އެކްސިޑެންޓުވުމުން މަޑުނުކޮށް ދިޔަ މީހަކު ހައްޔަރުކޮށްފި

ޖޫން މަހުގެ 23 ވަނަ ދުވަހުގެ ހަވީރު ހުޅުމާލޭ ރީތިގަސް މަގާއި ކަށިމާ ހިނގުން ގުޅޭ ހިސާބުގައި ދެ ސައިކަލާއި ކާރެއް ޖެހި އެކްސިޑެންޓުވުމުން މަޑުނުކޮށް މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މ. މަޑުއްވަރި / ކޮކްނަޓްވިލާ، އާދަމް ޖަނާން މުޙައްމަދު (26އ) ކަމަށާއި، މިއީ އެކްސިޑެންޓުވި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލު ދުއްވަން އިން މީހާކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މި އެކްސިޑެންޓުގައި ހިމެނޭ އަނެއް ސައިކަލު ދުއްވަންއިން 38 އަހަރުގެ […]
މިއަދުވެސް ރާއްޖޭގެ އެކި ހިސާބަށް އުދައެރުން އެކަށީގެންވޭ: މޫސުމާބެހޭ އިދާރާ

މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް އުދައަރާނެކަމަށް ލަފާކޮށް، މޫސުމާބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ. މި ސަމާލު ނެރެފައިވަނީ މިއަދުގެ 14.00ން 17.30ގެ ނިޔަލަށެވެ. މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، އުދަ އަރަމުންދާ ދުވަސްވަރެކެވެ. މިގޮތުން، އިއްޔެގެ 13.30ން 17.00ށް ވެސް އުދަ އަރާނެކަމަށް ލަފާކޮށް، މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ހުދު ސަމާލު ނެރެފައެވެ.
އުދައަރާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި

ރާއްޖޭގެ އެކި ހިސާބުތަކަށް އުދައަރާނެކަމަށް ލަފާކޮށް، މޫސުމާބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ. މި ސަމާލު ނެރެފައިވަނީ މިއަދުގެ 13.30ން 17.00ގެ ނިޔަލަށެވެ. މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވުމާއެކު އުދައަރަމުންދާ ދުވަސްވަރެކެވެ. މިގޮތުން، އެ އިދާރާއިން ވަނީ ހއ އަތޮޅުން ފެށިގެން އދ އަތޮޅާ ހަމައަށް، މިއަދުގެ 10.45ން 16.30އާ ހަމައަށް ހުދު ސަމާލު ނެރެފައެވެ. އެ ވަގުތުގެ ތެރޭގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި، އަދި ވިލާގަނޑުގައި ގަޑިއަކު […]
އުދަ އަރާނެކަމަށް ލަފާކޮށްފައިވާތީ ސައިކަލުގައި ބުރިޖުން ދަތުރުނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި

އުދައަރާނެ ކަމަށް ލަފާކޮށް، މޫސުމާބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވާތީ، އެ ވަގުތުގެ ތެރޭގައި ބުރިޖާއި ހައިވޭގައި ދަތުރުކުރުމަށް ހަތަރުފުރޮޅުލީ އުޅަނދު ބޭނުންކުރުމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ. މިއަދުގެ 13.30ން 17.00އާ ހަމައަށް މުޅި ރާއްޖެއަށް އުދައަރާނެކަމަށް ލަފާކޮށް، މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ހުދު ސަމާލު ނެރެފައެވެ. މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބަށް މޫސުން ގޯސްވެ، ބައެއް ރަށްރަށަށް ދަނީ އުދައަރަމުންދާ ދުވަސްވަރެކެވެ.
ކަރަންޓުގެ މައްސަލައަކާ ގުޅިގެން ހުޅުމާލޭ ހޮސްޕިޓަލުގެ އޯޕީޑީ ޚިދުމަތް ހުއްޓާލުމަށްފަހު އަލުން ފަށައިފި

ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ހުޅުމާލޭ ހޮސްޕިޓަލަށް ދިމާވި ކަރަންޓު ކެނޑުމުގެ މައްސަލައަކާ ގުޅިގެން އެ ހޮސްޕިޓަލުގެ ޖެނެރަލް އޯޕީޑީގެ ޚިދުމަތް މެދުކަނޑާލުމަށްފަހު އަލުން ޚިދުމަތް ދޭންފަށައިފިއެވެ. ކަރަންޓު ކެނޑުމާ ގުޅިގެން އެ ހޮސްޕިޓަލުގެ އޯޕީޑީ ޚިދުމަތް ހުއްޓާލައި، ޚިދުމަތްދެމުން ގެންދިޔައީ ހިޔާ ފުލެޓު 16ގައި ހުންނަ ހިޔާ ކްލިނިކުންނެވެ. ހުޅުމާލޭ ހޮސްޕިޓަލުން މަޢުލޫމާތު ދިންގޮތުގައި، ކަރަންޓު ކެނޑުމަށް ދިމާވެފައިވަނީ ހޮސްޕިޓަލުގެ މައި ކަރަންޓު ވިއުގައަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. މައްސަލަ ހައްލުކުރެވި، އަލުން ޚިދުމަތް ފެށިފައި […]
ފައިނު އެކްސިޑެންޓުގައި އަނިޔާވި ބޮޑު މީހަކާއި ކުޑަކުއްޖަކު މާލެ ގެނެސްފި

ރ. ފައިނުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ބޮޑު މީހަކާއި ސްކޫލް ދަރިވަރަކު މިއަދު ހެނދުނުގެ ވަގުތެއްގައި މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި، އެކްސިޑެންޓުވި ދެ މީހުންގެ ތެރޭން އެކަކުގެ ފަޔަށް ވަރަށް ބޮޑަށް އަނިޔާވެފައިވާއިރު، އަނެއް މީހާއާއި ކުޑަ ދެ ކުދިންނަށްވެސް އެކިވަރުގެ ބޮޑެތި އަނިޔާތައް ވެފައިވެއެވެ. މި އެކްސިޑެންޓު ހިނގާފައިވަނީ އެ ރަށު ސޯސަންމަގުގައި ކަސްރަތަށް ނުކުމެ އުޅުނު ބައެއްގެ ގައިގައި ސައިކަލަކުން ޖެހިގެންނެވެ. އެކްސިޑެންޓުވި ސައިކަލު ދުއްވަންތިބީ […]
ފަސް އަހަރު ކުރިން ގެއްލުނު ނަޞްރުﷲގެ މައްޗަށް މިއަދު ކަށުނަމާދު ކުރަނީ

މީގެ ފަސް އަހަރު ކުރިން ކަނޑުމަތީގެ އެކްސިޑެންޓެއްގައި ގެއްލުނު، ބ. އޭދަފުށީ މުޝްތަރީގޭ ނަޞްރުﷲ ޢަބްދުﷲގެ މައްޗަށް، ޖޫން 27ވާ ހުކުރު ދުވަހު ޣައިބަށް ކަށުނަމާދުކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. ހުކުރު ނަމާދަށްފަހު ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ ބ. އޭދަފުށީ މަސްޖިދު ސުލްޠާން މުޙައްމަދު މުޢީނުއްދީނުގައާއި، މަސްޖިދު ޔޫސުފުގައާއި އަދި މަސްޖިދު މުޙައްމަދު ޢަލީގައި ކަމަށް އެރަށު ކައުންސިލުން ބުނެއެވެ. ނަޞްރުﷲ ގެއްލިފައިވަނީ އޭނާގެ އަންހެނުންގެ ދެ ބޭބެއާއެކު ބ. ދަރަވަންދޫން މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް، […]
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެމްޕަވަރމަންޓް ހަބެއް ހަދަނީ

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެމްޕަވަރމަންޓް ހަބެއް ހެދުމާގުޅޭ އެއްބަސްވުމެއްގައި މޯލްޑިވްސް ޒަކާތު ހައުސްއާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބުދަ ދުވަހު އޮތް މި ރަސްމިއްޔާތުގައި ޒަކާތު ހައުސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރ ޖެނަރަލް، އައްޝައިޚް ޢިއްޒުއްދީން ޢަދުނާނެވެ. މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހީމް އިސްމާޢީލް ޢަލީއެވެ. މިނިސްޓްރީ އޮފް އިސްލާމިކް […]
ފައިނުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ރ. ފައިނުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 4 މީހަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި މި އެކްސިޑެންޓު ހިނގާފައިވަނީ އެ ރަށު ސޯސަންމަގުގައި ކަސްރަތަށް ނުކުމެ އުޅުނު ބައެއްގެ ގައިގައި ސައިކަލަކުން ޖެހިގެންނެވެ. އަދި މި ސައިކަލު ދުއްވަންތިބީ 18 އަހަރުން ދަށުގެ ދެ ކުދިންނެވެ. މި އެކްސިޑެންޓުގައި އަނިޔާވި މީހުނަށް ރ. ފައިނު ޞިއްޙީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔުމަށް މިހާރު ދަނީ މަސައްކަތް ކުރަމުން ކަމަށް ޚަބަރު ލިބިފައިވެއެވެ.
ޖޫން 26ގައި ސަރުކާރު ބަންދު ނަމަވެސް މާލޭ ސަރަހައްދުން ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ

ހިޖުރީ އާ އަހަރު ފެށުމާ ގުޅިގެން ޖޫން 26ވާ ބުރާސްފަތި ދުވަހު ސަރުކާރު ބަންދުވީނަމަވެސް، މާލޭ ސަރަހައްދުގެ އޮފީސްތަކުން ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެކަމަށް، މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ. މިގޮތުން ޚިދުމަތްދޭނެ ވަގުތުތަކަކީ: މީގެ އިތުރުން އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ކަމަށްވެސް މޯލްޑިވްސް އިމިގްރޭޝަނުން ބުނެއެވެ.