ދަންވަރު ވަގުތު ބޭރުތެރޭގައި އުޅޭ ބިދޭސީން ހުއްޓުވައި ފިޔަވަޅުއެޅުމަށް ރައީސް އަންގަވައިފި

ދަންވަރު 12.00އާ ހެނދުނު 6.00އާ ދެމެދު ބޭރުތެރޭގައި އުޅޭ ބިދޭސީން ހުއްޓުވައި، ފިޔަވަޅު އަޅަންޖެހޭނަމަ އެކަން ކުުރުމަށް ކަމާބެހޭ މުއައްސަސާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުުޙައްމަދު މުޢިއްޒު އަންގަވައިފިއެވެ. މިކަން ހާމަކުރައްވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ، މިގޮތަށް މިކަން ކުރުމަށް އެންގެވީ، ރާއްޖޭގައި ދިރިއުޅޭ ބިދޭސީން އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފަށް އުޅެމުންދާތީއާއި، އާންމު މަސްލަހަތު ގެއްލޭފަދަ ކަންކަން ކުރަމުންދާކަން ފާހަގަކުރެވިފައިވާތީ ކަމަށެވެ. އެހެންކަމާއެކު، އެ ވަގުތުގެ ތެރޭގައި ބޭރުތެރޭގައި އުޅޭ ބިދޭސީންނާ ސުވާލުކޮށް، އަދި […]

އަނެއްކާވެސް 5 މަސާޖު ޕާލާއެއް ބަންދުކޮށްފި

މަސާޖު ޕާލާތައް ބަލައިފާސްކުރުމުގެ އޮޕަރޭޝަނުގެ ދަށުން އިއްޔެވެސް 5 މަސާޖުޕާލާއެއް ބަންދުކޮށްފައި ވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ. އިމިގްރޭޝަނުން ބުނީ، އިއްޔެ 17 މަސާޖު ޕާލާއެއް ބަލައިފާސްކޮށްފައި ވާއިރު 1 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. މީގެ އިތުރުން، މި މަހުގެ 15 ވަނަ ދުވަހުގެ ރޭވެސް ވަނީ މިފަދަ 10 ތަނެއް ބަލައިފާސްކޮށް އޭގެތެރޭން 3 ތަނެއް ބަންދުކޮށްފައެވެ.

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 3 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 3 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބުނެފިއެވެ. ކަސްޓަމްސްއިން ބުނިގޮތުގައި، އަތުލައިގެންފައިވަނީ 3 ކިލޯ 50 ގުރާމުގެ ކެނަބިސް ފަތެވެ. މި ތަކެތީގެ މަގުމަތީ އަގު 2.4 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސްއިން މަޢުލޫމާތުދެއެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރި ކަމުގެ މަޢުލޫމާތު އަދި ލިބިފައެއް ނުވެއެވެ.

ގަނބައިގަތް ގޭގެ އެސެސްމަންޓެއް ހެދުމަށްޓަކައި އިމާރާތްކުރުން ހުއްޓުވައިފި

މާލޭގައި ގެއެއް އިމާރާތްކުރުމަށްޓަކައި ކޮންނަނިކޮށް ޖެހިގެން ހުރި ގެއެއް ގަނބައިގަތުމުގެ ސަބަބުން، އިމާރާތްކުރުމުގެ މަސައްކަތް ކައުންސިލުން ހުއްޓުވައި، އެސެސްމަންޓެއް ހަދަން އަންގައިފިއެވެ. އިއްޔެ ހިނގި މި ހާދިސާ ހިނގާފައިވަނީ މާފަންނު ނަސީމީ ހިނގުމުގައި ހުންނަ ގެއެއް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށެވެ. ގަނބައިގެންފައިވަނީ އެ ގެއާ ޖެހިގެން ހުންނަ މ. އޭޑީރީޑުގޭގައި މީހުން ހިނގަން އޮންނަ ގޯޅިގަނޑުގެ ބައެކެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. މާލެ ސިތީގެ މޭޔަރު އާދަމް ޢާޒިމާ […]

2 ވިޔަފާރިއެއް ބަންދުކޮށް، 2 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ދެނެގަތުމަށް ހިންގަމުންދާ އޮޕަރޭޝަނުގެ ދަށުން މިއަދު 2 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އިމިގްރޭޝަނުން މަޢުލޫމާތު ދިންގޮތުގައި، މިއަދު ކުރިއަށްދިޔަ އޮޕަރޭޝަނުގައި ވަނީ މާލޭގެ 8 ތަނެއް ބަލައިފާސްކޮށް، ވިޔަފާރިކުރަމުންދިޔަ 2 ތަނެއް ބަންދުކޮށްފައެވެ. ގަވައިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެ، އަދި އެކި މަސައްކަތްތައް ހުއްދަނެތި ކުރަމުންދާ ބިދޭސީން ދެނެގަނެ ފިޔަވަޅު އެޅުމަށް އިމިގްރޭޝަނުން ދަނީ ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މެދުކެނޑުމެއްނެތި އެކި އޮޕަރޭޝަންތައް ހިންގަމުންނެވެ. […]

މުޑުދާރުކޮށް ކާބޯތަކެތި ތައްޔާރުކުރަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފި

ވިއްކުމަށްޓަކައި މުޑުދާރުކޮށް ކާބޯތަކެތި ތައްޔާރުކުރަމުންދިޔަ ބިދޭސީންތަކެއް މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އިމިގްރޭޝަނުން ބުނިގޮތުގައި، އެ މީހުން ހައްޔަރުކޮށްފައިވަނީ މިފަދަ ތަންތަން ބަލައިފާސްކުރުމަށް އެ މުއައްސަސާއިން ރޭ ހިންގި އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަނުގައި، ދިލްކުޝާގޯޅީގައި ބިދޭސީން ދިރިއުޅޭ 4 އެކޮމޮޑޭޝަނެއްގެ އިތުރުން، ކާބޯތަކެތި ތައްޔާރުކޮށް ޑެލިވަރީކުރަމުންދިޔަ ތަނެއް ބަލައިފާސްކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ. މި އޮޕަރޭޝަނުގައި ޖުމުލަ 18 ބިދޭސީއަކު ވަނީ އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށާއި، މިއީ ދޫކޮށްފައިވާ ހުއްދައިގެ ބޭރުން ރާއްޖޭގައި […]

ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައި މީހުންގެ އަބުރު ކަތިލުމުގެ ފުރުސަތެއް ސަރުކާރުން ނުދޭނެ

ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައި މީހުންގެ އަބުރު ކަތިލުމުގެ ފުރުސަތު ސަރުކާރުން ނުދޭނެ ކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، މާފަންނު ރައްޔިތުންނާއެކު ރޭ ތާޖުއްދީން ސްކޫލުގައި ކުރިއަށްގެންދެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް އިޝާރާތް ކުރައްވަމުންނެވެ. ރައީސް ވިދާޅުވީ، މިފަދަ ބައްދަލުވުންތައް ކުރިއަށް ގެންދަވަނީ ހުރިހާ ވާހަކަތަކެއް ހިއްސާކުރުމުގެ ފުރުސަތު ރައްޔިތުންނަށް ފަހިކޮށްދެއްވުމަށް ކަމަށާއި، ޚިޔާލު ތަފާތު މީހަކު އެއްޗެއް ބުނެފާނެ ކަމަށް ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށެވެ. އަދި އެފަދަ ކަންކަމަށް […]

ނިދާ ކޮޓަރީގައި ކުރުނބާފަނި ތައްޔާކުރަމުންދިޔަ ބިދޭސީ ބަޔަކު ހައްޔަރުކޮށްފި

ނިދާ ކޮޓަރިތެރޭގައި ކުރުނބާފަނި ތައްޔާރުކުރަމުންދިޔަ ބިދޭސީ ބަޔަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުންނާއި އިމިގްރޭޝަން ޑިސެންބަރު 1ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ބިދޭސީން ދިރިއުޅެމުންދާ ތަނެއް ބަލައިފާސްކޮށް، ދެ ބިދޭސީއަކު ވަނީ އިމިގްރޭޝަނުގެ ބެލުމުގެދަށަށް ގެންގޮސްފައެވެ. ފުލުހުންގެ ޚިދުމަތުން ބުނީ، މިހާތަނަށް ބެލި ބެލުމުން، މި ތަނަކީ ކުރުނބާފަނި ތައްޔާރުކޮށް ފުޅިފުޅީގައި ބަންދުކޮށްގެން ބާޒާރަށް ނެރެ ވިއްކަމުންދިޔަ ތަނެއްކަން އެނގިފައިވާކަމަށާއި، މި ތަނުން ގިނަ އަދަދެއްގެ ކުރުނބާއާއި ހުސް ފުޅި ފެނިފައިވާކަމަށެވެ. މި […]

ހުޅުމާލޭން ކުޑަކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހިން 14 އަހަރުގެ އަންހެންކުއްޖަކު ގެއްލިގެން ރިޕޯޓްކުރުމާ ގުޅިގެން އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި, ގެއްލިގެން ހޯދަމުންދަނީ ރ. ދުވާފަރު / ސިކްސް ސެންސް، ޝިބާ ރަޝީދު (14އ) އެވެ. އޭނާ ހޯދަން ފަށާފައިވަނީ, 2025 ނޮވެމްބަރު 28 ވަނަ ދުވަހުގެ 5.55ގައި ގެއިން ނުކުމެގެން ދިޔަގޮތަށް ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް ޢާއިލާއިން ރިޕޯޓުކުރުމާ ގުޅިގެން ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެއެވެ. ޝިބާ […]

އަަރަބިއްޔާ ސްކޫލް ކުރިން ހިންގި އިމާރާތް ތަޅާލައި ޕާކިންގ ޒޯނަކާއި ޕާކެއް ހަދަނީ

ޗާނދަނީމަގުގައި ހުންނަ، ޢަރަބިއްޔާ ސްކޫލް ކުރިން ހިންގި އިމާރާތް ތަޅާލައި، އެތަނުގައި ޕާކަކާއި ޕާކިން ޒޯނެއް ހެދުމަށް ހަމަޖެހިފައިވާކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މައްޗަންގޮޅީގެ ރައްޔިތުންނާއެކު ރޭ ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ޢަރަބިއްޔާ ހިންގި އިމާރާތް މިހާރު ބާވެފައި ވުމާއެކު، އެތަން ތަޅާލުމަށް ނިންމެވީ ކަމަށެވެ. އަދި އެ ބިމުގެ ބޮޑު ބައި ޕާކިންގ ޒޯނެއްގެ ގޮތުގައި ހެދުމަށާއި، އަދި ކުޑަ ޕާކެއް ހެދުމަށް ޕްލޭންކޮށްފައި ވާކަމަށް އެކަނިކުފާނު ވިދާޅުވިއެވެ. އެއީ […]