ޙައްޖުވެރިން ފުރާދުވަސްތައް އިޢުލާންކޮށްފި

ދިވެހި ޙައްޖުވެރިން ފުރާ ދުވަސްތައް، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން އިޢުލާންކޮށްފައި ވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ އެ އެ ވުޒާރާގެ ރަސްމީ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ޚަބަރެއްްގައެވެ. އެ ވުޒާރާއިން ބުނެފައިވާގޮތުގައި ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26، 27، 29 އަދި 30 ވަނަ ދުވަހުއެވެ. މިގޮތުން، 26 ވަނަ ދުވަހު 235 ޙައްޖުވެރިން، 27 ވަނަ ދުވަހު 257 ޙައްޖުވެރިން، 29 އަދި 30 ވަނަ ދުވަހު، ކޮންމެ ދުވަހަކު […]

ބޮޑުތަކުރުފާނު މަގު ހެދުމާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފި

ބޮޑުތަކުރުފާނު މަގު ހެދުމާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ސޯޝަލް މީޑިއާގައި މިއަދު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މާލޭ އުތުރު ފަރާތުން ބޮޑުތަކުރުފާނު މަގު ހެދުމާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލާފައިވާ ކަމަށެވެ. މިގޮތުން ޚިޔާލު ހުށަހެޅުމަށްޓަކައި ދީފައިވާ ކިއު އާރު ކޯޑް ސްކޭން ކުރުމަށްފަހު ޚިޔާލު ހުށަހެޅުމަށް އެ ކުންފުނިން ވަނީ އެދިފައެވެ. މީގެ އިތުުރުން، ދީފައިވާ ލިންކުގައިވާ ގޫގުލް ފޯމުންވެސް ޚިޔާލު ހުށަހެޅޭނެކަމަށް […]

މައްކާ ރޫޓް ރަސްމީކޮށް ލޯންޗުކުރުން މި މަހުގެ 26ގައި

މައްކާ ރޫޓް ރަސްމީކޮށް ލޯންޗުކުރުން މި މަހުގެ 26 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން ބުނީ މި ޙަފްލާއަށް ސަޢޫދީ ޢަރަބިއްޔާގެ މަތީފެންވަރުގެ ވަފުދެއް ވަޑައިގަންނަވާނެ ކަމަށެވެ. ޙައްޖުވެރިން ފުރުމުގެ އިންތިޒާމުތަކާއި މައްކާ ރޫޓް ތަންފީޒުކުރުމުގެ ތައްޔާރީތަކަށް، ސަޢޫދީ ޢަރަބިއްޔާގެ ފޮރިން މިނިސްޓްރީއާއި ޙައްޖު މިނިސްޓްރީއާއި އިމިގްރޭޝަނުގެ މަތީފެންވަރުގެ ޓީމެއްވެސް ވަނީ ރާއްޖެވަޑައިގެންފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، ދިވެހި ޙައްޖުވެރިންނަށް ދޭ […]

ސްކޭމް ލިންކުތަކަކާ ގުޅިގެން ސަމާލުވުމަށް އިލްތިމާސްކޮށްފި

ސްކޭމް ލިންކުތަކަކާ ގުޅިގެން، އެކަމަށް ސަމާލުވުމަށް، ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ. ފުލުހުން މަޢުލޫމާތުދޭގޮތުގައި ސްކޭމަރުން ދަނީ ޓެލެގްރާމް ބޭނުންކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ލިންކުތަކެއް ފޮނުވަމުންނެވެ. މި ލިންކުތަކުގައި ބުނެފައިވަނީ މެސެޖު ލިބޭ ފަރާތުގެ ފޮޓޯތަކެއް އެ ލިންކުގައި ހިމެނޭ ކަމަށެވެ. އެ ލިންކަށް ވަނުމުން ވެރިފިކޭޝަން ކޯޑު ހޯދުމަށް އެމީހުން މަސައްކަތްކުރާނެ ކަމަށާއި، ކޯޑު އެއްވެސް ފަރާތަކަށް ހިއްސާނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެފަދައިން ކޯޑު އެމީހުންނަށް ލިބިއްޖެނަމަ ޓެލެގްރާމް އެކައުންޓު ސްކޭމަރުންގެ ބާރުގެ ދަށަށް […]

ދަރަނި

މަރުބައްޔަކާ ހަނގުރާމަކުރަމުންދިޔަ މީހަކު ބޭސްފަރުވާ ކުރުމަށް އެހީއަށް އެދި ޕޯސްޓެއް ޖެހިއެވެ. ދެ ރަހުމަތްތެރިއަކަށް މި ޕޯސްޓު ފެނުނެވެ. އެތަނުން އެކަކު ބުންޏެވެ. އަހަރެންގެ އަތުގައި މާގިނަ ފައިސާއެއް ނެތެވެ. އެހެންނޫނަސް އެމީހާ ގަދަވާނެ ކަމުގެ އުންމީދެއް ނެތެވެ. ވީއިރު އަހަރެންގެ ފައިސާތައް ބޭކާރުކުރަންވީ ކީއްކުރަންހެއްޔެވެ؟ މިހެން ބުނެ އޭނާ އެ ފައިސާގެ އެހީ ދިނުމުން މަނާވެގަތެވެ. އަނެއް ރަހުމަތްތެރިޔާ ވަރަށް ދެރަވެފައި ބުންޏެވެ. އަހަރެންގެ އަތުގައިވެސް މާގިނަ ފައިސާއެއް ނެތެވެ. ނަމަވެސް އަހަރެން ގަބޫލުކުރާ ގޮތަކީ […]

ކުޑަކުއްޖަކު އުރައިގެން މަގު ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލަކުން ޖެހިއްޖެ

ހުޅުމާލޭގައި ކުޑަކުއްޖަކު އުރައިގެން މަގު ހުރަސްކުރަން އުޅުނު އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެންޓު ހިނގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަގޮތުގައި އަންހެންމީހާ މަގު ހުރަސްކުރަސްކުރަމުން ދަނިކޮށް ދުއްވާފައި އަންނަ ސައިކަލަކުން އޭނާގެ ގައިގައި ޖެހެއެވެ. އަދި އަންހެންމީހާއާއި ކުޑަކުއްކުއްޖާގެ އިތުރުން ސައިކަލު ދުއްވަންއިން މީހާވެސް ވެއްޓެއެވެ. މި ހާދިސާގައި ހިމެނޭ ތިން މީހުންނަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު އެންމެންނަށްވެސް ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާދީފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

ސައިކަލު ދުއްވަމުން ފޯނު ބޭނުންކުރި މީހާ ޖޫރިމަނާކޮށް، ސައިކަލު ޓޯކޮށްފި

ފޯނު ބޭނުންކުރަމުން ސައިކަލު ދުއްވާ މަންޒަރު ފެންނަ ވީޑިއޯއަކާ ގުޅިގެން ދުއްވި މީހާ ޖޫރިމަނާކޮށް، ސައިކަލު ޓޯކޮށްފިއެވެ. ފުލުހުން ބުނީ ޓްރެފިކް އިންވެސްޓިގޭޝަނުން މައްސަލަ ބެލުމަށްފަހު، ދުއްވި މީހާ 2000 ރުފިޔާއިން ޖޫރިމަނާކޮށްފައި ވާކަމަށާއި އަދި30 ދުވަހުގެ މުއްދަތަށް ސައިކަލު ޓޯކޮށްފައި ވާކަމަށެވެ. މި ވީޑިއޯއަކީ އަމިއްލަ ފަރާތަކުން މީސްމީޑިއާއަށް ދޫކޮށްލާފައިވާ ވީޑިއޯއެކެވެ. މަގު ބޭނުންކުރާ ހުރިހާ ފަރާތްތަކުން، އެންމެހާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޓްރެފިކް ގަވާއިދުތަކަށް ޙުރުމަތްތެރިކޮށްހިތުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު

މޫސުމާބެހޭ ގައުމީ އިދާރާއިން، ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފިއެވެ. ހުދު ސަމާލު ނެރެފައި ވަނީ މިއަދު މެންދުރު 11.00ން ފެށިގެން ހަވީރު 5.00އާ ހަމައަށެވެ. މި ވަގުތުގެ ތެރޭގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފުލުހުން ފޯރިމަރަނީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދުގައި ފުލުހުން ފޯރިމަރަން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދޭގޮތުގައި މިއީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރާ ކަމެކެވެ. ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ލިބިދިނުމަކީ އެންމެ ބޮޑު އަމާޒުކަމަށާއި، އަދި ރައްޔިތުންގެ އިތުބާރާއި ޝުކުރުވެރިކަމަކީ އެކަމުގައި ދެމިތިބުމަށް ލިބޭ އެންމެ ބޮޑު ހިތްވަރު ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.

ބޮޑެތި މަގުތަކުގައި ގަވައިޚިލާފަށް ޕާކުކޮށްފައިހުރި ހަތަރު ފުރޮޅުލީ އުޅަނދުތައް ނަގަން ފަށައިފި

މާލޭގެ ބޮޑެތި މަގުތަކުގައި ގަވައިދާ ޚިލާފަށް ޕާކުކޮށްފައިހުރި ހަތަރު ފުރޮޅުލީ އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. ފުލުހުން ބުނީ މިއީ އެންމެންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، މަގުތައް ބޭނުންކުރާ ފަރާތްތަކުގެ ފަސޭހައަކަށްޓަކައި ކުރާ ކަމެއް ކަމަށެވެ. ފުލުހުން މީގެ ކުރިންވެސް ވަނީ އެކިފަހަރުމަތިން، މަގުމަތީގައި ގަވައިދާ ޚިލާފަށް ބަހައްޓާފައި ހުންނަ ވެހިކަލްތައް ނަގާފައެވެ. ގަވައިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ، އަދި ބޭނުންނުކޮށް ގިނަދުވަސް ވަންދެން މަގުމަތީގައި ބަހައްޓާފައި ހުންނަ މިފަދަ އުޅަނދުތަކާ ގުޅިގެން އާންމުން ދަނީ އެކި […]