ނޭވާލާ ނިޒާމުގެ ޒަރީޢާއިން ފެތުރޭ ނުރައްކާތެރި މެނިންގޯކޮކަލް ބަލި ރާއްޖޭން ފެނިއްޖެ

ނޭވާލާ ނިޒާމުގެ ޒަރީޢާއިން ފެތުރޭ ނުރައްކާތެރި މެނިންގޯކޮކަލް ބަލި ރާއްޖޭން ފެނިއްޖެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ. އެޗްޕީއޭން ބުނީ ހަލުވިކަމާއެކު ފެތުރޭ މި ބަލީގެ ކޭސްއެއް ފެނުމާގުޅިގެން ކަމާބެހޭ މަޢުލޫމާތު އެއްކޮށް، ކޮންޓެކްޓް ޓްރޭސިންގ ހަދައި، ހައި ރިސްކް ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށް ދޭ ޕްރޮފައިލެކްޓިކް ބޭސް ދިނުމާއި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ. މި ބައްޔަކީ ބެކްޓީރިއާއަކުން ޖެހޭ ސީރިއަސް ބައްޔެއް ކަމަށާއި، ރާއްޖޭން […]
ދުއްވުން މަނާ ވަގުތު ވެހިކަލް ދުއްވި 154 މީހަކު ހުއްޓުވާފައިވޭ

އަޟްޙާ އީދު ދުވަހުގެ 16.00ން 18.00އާ ދެމެދު މާލެ ސިޓީގައި ވެހިކަލް ދުއްވުން މަނާކޮށްފައި ވަނިކޮށް ވެހިކަލް ދުއްވި 154 މީހަކު ހުއްޓުވާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އެ ވަގުތުގެ ތެރޭގައި ވެހިކަލް ދުއްވި 11 މީހަކު ޖޫރިމަނާކޮށް، 141 މީހަކަށް ނަސޭހަތް ދީފައިވާކަމަށެވެ. މީގެ އިތުރުން، 3 އުޅަނދެއް ޓޯކޮށްފައިވާއިރު، 1 އުޅަނދު ޓޯކޮށްފައިވަނީ ނުރައްކާތެރިކޮށް ދުއްވި މައްސަލާގައި ކަމަށް ފުލުހުން ބުނެއެވެ. އަނެއް 2 އުޅަނދުގެ ތެރޭން 1 އުޅަނދު […]
ކުކުޅު ރިހަ

ބޭނުންވާ ތަކެތި:1 ކިލޯގެ ކުކުޅެއް1 ތަށި ޕްލެއިން ޔޯގަޓް1/2 ސައިސަމުސާ ރީނދޫ1/2 ސައިސަމުސާ މުގުރި މިރުސް1 ސައިސަމުސާ ލޮނު1 ލޮނުމެދު (ގާނާލާފައި)1 އިންޗި އިނގުރު (ގާނާފައި)2 ލޮނުމެދު (ކޮށާފައި)2 ހިކަނދިފަތްބޮޑު ފިޔައެއް (ތުނިކޮށް ކޮށާފައި)2 އަލުވި (ރިހަޔަށް ކޮށާފައި)2 މޭޒުމަތީސަމުސާ ކުކުޅު ހަވާދު1 ޖޯޑު ފެން ތައްޔާރުކުރާނެ ގޮތް:ކުކުޅު ސާފުކޮށްލާފައި ބޭނުންވާ ބޮޑުމިނަކަށް ކޮށާލާށެވެ.އެއަށްފަހު ވަކިން ތައްޓަކަށް ޔޯގަޓް، ރީނދޫ، އިނގުރު، ލޮނުމެދު، މުގުރި މިރުސް، ލޮނު، އަދި 1 މޭޒުމަތީސަމުސާ ކުކުޅު ހަވާދު އަޅައި ކުކުޅުތަކުގައި […]
މުސީބާތާއި ތަކުލީފުގެ ވަގުތުގައި އެހެން މީހުންގެ ހިތާމައިގައި ބައިވެރިވާންޖެހޭ: ހުކުރު ޚުޠުބާ

މުއުމިނުންނަކީ އެއް ހަށިގަނޑެއްގެ މިސާލުގައިވާ ބައެއް ކަމަށާއި، މުސީބާތުގެ ވަގުތުގައި އެކަކު އަނެކަކުގެ ހިތާމައިގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުމަކީ ވާޖިބެއްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ. މިއަދުގެ މުޖުތަމަޢުގައި ހާލުގައި އުޅޭ އެތަކެއް މީހުން އުޅޭ ކަމަށާއި، އެފަދަ މީހުންނަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލައި ކުލުނުގެ ނަޒަރަކުން އެބައިމީހުންނަށް ބަލަންޖެހޭކަމަށް ވަނީ ވިދާޅުވެފައެވެ. އޭގެތެރޭގައި، އަހަރެމެންގެ ތެރޭގައި އުޅޭ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި ޔަތީމު ކުދިންނާއި އަޅައިލާނެ ބަޔަކު ނެތް ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޚުޠުބާގައި […]
އެއްބަސްވުމެއް ނުހެދި މައްސަލާގައި ފެނަކައާ ދެކޮޅަށް ކުޅުދުއްފުށީ ކައުންސިލުން ދަޢުވާކުރަނީ

ކަރަންޓުގެ ޚިދުމަތް ދިނުމާ ގުޅޭގޮތުން، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ކުޅުދުއްފުށީ ސިޓީ ކައުންސިލާއެކު އެއްބަސްވުމަކަށް އައުމަށް ފެނަކައިން އިންކާރުކޮށްފައިވާތީ، އެ މައްސަލަ ކޯޓަށް ހުށަހަޅަން ކުޅުދުއްފުށީ ކައުންސިލުން ނިންމައިފިއެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ވާގޮތުން، އެ ސިޓީއެއްގެ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ކައުންސިލުން ފޯރުކޮށްްދޭންވާނެ ކަމަށާއި، ޚިދުމަތް ފޯރުކޮށްދެނީ ތިންވަނަ ފަރާތަކުން ކަމުގައިވާނަމަ އެ ފަރާތާ ކައުންސިލާ ދެމެދު އެއްބަސްވުމެއް އޮންނަން ޖެހޭކަމަށް ބަޔާންކުރެއެވެ. […]
އަވަށްޓެރި ބައެއް ޤައުމުތަކުގައި ޗިކުންގުންޔާ ދަނީ ފެތުރެމުން

އަވަށްޓެރި ބައެއް ޤައުމުތަކުގައި ޗިކުންގުންޔާ ދަނީ ހަލުވިކަމާއެކު ފެތުރެމުންކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ. އެޗްޕީއޭއިން މިހެން ބުނެފައިވަނީ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ. އެޗްޕީއޭއިން ވަނީ އަވަށްޓެރި ބައެއް ޤައުމުތަކުގައި ހަލުވިކަމާއެކު މި ބަލި ފެތުރެމުންދާތީ އެ ޤައުމުތަކަށް ދަތުރުކުރާ މީހުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އެންމެ ބޮޑު އިސްކަމެއް ދޭންވީ ކަމަކީ މަދިރި ހެފިޔަނުދިނުން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެ ގޮތުން، މަދިރި ލޯޝަނާއި ސްޕްރޭ ބޭނުންކުރުމަށާއި، ހަށިގަނޑު ބޮޑަށް ނިވާވާ ކަހަލަ ފޭރާން […]
އީދު ބަންދުގައި އެޗްޑީސީގެ ކަސްޓަމަރ ކެއަރ ބަންދުވާނެ

ހައްޖު ދުވަހާއި އަޟްޙާ އީދާ ގުޅިގެން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކަސްޓަމަރ ކެއަރ ބަންދުވާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ. އެޗްޑީސީން މިހެން ބުނެފައިވަނީ އެ ކޯޕަރޭޝަންގެ ފޭސްބުކް އެކައުންޓުގައި ކޮށްފައިވާ ޕޯސްޓެއްގައެވެ. އެޗްޑީސީން ބުނީ ހައްޖު ދުވަހާއި އަޟްޙާ އީދާ ގުޅިގެން މި ޖޫން މަހުގެ 5ން 9ށް އެ ކޯޕަރޭޝަނޫގޭ ކަސްޓަމަރ ކެއަރ ބަންދުވާނެ ކަމަށެވެ. ހައްޖު ދުވަހާއި އީދު ބަންދުގެ 4 ދުވަހާއެކު މިއަހަރު ސަރުކާރު ބަންދުކުރުމަށް ހަމަޖެހިފައިވަނީ މި ޖޫން […]
ޑެންގީ ހުން ދަނީ ގަދައަށް ފެތުރެމުން

ޗިކުންގުންޔާގެ އިތުރުން ޑެންގީ ހުންވެސް ދަނީ ގަދައަށް ފެތުރެމުން ކަމަށް ޑރ. އަޙުމަދު ފައިޞަލް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ޑރ. ފައިޞަލް ވިދާޅުވީ މި މަހުގެ 4 ވަނަ ދުވަހުގެ ރޭވެސް 1 އަހަރުން ދަށުގެ ކުއްޖަކު ޑެންގީ ހުން ޖެހިގެން އެޑްމިޓްކުރަން ޖެހުނުކަމަށެވެ. މި ހުމުގައި ފުރާނައަށް ނުރައްކާވަނީ ހުން ފިލުމަށްފަހު އަންނަ 24 ގަޑިއިރާ 48 ގަޑިއިރާ ދޭތެރޭގައި ކަމަށް އޭނާ ވިދާޅުވިއެވެ. ޑރ. ފައިޞަލް ވަނީ ޑެންގީ […]
މޭ މަހުގެ ބިލު ބޮޑުކަމަށް ދައްކަނީ އޭޕްރީލް މަހުގެ ބިލަށް ޑިސްކައުންޓް ދީފައިވާތީ: ސްޓެލްކޯ

އޭޕްރީލް މަހާ އަޅައިބަލާއިރު މޭ މަހުގެ ކަރަންޓު ބިލު ބޮޑުކަމަށް ދައްކަނީ އޭޕްރީލް މަހުގެ ބިލަށް ޑިސްކައުންޓް ދީފައިވާތީކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ސްޓެލްކޯއިން މިހެން ބުނެފައިވަނީ މޭ މަހުގެ ބިލު އޭގެ ކުރީގެ ކަރަންޓު ބިލްތަކަށްވުރެ ބޮޑުކަމަށް ބުނެ އާންމުން ކަންބޮޑުވުން ފާޅުކުރުމާގުޅިގެން އެކަމުގެ ތަފްސީލު ހިއްސާކޮށް، ކޮށްފައިވާ ޕޯސްޓެއްގައެވެ. ސްޓެލްކޯއިން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަރަންޓުގެ ޓެރިފް ރޭޓުތައް އަގުހެޔޮކުރުމަށް އެންގެވުމާ ގުޅިގެން، އެ ރޭޓަށް ހަދާފައިވާ މޭ މަހުގެ ކަރަންޓު ބިލު […]
މަސް ހިފަން މޫދަށް ފައިބައި އުޅެނިކޮށް ގެއްލުނު މީހާ ނިޔާވެއްޖެ

ލ. ގަމާ ކައިރީގައި އޮންނަ ފަޅު ރަށެއް ކައިރީގައި މަސް ހިފަން މޫދަށް ފައިބައި އުޅެނިކޮށް ގެއްލުނު މީހާ ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ ލ. ގަމު ތުނޑި،، ފެސްފަރީ، ޢަބްދުއްޞަމަދު މުޙައްމަދު، 65، އެވެ. ފުލުހުން ބުނީ ލ. މަހަކަންފުށި ކައިރިއަށް މަސްހިފަން ފައިބައިގެން އުޅެނިކޮށް ޞަމަދު ގެއްލިފައިވާކަމުގެ ރިޕޯޓު ލިބުނީ މިއަދު ހެނދުނު 9:50 ހާއިރު ކަމަށެވެ. ދާ ޖަހައިގެން މަސްހިފަން އޭނާ ދިޔައީ އިތުރު ބަޔަކާއެކު ކަމަށް ގަމު ކައުންސިލުން މަޢުލޫމާތުދެއެވެ. އޭނާ ފެނުނީ ގަމު […]