އޯރިއޯ ޕުޑިންގ

1 ޕެކެޓް އޯރިއޯ1/2 ޖޯޑު ދިޔާ ކިރު އޯރިއޯގެ ކްރީމްތައް ނަގާފައި ވަކިން ބަހައްޓާށެވެ.އެއަށްފަހު ބިސްކޯދުތައް މުގުރާލާށެވެ.މުގުރާފައި ހުރި ބިސްކޯދުގެ ތެރެއަށް ކިރުފޮދު އަޅައިގެން މޮޑެލާށެވެ.އެއަށްފަހު ކުޑަ ތަބަކެއްގައި ފަތުރާލާފައި އާވިން ކައްކާލާށެވެ.ޕުޑިންގ ހިހޫވުމުން ކްރީމްކޮޅު އޭގެމަތީގައި ހާކާލާށެވެ.ބޭނުންނަމަ ދޮންކެޔޮ ފޮތިކޮށްފައިވެސް އަތުރާލެވިފާނެއެވެ. ނޯޓް: މިއީ ދެ މީހުންނަށް ފުދޭވަރުގެ ޕުޑިންގެކެވެ.ގިނަ މީހުންނަށް ތައްޔާރުކޮށްލާނަމަ ބޭނުންވާ ސާމާނު އިތުރުކޮށްލުމުން ރަނގަޅުވާނެއެވެ.
ޖަލުބަންދު ނޫން އަދަބުތައް ތަންފީޒުކުރުމަށް އެމްސީއެސްއާއި އައްޑޫ ސިޓީ ކައުންސިލުން ފަހުމުނާމާއެއްގައި ސޮއިކޮށްފި

ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އިތުރު އަދަބުތައް ތަންފީޒުކުރުމަށް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)އިން އައްޑޫ ސިޓީ ކައުންސިލާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މޭ މަހުގެ 29ވަނަ ދުވަހު އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި ބޭއްވި މި ރަސްމިއްޔާތުގައި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރެވެ. އަދި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި އައްޑޫ […]
ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ދެ ބިދޭސީއަކު ހައްޔަރުކޮށްފި

މާލޭގައި ފުޅާދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ދެ ބިދޭސީއަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މޭ މަހުގެ 28 ވަނަ ދުވަހު ހިންގި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ ޝަރިފް އުއްދީން، ބަންގްލަދޭޝް (37އ) އާއި މަނިމަރަން ރަވީޗަންދްރަން، އިންޑިއާ (24އ) ކަމަށް އެ ޚިދުމަތުން ބުނެއެެވެ. ފުލުހުން ބުނީ، ބަނގުރާ ގެންގުޅެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މާލޭގެ ގެއެއް ބަލައި ފާސްކުރިއިރު، ބަނގުރާކަމަށް […]
އެއްމިލިއަން ހަމަކުރުމަށްޓަކައި ބޭނުންވަނީ 49،788 ފަތުރުވެރިން

އެއްމިލިއަން ފަތުރުވެރިން ހަމަކުރުމަށްޓަކައި މިހާރު ބޭނުންވަނީ 49،788 ފަތުރުވެރިންކަމަށް، ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 950،000ށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު %8 އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މިހާތަނަށް ރާއްޖެއަށް އައިސްފައިވަނީ 879,892 ފަތުރުވެރިންނެވެ. މި މޭ މަހުގެ 27ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 119,468 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ […]
މިލަންދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ ތިން މީހަކު ހައްޔަރުކޮށްފި

ށ. މިލަންދޫގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތުކުރެވޭ ތިން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ށ. މިލަންދޫ / ވެނީލާހައުސް، އަޙްމަދު ޢާލިމް (32އ) އާއި ށ. މިލަންދޫ / އިރުމަތީގެ، މުޙައްމަދު ސާމިރު (37އ) އާއި ށ. މިލަންދޫ / ތަބުރުމާގެ، މުޙައްމަދު ނަޖާހު (29އ) ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. ފުލުހުން ބުނީ މޭ މަހުގެ 27ވަނަ ދުވަހު މިލަންދޫ ޕޮލިސްް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އެރަށުގެ ގެއެއް […]
މޯލްޑިވްސް ޕޯސްޓުގެ ނަމުގައި ފޮނުވަމުންދާ ސްކޭމް މެސެޖުތަކަކާމެދު ސަމާލުވުމަށް އެދިއްޖެ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ ނަމުގައި ފޮނުވަމުންދާ ސްކޭމް މެސެޖުތަކަކާމެދު ސަމާލުވުމަށް އެ އޮފީހުން އެދިއްޖެއެވެ. ޕޯސްޓު އޮފީހުން މިހެން ބުނެފައިވަނީ އެ އޮފީހުގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައެވެ. ޑެލިވަރީ އެޑްރެސް ރަނގަޅު ނޫންކަމަށާއި އަލުން އެޑްރެސް ފޮނުވައިދިނުމަށް އެދި، ލިންކެއް ހިމެނޭހެން ފޮނުވަމުންދާ މި މެސެޖަކީ އެ އޮފީހުން ފޮނުވާ މެސެޖުތަކެއް ނޫންކަމަށް މޯލްޑިވްސް ޕޯސްޓުން ވަނީ ބުނެފައެވެ. މޯލްޑިވްސް ޕޯސްޓުން އެއްވެސް ކަސްޓަމަރެއްގެ ޑެލިވަރީ އެޑްރެސް ހޯދުމަށް މެސެޖު ނުކުރާނެކަމަށް އެ އޮފީހުން ބުނެފައިވެއެވެ. […]
ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންނަށް ލުއި ދިނުމުގެ މަސައްކަތްތައް މިއަދު ވަނީ ފަށާފައި: ރައީސް

ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންނަށް އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރޭން ލުއި ދިނުމުގެ މަސައްކަތް މިއަދު ފަށާފައިވާކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވެފައިވަނީ އެ މަނިކުފާނުގެ ފޭސްބުކް ޕޭޖުގައި ކުރައްވާފައިވާ ޕޯސްޓެއްގައެވެ. ރައީސް ވިދާޅުވީ މިއަދު މި ފެށުނު މަސައްކަތުގެ ސަބަބުން ޒަމާންވީ މި މައްސަލައަށް ހައްލެއް ލިބޭނެ ކަމަށެވެ. ބަންދަށް ލުއި ދިނުމަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މޭ މަހުގެ 21ވަނަ ދުވަހު ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ […]
މިފަހަރު ބޮޑު އީދަށް ބަންދުވާނީ 5 ދުވަސް

މިއަހަރުގެ އަޟްޙާ އީދު (ބޮޑު އީދު) ބަންދަށް ލިބޭނީ ކަލަންޑަރުގައި ބަންދުކަމަށް ކަނޑައަޅާފައިވާ 5 ދުވަސް އެކަނި ކަމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ހީނާ މިހެން ވިދާޅުވެފައިވަނީ، މިފަހަރުގެ ހައްޖު ދުވަސް ދިމާވަނީ ޖޫން މަހުގެ 5ވަނަ ދުވަހާ ކަމަށް ސަޢޫދީ ޢަރަބިއްޔާއިން ނިންމެވުމާގުޅިގެން، އޭނާގެ ފޭސްބުކް ޕޭޖުގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. ސަޢޫދީ ޢަރަބިއްޔާއިން މިގޮތަށް ނިންމަވާފައިވާތީ، ހައްޖު ދުވަހާއި އަޟްޙާ އީދާއެކު ބަންދުވާނީ މިހާރުވެސް ކަލަންޑަރުގައި ކަނޑައަޅާފައިވާ ބަންދު ދުވަސްތައް […]
ހއ އަތޮޅުން ފެށިގެން ވ އަތޮޅާ ހަމައަށް ހުދު ސަމާލު

މޫސުމާބެހޭ ޤައުމީ އިދާރާއިން ހއ އަތޮޅުން ފެށިގެން ވ އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ. މި ސަމާލު ނެރެފައިވަނީ މިއަދުގެ 14.00ން 20.00ށެވެ. މި ވަގުތުގެ ތެރޭގައި އެ ސަރަހައްދަށް ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށާއި، އެ ސަރަހައްދުގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށް އެ އިދާރާއިން ބުނެއެވެ. ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެކަމަށް ބެލެވޭތީ، މޭ މަހުގެ 27ން ފެށިގެން 31އާ ދެމެދު އުތުރާއި މެދުރާއްޖެތެރެއަށް މޫސުން […]
ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލެއްވުމުގެ ފުރުސަތު ހުޅުވާލައިފި

ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލެއްވުމުގެ ފުރުސަތު، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. މި މަގާމަށް ކުރިމަތިލެއްވޭނީ އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކުން ފެށިގެން މަތީގެ ބޭފުޅުންނަށެވެ. މި މަގާމަށް ބޭފުޅަކު އައްޔަންކުރައްވާނީ، ކުރިމަތިލައްވާ ބޭފުޅުންނާ ޕޮލިސް ބޯޑުން އިންޓަވިއުކޮށް ގާބިލުކަން ވަޒަންކުރުމަށްފަހު، ޕޮލިސް ބޯޑުން ވަޒީރަށް ހުށަހަޅުއްވާ ނަންތަކުގެ ތެރޭން، ވަޒީރުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ. މިގޮތުން ކޮމިޝަނަރަކު އައްޔަންކުރައްވާނީ ހަތަރު އަހަރުދުވަހުގެ ދައުރަކަށެވެ. ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ބޭފުޅަކު މި ހޯދަނީ، ކުރިން އެ […]