މޫސުން ބަލާ އިތުރު މަރުކަޒެއް ނ. މާފަރުގައި ޤާއިމުކުރަނީ

މޫސުން ބަލާ ވިއުގައިގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ނ. މާފަރުގައި އިތުރު މަރުކަޒެއް ޤާއިމުކުރުމަށް ނިންމައިފިއެވެ. މިއީ ޔުނައިޓެޑް ނޭޝަންސް މަލްޓިޕާޓީ ޓްރަސްޓް ފަންޑް (ޔޫއެންއެމްޕީޓީއެފް)އާއި ވޯރލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން (ޑަބްލިއުއެމްއޯ) އަދި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 4 އަހަރުގެ މުއްދަތަށެވެ. މި މަޝްރޫޢުގެ ދަށުން، މިހާރު ރާއްޖޭގައި ޤާއިމުކޮށްފައިހުރި މިފަދަ މަރުކަޒުތަކުގައި ބަހައްޓާފައިވާ މޫސުމާބެހޭ އާލާތްތަކުގެ ފެންވަރު ރަނގަޅުކުރާނެއެވެ. މީގެއިތުރުން، އައްޑޫ ސިޓީ ގަމުގައި ޤާއިމްކުރެވިފައިވާ ވައިގެ […]
މަސްތުވާތަކެއްޗާއެކު މާމިގިލިން ބަޔަކު ހައްޔަރުކޮށްފި

މާމިގިލީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު 5 މީހުން ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި އދ އަތޮޅުގައި މަސައްކަތްކުރާފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން ޖޫން މަހުގެ 2ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ އދ. މާމިގިލި/ ރީފްސައިޑް، ރިސްވާން އިބްރާހީމް (30އ) އާއި އދ. މާމިގިލި / ވިލެޖް، އަޙްމަދު ފިރުޝާން (28އ) އާއި އދ. މާމިގިލި / ރޯޅި، މުޙައްމަދު ޝަހުދު (27އ) އާއި އދ. މާމިގިލި / ކުވައިތު، މުޙައްމަދު މަޙްމޫދު (34އ) އަދި […]
ޖާހުގެ ފްލެޓްތައް ނިންމަން އާރްސީސީއާ ހަވާލުކޮށްފި

ޖާހު އިންވެސްޓްމަންޓުން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހަދަމުން އަންނަ ”ދަ ގާޑަންސް“ ފްލެޓްތަކުގެ ނުނިމިހުރި މަސައްކަތްތައް ނިންމުމަށް އާރްސީސީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މި މަސައްކަތް އާރްސީސީއާ ހަވާލުކޮށްފައި މި ވަނީ 20 މިލިއަން ރުފިޔާއަށެވެ. މި މަސައްކަތާގުޅޭ އެއްވެސް ތަފުސީލެއް އެޗްޑީސީން އަދި މީޑިއާއާ ހިއްސާކޮށްފައެއް ނުވެއެވެ. މި ފްލެޓްތަކަކީ 2017 ވަނަ އަހަރު ހަދަންފެށި ފްލެޓްތަކެކެވެ. އެއީ 2 އަހަރުދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. ނަމަވެސް މަސައްކަތް ނުނިމި ލަސްވާތީ، […]
އޮސްޓްރޭލިއާއިން ރާއްޖެއަށް ގާޑިއަން ކްލާސް ޕެޓްރޯލް އުޅަނދެއް ހަދިޔާކުރަނީ

އޮސްޓްރޭލިއާއިން ރާއްޖެއަށް ގާޑިއަން ކްލާސް ޕެޓްރޯލް އުޅަނދެއް ހަދިޔާކުރުމާގުޅޭ ފަހުމުނާމާއެއްގައި އެ ގައުމުގެ ސަރުކާރާއެކު ސޮއިކޮށްފައިވާކަމަށް ދިފާޢީ ވުޒާރާއިން ބުނެފިއެވެ. މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ އެ ކަމަށްޓަކައި ޖޫން މަހުގެ 2ވަނަ ދުވަހު ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ފަހުމުނާމާގައި އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ބޮޑުވަޒީރުގެ ނައިބު އަދި ދިފާޢީ ވަޒީރު، އޮނަރަބްލް ރިޗަޑް މާލްސްއެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގެ ދިފާޢީ ވަޒީރު، އޮނަރަބްލް މުޙައްމަދު ޣައްސާން މައުމޫނެވެ. […]
ދިވެހިންގެ އަމާނާތްތެރިކަމުގެ ސަބަބުން ހިތަށް ފުން އަސަރުތަކެއް ކޮށްފި: ޗައިނާ ސަފީރު

ދިވެހިންގެ އަމާނާތްތެރިކަމުގެ ސަބަބުން ހިތްޕުޅަށް ފުން އަސަރުތަކެއް ކޮށްފިކަމަށް، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައިވަނީ، ޗައިނާ އަންހެނެއްގެ ވޮލެޓް ގެއްލުނު ހާދިސާއަކާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ސަފީރު ވިދާޅުވީ (އެމްޓީސީސީ) ބަސްތެރެއަށް ޗައިނާ އަންހެނެއްގެ ވޮލެޓް ރޭގައި ގެއްލުނު ކަމަށެވެ. ނަމަވެސް ބަހުގައި ހުރި ކޮންޑަކްޓަރު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ ވޮލެޓް އަންހެންމީހާއަށް ރައްދުކޮށްފައި ވާކަމަށް ސަފީރު ވަނީ ވިދާޅުވެފައެވެ. މިކަމަށްޓަކައި […]
”ޕްރެކްޓިސް ޕާލަމެންޓް ފޮރ ވިމެން“ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

”ޕްރެކްޓިސް ޕާލަމެންޓް ފޮރ ވިމެން“ގެ މި އަހަރުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން އަންހެނުން ތަމްރީނުކުރުމަށްޓަކައި، ޔޫއެންޑީޕީ މޯލްޑިވްސް، ރައްޔިތުންގެ މަޖިލިސް، އޮސްޓްރޭލިއަން އެއިޑް އަދި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާ ގުޅިގެން ސިލްސިލާކޮށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ”ޕްރެކްޓިސް ޕާލަމެންޓް ފޮރ ވިމެން“ގެ މި އަހަރުގެ ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 5ން 12އަށެވެ. މިއީ 25 އަހަރުން މަތީގެ އަންހެނުންނަށް ބައިވެރިވެވޭގޮތަށް ބާއްވާ ޕްރޮގްރާމެކެވެ. […]
ކ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހުދު ސަމާލު

މޫސުމާބެހޭ ޤައުމީ އިދާރާއިން، ކ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ. މި ސަމާލު ނެރެފައިވަނީ މިއަދުގެ 9.15ން 15.00ގެ ނިޔަލަށެވެ. މި ވަގުތުގެ ތެރޭގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. މީގެ އިތުރުން، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
6 ގަޑިއިރުގެ މެދުކެނޑުމަކަށްފަހު މާލޭގެ ހުރިހާ ހިސާބަކަށް ކަރަންޓު ލިބިއްޖެ

6 ގަޑިއިރުގެ މެދުކެނޑުމަކަށްފަހު މާލޭގެ ހުރިހާ ހިސާބަކަށް މި ވަނީ ކަރަންޓު ލިބިފައެވެ. މިއަދު މެންދުރު 12.45 ހާއިރު މާލެއާއި ހުޅުމާލޭން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައެވެ. ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން ބުނީ ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ. ކަރަންޓު ކެނޑުމާއެކު މެދުނުކެނޑި ސްޓެލްކޯއިން މަސައްކަތްކުރަމުން ދިޔައީ މައްސަލަ ހައްލުކުރުމަށް ކަމަށް އެކުންފުނިން ބުނެއެވެ. މިއީ ފަހުގެ ތާރީޚެއްގައި މާލޭ ސަރަހައްދުން އެއްކޮށް، މިހާ ގިނަ އިރަށް ކަރަންޓު ކެނޑުނު ފަހަރެވެ. […]
ގަވައިދާ ޚިލާފަށް އުޅެމުންދިޔަ 35 މީހުން އިމިގްރޭޝަނުގެ ބެލުމުގެދަށަށް ގެނެސްފި

ގަވައިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ދެނެގަތުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނުންފެށި އޮޕަރޭޝަނުގައި 35 މީހުން އެ އިދާރާގެ ބެލުމުގެ ދަަށަށް ގެނެސްފިއެވެ. މޭ މަހުގެ 31 ވަނަ ދުވަހުގެ ހެނދުނު 7.30ން 9.15އާާ ދެމެދު ހިންގި މި އޮޕަރޭޝަނުގައި ވަނީ މާލޭގައި ބިދޭސީން އާންމުކޮށް އެއްވެއުޅޭ ދެ ސަރަހައްދެއް ބަލައިފާސްކޮށްފައެވެ. މިގޮތުން ބަލައިފާސްކުރި ދެ ސަރަހައްދަކީ ހީނާމާގޭ ޕާކިންގ ސަރަހައްދާއި ޒިކުރާ މިސްކިތް ހިމެނޭ ސަރަހައްދެވެ. މި އޮޕަރޭޝަނުގައި 121 މީހުން ބަލައިފާސްކޮށް، ގަވައިދާ ޚިލާފަށް އުޅެމުންދިޔަ […]
މުޅި މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެ

މުޅި މާލެއާއި ހުޅުމާލެއިން ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެއެވެ. ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން ދެންމެ ބުނީ، ކަރަންޓު ކެނޑެން މެދުވެރިވީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ. މި މައްސަލަ ދެނެގަނެ، މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ސްޓެލްކޯއިން މަޢުލޫމާތު ދެއެވެ. މިކަމުގައި ކަސްޓަމަރުންނަށް ދިމާވާ ދަތިތަކަށްޓަކައި ސްޓެލްކޯއިން ވަނީ މާފަށް އެދިފައެވެ.