ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހުދު ސަމާލު

މޫސުމާބެހޭ ޤައުމީ އިދާރާއިން، ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ. މި ސަމާލު ނެރެފައިވަނީ މިއަދުގެ 6.30ން 12.30ގެ ނިޔަލަށެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ މި ވަގުތުގެ ތެރޭގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ. ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެކަމަށް ބެލެވޭތީ، ޖޫން 9ވާ ހޯމަ […]
ދައުލަތުގެ ބެލުމުގެދަށުގައި ތިބި ކުދިން މުޖުތަމަޢަށް ބޭނުންތެރި ބަޔަކަށް ހެދުމަށް ދަނީ މަސައްކަތްކުރަމުން: ވަޒީރު

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން މުޖުތަމަޢަށް ބޭނުންތެރި ޒިންމާދާރު ބަޔަކަށް ހެއްދެވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވެފައިވަނީ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައެވެ. ދައުލަތުގެ ބެލުމުގެދަށުގައި 160އެއްހާ ކުދިން މިހާރުވެސް ތިބިއިރު، އެކުދިންނަކީ މުޖްތަމަޢު ބަލައިގަންނާނެ ޚިދުމަތްތެރި ބަޔަކަށް ހެއްދެވުމަށްޓަކައި ބޭނުންވާ ތަމްރީނާއި ހުނަރުތައް ފޯރުކޮށްދެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން، އެއިން ކޮންމެ […]
އައްޑޫ ސިޓީގައި ވެދަރ ރާޑަރެއް ބަހައްޓަނީ

އައްޑޫ ސިޓީގައި ވެދަރ ރާޑަރެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް، މޫސުމާބެހޭ ޤައުމީ އިދާރާގެ އެސިސްޓެންޓް މީޓިއޮރޮލޮޖިސްޓް ޙުސައިން ވަޙީދު ވިދާޅުވެއްޖެއެވެ. އޭނާ މިކަން ހާމަ ކުރައްވާފައިވަނީ ޕީއެސްއެމް ނިއުސްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ. މިފަދަ ރާޑަރުތައް ބެހެއްޓުމަކީ ވެދަރ ފޯކާސްޓް ކުރުމަށާއި އެލަރޓްތައް ނެރުމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މިފަދަ ރާޑަރެއް ރާއްޖޭގައި އަދި ބަހައްޓާފައި ހުރީ ހުޅުލޭގައެއެވެ. މި ރާޑަރު ބޭނުންކޮށްގެން ގާތްގަނޑަކަށް 250 ކިލޯމީޓަރުގެ […]
ދޮންހުރާ ގޯޅީގައި އޮންނަ ޕާކު ހިމެނޭ ބިން އައިއެމްޔޫއަށް

ދޮންހުރާ ގޯޅީގައި އޮންނަ ޕާކު ހިމެނޭ ބިން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ލިބި، ރަޖިސްޓްރީގެ ކަންކަން ހަމަޖެހިފައިވާކަމަށް އެ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ، ޑރ. ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ. ޕީއެސްއެމްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން އޭނާ ވިދާޅުވީ، ޔުނިވަރސިޓީއަށް ބޭނުންވާ ވަސީލަތްތައް ހަމަކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. މި ގޮތުން މިހާތަނަށް ކުރެވުނު މަސައްކަތްތަކުން ހާސިލުވެފައިވާ އެންމެ މުހިންމު އެއް ކަމަކީ އެ ޔުނިވަރސިޓީއާ އިންވެގެން ދޮންހުރާ ގޯޅީގައި އޮންނަ ބިމުގެ ރަޖިސްޓްރީ […]
ލ. ލިންކު ރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ލ. ލިންކު ރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެއެވެ. ފުލުހުން ބުނީ، އެކްސިޑެންޓު ހިނގާފައިވަނީ ރޭ 7.00ހާއިރު ލިންކު ރޯޑުން ދެކުނަށް ދުއްވާފައި ދިޔަ ކާރަކާއި ސައިކަލެއް ޖެހިގެން ކަމަށެވެ. މި ހާދިސާގައި، ސައިކަލުގައި ތިބި 44 އަހަރުގެ ދެ މީހުންގެ ފައިގެ ދެ ތަނަކުން ބިނދި އަދި ބޯ ފަޅައިގެން ގޮސްފައިވާއިރު، ކާރު ދުއްވަންއިން 62 އަހަރުގެ މީހާއަށް އަނިޔާއެއް ވެފައި ނުވާކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ. ފުލުހުން ބުނީ، މި […]
އަރަފާތުގައި ތިބުމުގެ އެންމެ ވަގުތުކޮޅެއްވެސް ދިވެހި ހައްޖުވެރިންނަކަށް ނުގެއްލޭ: ވަޒީރު

ހައްޖުގެ އެންމެ މުހިއްމު ރުކުންކަމުގައިވާ އަރަފާތުގައި ތިބުމުގެ އެންމެ ވަގުތުކޮޅެއްވެސް ދިވެހި ހައްޖުވެރިންނަށް ނުގެއްލޭކަމަށާއި، މިއީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް، އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ މިނާގައި ދިވެހި ހައްޖުވެރިން ތިބޭ ފޭލިގެއަށް ކުރެއްވި ޒިޔާރަތަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައެވެ. ވަޒީރު ވިދާޅުވީ، މީގެ ކުރިން ދިވެހި ހައްޖުވެރިންނަށް އަރަފާތަށް ލަހުން ދެވިފައި އެބަހުރިކަމަށެވެ. އެކިއެކި ސަބަބުތަކާ ގުޅިގެން އެހެން […]
މެނިންގޯކޮކަލް ބަލި ދެނެގަނެ އެއިން ރައްކާތެރިވުން

މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟މިއީ ނައިސީރިއާ މެނިންޖައިޓިސް ކިޔާ ބެކްޓީރިއާއަކުން ޖެހޭ ނުރައްކާތެރި ބައްޔެކެވެ. މިއީ މަދުން ޖެހޭ ބައްޔެއް ނަމަވެސް ޖެހިއްޖެނަމަ ބަލީގައި ބޮޑުވަރުވާލެއް އަވަސްވެއެވެ. މެނިންގޯކޮކަލް ބަލީގެ ބާވަތްތައް:މިގެ ދެ ބާވަތެއް ހުރެއެވެ. އެއީ މެނިންޖައިޓިސްއާއިމެނިންގޯކޮކަލް ސެޕްސިސްއެވެ. ބަލީގެ ޢަލާމާތްތައް: ބަލި ފެތުރޭ ގޮތް:މެނިންގޯކޮކަލް ބަލި ފެތުރެނީ ބަލި ޖެހިފައިވާ މީހާގެ އަނގައިން ނުކުންނަ ކުޅުގައި ހުންނަ ޖަރާސީމު އެހެން މީހެއްގެ ނޭވާލާ ނިޒާމުގެ ތެރެއަށް ދިއުމުންނެވެ. މިގޮތުން ބަލި ޖެހުމުގެ ފުރުސަތު އެންމެ ބޮޑީ […]
މަރުވެފައި އޮތް މީހަކު ހޮސްޕިޓަލަށް ލާފައި ބަޔަކު ދިޔަ މައްސަލައެއް ބަލަން ފަށައިިފި

މަރުވެފައި އޮތް މީހަކު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ލާފައި ބަޔަކު ދިޔަ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. ފުލުހުން ބުނީ އެ މީހާ ގެނައިއިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ބުނެފައިވާކަމަށެވެ. އެ މީހާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ މިއަދު ހެނދުނު 6.00 ހާއިރު ކަމަށާއި، ފުލުހުންނަށް މައްސަލަ ރިޕޯޓްކޮށްފައިވަނީ ހެނދުނު 8:30 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. އެ މައްސަލަ މިހާރު ދަނީ ތަހުގީގުކުރަމުން ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
ފިޔަވަތީގައި ތިބޭ ކުދިންނަށް ފުލުހުންގެ އީދު ހަދިޔާ

ދައުލަތުގެ ބެލުމުގެ ދަށުގައި ހުޅުމާލޭ ފިޔަވަތީގައި ތިބޭ ކުދިންނަށް ފުލުހުންގެ ފަރާތުން ”ވަރަށް ލޯބިން“ ދޭ އީދު ހަދިޔާ ދީފިއެވެ. މި ހަދިޔާ ދިނުން އޮތީ ހެޔޮއެދޭ ފަރާތަކުން ހަމަޖައްސައިދިން މެންދުރުގެ ކެއުމަކާ އެކުގައެވެ. އަދި މީގެ އިތުރުން، ފުލުހުންނާއެކު އެ ކުދިންނަށް މަޖާ އުފާވެރި ވަގުތުތަކެއް ހޭދަކޮށްލުމުގެ ފުރުސަތު ވަނީ ހޯދައިދީފައެވެ. ދައުލަތުގެ ހަވާލުގައި ތިބޭ ކުދިން ބަލަހައްޓާ ޖުމުލަ 3 މަރުކަޒު ހުންނައިރު، ފިޔަވައްޗަކީ މާލޭ ސަރަހައްދަށް ނިސްބަތްވާ ކުދިންނަށް ޚާއްޞަކޮށްފައިވާ ތަނެވެ. އަދި […]
ހޯމަ ދުވަހުން ފެށިގެން ކުރިއަށް އޮތް 5 ދުވަހު މޫސުން ގޯސްވާނެ

ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެކަމަށް ބެލެވޭތީ، ޖޫން 9ވާ ހޯމަ ދުވަހުން ފެށިގެން ކުރިއަށް އޮތް 5 ދުވަހު މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ. އެ އިދާރާއިން ބުނީ، އެ ދުވަސްތަކުގައި އާންމުގޮތެއްގައި ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލާ 45 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މީގެ އިތުރުން، ދިޔަވަރު […]