67އ ކަމަށެވެ. ހަސަން މޫސާ މިއަދު ފަތިހު 5:00 ހާއިރު ގެއިން ނިކުމެގެން ދުވަން ދިޔަ ގޮތަށް ހަބަރެއް ނުވާކަމަށް 10:30 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. ”އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދަނިކޮށް ކުޅުދުއްފުށީ ޒޯން […]
ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރަން އެދިއްޖެ

ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރަން އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ. އެމްއެންޑީއެފުން މިއަދު ބުނީ މި ދުވަސްވަރު ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ރާއްޖެ ސަރަހައްދަށް ކުރިއަށް އޮތް ބުދަ ދުވަހާ ހަމައަށް މޫސުން ގޯސްވާނެކަމަށާއި، ޚާއްޞަކޮށް މުޅި ރާއްޖެއަށް ވިއްސާރަވެ، އާންމު ގޮތެއްގައި ވައި ބާރުވެ ކަނޑުތައް ގަދަވާނެކަމަށް، މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާ ކަމަށެވެ. “ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް އިލްތިމާސްކުރަމެވެ. އަދި މި ދުވަސްވަރަކީ ސްކޫލު […]
ބާރަށަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރި ކުރަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ހއ. ބާރަށަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތީގެ ވިޔަފާރިކޮށް އަދި މަސްތުވާތަކެތި ބޭނުންކުރާކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި 2 މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ މި އޮޕަރޭޝަން ހިންގާފައި ވަނީ ބާރަށު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން މި މަހު 3 ވަނަ ދުވަހު ކަމަށެވެ. އެގޮތުން އެ ރަށު ގެއެއް ބަލައިފާސްކުރިއިރު ވަގުތީ ބަރުދަނުގައި 5.96 ގުރާމުގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. މި […]
ބްލެކްމެއިލްކޮށްގެން ތިންލައްކައަށްވުރެ ގިނަ ރުފިޔާ ހޯދި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި

ބްލެކްމެއިލްކޮށްގެން ތިންލައްކައަށްވުރެ ގިނަ ރުފިޔާ ހޯދި މައްސަލައާއި މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ސ. ފޭދޫ / ލިލީގަސްދޮށުގެ، މުޙައްމަދު ފަވާޒު ލުޠުފީ (32އ) އާއި، މާލެ / މއ. ޔެލޯޑައިމަންޑް، އާމިނަތު ފައިނާޒް (33އ) އެވެ. ފުލުހުން ބުނީ މި ދެ މީހުން ވެސް ހައްޔަރުކޮށްފައި ވަނީ އިއްޔެ ކަމަށެވެ. މި ދެ މީހުންގެ ތެރެއިން، މުޙައްމަދު ފަވާޒު ލުޠުފީ ހައްޔަރުކޮށްފައި ވަނީ ބްލެކްމެއިލްކޮށް ބިރުދައްކައި ފައިސާ […]
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 19 އަހަރުގެ އަންހެނަކު ހިމެނޭހެން 10 މީހަކު ހައްޔަރުކޮށްފި

މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 19 އަހަރުގެ އަންހެނަކު ހިމެނޭހެން 10 މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އެ މީހުން ހައްޔަރުކޮށް، އެ މީހުންނާ ގުޅުންހުރިކަމަށް ބެލެވޭ މާލޭގެ ދެ ގެއެއް ބަލައިފާސްކުރިއިރު ތިންފުޅީ ބަނގުރާ އަދި މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. އަދި ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނީ 66.92 ގުރާމު ހުރި ކަމަށް ފުލުހުން ހާމަކުރެއެވެ. މި މަހުގެ […]