ކަނޑުމަތީގެ ހާދިސާ: ކޮޅުވެއްޓިން ގެއްލުނު ދެވަނަ މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެ

ކޮޅުވެއްޓިއެއް ބަންޑުންޖަހާލައި ރޭ ހިނގި ހާދިސާގައި ގެއްލުނު ތިން މީހުންގެ ތެރޭން ދެވަނަ މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. އެމްއެންޑީއެފުން މަޢުލޫމާތު ދިންގޮތުގައި، ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާގެ ހަށިގަނޑު ފެނިފައިވަނީ މިއަދު 15:45ހާއިރުއެވެ. މި ހާދިސާގައި ގެއްލުނު ތިން މީހުންގެ ތެރޭން އަޙްމަދު ޝިފާން، ސަރުސޫނުގެ / ގއ. ދާންދޫ ފެނިފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި، ކަނޑު އަޑީގައި ނިޔާވެފައި އޮއްވައެވެ. އޭނާއާއެކު ދެން ގެއްލިފައިވަނީ އިންޑިއާ މީހަކާއި ޝްރީލަންކާ މީހެއް ކަމަށް މަޢުލޫމާތު ލިބެއެވެ. […]

ކަނޑުމަތީގެ ހާދިސާ: މުދަލާއެކު ބޯޓެއް ފެތިއްޖެ

މުދާ ބަރުކޮށްގެން، 5 މީހުންނާއެކު މާލޭން ފުރައިގެން ދަތުރުކުރަމުންދިޔަ ”ނަޞްރު“ ބޯޓު މިއަދު ފެތިއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، މި ބޯޓު ފެތިފައިވަނީ ކ. ކާށިދޫއާ ޅ އަތޮޅާ ދެމެދުގެ ސަރަހައްދަކަށެވެ. ބޯޓުން ދަތުރުކޮށްފައިވަނީ 2 ދިވެހިންނާއި 3 ބިދޭސީން ކަމަށާއި، އެމީހުން ކޯސްޓް ގާޑުން ވަނީ ޅ. ނައިފަރަށް ގެންގޮސްފައި ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެއެވެ. މި ހާދިސާއާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން އެ ޚިދުމަތުން ބަލަމުން އަންނައިރު، ބޯޓުގައި ހުރި މުދަލާއި […]

ކޮޅުވެއްޓިއެއް ބަނޑުންޖަހާލައި، އެކަކު ނިޔާވެއްޖެ

ކޮޅުވެއްޓިއެއް ބަނޑުންޖަހާލައި، އެއިން ދަތުރުކުރި އެކަކު ނިޔާވެފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދީފިއެވެ. އެމްއެންޑީއެފުން ބުނީ، މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ ރޭ މެންދަމު 3.08ގައި ކަމަށާއި، އެއާއެކު، މާލެ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ޑައިވަރުންނާއެކު އެސަރަހައްދަށް ގޮސް ކުރެވުނު މަސައްކަތުން، ކޮޅުވެއްޓީގައި ދަތުރުކުރި 7 މީހުންގެ ތެރެއިން 4 މީހުން ރޭ ސަލާމަތް ކުރެވިފައި ވާކަމަށެވެ.  ގެއްލިފައިވާ ތިން މީހުންގެ ތެރޭން އެކަކު ނިޔާވެފައިވާއިރު، އޭނާގެ ހަށިގަނޑު މިއަދު ހެނދުނު ކަނޑު އަޑިން ވަނީ ނަގާފައި ކަމަށް […]

ސިނގިރޭޓު ކޮންޓޭނަރު މައްސަލަ: ހައްޔަރުކޮށްފައިވާ ކަސްޓަމްސްގެ މުވައްޒަފު ސަސްޕެންޑްކޮށްފި

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (އެމްޕީއެލް)ގެ ހުޅުމާލޭ އިންޓަރނޭޝަނަލް ޓަރމިނަލްގައި ހުއްޓާ ގެއްލުނު 1360 ކޭސް ސިނގިރޭޓުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ ކަސްޓަމްސްގެ ސުޕްރިންޓެންޑެންޓް ޒިވާރު އިސްމާޢީލް ސަސްޕެންޑްކޮށްފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި މިކަން ވަނީ ޔަގީންކޮށްދީފައެވެ. ފުލުހުންގެ ޚިދުމަތުން ރޭ ބުނެފައިވަނީ، މި މައްސަލައާ ގުޅިގެން ޖުމުލަ 12 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައި، ފުރުން މަނާކޮށްފައި ވާކަމަށާއި، ބައެއް ތަންތަނާއި އުޅަނދުތައް ބަލައިފާސްކޮށްފައި ވާކަމަށެވެ.  ހައްޔަރުކޮށްފައިވަނީ މި ކަން ރާވައި ހިނގުމުގައި އެންމެ އިސްކޮށް […]

ހުޅުމާލޭ އެމްޕީއެލްއިން ގެއްލުނު ސިނގިރޭޓުތަކުގެ މައްސަލާގައި 4 މީހަކު ހައްޔަރުކޮށްފި

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (އެމްޕީއެލް)ގެ ހުޅުމާލޭ އިންޓަރނޭޝަނަލް ޓަރމިނަލްގައި ހުއްޓައި ގެއްލުނު 1360 ކޭސް ސިނގިރޭޓުގެ މައްސަލާގައި 4 މީހަކު ހައްޔަރުކޮށްފި ކަމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލައާ ގުޅިގެން ޖުމުލަ 12 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައި، ފުރުން މަނާކޮށްފައި ވާކަމަށާއި، ބައެއް ތަންތަނާއި އުޅަނދުތައް ބަލައިފާސްކޮށްފައި ވާކަމަށެވެ.  ހައްޔަރުކޮށްފައިވަނީ މި ކަން ރާވައި ހިނގުމުގައި އެންމެ އިސްކޮށް އުޅުނު މީހުން ކަމަށްވެސް ފުލުހުންގެ ޚިދުމަތުން ބުނެއެވެ. ހައްޔަރުކުރި މީހުންގެ […]

މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

މޫސުމާބެހޭ ޤައުމީ އިދާރާއިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ. މި ސަމާލުގެ ވަގުތު ދަމަހައްޓާފައިވަނީ މިއަދުގެ 15.00ން 21.00ށެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ، މި ވަގުތުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. މި ދުވަސްވަރަކީރާއްޖޭގެ އެކި ހިސާބުތަކަށް ހުޅަނގު މޫސުމުގެ ބާރުގަދަވެ ވިއްސާރަ ކުރަމުންދާ ދުވަސްވަރެކެވެ. ވިއްސާރާގައި ރާއްޖޭގެ […]

ދުނިޔޭގެ އިޤްތިޞާދީ ހާލަތާ ގުޅޭގޮތުން އައިއެމްއެފްގެ ބޮޑު އިންޒާރެއް

ކުރިއަށް އޮތް ފަސް އަހަރުދުވަހުގެ ތެރޭގައި އާންމު ދަރަނީގެ ނިސްބަތް، އިޤްތިޞާދުކުރެވޭ މިންވަރަށްވުރެ އިތުރުވެދާނެކަމުގެ އިންޒާރު، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ވެރިޔާ ކްރިސްޓަލީނާ ޖޯޖީވާ ދެއްވައިފިއެވެ. މިފަދައިން އިންޒާރު ދެއްވަމުން މިދިޔަ ބުދަ ދުވަހު އޭނާ ވިދާޅުވެފައިވަނީ، ސިޔާސަތުތައް އެކުލަވާލާ ފަރާތްތަކުން މިއީ ވިސްނާލަންޖެހޭ ސީރިއަސް މައްސަލައެއް ކަމަށެވެ. މީގައި އާންމު ދަރަނި ކަމަށް ބުނެފައި އެ ވަނީ ސަރުކާރުތަކާއި، ކުންފުނިތަކާއި، އަދި އަމިއްލަ ފަރާތަކުން ނަގާފައިވާ ދަރަންޏެވެ. ޖޯޖީވާ ވިދާޅުވީ، ދަރަނި ނެގުމުގެ މިންވަރު […]

މާރާމާރީގެ މައްސަލައިގައި ބަޔަކު ހައްޔަރުކޮށްފި

މާރާމާރީގެ ދެ މައްސަލައަކާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން ބަޔަކު ހައްޔަރުކޮށްފި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. މި މައްސަލާގައި އޮކްޓޯބަރު 10ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ، ގއ. މާމެންދޫ / މޯރާ، ޠާއިފް ރަފީޤު (26އ)އާއި، ގދ. ރަތަފަންދޫ / ސަންރައިސް، އަމްސަލް ޢަބްދުﷲ (25އ)އާއި، ލ. ގަން / ތުނޑި. ރޯސްބަޑް، އަޙްމަދު ނީޒާދު (29އ)އާއި، ގދ. ތިނަދޫ / ގުލްބަކާގެ، ޢަބްދުﷲ އިސްރާޤް (19އ)އާއި، ތ. ގާދިއްފުށި / މުސްތަރީގެ، ޝަމާލް ޙުސައިން […]

ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް ފޯނަކުން ފޮޓޯއެއް ލީކުވި ކަމަށް ބުނާ މައްސަލަ ދޮގުކޮށްފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށުގައި އޮތް ފޯނަކުން ފޮޓޯއެއް ލީކުވި ކަމަށް ބުނާ މައްސަލަ، އެ ޚިދުމަތުން ދޮގުކޮށްފިއެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ދާދި ފަހުން ގެނެވުނު ފޯނަކުން ފޮޓޯއެއް ލީކުވި ކަމަށް ބުނާ މައްސަލައާ ގުޅޭގޮތުން ފުލުހުންގެ ޚިދުމަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ޚިދުމަތުގެ ބެލުމުގެ ދަށަށް ގެނެވޭ މިފަދަ ތަކެތީގެ ރައްކާތެރިކަން ބައިނަލްއަޤްވާމީ މިންގަނޑަށް ހިފެހެއްޓުމަށްޓަކައި ހަރުދަނާ އުސޫލުތަކެއް ހެދިފައިވާކަމަށެވެ. ފުލުހުންގެ ތަޙުޤީޤުތައް ކުރިއަށްދަނީ ޕްރޮފެޝަނަލް ކަމާއެކު، ގާނޫނީ ހަމަތަކުގެ މަތިން، […]

ފައިސާ ދައްކައި ހަމަނުވަނީސް ފުލެޓުތައް ކުއްޔަކަށް ނުދެވޭނެ: އެފްޑީސީ

ސޯޝަލް ހައުސިންގ ސްކީމުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހިން ދޫކޮށްފައިވާ ފުލެޓުތަކުގެ އަގު ހަމަނުވަނީސް އެ ތަންތަން ކުއްޔަށް ދިނުމުގެ އިޚްތިޔާރު ލިބިދީފައި ނުވާނެކަމަށް، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްސީޑީ)އިން ބުނެފިއެވެ. އެފްޑީސީން މިހެން ބުނެފައިވަނީ، ފުލެޓުތައް ލިބުނު ހުރިހާ ފަރާތްތަކާ އެ ތަންތަން ހަވާލުކޮށް ނުނިމެނީސް، މިހާތަނަށް ފުލެޓު ހަވާލުކޮށްފައިވާ ބައެއް ފަރާތްތަކުން އެ ތަންތަން ކުއްޔަށްދޭން ފަށާފައިވާތީ، އެކަމާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައެވެ. އެފްޑީސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މިހާރުވެސް ބައެއް ފަރާތްތަކުން ފުލެޓުތައް […]