ވެރިކަމަކީ ތިމާ ހަވާލުވެގަންނަ ބޮޑު މަސްއޫލިއްޔަތެއް ކަމަށް ގަބޫލު ނުކުރަނީ ކީއްވެގެން
އަޅުގަނޑުގެ މި ލިއުން ފަށައި ގަތުމުގައި އަޅުގަނޑުގެ އެދުރު ބެއަކު ވިދާޅުވި ބަސްފުޅެއް ނަކަލު ކޮށްލާނަމެވެ. އެ ބަސްފުޅު މި ލިއުމާއި މާބޮޑު ގުޅުމެއް ނެތޭ ވެސް ކިއުންތެރިން ހީކޮށްފާނެއެވެ. އެކަމަކު އަޅުގަނޑު ދެކޭ ގޮތުގައި އެއީ އަޅުގަނޑުމެންގެ ގައުމުގެ އެކި ފެންވަރުގެ ވެރިންނޭ މިކިޔާ ބޭފުޅުން ފިސާރި ރަނގަޅަށް ވިސްނާ ފިކުރު ކުރަންޖެހޭ މައްސަލައެކެވެ. ރައްޔިތުންނަށްޓަކައި ރައްޔިތުންގެ ވެރިކަމެއް ކުރަން ހަވާލުވެފައިވާތީއެވެ. އަޅުގަނޑުގެ އެދުރުބޭ ވިދާޅުވެފައި ވެއެވެ. އެއްދުވަހަކު އަމީރުލްމުއުމިނީން ޢަލީ އިބްނު އަބީ ޠާލިބު […]
ހަމާސްއިން މަޝްވަރާކުރަނީ މުޅި އެކްސިސް އޮފް ރެޒިސްޓޭންސްގެ ނަމުގައި
ރޮއިޓާރސް ބެއިރޫތުން ޚަބަރުދީފައިވާ ގޮތުގައި ހަމާސްއިން އިސްރާއީލާއެކު މަޝްވަރާކުރަމުން ގެންދަނީ ހަމައެކަނި ހަމާސްގެ ހައިސިއްޔަތުން ނޫންކަމާށާއި އެއީ މުޅި އެކްސިސް އޮފް ރެޒިސްޓޭންސްގެ ނަމުގައި ކުރެވޭ މަޝްވަރާތަކެއް ކަމަށް ހިޒްބު ގެ ލީޑަރ ސައްޔިދު ހަސަން ރޫޙާނީ ވިދާޅުވެއްޖެއެވެ. އަހަރެމެން ޖިހާދު ކުރާނީވެސް އެއް މަގްސަދެއްގައެވެ. އަހަރެމެން އެއްބަސްވުމަކަށް އަންނާނީވެސް އެންމެން އެކުގައި އެއް މަގުސަދެއްގައެވެ. ހިޒްބު އަކީ ހަނގުރާމައަށް ބިރުގަންނަ ޖަމާއަތެއް ނޫނެވެ. ހަނގުރާމަކުރަން ޖެހިއްޖެ ކޮންމެ ހާލަތެއްގައި މި ޖަމާއަތަށް ލިބިފައިވާ ހުރިހާ އާރަކާއި […]
ގްރޭޖްއޭޝަންގައި “ ފުރީ ޕަލަސްޓައިން “ ގޮވި ދަރިވަރު އެމިރެޓްސް އިން ޑިޕޯޓްކޮށްފި
ޔުނައިޓެޑް އެރެބް އެމިރެޓްސްގެ ވެރިރަށް އަބޫދާބީގައި ހުންނަ އެމެރިކަން ޔުނިވަރސިޓީ އޮފް އަބޫދާބީގައި ކިޔަވަމުންގެންދާ ދަރިވަރުންގެ ޑިޕްލޮމާ ކޯސް ނިމި ގްރޭޖުއޭޝަންގައި ސެޓްފިކެޓާ ހަވާލުވާން ދިޔަ ފިރިހެން ދަރިވަރަކު ސްޓޭޖަށް އެރުމުގެ މަގުމަތީގައި “ ފުރީ ޕެލަސްޓައިން “ ގޮވުމުން އޭނާއަށް އެމިރޭޓްސް އަށް ނާދެވޭ ގޮތަށް ޑިޕޯޓްކުރަން އެ ގައުމުން ނިންމައިފިއެވެ. އެސޯޝިއޭޓެޑް ޕްރެސްއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ ދަރިވަރު އަޅައިގެންހުރި ހެދުމުގައި އެ ވަގުތު ބޭނުންކޮށްފައިވަނީ ފަލަސްތީނުގެ ފިރިހެނުންގެ ބޮލުގައި އެޅުމަށް އާންމުކޮށް […]
އީރާނުގެ ކުރީގެ ރައީސް މަޙްމޫދު އަޙްމަދީނެޖާދުގެ ބަސްދީގަތުމަކުން ތަންކޮޅެއް
މިލިއުމުގެ ބޭނުމަކީ ކޮންމެ ގައުމެއްގައިވެސް އެ ގައުމުގެ މުސްތަގްބަލް ކަނޑައެޅުމުގައި ކިޔަވާކުދިންނާއި ޒުވާނުންގެ ދައުރުގެ މުހިންމުކަން އަޅުގަނޑުމެންގެ ދަރިވަރުންނަށް ވިސްނާދިނުމެވެ. އަޅުގަނޑުމެންގެ ގައުމުގައި ކޮލެޖްތަކާއި ޔުނިވަރސިޓީތައް ނެތް ޒަމާނުގައިވެސް އެފަދަ ޒުވާނުން ވަނީ ފެނިފައެވެ. އުތީމުގެ ތިން ޒުވާނުންނާއި ދެ ހާޖީންނާއި ދަންޑަހެލު އަދި ދޮންބަންޑާއިން ފަހުގެ ތާރީޚުގައި ޝަހީދު ހުސައިން އާދަމްގެ ވާހަކަ އަޅުގަނޑުމެންނަށް އަބަދާއި އަބަދު މި ހުންނަނީ އިވިއިވިއެވެ. ޒުވާނުންނާއި ކިޔަވާކުދިން އެ ހާދިސާތަކުން ފިލާވަޅުތަކެއް ލިބިގަތުމަށްޓަކައެވެ. ގައުމުގައި ހުރިނަމަހުރި ނުރަނގަޅު ކަމެއް ފިލުވާލުމަށެވެ. […]
ޑޯގްމުޝް ހަނގުރާމަވެރި ގަބީލާއަކީ ޢަދުވުންގެ އެޖެންޓެއް
ވެރިކަންނޫން އެހެން އެއްވެސް ކަމެއް ބޭނުން ނުވުމާއި ވެރިކަމުގެ ލައްޒަތާއިހައިބަތު ކޮންމެވެސް ވަރަކަށް ނުވަތަ ކޮންމެ ސިފައެއްގައި ލިބިފައި ހުރި ނަމަވެސް އެކަން އިތުރަށް ޙާސިލު ކުރުމަށްޓަކައި އިންސާނާގެ އިންސާނިއްޔަތުކަން ގެއްލިދެއެވެ. ނުވަތަ އެކަމުގައި ދެމިހުރުމަށްޓަކައި ކޮންމެފަދަ ކަމެއްވެސް ކުރަން ތައްޔާރަށް ހުރުމަކީ ދުނިޔޭގެ ތާރީޚުގެ ސަފްޙާތަކުން ޝައްކެއް ނެތް މިންވަރަށް ހެކި ފެންނާން ހުރިކަންކަމެކެވެ. އޭގައި އަރަތްބެއް އަޖަމީއެއް ދިވެއްސެއް ބަންގާޅީއެއް އިސްތިސްނާ ނުކުރެވޭނެއެވެ. މިއަދު މުޅިދުނިޔޭގެ އެންމެހާ ރައްޔިތުން ހިތާމަކޮށް ކަރުނަ އަޅަމުން ގެންދާ ފަލަސްތީނުގެ މައްސަލަކީ މިއަދުގެ ދުނިޔޭގެ ލޯމަތީގައި ކޮންމެ […]
މެޑިޓެރޭނިއަން ކަނޑުން ޖޯރޑަން ކޯރާ ހަމަޔަށް ފަލަސްތީނުގެ ދައުލަތެއް އުފެދޭނެ
ގަތަރުގައި ދިރިއުޅުއްވަމުން ގެންދަވާ ޙަމާސްގެ ލީޑަރ އިސްމާއީލް ޙަނިއްޔާ ހައްޔަރު ކުރުމުގެ އަމުރަކަށް ދުނިޔޭގެ އަދުލުގެ ނިޔާގެ ކޯޓުން ތައްޔާރުވަމުން ދަނިކޮށް އެމަނިކުފާނު އީރާނަށް ވަޑައިގެންފިކަމަށް އެސޯޝިއޭޓެޑް ޕްރެސް އިން ރިޕޯރޓް ކޮށްފިއެވެ. އިސްމާއީލް ޙަނިއްޔާ އީރަނަށް ވަޑައިގަތީ ހެލިކޮޕްޓަރ އެކްސިޑެންޓްގައި ޝަހީދުވި އީރާނުގެ ރައީސް އިބްރާހިމް ރައީސީ އާއި އެހެން ޢިއްޒަތްތްރިންގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށެވެ. އެ ބޭފުޅުންގެ ޖަނާޒައިގައި ވަރަށްގިނަ ގައުމުތަކުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ރަޝިޔާއާއި ޗައިނާވެސް […]
އީރާނުގެ ސިޔާސީ ކުޅިބަޔާއި ދީނީ އިމާމް އައްޔަންކުރެވެނީ ކިހެނެއް
މެދުއިރުމަތީގައި ހިނގަމުންދާ ޙަރަކާތްތައް ކޮންމެ ދުވަހަކު އެތައްފަހަރު އަޑު އިވެމުން އަދި ފެންނަމުން ދާއީރު އީރާނަކީ މެދުއިރުމަތީގެ އަރަބިންގެ ސަފުން އެއްފަރާތް ކުރެވިފައިވާ ގައުމެކޭވެސް ބައެއްފަހަރު ހީވާކަހަލައެވެ. އެހެންނަމަވެސް މެދުއިރުމަތީގައި އީރާނުން ކުޅެމުން ގެންދާ ދައުރަކީ އެކަހެރިކުރެވިދާނެ ދައުރެކޭ ނުބުނެވޭނެއެވެ. ކިއުންތެރިންނަށް މި ގެނެސްދެނީ އީރާނުގެ ސިޔާސީ ކުޅިބައި އެތުރެމުންދާ ގޮތުގެ ކުރު ޚުލާސާއެކެވެ. އީރާނުގެ އެންމެ ފަހުގެ ރައީސް އިބްރާހިމް ރައީސީގެ ކުއްލި އަވަހާރަވުމުގެ ސަބަބުން އީރާނުގެ ދާޚިލީ އަދި ޚާރިޖީ ސިޔާސަތަށް ވަގުތީ ގޮތުން ކޮންމެވެސް މިންވަރެއްގެ ސިޔާސީ ހުސްކަމެއް އައިސްފައިވާ ކަމަށް […]
ރަޝިޔާއިން އެންޓި-ސެޓެލައިޓް ހަތިޔާރު ޖައްވަށް ފޮނުވުމުން އެމެރިކާ ރުޅިގަދަވެއްޖެ
ރަޝިޔާގެ ދިފާއީ ވުޒާރާއަށް ޙަވާލަދީ ރިޕޯރޓް ކޮށްފައިވާ ގޮތުގައި ރަޝިޔާގެ ޕްލެސެސްކް ކޮސްމޯޑްރޯމް އިން ސޯޔޫޒް- ބީ 2.1 މަރުކާގެ ރޮކެޓެއް ޖައްވުތެރެއަށް އުދުއްސާލައިފިއެވެ. ރަޝިޔާގެ ރޮސްކޮސްމޯ ސްޓޭޓް ސްޕޭސް އޭޖެންސީންބުނެފައިވަނީ ކޮސްމޯސް 2576 އުދުއްސާލާފައިވަނީ ރަޝިޔާގެ ދިފާއީ ވުޒާރާގެ ބޭނުމަކަށް ކަމުގައެވެ. ސޯޔޫޒް ބީ 2.1 މަރުކާގެ ރޮކެޓް ބޭނުންކޮށްފައި ވާނީ ކޮސްމޯސް 2576 އުދުއްސާލުމަށެވެ. އެމެރިކާއިން ބުނެފައިވާ ގޮތުގައި ރަޝިޔާއިން އުދުއްސާލި އެ ހަތިޔާރަކީ ޖައްވުތެރޭގައި ޙަރަކާތްތެރި ވަމުން ގެންދާ ސެޓެލައިޓްތައް ހަލާކުކޮށްލުމުގެ ބޭނުމުގައި އުދުއްސާލި ހަތިޔާރެކެވެ. ޕެންޓަގަންގެ އޮފިޝަލުން ހާމަކޮށްފައިވާ ގޮތުގައި ހުޅަނގު ރަޝިޔާއިން […]
ޔަމަނު ހޫތީންގެ މިސައިލްތައް އަތުޖެހޭ ވަރަށްވުރެން ދުވެލި މާ ބާރު- އެމެރިކާ
ރެޑްސީގެ ތެރެއިން ދަތުރުކުރާ ބޯޓުފަހަރަށް އަމާޒުކޮށް ޙަމަލާ ދިނުމަށް ޔަމަނުގެ ހޫތީން މިހާރު ބޭނުން ކުރަމުންގެންދާ ބެލިސްޓިކް މިސައިލް ދުވެލި އަތުޖެހޭވަރަށް ވުރެން މާ ބާރު ކަމަށް ރެޑްސީގައި ޙަރަކާތްތެރި ވަމުން ގެންދާ އެމެރިކާގެ ކަނޑުސިފައިންގެ ލަޝްކަރުގައި ހިމެނޭ ޑެސްޓްރޯޔަރގެ ކެޕްޓަން ބިޒްނަސް އިންސައިޑަރ އަށް ކިޔައިދީފިއެވެ. ކެޕްޓަން އޮޅުންފިލުވާދީފައިވާ ގޮތުގައި މިއީ އެމެރިކާގެ ކަނޑުސިފައިން މީގެކުރިން ދެކިފައިނުވާ ޙާލަތެކެވެ. މިހާތަނަށް އޭގެތެރެއިން މިސައިލެއް ހަލާކު ކޮށްލެވިފައިވީނަމަވެސް އެ މިސައިލްތަކުގެ ދުވެލި އާދަޔާޚިލާފަށް ބާރުކަމުގައި ގަބޫލުކުރަން ޖެހެއެވެ. އެންޓި ޝިޕް ބެލިސްޓިކް މިސައިލަކީ މިހާތަނަށް ކުރެވުނު އެއްވެސް ހަނގުރާމައެއްގައި ބޭނުން ކޮށްފައިނުވާ ނުރައްކާތެރި […]
ރަތްކުލައިގެ އަންހެން ގެރި : އިސްލާމީ އަދި ޔަހޫދީންގެ އަގީދާއަށް ބަލާލުމެއް – 2
https://sandhaanu.today/38718/ އާއި ގުޅޭ….. ޔަހޫދީންގެ އަގީދާގައި ރޫހާނީ ގޮތުން ނުތާހިރު މީހަކަށް ވެވޭ ޙާލަތު ތަކުގެތެރޭގައި މައްޔިތަކު ގައިގާ ބިހުން ނުވަތަ މައްޔިތަކު ގައިގާ ބީހިފާހުރި މީހެއްގެ ގައިގާ ބީހުންވެސް ހިމެނެއެވެ. ގެރި ގުރުބާންކޮށްގެން ނޫނީ އެ ޙާލަތުން ތޯހިރު ވެވޭނެ މަގެއް ނެތްކަމުގެ ދެކެތެވެ. ގެރި ނުލިބި ފާއިތުވެގެން މިދާ ދެހާހެއްހާ އަހަރުދުވަހުގެ ޙާލަތަށް ވިސްނާލުމުން އެނބުރުން އަރާނެކަން ޔަގީނެވެ. މިއީ މާތް ﷲ ގެ އަމުރު ފުޅާދޭތެރޭ ސުވާލުކުރުންގިނަ ކުރުމުގެ ނަތީޖާއެއްގެ ގޮތުން އަމިއްލައަށް އެބައިމީހުން ލިބިގަތް ތަކްލީފު ތަކެކެވެ. […]