އިމިގްރޭޝަންގެ ”އޮޕަރޭޝަން ހަމަމަގު“ އައްޑޫ ސިޓީގައި ފަށައިފި

ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނުން ހިންގާ ”އޮޕަރޭޝަން ހަމަމަގު“ އައްޑޫ ސިޓީގައި ފަށައިފިއެވެ. މި އޮޕަރޭޝަނުގައި އިމިގްރޭޝަނުންނާއި ދިވެހި ފުލުހުންގެ ޚިދުމަތުން، ކޮންމެ މުއައްސަސާއަކުން 25 އޮފިސަރުން ބައިވެރިވެއެވެ. 13 ޓީމަކަށް ބަހާލައިގެން ކުރިއަށްގެންދާ މި އޮޕަރޭޝަނުގައި އައްޑޫ ސިޓީގެ ހުރިހާ އަވަށެއް ބަލައިފާސްކުރާނެއެވެ. މި އޮޕަރޭޝަނުގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަޙުމަދު ފަޞީޙާއި އެ އިދާރާގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ. ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމުގެ އިތުރުން މިފަދަ އޮޕަރޭޝަންތަކުގެ […]

ލޭންޑިންގ ކްރާފްޓް ހާދިސާގައި ވޮރަންޓް އޮފިސަރު 2 ޙާމިދު އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ލޭންޑިންގ ކްރާފްޓް ބަންޑުންޖަހައިލި ހާދިސާގައި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ވޮރަންޓް އޮފިސަރު 2 ޢަލީ ޙާމިދު އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. އެމަނިކުފާނުގެ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ވޮރަންޓް އޮފިސަރު 2 ޢަލީ ޙާމިދު އަވަހާރަވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަތް ވަރަށް ފުން ހިތާމައެއް ކަމަށެވެ. ޙާމިދު ވަނީ ދިވެހި އަސްކަރިއްޔާއަށް ޝަރަފުވެރިކަމާއެކު 27 އަހަރު ޚިދުމަތްކުރައްވާފައި ކަމަށާއި، އޭނާ އަވަހާރަވީ ޤައުމީ ޚިދުމަތުގައި ސިފައިންގެ ޑިއުޓީގައި އުޅުއްވަނިކޮށްކަން […]

ލޭންޑިންގ ކްރާފްޓް ބަންޑުން ޖަހައިލި ހާދިސާގައި ދިވެއްސަކު ނިޔާވެއްޖެ

މިއަދު ހެނދުނު ޅ އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ބަންޑުންޖަހައިލި ލޭންޑިންގ ކްރާފްޓުން ދަތުރުކުރި ސިފައިންގެ މީހަކު ނިޔާވެފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެންއެންޑީއެފް)އިން ބުނެފިއެވެ. އެމްއެންޑީއެފުން ބުނީ، އުޅަނދުން ދަތުރުކުރި މީހުންގެ ތެރޭން ދެ މީހަކު ގެއްލުނުކަމުގެ މަޢުލޫމާތު ލިބިގެން އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު ފެނިފައިވާކަމަށެވެ. އަދި އޭނާ ފެނުމާއެކު، ޅ. ނައިފަރު ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށާއި، ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާކަމަށެވެ. […]

ލޭންޑިންގ ކްރާފްޓެއް ކާށިދޫ ކަނޑަށް ބަންޑުންޖަހާލައިފި

ސިވެކްގެ ލޭންޑިންގ ކްރާފްޓެއް ކާށިދޫ ކަނޑަށް ބަންޑުންޖަހާލައިފިއެވެ. އެމްއެންޑީއެފުން ބުނީ، މި ލޭންޑިންގ ކްރާފްޓް ބަންޑުންޖަހައިލުމާ ގުޅިގެން، އޭގައި ދަތުރުކުރި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އިތުރު ތަފްސީލް އަންނަނީ…

ހުޅުމާލޭގައި އިމާރާތްކުރާ މިސްކިތުގެ މަސައްކަތް އަވަސްކުރުމަށް އެސްޖޭއާ މަޝްވަރާކޮށްފި

އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުންދާ މިސްކިތުގެ މަސައްކަތް އަވަސްކުރުމަށްޓަކައި ކުރެވޭނެ ކަންކަމާ ގުޅޭގޮތުން، އިސްލާމީކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، އެ ކުންފުނީގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ. އަންގާރަ ދުވަހު ބޭއްވެވި މި ބައްދަލުކުރެއްވުން އޮތީ އިސްލާމީކަންތައްތަކާބެހޭ ވުޒާރާގައެވެ. މި ބައްދަލުކުރެއްވުމުގައި ވަނީ މިސްކިތުގެ މަސައްކަތް އަވަހަށް ނިންމުމަށް ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި އެސްޖޭ ކޮންސްޓްރަކްޝަނުން ވަނީ، މިސްކިތުގެ މަސައްކަތް ނިންމުމަށް ކުރަންޖެހޭ […]

ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން އިތުރު ފަރުވާއަށް މާލެއަށް

އަންގާރަ ދުވަހުގެ ރޭ ޅ. މަޑިވަރު އެއާޕޯޓު ކައިރިން ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން އިތުރު ފަރުވާއަށް މާލެ ގެނެސް، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ފަރުވާދޭން ފަށައިފިއެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ ޑިންގީގެ ކެޕްޓަނަށާއި އިތުރު މީހަކަށް ކަމަށާއި، އެ މީހުން މާލެ ގެނައީ ޅ. ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދެއެވެ. ފުލުހުން ބުނީ އެކްސިޑެންޓުވި ޑިންގީ ގެއްލިފައިވާކަމަށާއި، ބޮޑަށް […]

ޤުރުއާން ހިތުދަސްކޮށްފައިވާ ފަރާތްތަކަށް ދޭ އެލަވަންސް 4000 ރުފިޔާއަށް ބޮޑުކުރަނީ

ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާ ފަރާތްތަކަށް މިހާރު ދެމުންގެންދާ 2000 ރުފިޔާގެ އެލަވަންސް، މި އަންނަ ޖުލައި މަހުން ފެށިގެން 4000 ރުފިޔާއަށް ބޮޑުކުރުމަށް ނިންމަވާފައިވާކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނުގެ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އަންގާރަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގައި މިގޮތަށް ނިންމަވާފައި ވާކަމަށެވެ. މި ދާއިރާއިން މީހުން ތަމްރީނުކުރުމާއި، ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ދޭ އަހަންމިއްޔަތު އިތުރުކުރުމަކީ، ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރުކުރުމުގައި ވަރަށް މުހިންމު ކަމެއްކަން […]

ބާންބޫން (ދެވަަނަ ބައި)

”ދަރިފުޅާ!ސަމީރުގެ…..މޫނު…..އަޅަން.“ ބަފައިބެއަށް މިހެން ބުނެވުނީ ވަރަށް އުނދަގުލުންނެވެ. ޝަމްހާއަށް ރޮއިގަނެވުނީ އެވަގުތުއެވެ. ސަމީރުގެ މޫނުގައި ބޮސްދޭން ގުދުވިގޮތަށް ބާރަށް އެ މޫނުގައި ހިފައި ބައްދައިގަނެވުނެވެ. ”އެކަކުވެސް ގާތްވެގެން ނުވާނެ! މީ އަހަރެންގެ މީހެއް! ދާންއުޅޭ އެންމެން.“ ހިނދުކޮޅަކަށް ނަމަވެސް ޝަމްހާގެ ބުއްދި ފިލައިދިޔައެވެ. ޝަމްހާ މަސަލަސްކުރެވޭތޯ ރަޝީދާއި ޝަމްހާގެ ބޭބެ ޝަމްޢޫން މަސައްކަތްކުރަމުން ދިޔައެވެ. ނަމަވެސް ޝަމްހާއަށް ލިބިފައިހުރީ އާދައިގެ ބާރެއްނޫނެވެ. ސަމީރުގެ މޫނުން ޝަމްހާގެ އަތް ދޫވީ ޚަބަރުހުސްވެގެން އޭނާ ވެއްޓެން ދިއުމުންނެވެ. ހޮސްޕިޓަލަށް ގެނެވުނުއިރު […]

ޔޫމެޓަށް ބަދަލުގެ ގޮތުގައި އިތުރަށް ވަނީ 23.2 މިލިއަން ރުފިޔާ ދީފައި: އޮޑިޓް އޮފީސް

ޅ. ކުރެންދޫ ބަނދަރު ހެދުމުގެ މަސައްކަތް ކުރަމުންދިޔަ ޔޫމެޓް ކޮންސްޓްރަކްޝަންގެ އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި ދޭންޖެހޭ އަދަދަކަށްވުރެ 23.2 މިލިއަން ރުފިޔާ އިތުރަށް ސަރުކާރުން ދީފައިވާކަމަށް، އޮޑިޓަރ ޖެނަރަލްގެ އޮފީހުން ނެރުނު ރިޕޯޓުން ހާމަވެއްޖެއެވެ. މިއީ، ބަނދަރު ހެދުމުގެ މަސައްކަތް ކުރަމުންދަނިކޮށް، 10 މާރިޗު 2013ގައި އެއްބަސްވުން ބާތިލުކުރުމުން، ގެއްލުމުގެ ބަދަލު ހޯދުމަށް ޔޫމެޓް ކޮންސްޓްރަކްޝަނުން ހުށަހެޅުމުން، އިކޮނޮމިކް ކައުންސިލުން، ގެއްލުމުގެ ބަދަލުގައި ނަގައިދިނުމަށް ނިންމަވާފައިވާ އަދަދެވެ. 18 ޖޫން 2023ގައި […]

މެންބަރު ސިނާނުގެ ގޮނޑީގެ މައްސަލަ މާދަމާ ސުޕްރީމްކޯޓުގައި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ސިނާނުގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައިގެ ޝަރީޢަތް މާދަމާ ފެށުމަށް ސުޕްރީމް ކޯޓުން ތާވަލުކޮށްފިއެވެ. ޕީއެންސީއަށް ނިސްބަތްވާ މެންބަރާ ގުޅޭގޮތުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އޭނާ އިސްލާމިކް ބޭންކަށް ދައްކަވަންޖެހޭ ލޯނެއް، ހުކުމާ އެއްގޮތަށް ނުދައްކަވާކަމަށް ބުނެއެވެ. ފަސް ފަނޑިޔާރެއްގެ ބެންޗަކުން މި މައްސަަލަ ބެއްލެވުމަށް ހަމަޖެހިފައިވާއިރު، ގާނޫނު އަސާސީ ވާގޮތުން، ހުކުމާ އެއްގޮތަށް ސާބިތު ދަރަނި ނުދައްކާ މެންބަރުންގެ ގޮނޑި […]