މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ބެހޭ އުސޫލު ގެޒެޓް ކޮށްފި

ދައުލަތުގެ ބަޖެޓުގެ 0.1 ޕަސެންޓް ނުވަތަ 27.9 މިލިއަން ރުފިޔާ، އަމިއްލަ މީޑިއާތަކަށް ދިނުމާ ބެހޭ އުޞޫލު މިއަދު ގެޒެޓް ކޮށްފިއެވެ. ޕަބްލިކް ސަރވިސް މީޑިއާ ފިޔަވައި އަމިއްލަ ކޮންމެ މީޑިއާ އަކަށް ވެސް ކުރިމަތި ލެވޭނެ މިންގަނޑުތައް ބަޔާން ކުރާ ’މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ބެހޭ އުޞޫލު‘ ގެ ދަށުން ފައިސާ ދޫކުރާނެ އާންމު އުޞޫލަކީ 3 ޕޭމަންޓަކަށް ބަހާލައިގެން ކަމަށް ވިޔަސް ކޮންމެ މީޑިއާ އަކަށް ވެސް ލިބޭ މިންވަރު މި އަހަރު […]

ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންނަށް ފަސް ލޯންޗް ހަދިޔާކޮށްފި

ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންނަށް ފަސް ލޯންޗު ހަދިޔާކޮށްފިއެވެ. ދޫނިދޫގައި މިއަދު ބޭއްވި ރަސްމިޔާތުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އެ އުޅަނދުތަކާ ހަވާލުވެލެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ. ޖަޕާން ސަރުކާރުގެ ފަރާތުން މި އުޅަނދުތައް ހަވާލުކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ. މި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ޖަޕާން ސަރުކާރުގެ އެހެނިހެން އިއްޒަތްތެރިން ބައިވެރިވެލެއްވިއެވެ. ކޮމިޝަނަރ އޮފް އިސްމާޢީލް […]

ޑްރަގްގެ މައްސަލައެއްގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު މަރުވެއްޖެ

ޑްރަގްގެ މައްސަލައެއްގެ ތަހުގީގަށް މާލޭގައި ހުންނަ ފުލުހުންގެ ކަސްޓަޑީގައި ބަންދުކޮށްފައި ހުރި މީހަކު މަރުވެއްޖެއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު ކަމަށް ފުލުހުން ހާމަކުރެއެވެ. ފުލުހުން މިއަދު ބުނީ ފުލުހުންގެ ބަންދުގައި ހުއްޓަ މަރުވެފައި ވަނީ ގ. ޒާމިއާ، މާލެ، އަހުމަދު އަފްރާހު (48އ) ކަމަށެވެ. “މިއަދު ފަތިހު 5:50 އެހާކަންހާއިރު ބެލި އިރު އަފްރާހުގެ ހަރަކާތް ހުއްޓިފައިވާ ކަމަށް ފާހަގަކުރެވުމުން އައިޖީއެމްއެޗަށް ގެންގޮސްފައިވާނެ“ ފުލުހުން ބުނެފައި ވެއެވެ.އެގޮތުން އަހުމަދު އަފްރާހު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް […]

ޒަކާތު ފަންޑުން ސްކޮލަޝިޕް ލިބުން ފަރާތްތަކަށް ލިޔުން ހަވާލުކޮށްފި

ޒަކާތު ފަންޑުން އިސްލާމީ ދާއިރާތަކުން މަތީ ތަޢުލީމް ޚާސިލްކުރުމަށްދޭ ސްކޮލަރޝިޕް އަދި ޚާއްސަ ސްކޮލަރޝިޕް ލިބުނު ފަރާތްތަކަށް މިރޭ ލިޔުުން ހަވާލުކޮށްފިއެވެ. މިކަމަށްޓަކައި މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ސްކޮލަރޝިޕް ލިބުނު ފަރާތްތަކަށް ލިއުން ހަވާލުކޮށްދެއްވީ ރައީސުލްޖުމުޙޫރިއްޔާގެ ނައިބު އަލްއުސްތާޒް ޙުސައިން މުޙައްމަދު ލަޠީފްއެވެ. މިފަހަރު ސްކޮލަރޝިޕް ލިބިފައިވަނީ ޖުމްލަ 24 ފަރާތަކަށެވެ. މީގެ ތެރޭގައި ހިމެނެނީ ފުލް ސްކޮލަރޝިޕް ލިބުނު 17 ފަރާތަކާއި ސްޓިޕެންޑް […]

ޑްރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ނުދޭން އެމްޑީއެން ހިމެނޭހެން 9 ޖަމިއްޔާއަކުން ގޮވާލައިފި

ޑްރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ނުދޭން 9 ޖަމިއްޔާއަކުން މި ސަރުކާރަށް ގޮވާލައިފިއެވެ. މި ބަޔާން ނެރުނު ރާއްޖެއިން ބޭރުގެ އެ 9 ޖަމިއްޔާގެ ތެރޭގައި ރިޕޯޓަކާ ގުޅިގެން 2019 ވަނަ އަހަރު ރާއްޖޭގައި އުވާލާފައިވާ ޖަމިއްޔާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ހިމެނެއެވެ. އެ ޖަމިއްޔާތަކުން ނެރުނު ބަޔާނުގައި ވަނީ މަރުގެ އަދަބު އެއްކޮށް އުވާލުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށާއި، ވަގުތުން ވަގުތަށް މަރުގެ އަދަބު ކަނޑައަޅާފައިވާ ހުރިހާ ހުކުމްތަކެއް ބަދަލުކުރުމަށް ސަރުކާރަށް ގޮވާލާފައެވެ. […]

ރަށްރަށުގެ ބޮޑު ހިލަޖެހުމާ ގުޅިފައިވާ މަޝްރޫޢުތަކަށް މިހާރު ވަނީ ފައިސާ ހަމަޖެހިފައި: ރައީސް

ރާއްޖޭގެ ރަށްރަށުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޢުމުރާނީ މަސައްކަތްތަކުގެ ތެރެއިން ބޮޑު ހިލަޖެހުމާ ގުޅިފައިވާ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާގެ ކަންކަން މިހާރު ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެެެއެވެ. ރައީސް މިކަން ހާމަކުރެއްވީ، މާޅޮސްމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މާޅޮހު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، މާޅޮހު ބަނދަރުގެ މައްސަލަ ހައްލުކުރެއްވުމަކީ އެ މަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދެއްކަމަށާއި، ބަނދަރުގެ މަސައްކަތް މިހާރު […]

ރައްޔިތުން އެދޭ ގޮތަށް ކަންކަން ކުރިއަށް ގެންދަން ކައުންސިލްތަކުން އެއްބާރުލުން ދޭން ޖެހޭ: ރައީސް

ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް ކައުންސިލްތަކާއި މުއައްސަސާތަކުން ހުރަސްއެޅުމުގެ ބަދަލުގައި އެއްބާރުލުން ދޭން ޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދަރަވަންދޫ ރައްޔިތުންނާ ރޭ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިޔާސީ ވިސްނުމަށް ޖާގަދެވި، ހުރަސްތަކެއް ކުރިމަތިވުމުން އެ ކަމުގެ ސަބަބުން އާޚިރުގައި ގެއްލުން ވަނީ ރައްޔިތުންނަށް ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް ފުރިހަމަ ގޮތުގައި ސަރުކާރުން ހިދުމަތް ދެވޭނެ ގޮތަށް ކަންކަން ބައްޓަންކުރުމަކީ އަބަދުވެސް ސަރުކާރުގެ […]

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނައަދަދެއްގެ ބަނގުރާ ނައްތާލައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ. ފުލުހުން މިއަދު ބުނީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ފުލުހުންގެ ބެލުުމުގެދަށުގައިހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލާފައިވާ ކަމަށެވެ. ދޫނިދޫގައި މިއަދު ނައްތާލާފައިވަނީ، ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅިފައިވާ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން ކޭސްކުރެވިފައިވާ މައްސަލަތަކުގައި ތަހުލީލު މަރުހަލާ ނިމިފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރަލާއި، ޑްރަގް އެންފޯސްމަންޓާއި، ޓޫރިސްޓު ޕޮލިހާއި، ހުޅުމާލެ ޕޮލިހުގެ ބެލުމުގެދަށަށް އެކި މައްސަލަތަކާ ގުޅިގެން ގެނެސްފައިވާ ބަނގުރާ ކަމަށް ފުލުހުން […]

ޓްރެފިކަށް ލުޔެއްދިނުމަށް މެދުޒިޔާރަތް މަގު ހުޅުވާލަނީ

ޓްރެފިކަށް ލުޔެއްދިނުމަށް މެދުޒިޔާރަތް މަގު ހުޅުވާލަން މާލެ ސިޓީ ކައުންސިލުން މަޝްވަރާކޮށްފިއެވެ. ގިނަ ސުކޫލުތަކާއި ސަލްޓަންޕާކު ހުންނަ ސަރަހައްދުގެ ޓްރެފިކަށް ލުޔެއް ހޯދައިދިނުމަށް ޓަކައި މެދު ޒިޔާރަތް މަގު ހުޅުވާލުމަށް މާލެ ސިޓީ ކައުންސިލަށް ހުށައަޅުއްވާފައި ވަނީ މޭޔަރު އާޒިމް އެވެ. މޭޔަރ ޢާޒިމް މި ކަން ކައުންސިލަށް ހުށަހެޅުއްވީ، ބުދަ ދުވަހު އޮތް މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރުގެ 207 ވަނަ ޖަލްސާގައެވެ. މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޓްރެފިކުގެ […]

ދިވެހި ބޭސްވެރިކަމަށް ބޭނުންވާ ފަތްޕިލާވެލި މާލެ ސިޓީގައި އިންދާ އާލާކުރަނީ

ދިވެހި ބޭސްވެރިކަމަށް ބޭނުންވާ ފަތްޕިލާވެލި މާލެ ސިޓީގައި އިންދާ އާލާކުރަން ނިންމައިފިއެވެ. މިކަންހާމަކުރައްވާފައި ވަނީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ދިވެހި ބޭސްވެރިންގެ ޖަމިއްޔާއާއެކު ބޭއްވި ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމަކީ ދިވެހި ބޭސްވެރިކަމުގެ ދާއިރާގައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެ ކަންކަމަށް ހައްލު ހޯދުމަށް މަޝްވަރާ ކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ. ެއެގޮތުން އެ ބައްދަލުވުމުގައި އާޒިމް ވިދާޅުވިީ ދިވެހި ބޭސްވެރިކަމުގެ ފަންނު ދިރުވައި އާލާކޮށް ހިމާޔަތް ކުރަން ޖެހިފައިވާ ކަމަށެވެ. ދިވެހި ބޭސްވެރިކަމަކީ ޒަމާނުއްސުރެ ދިވެހިން […]