އިންޑިއާ އާއި ޕާކިސްތާނުގެ ހަމަލާތަކަށް ނިމުން އަތުވެދާނެކަމުގެ އުންމީދެއް ލިބިއްޖެ

ނިއުކްލިއަރ 2 ބާރު ކަމަށް ބެލެވޭ އިންޑިއާއާއި ޕާކިސްތާނު ދެމެދުގައި ފެށުނު ދެކޮޅުވެރި މިސައިލް ހަމަލާތަކަށް ނިމުމެއް އަތުވެދާނެކަމަށް އުންމީދު ކުރެވެން ފަށައިފިއެވެ. ދެ ގައުމުންވެސް މިހާރު ބުނަމުންގެންދަނީ އެއް ގައުމުން ހަމަލާ ނުދޭ ނަމަ އަނެއް ގައުމުންވެސް ހަމަލާ ނުދޭނެ ކަމަށެވެ. ޕާކިސްތާނުގެ ޚާރިޖީ ވަޒީރު އިސްހާގް ޑަރް ވިދާޅުވެފައިވަނީ އިންޑިއާއިން ހަމަލާ ނުދޭ ނަމަ ޕާކިސްތާނުން ހަމަލާ ނުދޭނެ ކަމަށެވެ. އިނޑިއާއިން ހަމަލާ ދީފި ނަމަ ރައްދުގައި ހަމަލާ ދޭނެކަމަށެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވެފައިވަނީ […]

އިންޑިއާއާއި ޕާކިސްތާނުން ބޮޑު ހަނގުރާމައެއްގެ ތެރަށް

ނިއުކްލިއަރ 2 ބާރު ކަމުގައިވާ އިންޑިއާއާއި ޕާކިސްތާނުން މިސައިލް ޙަމަލާތަކެއް ބަދަލު ކުރުމަށްފަހު ހުޅުވިގެންދާ ހަނގުރާމައަކަށް މިސްރާބު އަމާޒު ކުރަނީ ބާވައެވެ! މިއީ މުޅި ދުނިޔެއަށާއި އަދި ވަކިން ކާއްސަ ކޮށް މި ސަރަހައްދުގެ ގައުމުތަކަށް ވަކިން ބޮޑު ސުވާލެކެވެ. އަދި އެހެންވެއްޖެނަމަ މި ސަހައްދަށް ވަރަށް ނުރައްކާތެރި މުސީބާތަކަށް ވާނެއެވެ.                                      މިދިޔަ އޭޕްރިލް މަހުގެ 22 ވަނަދުވަހު އިންޑިއާގެ ޕަހަލްގަމްގައި ހިންގި ލޭއޮހޮރުވުމާގުޅިގެން މި ހިނގާ މޭ މަހުގެ 7 ވަނަ ދުވަހު 80 […]

މޯބައިލް ފޯނުގެ ދައުރު ބާރު ދުވެލީގައި ނިމުމަކާ ދިމާލަށް

ދުނިޔެއަށް އަންނަ ކޮންމެ ފެށުމަކަށް ނިމުމެއް އަންނާނެޔޭ ބުނާ އުސޫލުން މިއަދު އަހަރެމެންގެ އެންމެ ގާތް ރަހްމަތްތެރިއެއް ކަމަށް ބަލަމުން އަންނަ މޯބައިލް ފޯނުވެސް އަހަރެމެންނާ އަލްވިދާ ކިޔަން ކައިރިވެއްޖެ ކަހަލައެވެ. މޯބައިލް ފޯނަކާ ނުލައި ދެން ދިރިއުޅުން ހޭދަކުރާނީ ކިހެނެއްބާވައެވެ! މިއީ ކޮންމެ މީހަކުވެސް އަނެކާއާއި ކުރާނެ ސުވާލެކެވެ. ސިޓީ ބިޓީ ލިއެގެން ޖަވާބަކަށް އިންތިޒާރުކުރި ދުވަސް ހިތަށް ގެންނަންވެސް މިހާރު އުދަނގޫ ވާނެއެވެ.ޓެކްނޯލޮޖީ ކުންފުނިތަކުގެ އިރާދާއަކީ މޯބައިލް ފޯނަށްވުރެން ކުރިއަރާފައިވާ ނިޒާމެއް ދުނިޔެއަށް ގެނައުމެވެ. […]

އިންޓަރނެޓްގެ ވަސީލަތްތައް ރަޝިޔާއަށް ބްލޮކް ކޮށްލުމުގެ ސަބަބުން  ގޫގުލް ޖުރިމަނާކޮށްފި

ސަންދާނުގެ ކިއުންތެރިންނަށް އަޅުގަނޑު މިގެނެސްދެނީ މިދިޔަ ހުކުރު ދުވަހު ވައިޓްހައުސް އިން ލައިވްކޮށް އިންޑިއާގެ ވިންޓޭޖް ޗެނަލުން ފޮނުވާފައިވާ ޚަބަރެކެވެ.  އިންޓަރނެޓްގެ ވަސީލަތްތައް އިންސާނުންގެ ދިރިއުޅުމާ މިއަދު ގުޅި ލާމެހިފައިވަނީ އެއާނުލައި އިންސާނުންގެ ދިރިއުޅުމުގެ އެންމެ އާދައިގެ ބޭނުންތައްވެސް ފުރިހަމަ ނުކުރެވޭނެ މިންވަރަކަށެވެ. އެހެންނަމަވެސް މިއަދު އެ މުހިންމެ ވަސީލަތްވެސް މިއޮތީ ހުޅަނގުން ޚާއްސަކޮށް އެމެރިކާއިން ދިން އެތިކޮޅެއް ނުނީ ބޭނުން ނުކުރެވޭވަރަށް އަމިއްލަ ކޮށްލާފައެވެ.  ރަޝިޔާއިން ޔޫކްރެއިންއަށް އަރައިގަތުމާއި ގުޅިގެން ޔޫޓިއުބުން ވަނީ ރަޝިޔާގެ ޕްރޮގްރާމްތައް […]

އިސްމާޢީލް ހަނިއްޔާ ޝަހީދުކޮށްލުމާ ގުޅިގެން ދުނިޔެ

މި ލިއުމުގެ ބޭނުމަކީ ޙަމާސްގެ ލީޑަރ އިސްމާއީލް ހަނިއްޔާ ޝަހީދުކޮށްލުމާއި ގުޅިގެން ދުނިޔޭގެ ލީޑަރުން އެކަން ދެކިވަޑައިގަންނަވަމުން ގެންދަވާގޮތް ކޮންމެވެސް މިންވަރަކަށް ކިއުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.                                                                މި ލިއުމައިގެން ކުރިއަށް ދިއުމުގެ ކުރިން ޝަހީދުކޮށްލެވުނު ޙަމާސްގެ ވެރިޔާ ފަލަސްތީނުގެ ކުރީގެ ބޮޑު ވަޒީރު އިސްމާއީލް ހަނިއްޔާގެ ފުރާނަފުޅަށް މާތް ﷲ ސުވަރުގޭގައި ޝަހީދުންނަށް ޚާއްސަކުރައްވާފައިވާ ނިއުމަތް ދެއް ވުން އެދި ދުޢާކުރަމެވެ. ހަމައެއާއި އެކު އިސްމާޢީލް ހަނިއްޔާގެ އާއިލާގައި ދިރިތިއްބެވި މެމްބަރުންނަށް އިޚްލާސްތެރިކަމާއެކު ތަޢުޒިޔާ ދަންނަވަމެވެ.        […]

ރަނގަޅުގޮތަކީ ކޮބައިކަން އޮޅެނީ މިހެންވާތީ

އަޅުގަނޑުމެންގެ ކިއުންތެރިންގެ މައުލޫމާތަށްޓަކައި މިގެނެސްދެނީ ސުރުޚީގެ މައްޗަށް މިއަދު ދަ ޓެލިގްރާފުގައި ގެނެސްދީފައިވާ ރިޕޯރޓެއްގެ ތަންތަންކޮޅެވެ. ރިޕޯރޓް އެއްކޮށް ގެނެސްދީފިނަމަ ކިއުންތެރިން ހަގީގަތް ނޭގިތިބެ އިސްލާމީ ދުނިޔޭގައި ކަންތައް ހިނގަމުންދާގޮތާމެދު ކޮންމެވެސް ވަރަކަށް މާޔޫސްވުން އެކަށީގެންވާތީއެވެ. ރަނގަޅުގޮތާއި ނުބައިގޮތް އަޅާކިއުމަކީ އަޅުގަނޑުގެ މަގްސަދެއް ނުމެ ނޫނެވެ.  އަޅުގަނޑުގެ މަގްސަދަކީ ހަމައެކަނި މިއީވެސް ކަންތައްތައް ހިނގަމުންދާ ގޮތްކަން ހާމަކުރުމެވެ. ހަގީގަތް ނޭގިތިބެއޭ ދަންނަވާލަންޖެހުނީ މީޑިއާއަކީވެސް މުޅިން ހަގީގަތާ އެއްގޮތް ޚަބަރުތައް ހާމަކުރާ ވަސީލަތަށްވެސް ނުވާތީއެވެ. އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައިވެސް މިޔުޒިކާއި […]

ހިޖުރީގޮތުން 1445 އަހަރު ފުރުނުއިރު މުސްލިމުންގެ ވިސްނުމަށް އައި ބަދަލު

ހިޖުރީގޮތުން 1446 ވަނައަހަރު ފެށިފައިމިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. މީގެ 1445 އަހަރު ކުރިން ހިޖުރީ ތާރީޚު އުފަންކުރުވި އިސްލާމީ އުންމަތުގެ 2 ވަނަ ޚަލީފާ އުމަރުގެފާނުގެ ބައެއް ސިޔާސަތުގެ މައްޗަށް ތާރީޚީ އިލްމުވެރިން ވެފައިވާ އިޢުތިރާފުތަކަށް ވަރަށް ޚުލާސާ ގޮތެއްގައި ނަމަވެސް ބަލާލުން ބޭނުން ކަމުގައި އަޅުގަނޑު ދެކެމެވެ. ސުރުޚީގައި ބުނެފައިވާ ފަދައިން މިހާތަނަށް އައިއިރު އަޅުގަނޑުމެންގެ ވިސްނުމާއި ފިކުރަށް އައިސްފައިވާ ބަދަލުތައް ދެނެގަތުމަށެވެ. ފާހަގަ ކުރެވޭ ނުރަނގަޅު ކަންތައްތައް އިސްލާޙް ކުރުމަށްޓަކައެވެ.              މި ލިއުމަކީ […]

ހަމާސް ނެތިކޮށްލުމަކީ ކުރެވޭނެ ކަމެއް ނޫން

ފަލަސްތީނުގެ މުޖާހިދު ހަމާސް ޖަމާޢަތް ނެތިކޮށްލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އިސްރާއީލުންގެ މިލިޓްރީގެ އެންމެ އިސް ތަރުޖަމާނު ރިއަރ އެޑްމިރަލް ޑެނިއަލް ހަގާރީ މިއަދު އެއްބަސް ވެއްޖެއެވެ.  އެސޯޝިއޭޓެޑް ޕްރެސްއިން ރިޕޯރޓް ކޮށްފައިވާ ގޮތުން ޑެނިއަލް ހަގާރީގެ މި އެއްބަސްވުން ވެގެންދިޔައީ އިސްރާއީލް ސަރުކާރު ކަކުލުހުޅުން ދޫވެގެން ބިންމައްޗަށް ވެއްޓުނު ޚަބަރަކަށެވެ. މިހާތަނަށްވެސް އަދި މިހާރުވެސް އިސްރާއީލުގެ ހައްދުފަހަނަޅާފައިވާ އަނިޔާވެރި ބޮޑުވަޒީރު ނަތަންޔާހޫ ބުނަމުން އަންނަނީ އެމީހުންގެ މަގްސަދަކީ ޙަމާސް ވުޖޫދުން ފޮހެލުމެވެ. ދުނިޔޭގެ ކޮންމެ […]

ނެވާޑާގެ ސަހަރާއިން ގޮތްނޭންގޭ 9 ފޫޓުގެ މަހާނަ ގަލެއް ބިމުން މައްޗަށް އަރައިފި

އަނެއްކާވެސް އެމެރިކާއިން ކުއްލިއަކަށް ގޮތްނޭންގޭ މަހާނަގަލެއް ބިމުން މައްޗަށް އަރާފައި ހުއްޓާފެނިއްޖެއެވެ. މިފަހަރު މަހާނަގާ ފެނިފައިމިވަނީ ލާސްވެގާސްގެ ނެވާޑާ ސަހަރާގެ މެދުތެރެއިންނެވެ.                    އަޅުގަނޑު މިތަނުގައި ގޮތް ނޭންގޭ މަހާނަ ގަލެކޭ މިބުނީ ނެވާޑާ ސަހަރާގެ މެދުތެރޭން ފެނުނު މޮނޯލިތަކަށެވެ. މޮނޯލިތު ކުރީޒަމާނުގައި ބޭނުން ކޮށްފައިހުރީ ބޮޑެތި ބާރުތަކުން ފަތަޙަކުރާ ގައުމު ތަކުގައި އެމީހުންގެ އިން ވަކިކުރަން ބޭނުން ކުރާ ފާހަގައެއްގެ ގޮތުގައެވެ.                                           ސައެންސްވެރިން މި ފެންނަ ގޮތްނޭނެގޭ 9 ވަރަކަށް ފޫޓު ދިގު މި […]

އެމެރިކާގެ ރައީސް ބުޝްއަށް ދެވުނު ބޫޓުގެ ޙަމަލާ

އެމެރިކާގެ ރައީސް ޖޯޖް ޑަބްލިޔޫ ބުޝްގެ އޯޑަރަށް އިރާގު ސުންނާފަތި ކޮށްލުމުގެ 6 އަހަރުދުވަސް ފަހުން 2008 ޑިސެމްބަރު 14 ވަނަދުވަހު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ރައީސް ބުޝް ވާހަކަފުޅު ދައްކަވަން ހުންނަވަނިކޮށް އިރާގުގެ ނޫސްވެރިޔަކު ބޫޓުން ފޮނުވާލި ޙަމަލާ ދުނިޔޭގެ މީޑިއާ ހަނދާން ނެތިދާނެއެވެ. އެހެންނަމަވެސް އެދުވަހުވެސް އަދި މިއަދު އިރާގުގެ އެ ނޫސްވެރިޔާގެ ހިތްވަރަށް ތަރުޙީބުދޭ ކިތަންމެ ނޫސްވެރިންނެއް އެބަތިއްބެވެ. އެދުވަހު އިރާގުގެ ނޫސްވެރިޔާ މުންތަޒަރ އަލް ޒައިދީ ގެ ބޫޓު ހޫރާލުމަކުން ރައީސް […]