އުތުރުގެ އަތޮޅުތަކަށް ހުދު ސަމާލު

މޫސުމާބެހޭ ޤައުމީ އިދާރާއިން އުތުރުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ. މި ސަމާލު ނެރެފައިވަނީ މިއަދުގެ 15.30ން 21.30އަށެވެ. މި ވަގުތުގެ ތެރޭގައި އެ ސަރަހައްދަށް ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށާއި، އަދި އެ ސަރަހައްދުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއެވެ. ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެކަމަށް ބެލެވޭތީ، މޭ މަހުގެ 27ން ފެށިގެން 31އާ ދެމެދު އުތުރާއި މެދުރާއްޖެތެރެއަށް މޫސުން […]
ދައުލަތުގެ ބެލުމުގެދަށުގައި ތިބި ކުދިންނަށް ދިރާގުން 2 ލައްކަ ރުފިޔާގެ އެހީއެއް ދީފި

ދައުލަތުގެ ބެލުމުގެދަށުގައި ތިބި ކުދިންނަށް ދިރާގުން 230,380 (ދެލައްކަ ތިރީސްހާސް ތިންސަތޭކަ އަށްޑިހަ) ރުފިޔާގެ އެހީއެއް ދީފިއެވެ. ދިރާގުން ބުނީ މި ފައިސާގެ ތެރޭގައި ހިމެނެނީ ދިރާގުން ހަދިޔާކުރި 150،000 ރުފިޔާއާއި ރަމަޟާން މަހު ދިރާގު އެޕް މެދުވެރިކޮށް އެކި ފަރާތްތަކުން ހަދިޔާކޮށްފައިވާ ފައިސާކަމަށެވެ. ދިރާގުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، އިޖުތިމާޢީ އަދި އާޢިލީ ތަރައްޤީއާބެހޭ ވުޒާރާއާ މި ފައިސާ ހަވާލުކޮށްދެއްވީ ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިސްމާޢީލް ރަޝީދެވެ. ވުޒާރާގެ ފަރާތުން އެ ފައިސާއާ […]
ކުރިއަށް އޮތް ފަސް ދުވަހު އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެ

ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެކަމަށް ބެލެވޭތީ، މޭ މަހުގެ 27ން ފެށިގެން 31އާ ދެމެދު އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ. މި ދުވަސްވަރު އެ ސަރަހައްދުގެ ކަނޑުތައް ގަދަވާނެކަމަށާއި، އަދި ބައެއް އަތޮޅުތަކަށް ވައި ގަދަވާނެކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. މީގެއިތުރުން އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްރަށަށް ވިއްސާރަކޮށް، ގުގުރުންވެސް އެކަށީގެންވާކަމަށް އެ އިދާރާއިން ބުނެއެވެ. އެހެންކަމުން، ޚާއްޞަކޮށް ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެކުރިން މޫސުމާބެހޭ […]
އެއްދުވަހަކު ހިމާރަކާ މިނިކާވަގަކާ ދެމެދު ދެބަސްވުމެއް ހިނގިއެވެ.

ހިމާރު ބުންޏެވެ. ”ވިނަ ހުންނަނީ ނޫކުލައިގައެވެ.“ މިނިކާވަގު ބުންޏެވެ. ”ތިޔަހެންނެއް ނުވާނެއެވެ. ވިނަ ހުންނާނީ ފެހިކުލައިގައެވެ.“ މި ޒުވާބު ހޫނުވަމުންގޮސް ދޭތިންކުރެ އެއްވެސް އެއްޗަކަށް މިކަމާމެދު އެއްބަސްވުމަކަށް ނާދެވުމެވެ. އެންމެ ފަހުން ދޭތި ނިންމީ މިކަމާމެދު ގޮތެއް ނިންމަވައިދެއްވުންއެދި ޖަންގަލީގެ ރަސްގެފާނު ކަމުގައިވާ ސިންގާގެ އަރިހަށް މައްސަލަ ހުށަހަޅާށެވެ. ސިންގާ ރަސްގެފާނުގެ ދަރުބާރާ ހަމައަށް ނުދެވެނީސް ހިމާރު ހަޅޭއްލަވަން ފަށައިފިއެވެ. ”މާތް ރަސްގެފާނެވެ! ވިނަ ހުންނަނީ ނޫކުލައިގައި ނޫންތޯއެވެ!“ ސިންގާ ރަސްގެފާނު ވަގުތުން ޖަވާބުދެއްވިއެވެ. ”އާނއެކެވެ! ވިނަ […]
ނަރުހުންގެ ދިރާސާތައް ހުށަހެޅުމަށް ޚާއްޞަ ކޮންފަރެންސެއް

ނަރުހުން ހަދާފައިވާ ދިރާސާތައް ހުށަހެޅުމަށް ޚާއްޞަ ކޮންފަރެންސެއް، މާލެ ސިޓީ ގުރޫޕު އޮފް ހޮސްޕިޓަލްސްއިން ބާއްވައިފިއެވެ. މި ކޮންފަރެންސަކީ ނަރުހުންގެ ޚިދުމަތްތައް ރަނގަޅުކުރުމަށްޓަކައި ނަރުހުން ހަދާފައިވާ ދިރާސާތައް ހުށަހެޅުމަށް ބާއްވާ ކޮންފަރެންސެކެވެ. ”ސާސްތުރަ“ މި ނަމުގައި ބޭއްވި މި ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވީ ޞިއްޙީ ވުޒާރާގެ ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރެންސް، ތަސްލީމާ ޢުޘްމާނެވެ. މި ކޮންފަރެންސުގައި 7 ނަރުހަކު ވަނީ ދިރާސީ ހުށަހެޅުންތައް ހުށަހަޅާފައެވެ. މީގެތެރޭގައި؛ކެންސަރު ބައްޔާއި މާބަނޑު މީހުންނަށްޖެހޭ އެކިއެކި ބަލިތަކާއި އިންފްލުއެންޒާ ވެކްސިން ޖެހުމާ […]
މިއަދުގެ ރީތި ތާރީޚުގައި 59 ކައިވެނި

މިއަދުގެ ރީތި ތާރީޚުގައި ފެމިލީ ކޯޓުން 59 ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް އެ ކޯޓުން ހާމަކޮށްފިއެވެ. ފެމިލީ ކޯޓުން މިކަން ހާމަކޮށްފައިވަނީ އެ ކޯޓުގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައެވެ. މިއަދު ކޮށްދިނުމަށް ހަމަޖެހިފައިވާ 59 ކައިވެނީގެ ތެރޭން 23 ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވަނީ ރަސްމީ ގަޑީގައި ކަމަށާއި، ބާކީ 36 ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވަނީ ނުރަސްމީ ގަޑީގައި ކަމަށްވެސް އެ ކޯޓުން ބުނެފައިވެއެވެ. މިއަދު މިހާ ގިނަ އަދަދެއްގެ ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވާތީ، ކައިވެންޏަށް ހާޒިރުވާ […]
”ކުޑަކުޑަ“ ބަހެއް

އަހަރެން މަސައްކަތްކުރި ތަނެއްގައި އަހަރުތަކެއް ކުރިން ވަޒީފާއަދާކުރި އަންހެނެކެވެ. ވަރަށް ތަފާތު މީހެކެވެ. އޭނާ ކުރަންހުންނަ މަސައްކަތް ނިންމާފައި ގެއަށް ދާނެއެވެ. ވަރަށް މަދުން ނޫނީ މީހަކާ އަނގައިންނެއް ނުބުނާނެއެވެ. އަހަރެމެން މަދު މީހަކަށް ނޫނީ އޭނާގެ ނަމެއްވެސް ނޭނގެއެވެ. ދުވަސްތައް މިގޮތުގައި ފާއިތުވެދިޔަފަހުން އެތަނަށް އާ މުވައްޒަފަކު ވައްދައިފިއެވެ. އަނގަގަދަ މީހެކެވެ. ކޮންމެފަދަ އެއްޗެއްވެސް ޖެހިލުމެއްނެތި ބުނެފާނެއެވެ. އެއްދުވަހަކު އޭނާ އެއްކަލަ އަންހެންމީހާއާ ދިމާކޮށްލައިފިއެވެ. މަޖަލަކަށް ހަދާފައި، މަލާމާތުގެ ރާގަކަށް ބުންޏެވެ. ”އަޅެ މީނާ ކޮންމެ […]
ކައުންސިލް އިންތިޚާބުގެ ތައްޔާރީތައް ދަނީ ކުރިއަށް: އިލެކްޝަންސް ކޮމިޝަން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަންނަ އަހަރުގެ އޭޕްރީލް މަހު ބާއްވަން ހަމަޖެހިފައިވާއިރު، އެކަމުގެ ތައްޔާރީތައް ކުރިއަށްދާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވެއްޖެއެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް، މުޙައްމަދު ޒާހިދު މިހެން ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ. އޭނާ ވިދާޅުވީ ގާނޫނާއި ގަވައިދުތަކުގެ ތެރޭން، ދާއިރާތަކަށް ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާ ކަމަށެވެ. މީގެއިތުރުން، ގާނޫނާއި ގަވައިދުތަކަށް ގެންނަންޖެހޭ އިސްލާހު ގެނައުމުގެ މަސައްކަތްވެސް […]
އިމިގްރޭޝަން އޮފިސަރުންގެ ވަޒީފާ ހޯދުމަށް ބޮޑު ކިޔޫއެއް

މޯލްޑިވްސް އިމިގްރޭޝަނުން ހުޅުވާލާފައިވާ 50 އޮފިސަރުންގެ ވަޒީފާ ހޯދުމަށް ގިނަ އަދަދެއްގެ މީހުން މިއަދު ގަލޮޅު ސްކޫލްދޮށުގައި ކިޔޫ ހަދައިފިއެވެ. އިމިގްރޭޝަނުން 50 އޮފިސަރުން ހޯދުމަށް ހުޅުވާލާފައިވާއިރު، މި ވަޒީފާއަށް ކުރިމަތިލެވޭނީ މިއަދު ގަލޮޅު ސްކޫލުގައި ބާއްވާ ވޯކްެ-އިން އިންޓަރވިއުއެއްގައި ބައިވެރިވެގެންނެވެ. މި އިންޓަރވިއު މިއަދު ހެނދުނު 9.00ގައި ފެށިފައިވާއިރު މިއަދު ހަވީރު 5.00އާ ހަމައަށް އިންޓަރވިއު ކުރިއަށްދާނެއެވެ. މި އިންޓަރވިއުއަށްފަހު ބާއްވާ އިމްތިޙާނަކުން އެންމެ މަތިން މާކްސް ލިބޭ 50 މީހުންނަށް ވަޒީފާ ދޭނެކަމަށް އިމިގްރޭޝަނުން […]
އުތުރުގެ އަތޮޅުތަކަށް ހުދު ސަމާލު

މޫސުމާބެހޭ ޤައުމީ އިދާރާއިން އުތުރުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ. އެ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ މިއަދުގެ 15.30 ފެށިގެން 20.30ގެ ނިޔަލަށެވެ. މި ވަގުތުގެ ތެރޭގައި އެ ސަރަހައްދަށް ގަޑިއަކު 19 މޭލާ 24 މޭލަ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއެވެ. މީގެ އިތުރުން، އެ ވަގުތުގެ ތެރޭގައި އެ ސަރަހައްދުގެ ކަނޑުތައް ގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ. މިއަދުގެ 8.00ން 14.00ށް ވެސް އެ […]