ޔޯގާ ދުވަހުގެ މައްސަލާގައި ހިމެނޭ ބައެއް ފަރާތްތަކަށް ދަޢުވާ ނުކުރަން ނިންމައިފި

21 ޖޫން 2022ވަނަ ދުވަހު ގަލޮޅު ބޯޅަދަނޑުގައި ފާހަގަކުރި ބައިނަލްއަޤްވާމީ ޔޯގާ ދުވަހުގެ ހަރަކާތްތަކަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގި މައްސަލާގައި ހިމެނޭ ބައެއް ފަރާތްތަކަށް ދަޢުވާ ނުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ. މިކަން ހާމަކޮށް، އެ އޮފީހުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި ކަމުގައި ހިމެނޭ ބައެއް ފަރާތްތަކުން ދަޢުވާ މުރާޖަޢާ ކޮށްދިނުމަށް އެދި ހުށަހަޅާފައި ވާކަމަށެވެ. މި ދަޢުވާ މުރާޖަޢާ ކުރުމަށްފަހު އެ އޮފީހުން ނިންމާފައިވަނީ، ޔޯގާ ހަރަކާތުގެ ބައިވެރިންނަށް ސީދާ ހަމަލަދީ […]

ޔުމްނުގެ މައްސަލާގައި ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު އާންމުކުރަން ރައީސް އަންގަވައިފި

ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ޙައްވާ ޔުމްނު ވެއްޓުނު މައްސަލަ ތަޙުޤީޤުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު އާންމުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންގަވައިފިއެވެ. ރައީސް މުޢިއްޒު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު ލިބިވަޑައިގެންފައި ވާކަމަށާއި، އެ ރިޕޯޓު، އޮތްގޮތަށް އާންމުކުރަން އިރުޝާދުދެއްވާފައި ވާނެކަމަށެވެ. މި މައްސަލާގައި ފުލުހުންގެ ތަޙުޤީޤާމެދު އާންމުން ކަންބޮޑުވުން ފާޅުކުރަން ފެށުމުން، އެ މައްސަލަ ބެލުމަށްޓަކައި ޚާއްޞަ ކޮމިޝަނެއް ރައީސް އުފެއްދެވީ އޭޕްރީލް މަހުގެ ފަހުކޮޅުއެވެ. […]

ޔުމްނުގެ މައްސަލައިގެ ތަޙުޤީޤު ނިންމައި ރައީސަށް ރިޕޯޓު ފޮނުވައިފި

މިދިޔަ އޭޕްރީލް 18ވަނަ ދުވަހުގެ ރޭ ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ޙައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަޙުޤީޤުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަންގެ ރިޕޯޓު ނިންމައި މިއަދު ރައީސަށް ފޮނުވައިފިއެވެ. މި ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ؛ ކުރީގެ ބަންޑާރަނައިބު ޑރ. މުޙައްމަދު މުނައްވަރާއި، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އަޙުމަދު މުޙައްމަދާއި، ޑރ. މޫސާ މުރާދާއި، ޖަބީން މުޙައްމަދާއި، އާމިނަތު އީނާސްއެވެ. ކޮމިޝަންގެ ރައީސަކީ ޑރ. މުޙައްމަދު މުނައްވަރެވެ. މިއަދު އެ […]

ޙައްޖުވެރިންނަށް ޚާއްޞަ ފްލޫ ކްލިނިކްތަކެއް

ޙައްޖުން އެނބުރި އަންނަ މީހުންނަށް ޚާއްޞަކޮށްގެން މާލޭ ސަރަހައްދުގައި ފްލޫ ކްލިނިކްތަކެއް ހުޅުަވާފައި ވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ. އެޗްޕީއޭން ބުނީ، މި ކްލިނިކްތައް ހުޅުވާފައިވަނީ އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އާއި ހުޅުމާލޭ ހޮސްޕިޓަލުގައި ކަމަށެވެ. މިގޮތުން، އައިޖީއެމްއެޗްގައި ހުޅުވާފައިވާ ކްލިނިކުން ކޮންމެ ދުވަހަކު ހެނދުނު 10.00ން ރޭގަނޑު 10.00ށް، އަދި ހުޅުމާލޭ ހޮސްޕިޓަލުގައި ހުޅުވާފައިވާ ކްލިނިކުން (ހުކުރު ދުވަސް ފިޔަވައި) ކޮންމެ ދުވަހެއްގެ މެންދުރުފަހު 2.00ން ރޭގަނޑު 8.00ށް ޚިދުމަތް ދޭނެކަމަށް އެޗްޕީއޭން […]

މަސްތުވާތަކެތީގެ މައްސަލައެއްގައި 62 އަހަރުގެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ރ. އިނގުރައިދޫން 62 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ. ހައްޔަރުކޮށްފައިވަނީ ދަފްތަރު ނަމްބަރު 2689، ޢަލީ ޝަރީފެވެ. ފުލުހުން ބުނީ، ރ. އިނގުރައިދޫގައި ހިންގި އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކުރީ، ޑްރަގް ގެންގުޅެ، އެތަކެތި ބޭނުންކޮށް، އެތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ. އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު، ޑްރަގް ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 4 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އޭނާ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް […]

ޖެމްކިއުއަކީ ޤާނޫނާ ޚިލާފަށް ހިންގާ ސްކީމެއް، ފިޔަވަޅު އަޅާނަން

ޖީއެމްސީއީ ނުވަތަ ޖެމްކިއުގެ މުޢާމަލާތަކީ ޤާނޫނާ ޚިލާފަށް ހިންގާ މަކަރުވެރި ސްކީމެއްކަމަށް، ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ)އާއި ދިވެހި ފުލުހުންގެ ޚިދުމަތުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފިއެވެ. ޤާނޫނު ނަންބަރު 02/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީއާ ބެހޭ ޤާނޫނު)ގެ ދަށުން އެކުލަވާލާފައިވާ ”އިންވެސްޓްމަންޓް ފަންޑު ރަޖިސްޓްރީކޮށް ހިންގުމާބެހޭ ޤަވާޢިދު“ގައި ވާގޮތުން މިފަދަ ސްކީމްތައް ހިންގަންވާނީ ސީއެމްޑީއޭގައި ރަޖިސްޓްރީކޮށް ހުއްދަ ނަގައިގެންނެވެ. ނަމަވެސް މި ބަޔާނުގައި ބުނެފައިވާގޮތުގައި، ޖެމްކިއު ސްކީމަކީ ރަޖިސްޓްރީކޮށްގެން ހިންގާ ސްކީމެއް ނޫނެވެ. އަދި […]

ވަގަށް ނަގާފައިވާ ސައިކަލަކާއި އިތުރު ސާމާނުތަކަކާއެކު މީހަކު ހައްޔަރުކޮށްފި

ވަގަށް ނަގާފައިވާ ސައިކަލަކާއި އިތުރު އެހެން ސާމާނުތަކަކާއެކު މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ރ. އަލިފުށި / ހަބީބީހެޕް، އިސްމާޢީލް ސާއިފް (39 އ)އެވެ. ފުލުހުން މަޢުލޫމާތު ދިންގޮތުގައި، އޭނާ ހައްޔަރުކުރީ، މި ޖޫން މަހުގެ 13ވަނަ ދުވަހު މާލެތެރޭގައި ޕެޓްރޯލްކުރަމުންދިޔަ ފުލުހުންނަށް އޭނާގެ ޢަމަލުތައް ހުރިގޮތުން ޝައްކުކުރެވިގެން ހުއްޓުވައި ބެލިބެލުމުގައި، އޭނާ އަރައި އިން ސައިކަލަކީ ވަގަށް ނަގާފައިވާ އެއްޗެއްކަން އެނގުމުން ކަމަށެވެ. އަދި އޭނާ ބަލައިފާސްކުރިއިރު ވަގަށްނަގާފައިވާ ފޯނުތަކެއް ފެނިފައިވާކަމަށާއި، މި ފޯނުތަކަކީ […]

ރިޓަޔަރކުރައްވާ އުއްތަމަ ފަނޑިޔާރަށް ގަނޑުކޮށް 5 ލައްކަ، އަދި މަހަކު 70،000 ރުފިޔާ ލިބިދޭގޮތަށް އިސްލާހެއް

ރިޓަޔަރކުރައްވާ އުއްތަމަ ފަނޑިޔާރަށް ގަނޑުކޮށް 5 ލައްކަ ރުފިޔާ، އަދި މަހަކު 70،000 ރުފިޔާގެ އެލަވަންސެއް ލިބިދޭގޮތަށް ފަނޑިޔާރުންގެ ރިޓަޔަރމަންޓް ގަވައިދު އިސްލާހުކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. އުއްތަމަ ފަނޑިޔާރަށް ވަކި ޚާއްޞަ ޢިނާޔަތެއް ދޭންޖެހޭގޮތަށް، ފަނޑިޔާރުންގެ ރިޓަޔަރމަންޓް ގަވައިދުގައި މިހާރު ކަނޑައަޅާފައެއް ނޯވެއެވެ. ނަމަވެސް، އުމުރުން 55 އަހަރު ވުމުން އަމިއްލައަށް ވަޒީފާއިން ވަކިވެވަޑައިގަތުމަށް އެދި ހުށަހަޅުއްވާ ފަނޑިޔާރުންގެ ތެރޭން ރިޓަޔަރކުރައްވާ ފަނޑިޔާރުންނަށް ޢިނާޔަތް ދެވޭނީ 10 އަހަރު ޚިދުމަތްކުރައްވާފައި […]

އެންމެ މޮޅު ދަރިވަރު ހޮވާފައިވަނީ އުސޫލާ ޚިލާފަށްކަމަށް ބުނެ، ފޯކައިދޫ ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާ ވުޒާރާއިން ހުއްޓުވައިފި

ފޯކައިދޫ ސްކޫލްގެ 2024ވަނަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރު ހޮވާފައިވަނީ އެކަމަށް ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށްކަމަށް ބުނެ، ތަޢުލީމާބެހޭ ވުޒާރާއިން އެ ސްކޫލްގެ އިނާމު ދިނުމުގެ ޖަލްސާ ހުއްޓުވައިފިއެވެ. ޚަބަރު ލިބިފައިވާގޮތުގައި މި ޖަލްސާ ހުއްޓުވާފައިވަނީ ބެލެނިވެރިއަކު ހުށަހެޅި ޝަކުވާއަކާ ގުޅިގެން، އަލުން އެކަން މުރާޖަޢާ ކުރުމަށްޓަކައެވެ. ޖޫން މަހުގެ 4ވަނަ ދުވަހު ބޭއްވުމަށް ހަމަޖެއްސި މި ޖަލްސާ ކުއްލި ގޮތަކަށް ހުއްޓުވާފައިވާއިރު، މި ޖަލްސާ ދެން ބޭއްވޭނެ ތާރީޚެއް އަދި އަންގާފައެއް ނުވެއެވެ.

ކުލި ނުދައްކާ ފްލެޓްތަކުގެ ވެރިންނަށް ނޯޓިސް ފޮނުވަން ފަށައިފި

ސޯޝަލް ހައުސިންގ ސްކީމުގެ ދަށުން ހުޅުމާލޭން ދޫކޮށްފައިވާ ފްލެޓްތަކުގެ ތެރޭން ކުލި ނުދައްކާ ފްލެޓްތަކުގެ ވެރިންނަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ނޯޓިސް ފޮނުވަން ފަށައިފިއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ކޮންމެ ތިން މަހަކުން އެއްފަހަރު މި ނޯޓިސް ފޮނުވަމުންދާނެއެވެ. މިއީ ކުލި ދައްކަން ހަނދާންކޮށްދިނުމުގެ ގޮތުން ފޮނުވާ ނޯޓިސްއެކެވެ. ހުޅުމާލޭގެ 5000ށްވުރެ ގިނަ ފްލެޓުން ގަވައިދުން ކުލި ނުދައްކާ ކަމަށް އެޗްޑީސީން ބުނެފައިވާއިރު، މި އަހަރުގެ ފެބްރުއަރީ 28އާ ހަމައަށް އެޗްޑީސީއަށް ލިބެންޖެހޭ ކުލީގެ ތެރެއިން 728،193،616.18 […]