ތުލުސްދޫ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ފަށަނީ

ކ. ތުލުސްދޫގައި އަޅާ ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. ޖުމްލަ 101.71 މިލިއަން ރުފިޔާއަށް، މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއެވެ. މިއީ 30 އެނދުގެ ހޮސްޕިޓަލެކެވެ. މި މަޝްރޫޢުގެ ދަށުން، 1،729.12 އަކަފޫޓުގެ ސެންޓަރު ބްލޮކަކާއި، 238.11 އަކަފޫޓުގެ ސަރވިސް ބްލޮކަކާއި 167.63 އަކަފޫޓުގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރާނެއެވެ. މީގެ އިތުރުން، ހެލްތު ސެންޓަރު ބްލޮކުގައި ޑޮކްޓަރަށް ދައްކާ ކޮޓަރިއާއި، މެޑިކަލް ވޯޑުތަކާއި، ޕްރައިވެޓް ރޫމްތައް […]
މުވައްޒަފުން ވަކިކުރީ މަސައްކަތެއް ނެތިފައި ތިބުމުން: ފެނަކަ

ބިއްލޫރި ފުޅީގައި ފެން ބަންދުކުރުމަށް ހއ. ހޯރަފުށީގައި ހަދަމުން އަންނަ ބޮޓްލިންގ ޕްލާންޓުގެ މަސައްކަތް ހުއްޓާނުލާކަމަށާއި، މުވައްޒަފުުން ވަކިކުރީ ކުރާނެ މަސައްކަތެއް ނެތިފައި ތިބުމުން ކަމަށް، ފެނަކަ ކޯޕަރޭޝަނުން ރޭ ބުނެފިއެވެ. ފެނަކައިން މިހެން ބުނެފައި މި ވަނީ، ހޯރަފުށީ ބޮޓްލިންގ ޕްލާންޓުގެ މަސައްކަތަށް ނަގާފައިވާ ދާއިމީ މުވައްޒަފުން ވަކިކުރާތީ އެކަން ކުށްވެރިކޮށް، ހޯރަފުށީ ކައުންސިލުން ނޫސްބަޔާނެއް ނެރެފައިވާތީ އެކަމަށް ރައްދު ދިނުމުގެ ގޮތުންނެވެ. ފެނަކަ ކޯޕަރޭޝަނުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ، އިންޑިއާގެ އެހީއާއެކު، އެ ކުންފުންޏާއި […]
ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ނެރެފައިވާ ހުދު ސަމާލުގެ ވަގުތު އިތުރުކޮށްފި

މޫސުމާބެހޭ ޤައުމީ އިދާރާއިން، ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ނެރެފައިވާ ހުދު ސަމާލުގެ ވަގުތު އިތުރުކޮށްފިއެވެ. މި ސަމާލު ފުރަތަމަ ނެރެފައިވަނީ ރޭ ދަންވަރު 1.00ން ފެށިގެން ހެނދުނު 7.00އާ ހަމައަށެވެ. ނަމަވެސް މިއަދު ހެނދުނު 8.30ން ފެށިގެން 14.30ގެ ނިޔަލަށް ވަނީ މި ސަމާލުގެ ވަގުތު އިތުރުކޮށްފައެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން އޭރު ލަފާކޮށްފައިވަނީ އެ ވަގުތުގެ ތެރޭގައި އެ ސަރަހައްދަށް ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ […]
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ސަލީމާއި ޙަމީދު އައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހައިކޯޓުގެ ފަނޑިޔާރު މުޙައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަބްދުﷲ ޙަމީދު ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރައްވައި، އެ ދެ ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ، ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމާމެދު ގޮތެއް ނިންމެވުމަށް މި ދެ ބޭފުޅުންގެ ނަންފުޅު މަޖިލީހަށް ފޮނުއްވީ މިދިޔަ ހަފުތާގެ ހޯމަދުވަހުއެވެ. މުޙައްމަދު ސަލީމާއި ޢަބްދުﷲ ޙަމީދު ސުޕްރީމް ކޯޓަށް އައްޔަންކުރެއްވުމާމެދު ރުހުން ދީފައިވަނީ ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓުދެއްވި މެންބަރުންގެ އިއްތިފާޤުންނެވެ. 7 ފަނޑިޔާރުންގެ މައްޗަށް […]
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ސަލީމާއި ޙަމީދު އައްޔަންކުރެއްވުމާމެދު މަޖިލީހުން ރުހުންދީފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް، ހައިކޯޓުގެ ފަނޑިޔާރު މުޙައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަބްދުﷲ ޙަމީދު އައްޔަންކުރެއްވުމާމެދު ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމާމެދު ގޮތެއް ނިންމެވުމަށް މި ދެ ބޭފުޅުންގެ ނަންފުޅު މަޖިލީހަށް ފޮނުއްވީ މިދިޔަ ހަފުތާގެ ހޯމަދުވަހުއެވެ. މުޙައްމަދު ސަލީމާއި ޢަބްދުﷲ ޙަމީދު ސުޕްރީމް ކޯޓަށް އައްޔަންކުރެއްވުމާމެދު ރުހުން ދީފައިވަނީ ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓުދެއްވި މެންބަރުންގެ އިއްތިފާޤުންނެވެ. 7 ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ސުޕްރީމްކޯޓުގެ ބެންޗުން […]
ރާއްޖެއަށް އެތެރެކުރި 18 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕްލާސްޓިކް ގަސްމުށިތަކެއްގެ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް އެތެރެކުރި 18 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބުނެފިއެވެ. ކަސްޓަމްސްއިން ބުނީ، މިތަކެތި އަތުލައިގެންފައިވަނީ ވައިގެމަގުން އެތެރެކުރަން އުޅުމުގެތެރޭގައި ކަމަށާއި، މި ތަކެތި ބަލައިފާސްކޮށްފައިވަނީ ކަސްޓަމްސްއަށް ލިބުނު އިންޓެލިޖެންސް މަޢުލޫމާތަކާ ގުޅިގެން ކަަމަށެވެ. މި ތަކެތި ފުރަތަމަ މަރުޙަލާގައި ކުރި ޓެސްޓުތަކުން ކެނެބިނޮއިޑް އޮއިލްއަށް ޕޮޒިޓިވްވެފައިވާއިރު، މީގެ މަގުމަތީ އަގު 26 މިލިއަން ދިވެހިރުފިޔާއަށް އަރާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބުނެއެވެ.
ގައްދޫ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ރަޝީދު އަވަހާރަވެއްޖެ

ގައްދޫ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ރަޝީދު އަވަހާރަވެއްޖެއެވެ. އޭނާ އަވަހާރަވީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، މިއަދުގެ ވަގުތެއްގައެވެ. އޭނާގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދުގެ މަޣުރިބު ނަމާދަށްފަހުއެވެ. އަޙްމަދު ރަޝީދަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ގައްދޫ ދާއިރާ ތަމްސީލުކުރެއްވި މެންބަރެވެ.
ޕޮލިސް ކޮމިޝަނަރުގެ މަޤާމަށް ނަވީން އައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެކްޓިންގ ކޮމިޝަނަރުގެ މަޤާމުގައި ހުންނެވި އިސްމާޢީލް ނަވީން ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް މިއަދު އައްޔަންކުރައްވައިފިއެވެ. މި މަޤާމަށް ކުރިމަތިލެއްވުމުގެ މުއްދަތު ނިމުނު ހަފުތާގެ ހޯމަ ދުވަހަށް ހަމަވިއިރު، މަޤާމަށް ކުރިމަތިލައްވާފައިވަނީ އެ އިދާރާ ވަގުތީގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު އިސްމާޢީލް ނަވީންއާއި، ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއާއި، އަދި އެސިސްޓެންޓް ކޮމިޝަނަރު އަޙްމަދު ޝަމީމެވެ. މި ތިން ބޭފުޅުންގެވެސް ޝަރުޠު ހަމަވާކަމަށް ޕޮލިސް ބޯޑުން ލަފާއެރުވުން، ނަވީން […]
ޝައިޚް ފަރީދުގެ ޖަނާޒާ މެލޭޝިއާގައި

މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް އިބްރާހީމް ފަރީދުގެ ޖަނާޒާ މެލޭޝިއާގައި ބޭއްވުމަށް ޢާއިލާއިން ނިންމައިފިއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ޢާއިލާއިން މިގޮތަށް ނިންމާފައިވަނީ ރާއްޖެ ގެންނަނަމަ ޕޯސްޓްމޯޓަމް ހަދަންޖެހޭތީއެވެ. ޝައިޚް ފަރީދު މެލޭޝިއާއަށް ވަޑައިގެން އުޅުއްވަނިކޮށް އެއާޕޯޓުތެރެއަށް ވެއްޓިވަޑައިގަތުމުން އަވަސް ފަރުވާ ދީފައިވެއެވެ. ނަމަވެސް، އޭގެ އިރުކޮޅެއް ފަހުން ޝައިޚް ވަނީ އަވަހާރަވެފައެވެ. ޝައިޚް ފަރީދަކީ ދިވެހިންގެ މެދުގައި ފަހަކަށްއައިސް އުފެދުނު އެންމެ ނުފޫޒުގަދަ އެއް ދީނީ ޢިލްމުވެރިޔާއެވެ. އަދި އެހާމެ ރީތިކޮށް ޤުރުއާން ކިޔަވާވިދާޅުވާ ޤާރީއެއްމެއެވެ. ދީނީ […]
ރައުދުއަށް ދަޢުވާކޮށްފި – ހުކުމުގެ މުއްދަތަކީ އެއް މަހާއި ހަ ދުވަސް

މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ޙައްވާ ޔުމްނު ވެއްޓުނު މައްސަލާގައި ރައުދު އަޙްމަދު ޛިލާލުގެ މައްޗަށް ދަޢުވާކޮށްފިއެވެ. ރައުދުގެ މައްޗަށް ދަޢުވާކުރަން ކްރިމިނަލް ކޯޓަށް ހުށަހެޅީ މި ޖޫން މަހުގެ 4 ވަނަ ދުވަހުއެވެެ. އޭނާގެ މައްޗަށް ކުރަނީ އެހީއަށް ބޭނުންވެފައިވާ މީހަކަށް، އެކަށީގެންވާ ސަބަބެއްނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ދަޢުވާއެވެ. އޭގެ އަސާސީ އަދަބަކީ 1 މަހާއި 6 ދުވަހުގެ ޖަލު ހުކުން ކަމަށްވާއިރު، ރައުދު […]