މަރުގެ އަދަބު ހިމެނޭހެން، މަސްތުވާތަކެތީގެ މައްސަލަތަކުގައި ބޮޑެތި އަދަބުތަކެއް ކަނޑައެޅުމާގުޅޭ ދިރާސާއެއް ކުރަނީ

މަސްތުވާތަކެތީގެ މައްސަލަތަކުގައި، މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތަކެއް ކަނޑައެޅުމާގުޅޭ ދިރާސާއެއް ހެދުމަށް، ކަމާބެހޭ ވުޒާރާތަކަށް ރައީސުލްޖުމްހޫރިއްޔާ އަންގަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމަނިކުފާނުގެ ފޭސްބުކް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖްތަމަޢު ސަލާމަތްކޮށް، މަސްތުވާތަކެތިން ދުރުހެލިވެފައިވާ ޖީލެއް ބިނާކުރުމަކީ މިސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި އެ ތަކެތި އެތެރެކުރާ މީހުންނަށް ދުނިޔޭގެ އެހެން ބައެއް ޤައުމުތަކުގައިވެސް މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައަޅާފައި […]
މިހާރު ކުރިއަށްދަނީ ސިވިލް ސަރވަންޓުންގެ މުސާރަ ބޮޑުކުރުމާ ބެހޭ ފަންނީ މަސައްކަތް: ޕޭ ކޮމިޝަން

މިހާރު ކުރިއަށްދަނީ ސިވިލް ސަރވަންޓުންގެ މުސާރަ ބޮޑުކުރުމަށްޓަކައި ކުރަންޖެހޭ ފަންނީ މަސައްކަތް ކަމަށް، ނޭޝަނަލް ޕޭ ކޮމިޝަނުން ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން، އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ޑރ.މުޙައްމަދު ފައިޒަލް ވިދާޅުވީ، އެކަން ކުރުމަށްޓަކައި ވުޒާރާތަކާއި އިދާރާތަކާއެކު ކުރަންޖެހޭ މަޝްވަރާތައް ކޮށް ނިމިފައިވާކަމަށެވެ. މި އަހަރުގެ ބަޖެޓުގައި މިކަމަށްޓަކައި 500 މިލިޔަން ރުފިޔާ ކަނޑައަޅުއްވާފައި ވާއިރު، މުސާރަ ބޮޑުކުރާ ދާއިރާތަކުގެ ތެރޭގައި ޖުޑީޝަރީއާއި ސިވިލް ސަރވިސް ހިމެނެއެވެ. ސިވިލް ސަރވިސްއާއި ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ މި […]
ބޮޑުކުރި މުސާރަ ފުލުހުންނަށް ދަނީ ހަމައަށް ދެމުން: ފުލުހުންގެ އިދާރާ

ފާއިތުވި އަހަރުގެ އޭޕްރީލް މަހުން ފެށިގެން ފުލުހުންނަށް ސަރުކާރުން ބޮޑުކޮށްދީފައިވާ މުސާރަ ހަމައަށް ދެމުންދާކަމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުންގެ ޚިދުމަތުން މިހެން ބުނެފައިވަނީ، ފުލުހުންނަށް މުސާރަ ހަމައަށް ނުލިބޭކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް ދޮގުކޮށް، ނެރެފައިވާ ބަޔާނެއްގައެވެ. ފުލުހުންގެ އިދާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އާންމު ފުލުހުންނާ ޚިލާފަށް، ސްޕެޝަލް ކޮންސްޓަބުލަރީ ޚިދުމަތަކީ އެ ކަމަށް އެދި ހުށަހަޅާ ފުލުހުންނަށް، ވަކި އެއްބަސްވުމެއް ހެދުމަށްފަހު ދެވޭ ޚިދުމަތެއް ކަމަށެވެ. އެހެންކަމާއެކު، އެ ޚިދުމަތަށް އެދިފައިވާ […]
ރަޝިއާއަށް އައި ބިންހެލުމާ ގުޅިގެން އުފެދުނު ސުނާމީގެ އަސަރު ރާއްޖެއަކަށް ނުކުރާނެ: މޫސުމާބެހޭ އިދާރާ

ރަޝިއާއަށް އައި ބިންހެލުމާ ގުޅިގެން އުފެދުނު ސުނާމީގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް، މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، 8.8 މެގްނިޓިއުޑްގައި އައި މި ބިންހެލުމާ ގުޅިގެން އުފެދިފައިވާ ސުނާމީގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށެވެ. މި ބިންހެލުން އައީ ރަޝިއާ ގަޑިން އިއްޔެ ހެނދުނު 8.30 ވަނިކޮށެވެ. ބިންހެލުމާ ގުޅިގެން، ރަޝިއާގެ ކަމްޗަޓްކާ ޕެނިންސުލާ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއްވެ، އެތައް ބަޔަކު ވަނީ […]
ރޭ އިންޑިއާއަށް އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރިތަ؟

ރޭ 12 ޖަހާ އެހާކަންހާއިރު އިންޑިއާ އަށް އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރިކަމާމެދު އާންމުންގެ މެދުގައި ޚިޔާލު ތަފާފުވެއްޖެއެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފައިވަނީ މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެކަމަށް ނުބެލެވޭ ކަމަށެވެ. 6.5 މެގްނިޓިއުޑްގެ ބާރުމިނުގައި އައި މި ބިންހެލުން އައިސްފައިވަނީ މާލެއާ 2215 ކިލޯމީޓަރު ދުރުން، އިންޑިއާގެ ނިކޮބާރ އައިލެންޑްސްއަށެވެ. މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެކަމަށް ބެލެވޭކަމަށް ބުނެ، މޫސުމާބެހޭ އިދާރާއިން ނެރެފައިވާ ބަޔާނަށް ގިނަ ބަޔަކު ކުރި ކޮމެންޓުތަކުގައި […]
އާ ޓަރމިނަލާއެކު ރާއްޖެ ދެކޭނީ އުފާވެރި ދުވަސްތަކެއް: ފައިޞަލް ނަސީމް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ޓަރމިނަލާއެކު ރާއްޖެ ދެކޭނީ އުފާވެރި ދުވަސްތަކެއް ކަމަށް، ނިމިދިޔަ ސަރުކާރުގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނުގެ ފޭސްބުކް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މިއީ ރާއްޖޭގެ އިޤްތިޞާދުގެ މައިބަދަ ކަމަށްވާ ޓޫރިޒަމް އިތުރު ހަރުފަތަކަށް ގެންގޮސްދޭނެ ކަމެއް ކަމަށެވެ. ”އަޅުގަނޑުގެ އެދުމަކީ އަދި ދުޢާއަކީ އާ ޓަރމިނަލާއެކު ރާއްޖޭގެ އިޤްތިޞާދަށް އިތުރު ކުރިއެރުމާއި ދިރުން ލިބިގެން ދިއުން.“ އެމަނިކުފާނު ލިއުއްވާފައިވެއެވެ. ޒަމާނީ ވަސީލަތްތަކާއެކު ހުޅުވާ މި […]
ޢުމްރާއަށް ގޮސް އުޅުނު ދިވެއްސަކު ނިޔާވެއްޖެ

ޠައިބާ ޙައްޖު ޢުމްރާ ގުރޫޕުގެ ހަވާލުގައި ޢުމްރާއަށް ގޮސް އުޅުނު ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ. ރޭގެ ވަގުތެއްގައި ކުއްލިގޮތަކަށް ނިޔާވެފައިވަނީ ތ. ވަންދޫ، އިސްމާޢީލް އަޙުމަދު (70އ) ކަމަށް އެ ގުރޫޕުން މަޢުލޫމާތުދެއެވެ. އެ ގުރޫޕުން ބުނީ، އިސްމާޢީލް އަޙުމަދުގެ މައްޗަށް ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މަސްޖިދުލްޙަރާމްގައި، ފަތިސް ނަމާދަށްފަހު ކަމަށެވެ. ޠައިބާ ޙައްޖު ޢުމްރާ ގުރޫޕަކީ މަރުޙޫމް ޝައިޚް ފަރީދު އުފައްދަވާފައިވާ ގުރޫޕެކެވެ. ޝައިޚް ފަރީދު އަވަހާރަވުމާ ގުޅިގެން، އެ ގުރޫޕާއެކު ޢުމްރާއަށް ދިއުމަށް ފައިސާ […]
މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ސިފައިންގެ ހިނގާލުން މާލެއާއި ހުޅުމާލޭގައި

މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ސިފައިންގެ މަގުމަތީގެ ހިނގާލުން މާލެއާއި ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މިގޮތުން، މާލޭގައި ބާއްވަން ހަމަޖެހިފައިވާ ހިނގާލުން ބާއްވާނީ ޖުލައި 26ވަނަ ދުވަހުގެ ހަވީރު 16:15ގައި ޖުމްހޫރީ މައިދާނުގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ މާޗް ޕާސްޓާއި ކުޅިވަރުގެ ހަރަކާތްތަކާއެކުގައެވެ. އަދި، ހުޅުމާލޭގައި ބާއްވަން ހަމަޖެހިފައިވާ ހިނގާލުން ފަށާނީ ޖުލައި 27ވަނަ ދުވަހުގެ ހަވީރު 16:15ގައެވެ. ސިފައިންގެ ހިނގާލުމުގައި ބޭންޑާއެކު، ފަސް ގެމައެއް ބައިވެރިވާނެއެވެ. މި ހިނގާލުމުގެ މެހިތަރަކަށް ހުންނަވާނީ ސިފައިންގެ އެޖުޓަންޓް ޖެނެރަލް، ކާނަލް […]
އައިޖީއެމްއެޗްގެ އޯޕީޑީ ސަރަހައްދު ވަގުތީގޮތުން ބަންދުކުރަނީ

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އޯޕީޑީ ސަރަހައްދު، މިރޭ 9.00ން ފެށިގެން ހޮނިހިރު ވިލޭރޭގެ ދަންވަރު 3.00އާ ހަމައަށް ބަންދުކުރުމަށް ނިންމާފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. އެ ހޮސްޕިޓަލުން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، އެ ސަރަހައްދު ބަންދުކުރަނީ އޯޕީޑީ ވޯކްވޭގެ މަރާމާތުގެ މަސައްކަތެއް ކުރުމަށް ކަމަށެވެ. އެ ސަރަހައްދު ބަންދުކޮށްފައި ހުންނަ ދުވަސްތަކުގައި އޯޕީޑީއަށް ވަނުމަށް ބޭނުންކުރެވޭނީ އިމަޖެންސީ ގޭޓާއި ކެންޓީނަށް ވަންނަ ދިމާގެ ގޭޓު ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އަދި ޑަޔަލިސިސް ސެންޓަރަށް […]
މިނިވަން ދުވަހާ ގުޅިގެން މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތުތަކެއް

މިނިވަން ދުވަސް ފާހަގަކުރުމަށް މާލޭ ސަރަހައްދުގައި ގިނަ ހަރަކާތްތަކެއް ބާއްވަން ނިންމާފައި ވުމާއެކު، މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތުތަކެއް، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން އިޢުލާންކޮށްފިއެވެ. އެ ވުޒާރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، 60ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށްޓަކައި ހުކުރު، ހޮނިހިރު، އަދި އާދިއްތަ ދުވަހު މާލޭ ސަރަހައްދުގައި ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމާފައިވާކަމަށެވެ. އެހެންކަމާއެކު، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމުގެ އިތުރުން، […]