މަސްތުވާތަކެއްޗާއެކު 60 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު 60 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ، އަޙްމަދު ޢަފީފް، ހ. މެޑޯސްވީޓް ހައްޔަރުކޮށްފައިވަނީ ޖޫން މަހުގެ 13 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ 10 ނަންބަރު ފްލެޓް ކައިރިން ކަމަށާއި، ހައްޔަރުކުރީ އޭނާގެ ޢަމަލުތައް ހުރި ގޮތުން ފުލުހުންނަށް ޝައްކުވެގެން މަޑުކުރަން އެންގުމުން އެއްޗެހިތަކެއް އުކާލާފައި ފިލަން އުޅުމުން ކަމަށެވެ. އޭނާ އެވަގުތު ހުރި ތަން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 5 […]

މިނިވަންދުވަހު ފުޅަނދުބުރާއި ސިފައިންގެ ހަރަކާތްތައް އޮންނާނެ

60 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެގޮތުން މާލެއާއި ހުޅުމާލޭގައި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް، ދިވެހިބަހާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައެވެ. މިގޮތުން ބާއްވާ ހަރަކާތްތަކުގެ ތެރޭގައި، ޤައުމީ ދިފާޢީ ބާރުން ކުރިއަށްގެންދާ ހަރަކާތްތަކާއި މ ފުޅަނދު ބުރެއް އޮންނާނެކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުންވެސް، ކަމާބެހޭ މަޢުލޫމާތު އާންމުކުރުމާއި ރޭޑިއޯއާއި ޓީވީގެ ޒަރީޢާއިން ގެނެސްދޭ ޝައުޤުވެރި އެތައް ކަންތައްތަކެއް ހިމެނޭނެކަމަށް […]

މެނިންގޯކޮކަލް ބަލި ޖެހިފައިވާ އިތުރު މީހަކު ނެތް: އެޗްޕީއޭ

މެނިންގޯކޮކަލް ބަލީގައި މީހަކު ނިޔާވުމާ ގުޅިގެން ހެދި ކޮންޓެކްޓް ޓްރޭސިންގގައި އެ ބަލީގެ އިތުރު މީހަކު ފެނިފައި ނުވާކަމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން މިއަދު ބުނެފިއެވެ. ނޭވާލާ ނިޒާމުގެ ޒަރީޢާއިން ފެތުރޭ މި ބަލީގައި ނިޔާވީ އުމުރުން 24 އަހަރުގެ ފިރިހެނެކެވެ. އޭނާ ނިޔާވީ މެލޭޝިއާއަށް ކުރި ދަތުރަކަށްފަހު ރާއްޖެ އައިތަނާއެވެ.އެކަމާ ގުޅިގެން އެޗްޕީއޭން ވަނީ ކޮންޓެކްޓް ޓްރޭސިންގ ހަދައިފައެވެ. މި ބައްޔަކީ ބެކްޓީރިއާއަކުން ޖެހޭ ސީރިއަސް ބައްޔެއް ކަމަށާއި، ރާއްޖޭން ފެނިފައިވާ މި ބަލީގެ […]

ޙައްޖު ކޯޕަރޭޝަނުގެ ނަމުގައި ސްކޭމް މެސެޖުތަކެއް

މޯލްޑިވްސް ޙައްޖު ކޯޕޮރޭޝަނުގެ ނަމުގައި ފޯނުތަކަށް ސްކޭމް މެސެޖުތަކެއް ފޮނުވަމުންދާކަމުގެ ޚަބަރު ލިބިފައިވާކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ. ޙައްޖު ކޯޕަރޭޝަނުން ބުނީ، ފައިސާ ދެއްކުމަށް އެދި އެއްވެސް ލިންކެއް އެ ކޯޕަރޭޝަނުން ނުފޮނުވާނެ ކަމަށެވެ. އަދި ގުޅައިގެންވެސް އެއްވެސް އަމިއްލަ ފަރާތެއްގެ އެކައުންޓަށް ފައިސާ ޖަމާކުރުމަށް ނުބުނާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފައި ވެއެވެ. އެ ކޯޕަރޭޝަނުގެ ޚިދުމަތްތަކަށް ފައިސާ ޖަމާކުރަން އަންގާނީ ހަމައެކަނި އެ ކޯޕަރޭޝަނުގެ ނަމުގައި ހަދާފައިވާ އެކައުންޓަށް ކަމަށާއި، އެ ނޫން ގޮތެއްގައި […]

ރައުދު ފުރިކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި

ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ޙައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ދަޢުވާލިބޭ ރައުދު އަޙްމަދު ޛިލާލް، ރާއްޖޭން ބޭރަށް ފުރާފައިވާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަ ފުލުހުން ދޮގުކޮށްފިއެވެ. ފުލުހުން ބުނީ، ރައުދު ފުރުން މަނާކުރުމުގެ އަމުރު އަދިވެސް ދެމި އެބައޮތް ކަމަށެވެ. މި މައްސަލާގައި ރައުދު މައްޗަށް ކޮށްފައިވަނީ، އެކަށީގެންވާ ސަބަބެއް ނެތި ޔުމްނުއަށް އެހީނުވުމާއި، އެހީތެރިކަން ހޯދުމަށް އެދި ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައި ނުވުމުގެ ކުށުގެ ދަޢުވާއެވެ. ރައުދުގެ މައްޗަށް […]

”ޕަރާއޯ“ ފިހާރައަށް ވަދެ، ވަޅިން ބިރުދައްކައި ފައިސާ ފޭރުނު މައްސަލައިގެ ތަޙުޤީޤު ނިންމައި ދަޢުވާކުރަން ފޮނުވައިފި

މައްޗަންގޯޅިީގައި ހުންނަ “ޕަރާއޯ” ފިހާރައަށް ވަދެ ވަޅިން ބިރުދައްކައި، އެ ފިހާރައިގެ ވަތްގަނޑުގައި ހުރި ފައިސާ ފޭރުނު މައްސަލައިގެ ތަޙުޤީޤު ނިންމައި، ދަޢުވާކޮށްދިނުމަށްއެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލާގައި ދަޢުވާކުރުމަށް ފޮނުވާފައިވަނީ ހ. ރެދަން / މާލެ، ފަވާޒް ކަޅުތުއްތު (36އ)ގެ މައްޗަށެވެ. މި މައްސަލާގައި އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން 2025 މެއި 13 ވަނަ ދުވަހުއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީޢަތުން ގޮތެއް ނިމެންދެން ބަންދުގައި […]

ޝައިޚް ފަރީދުގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު މާދަމާ ހުކުރު ނަމާދަށްފަހު

ރާއްޖޭގެ ދީނީ ޢިލްމުވެރިޔާ އައްޝައިޚް އިބްރާހީމް ފަރީދުގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު މާދަމާގެ ހުކުރު ނަމާދަށްފަހު އޮންނާނެއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އަންގާރަ ދުވަހު ވިދާޅުވީ، ޝައިޚު ފަރީދުގެ މައްޗަށް 13 ޖޫން ވާ ހުކުރު ދުވަހު ހުކުރު ނަމާދަށްފަހު، މުޅި ރާއްޖޭގެ ހުކުރުކުރާ ހުރިހާ މިސްކިތެއްގައި ޣައިބަށް ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. ޝައިޚް ފަރީދު އަވަހާރަވީ މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅެއްގައި އެއާޕޯޓަށް ފައިބާވަޑައިގަތްތަނުން ކުއްލިއަކަށް ހާލުކޮޅުދެރަވުމާއެކު ފަރުވާދެމުން […]

މޮނިޓަރިންގ ނިޒާމުގެ ތެރޭން 20 މީހަކަށް ލުއި ނުދޭން ޕީޖީން ނިންމައިފި

ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރޭން، މޮނިޓަރިންގ ޓެގް އެޅުވުމަށްފަހު ބަންދަށް ލުއި ދިނުމަށް އެދުނު 20 މީހަކަށް ލުއި ނުދޭން ނިންމާފައިވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (ޕީޖީ)އިން ބުނެފިއެވެ. ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންނަށް އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމުގެ ތެރެއިން ބަންދަށް ލުއި ދޭންފެށީ މޭ މަހުގެ 28ގައެވެ. ޕީޖީގެ ތަރުޖަމާނު އަޙުމަދު ޝަފީޢު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ލުއި ދިނުމަށް އެދިފައިވާ މީހުންގެ ތަފާސްހިސާބު ހިއްސާކުރައްވާފައެވެ. މި ތަފާސްހިސާބުތަކަށް […]

މިއަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފަށާނެ

މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފަށާނެކަމަށް، މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އަޙުމަދު ސަޢުދީ ވިދާޅުވެއްޖެއެވެ. އާރްޓީއެލްގެ ޚިދުމަތް ދިނުމަށް ނިންމާފައިވަނީ 3 ފިޔަވައްސަކަށް ބަހާލައިގެންނެވެ. މިގޮތުން، މި ޖޫން މަހު ރ. އަތޮޅުގައި ޚިދުމަތް ފަށާއިރު، ޖުލައި މަހު ބ. އަތޮޅުގައި ޚިދުމަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިހާތަނަށް އައިއިރު 9 އަތޮޅެއްގެ 81 ރަށް ފެރީގެ ނިޒާމުން ވަނީ ގުޅައިލާފައެވެ. މިއީ […]

މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

މިއަދުގެ ހެނދުނުގެ ވަގުތެއްގައި މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ. ފުލުހުން ބުނީ، ފަރުވާދިނުމަށް މިއަދު ހެނދުނު މައްޗަންގޮޅީ ގެއަކުން މީހަކު އައިޖީއެމްއެޗަށް ގެންދިޔަކަމަށާއި، ނަމަވެސް ގެންދިޔައިރުވެސް އޭނާ އޮތީ މަރުވެފައިކަމަށް މަޢުލޫމާތު ލިބިފައިވާކަމަށެވެ. މަރުވެފައިވަނީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އެކަމާގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.