ހަނިމާދޫ އެއާޕޯޓު ބޭރުގެ ފަރާތަކަށް ވިއްކާލަން އުޅޭ ވާހަކައަކީ ދޮގެއް: ވަޒީރު

ހދ. ހަނިމާދޫ އެއާޕޯޓު ބޭރުގެ ފަރާތަކަށް ވިއްކާލަން ނުވަތަ ކުއްޔަށްދޭން އުޅޭކަމަށް ދެކެވެމުންދާ ވާހަކަ، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ދޮގުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި މިފަދަ މުޢާމަލާތެއް ކުރައްވާފައިވާކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަދައްކާފައިވެއެވެ. އެހެންނަމަވެސް އެއީ އެއްވެސް ޙަޤީޤަތެއް އޮތް ވާހަކައެއް ނޫން ކަމަށާއި، އެފަދަ އެއްވެސް މުޢާމަލާތެއް ހިނގާފައި ނުވާކަމަށް ވަޒީރު ވިދާޅުވިއެެވެ. ހަނިމާދޫ އެއާޕޯޓު ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީކުރަނީ އިންޑިއާގެ ލައިން އޮފް […]

ބުޅާތައް ފެސިލިޓީއަށް ނުގެންދާތީ މާލެ ސިޓީގެ މޭޔަރު ކަންބޮޑުވުން ފާޅުކުރައްވައިފި

މާލެ ސިޓީގެ މަގުމަތީގައި އުޅޭ ބުޅާތައް ފެސިލިޓީއަށް ނުގެންދާތީ، މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. މަރުވެފައިވާ ބުޅަލެއްގެ ފޮޓޯއަކާއެކު ޢާޒިމްގެ ފޭސްބުކް ޕޭޖުގައި ކުރައްވާފައިވާ ޕޯސްޓެއްގައި އޭނާ ވިދާޅުވެފައިވަނީ، މަގުމަތީގައި މަރުވެފައި ހުންނަ ބުޅާތައްވެސް ނަގަންޖެހެނީ މާލެ ސިޓީ ކައުންސިލުން ކަމަށާއި، އެނިމަލް ވެލްފެއަރ މިނިސްޓްރީންއެ ޒިންމާ ނުނަގާ ކަމަށެވެ. ޢާޒިމް ވިދާޅުވީ، މާލެ ސިޓީ ކައުންސިލުން ހަދައި ނިންމާފައިވާ ފެސިލިޓީއެއް ހުރިއިރު، ތަން ނިމުމާއެކު އެތަން އަތުލައި، އެނިމަލް ވެލްފެއަރ މިނިސްޓްރީގެ […]

ކިއުކަންބާ ކިރުގަރުދިޔަ

ބޭނުންވާ ތަކެތި:1 ކިއުކަންބާ1 ފިޔާ2 ތޮޅިމިރުސް3 ލޮނުމެދު1/2 އިންޗި ހުންނަހާ އިނގުރުކޮޅެއް1 ހިކަނދިފަތް6 އިންޗި ހުންނަހާ ރާނބާފަތްކޮޅެއް1/2 ޖޯޑު ކާށިކިރުލޮނުވަޅޯމަސް (ބޭނުންނަމަ) ތައްޔާރުކުރާނެ ގޮތް:ކިއުކަންބާގެ އޮށްތައް ނަގާފައި 1 އިންޗި ވަރުގެ ގޮޅިއަށް ކޮށާލާށެވެ. ބޭނުންނަމަ މަށާވެސް ލެވިފާނެއެވެ.ފިޔާ، ލޮނުމެދު ތުނިކޮށް ކޮށާލާށެވެ.މިރުސް ދެ ފަޅިއަށް ފަޅާލާފައި، އިނގުރުކޮޅު ތުނިކޮށް ކޮށާލާށެވެ.ކޮށާފައި ހުރި ސާމާނު، ހިކަނދިފަތް، ރާނބާފަތް، ލޮނު، ރީނދޫ، (ބޭނުންނަމަ މަސް) އަޅާފައި 1 ޖޯޑު ފެން އަޅައިގެން ކައްކާލާށެވެ.ކިއުކަންބާ މަޑުވުމުން ކާށިކިރުފޮދު އަޅާފައި އުނދުން […]

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ސްކޫލުގެ ނަމަކީ ޝަހީދު ޢަލީ ސްކޫލް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލަށް އިމާރާތްކުރާ ސްކޫލުގެ ނަމަކީ ޝަހީދު ޢަލީ ސްކޫލް ކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ. މި ސްކޫލަކީ ހުޅުމާލޭ ސްކޫލްތަކުގައި ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށް، ވީހާވެސް ގިނަ ދަރިވަރުންނަށް ގެއާ ކައިރި ސްކޫލަކުން ތަޢުލީމު ހާސިލުކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން އިމާރާތްކުރާ ސްކޫލެއްކަމަށް ތަޢުލީމާބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ. ތަޢުލީމާބެހޭ ވުޒާރާއިން މަޢުލޫމާތުދޭގޮތުގައި، މި ސްކޫލުގެ ނަން ނިސްބަތްވަނީ، މީލާދީން 1557ން 1558ށް ދިވެހިރާއްޖޭގެ ރަސްކަންކުރެއްވި އައްސުލްޠާން ޢަލީ (ހަވަނަ) […]

”ޒުވާނުންގެ މުޒާހަރާ“ގައި އިސްކޮށް އުޅުނު ދެ ޒުވާނުންގެ މައްޗަށް ދަޢުވާކޮށްފި

މާލޭގެ އިމާރާތަކުން ޙައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި އިންސާފު ހޯދަން ގޮވާލައި، ޒުވާނުންތަކެއް ކުރި މުޒާހަރާގައި އިސްކޮށް އުޅުނު ޢަބްދުﷲ މަޙްޒޫމް މާޖިދާއި ޢާއިޝަތު ޝިމަންގެ މައްޗަށް ދަޢުވާކޮށްފިއެވެ. މިދިޔަ އޭޕްރީލް މަހު ހިނގި މި ހާދިސާ ތަޙުޤީޤުކުރުމުގައި ފުލުހުންގެ އިހުމާލު އޮތްކަމަށް ބުނެ ކުރި މި މުޒާހަރާ ރޫޅާލައި، މި ދެ މީހުން އޭރު ހައްޔަރުކޮށް، މުއްދަތުވެސް ޖެހިއެވެ. ނަމަވެސް ފަހުން ވަނީ އެ މީހުން ދޫކޮށްލާފައެވެ. މި މައްސަލައާ ގުޅިގެން މަޙްޒޫމުގެ މައްޗަށް […]

އައީޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް އައްޑޫއާއި ފުވައްމުލަކުގައި ފަށައިފި

އައިޑީ ކާޑު ޕްރިންޓްކުރުމާއި ދޫކުރުމުގެ ޚިދުމަތް ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީގައި ފަށައިފިއެވެ. އައްޑޫ ސިޓީގައި ދެ ސަރަހައްދަކުން މި ޚިދުމަތް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ހިތަދުއާއި ހުޅުދޫންނެވެ. ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް)އިން ބުނީ މިހާރު 23ށްވުރެ ގިނަ ރަށުގައި މި ޚިދުމަތް ދެމުންދާކަމަށާއި، އަމާޒަކީ މިއަހަރު ނިމޭއިރު ހުރިހާ އަތޮޅަކުން މި ޚިދުމަތް ލިބޭނެގޮތް ހެދުންކަމަށެވެ. ރާއްޖޭން ބޭރުން، މެލޭޝިއާގައި މިހާރު އައިޑީ ކާޑުގެ ޚިދުމަތް ދެމުންދާއިރު، ދިވެހިން އާންމުކޮށް ގޮސްއުޅޭ […]

ގެސްޓްހައުސްއެއްގައި ނިޔާވެފައި އޮތް ދިވެއްސަކު ފެނިއްޖެ

މާލޭގެ ގެސްޓްހައުސްއެއްގައި ނިޔާވެފައި އޮތް ދިވެހި ފިރިހެނަކު ފެނިއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މި ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭ ދަންވަރު 2.15ހާއިރު ކަމަށެވެ. ނިޔާވެފައި އޮއްވައި ފެނިފައިވަނީ ނ.ވެލިދޫ ފެހިވިލާގޭ އުމުރުން 32 އަހަރުގެ އިބްރާހީމް ޝިފާދު ކަމަށާއި، މި މައްސަލަ މިހާރު ތަޙުޤީޤުކުރަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެއެވެ.

މާލޭން މީހަކު ގެއްލިގެން ހޯދަނީ

މާލޭން މީހަކު ގެއްލިގެން ރިޕޯޓްކޮށްފައިވާކަމަށާއި، އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ، ގެއްލިގެން ހޯދަމުންދަނީ ފުވައްމުލައް ސިޓީ، ހޯދަޑު / ބޯގަންވިލާ، ސާމީ ޢަބްދުލްޙަމީދު (34އ) ކަމަށެވެ. ޖޫން 25ވަނަ ދުވަހުން ފެށިގެން އޭނާގެ ޚަބަރެއް ނުވެގެން، ޢާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ޖުލައި 2ވަނަ ދުވަހު ކަމަށާއި، އެ ވަގުތުން ފެށިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަންފަށާފައިވާކަމަށް ފުލުހުން ބުނެއެވެ. އޭނާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ، ގަލޮޅު ޕޮލިސް ސްޓޭޝަން […]

ގައިންގަޔަށްއަރާ ބަލިތަކާމެދު ސަމާލުވުން

ގައިންގަޔަށްއަރާ ބަލިތައް ރާއްޖޭގައި ދަނީ ވަރަށް ބޮޑަށް އާންމުވަމުންނެވެ. ރޯގާއަކީ މާލޭ ސަރަހައްދުގައި، ޚާއްޞަކޮށް މާލޭގައި ނުފިލައި އޮންނަ އެއްޗެކެވެ. އެހެން ޢިބާރާތަކުން ބުނާނަމަ، ރޯގާއަކީ މާލޭ ސަރަހައްދުގެ އާންމު ހާލަތެވެ. ހުޅަނގުމޫސުމުގެ ރޯގާއެވެ. އިރުވައިމޫސުމުގެ ރޯގާއެވެ. ދެ މޫސުން ބައްދަލުވާ ދުވަސްވަރު ފެތުރޭ ރޯގާތަކެވެ. މި ރިޕޯޓުގައި މި ބަލައިލަނީ މިފަދަ ބައެއް ބަލިތަކާއި، އެ ބަލިތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާއި، ފަރުވާ ހޯދުމުގައި ސަމާލުވަންވީ ބައެއް ކަންކަމުގެ މައްޗަށެވެ. އަރިދަފުސް ރޯގާ:މި ރޯގާގައި ސަމާލުވާންވީ […]

ފުވައްމުލައް ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް

ރޭގެ ވަގުތެއްގައި ފުވައްމުލައް ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެންޓުގެ ވީޑިއޯ ހިއްސާކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު، އަޙުމަދު ނިހާން ޙުސައިން މަނިކުގެ ފޭސްބުކް އެކައުންޓުގައެވެ. ވީޑިއޯގައި ފެންނަނީ މީހަކު މަގުގެ އެއްފަރާތުގައި ޕާކުކޮށްފައިހުރި ސައިކަލުތަކެއްގެ ކައިރީގައި ހުއްޓިގެން ހުއްޓައި، ދުއްވާފައި އަންނަ ކާރެއް އައިސް ސައިކަލުތަކުގައި ޖެހުމާއެކު އެ މީހާ ވިއްސައިގެންގޮސް ވެއްޓޭ މަންޒަރެވެ. އެ މީހާ ވެއްޓިފައި ތެދުވިއިރު ފަޔަށް އަނިޔާވެ، ރަނގަޅަށް ފައިނޭޅިގެން އުޅޭ މަންޒަރު ވީޑިއޯއިން ފެނެއެވެ. […]