ރަހަފަތް:ދޮންއަނބު ޕުޑިންގ

ބޭނުންވާ ތަކެތި: 4 ދޮންއަނބު (ދިވެހި އަނބު) 1 ދަޅު ގެރިކިރު 3މލ ވެނީލާ އެސެންސް 1 ޖޯޑު ފެން 2 ސައިސަމުސާ ޒުވާރިފުށް (ކޯރން ފްލާރ) ތައްޔާރުކުރާނެ ގޮތް: އަނބު ކޮށާލުމަށްފަހު ބައިޖޯޑު ފެން އަޅައިގެން މިކްސަރުން މުގުރާލާށެވެ. ބައި ޖޯޑު ފެނާއި ގެރިކިރު އަދި ވެނީލާ އެސެންސް އަޅައިގެން މަޑުގިނީގައި އަނބު ކައްކާލާށެވެ. ކެކިގަތުމުން ފެންފޮދެއްގައި ކޯރން ފްލާރ ގިރާލާފައި އަޅާލާށެވެ. އޮލަވުމުން ބާލާފައި ތައްޓެއް ނުވަތަ ތަބަކަކަށް އެޅުމަށްފަހު އައިސްއަލަމާރީގައި ބަހައްޓާށެވެ. 4 […]

ފިހުނު ކުކުޅު

ބޭނުންވާ ތަކެތި: 1200ގ ކުކުޅެއް 2 މޭޒުމަތީސަމުސާ ލޮނުމިރުސް ހަވާދު 1 އިންޗީގެ އިނގުރުކޮޅެއް ބައި ޖޯޑު ކޮތަނބިރިފަތް (ބޮޑެތިކޮށް ކޮށާފައި) 1 ސައިސަމުސާ ބަޓަރު ލުނބޯ ކިބައެއްގެ ހުތް މެދުސައިޒުގެ ފިޔައެއް 3 ލޮނުމެދު 1 ތޮޅިމިރުސް 1 ޓޮމާޓޯ 1 ސައިސަމުސާ ލޮނު ތައްޔާރުކުރާނެ ގޮތް: ކުކުޅުގެ ހަންދަމައި ސާފުކޮށްލާށެވެ. ފައިގެ ހުޅާދިމާއިން މަސްގަނޑު ކަފާލާށެވެ. ފުރަގަހުން ފިޔަގަނޑާ ގުޅޭ ހިސާބުންވެސް ވަކިކޮށްލާށެވެ. މިހާރު ކުކުޅު ރީތިކޮށް ފަތުރާލެވޭނެއެވެ. ކުކުޅުގައި 1 އިންޗި ދުރުމިނުގައި […]

ރަހަފަތް:ޗިކަން ވިތް ބްރޮކޮލީ މިކްސް

ބޭނުންވާ ތަކެތި: ބައިކިލޯ ކުކުޅު (ކަށި ނެތް) 1 ޖޯޑު ފްރޯޒަން ބްރޮކޮލީ މިކްސް 6 ލޮނުމެދު 2 ސައިސަމުސާ މުގުރި އަސޭމިރުސް 1 ޖޯޑު ކިރު 3 ފޮތި ޗީޒް ކުޑަ ގިތެޔޮމިރުސްކޮޅެއް ކުދިކޮށް ކޮށާފައި (ކުޅިކޮށް ކާން ބޭނުންނަމަ) 2 މޭޒުމަތީސަމުސާ ބަޓަރު ތައްޔާރުކުރާނެ ގޮތް: ކުކުޅުކޮޅު ކުދިކޮށް ކޮށާލާށެވެ. ގާނާފައި ހުރި 1 ލޮނުމެދު، 1 ސައިސަމުސާ އަސޭމިރުސް، އަދި ލޮނުކޮޅެއް ކުކުޅުގައި ހާކާލުމަށްފަހު 15 ވަރަކަށް މިނިޓުވަންދެން ބަހައްޓާށެވެ. އެއަށްފަހު ބަޓަރުކޮޅެއްގައި […]

މަންމައެއްގެ ލޯބި ބަލެއްނުވާނެއެވެ.

އެ ހިތްގައިމު މާހައުލުގައި އިށީނދެލައިގެން އިންއިރު ތަފާތު އެތައް ޝުޢޫރުތަކެއް ހިތަށް އަރައިފައިބަމުންދިޔައެވެ. އެއީ މީގެ ވިހި އަހަރު ކުރީގެ ހަނދާންތަކެކެވެ. ހިތުގައި ބިންވަޅުނެގިފައިވާ ހަނދާންތަކެކެވެ. ކިތަންމެ ވަރަކަށް ބޭނުންވިއަސް އެ ހަނދާންތަކަކީ ފޮހެވޭނެ ހަނދާންތަކެއް ނޫނެވެ. ކިތަންމެ ވަރަކަށް އެކަމާ މާޔޫސްވިއަސް ހިތުން ފޮހެލާހިތްވާ ހަނދާންތަކެއް ނޫނެވެ. އަހަރެންގެ ނަމަކީ އައިޝާއެވެ. މިއީ އަހަރެންގެ ވާހަކައެވެ. ކުޑައިރުއްސުރެ އަހަރެން އުޅެމުން އައީ ތަނަވަސްކަމުގެ ތެރޭގައެވެ. ސްކޫލް ނިމުމުން މަންމަމެން ބޭނުންވީ އަހަރެން އިތުރަށް ކިޔަވާށެވެ. ރާއްޖޭން […]

ރަހަފަތް:ފިޝް ޕައި

މަސްގަނޑަށް ބޭނުންވާ ތަކެތި: 1 ދަޅު މަސް 2 މޭޒުމަތީސަމުސާ ޓޮމާޓޯ ޕޭސްޓް ބައި ސައިސަމުސާ ލޮނު މެދު ސައިޒުގެ 1 ފިޔާ 2 ލޮނުމެދު 2 ހިކަނދިފަތް 1 ސައިސަމުސާ މުގުރި މިރުސް 1 ބައި ސައިސަމުސާ މުގުރި އަސޭމިރުސް ފުށްގަނޑަށް ބޭނުންވާ ތަކެތި: 1 ޖޯޑު ފުށް 1 ސައިސަމުސާ ބޭކިންގ ޕައުޑަރު 1 ބިސް 1 މޭޒުމަތީ ސަމުސާ ބަޓަރު ކުޑަ ލޮނުކޮޅެއް ތައްޔާރުކުރާނެ ގޮތް: ބަޓަރު ދިޔާކޮށްލާށެވެ. ފުށްގަނޑަށް ބޭނުންވާ ހުރިހާ […]

ރަހަފަތް:ލޮނުމިރުހުލީ ކުކުޅު

ބޭނުންވާ ތަކެތި: 1 ކިލޯ ކުކުޅު (ކަށި ނަގާފައި) 2 މޭޒުމަތީސަމުސާ ފުނޑި ލޮނުމިރުސް 1 ސައިސަމުސާ ޓޮމާޓޯ ޕޭސްޓް 1 ސައިސަމުސާ ސޯޔާ ސޯސް 1 މޭޒުމަތީސަމުސާ ބަޓަރު ލުނބޯ ކިބައެއްގެ ހުތް މެދުސައިޒުގެ 2 ބޮޑުމިރުސް (ބެލްޕެޕަރ) ތައްޔާރުކުރާނެ ގޮތް: ކުކުޅު ކޮށާލާފައި ދޮވެލާށެވެ. ލޮނުމިރުހާއި ޓޮމާޓޯ ޕޭސްޓާއި ލުނބޯހުތާއި ސޯޔާ ސޯސް އަދި ބަޓަރު އެއްކުރުމަށްފަހު ކުކުޅުތަކުގައި ރަނގަޅަށް ހާކާލާށެވެ.  ތަވައެއް ހޫނުކުރުމަށްފަހު ކުކުޅުތައް ތަވަޔަށް އަޅާލާށެވެ. ގަދަ ގިނީގައި 1 މިނިޓުވަންދެން […]

ވަރަށް ދެރަވެއެވެ.

ވަރަށް ދެރަވެއެވެ. ޒުވާން އުމުރު ފަހަނައަޅައި ދިޔައީތީއެއް ނޫނެވެ. އެ އުމުރުގެ ބޭނުން ހެޔޮގޮތުގައި ނުހިފުނީތީއެވެ. ބޭކާރުގޮތުގައި ގިނަ ވަގުތުތައް ހޭދަކުރެވުނީތީއެވެ. ހާސިލުކުރެވުނު ކާމިޔާބީއެއް ނެތީތީއެވެ.  ވަރަށް ދެރަވެއެވެ. އެކަށީގެންވާ ތަޢުލީމެއް ހާސިލުނުކުރެވުނީތީއެވެ. ރަނގަޅު ވަޒީފާއެއް ނުލިބުނުތަނުގައި ކުރާނެ ރަނގަޅު މަސައްކަތެއްވެސް ނުލިބުނީތީއެވެ. ދިރިއުޅުން ދެކޮޅުޖެހޭވަރުގެ އާމްދަނީއެއް ލިބޭނެ މަގެއް ނެތީތީއެވެ. ވަރަށް ދެރަވެއެވެ. މައިންބަފައިންނާ ދެކޮޅަށް ކައިވެނިކުރެވުނީތީއެވެ. އަހަރެން ތަޢުލީމީ މީހަކަށް ހެދުމަށް އެމީހުން ލޯބޯ ކޮށައިގެން ހޯދައިދިން ފުރުސަތު ބޮލާލައިޖެހުނީތީއެވެ. ކުރާނެ ކަމެއް ނެތެވެ. […]

އެ ބިރުވެރި ރޭ

މިރޭވެސް ހަމަ އެއްކަލަ ގަޑީގައި އެއިވެންފެށީ އެ ބިރުވެރި އަޑެވެ. އެ އަޑު ކޮންމެ ރެއަކުވެސް ބާރަ ޖަހާއިރު އިވެއެވެ. ކަރަންޓު ކެނޑުނެވެ. އެހެން ރޭރޭވެސް ބާރައިގެފަހުން ކަރަންޓު ކެނޑެއެވެ. އެހެންވެ މިރޭ އެނދުމަތީގައި އޮތީ އުށްބައްތިއެއް ހިފައިގެންނެވެ.އުށްބައްތިއާއި ފިހިގަނޑު ހިފައިގެން އަހަރެން ކޮޓަރި ހުޅުވީމެވެ. އެވަގުތު ފެނުނު މަންޒަރަކުން ބިރުން ފުންމައިގެން ކައިރީގައި ހުރި ގޮނޑިއަށް އެރުނެވެ. އަހަރެންނަށް ފެނުނީ ރަތްކުލައިގެ ލޯތަކެކެވެ. އަނދިރިގަނޑުތެރޭން އަހަރެންނާ ދިމާއަށް ބަލަންތިއްބައެވެ. އުށްބައްތި ދިއްލާލާފައި ބަލައިލީމެވެ. އަހަރެންނަށް ފެނުނީ […]

އަނގޮޓި

ކުއްލިއަކަށް ހޭލެވުނީ ހޫނުވެގެންނެވެ. އަޑުތައް ކެނޑި ހަމަހިމޭންވެފައި އޮތުމުން ކަންފަތުގައި ހަރުލާފައިވަނީ ކަންފަތް ފޫއަޅުވާލާފަދަ ޒޫން އަޑެކެވެ. ކަރަންޓު ދިޔައީކަން ޔަގީނެވެ. ވަށައިގެން ފެތުރިފައިވާ ކަނު އަނދިރިކަމަށް ލޯ ހޭނިލަންދެން އިރުކޮޅަކު އޮތުމަށްފަހު ތެދުވީމެވެ. ކޮޓަރީގެ ދޮރު ހުޅުވައި ބޭރު ބަލައިލީމެވެ. ގޭތެރޭގައި އެއްވެސް އަލިކަމެއް ނެތެވެ. ތަންތަނުގައި އަތްހާކަމުން ގޮސް ޓޯޗު ނަގައި އަލިކޮށްލީމެވެ. ބުރޭކަރު ޗެކުކޮށްލީމެވެ. ވެއްޓިފައެއް ނެތެވެ. އެވާނީ ހިސާބުގަނޑުން ކަރަންޓު ކެނޑުނީ ކަމަށެވެ. އަނބުރާ ކޮޓަރިއަށް ވަނީމެވެ. އެދުމަތީގައި ޖައްސައިލި ވަގުތު […]

އެ ދަތުރު

”ކޮބާ ތިއްތާ؟ ނިދަނީ ދޯ އަދިވެސް!“ އަހަރެންނަށް ހޭލެވުނީ ކޮއްކޮ ގުޅީމައެވެ. ”މި ހޭލީ. ކިހިނެއްވީ؟“ އޭރު ގަޑިން މެންދުރުން އަނބުރާ އެކެއްޖެހީއެވެ.”ދަތުރު ދާންވެގެން މިއުޅެނީ. ދާނަންތަ؟“ ކޮއްކޮ ބުންޏެވެ.އެއީ ޗުއްޓީ ދުވަހެކެވެ. އަހަރެން ނިންމީ ދަތުރުދާށެވެ. އެދުވަހު ގޮސްފައި އޭގެ އަނެއް ދުވަހު އަންނަން ކުރާ ދަތުރަކަށްވާތީއެވެ. ފެރީ ފުރާގޮތަށް އޮތީ ތިންގަޑިބައިގައެވެ. ރޭގައި ކެއްކިފައި ހުރިކަން ނަސީބޭ ހިތަށްއެރިއެވެ. ދެ ކުދިންނަށް ކާންދީފައި އަވަސްއަވަހަށް ކުދިންނަށް ބޭނުންވާ އެއްޗެހި ހަމަކޮށްލީމެވެ. ގަނެލަންޖެހޭ ބައެއް އެއްޗެހި […]