ހއ އަތޮޅުން ފެށިގެން ކ އަތޮޅާ ހަމައަށް ރީނދޫ ސަމާލު

މޫސުމާބެހޭ ޤައުމީ އިދާރާއިން، ހއ އަތޮޅުން ފެށިގެން ކ އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފިއެވެ. މި ސަމާލުގެ ވަގުތު ދަމަހައްޓާފައިވަނީ މިއަދު ހެނދުނު 7.30ން ފެށިގެން މެންދުރުފަހު 1.30ގެ ނިޔަލަށެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ، މި ވަގުތުގެ ތެރޭގައި އެ ސަރަހައްދަށް ގަޑިއަކު 25 މޭލާ 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމާއެކު، އެ ވަގުތު ތެރޭގައި އެ ސަރަހައްދުގެ ކަނޑުތައް […]
މިއީ ވައިގަދަ ދުވަސްވަރަކަށް ވުމާއެކު ހިނގާފާނެ ހާދިސާތަކުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި

މި ދުވަސްވަރަކީ ވައިގަދަ ދުވަސްވަރަކަށް ވުމާއެކު، ހިނގާފާނެ ހާދިސާތަކުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ އެ ޚިދުމަތުން ވަނީ، މި ދުވަސްވަރަކީ ވިއްސާރަ އަދި ވައިގަދަ ދުވަސްވަރަކަށް ވުމާއެކު، މަސައްކަތްކުރާ ތަންތަނުގައި (ޚާއްޞަކޮށް ކޮންސްޓްރަކްޝަން މަސައްކަތްކުރާ ސައިޓުތަކުގައި) ހުންނަ ފެންސުފަދަ ތަކެތި ވަޔާ ނުދާނެހެން ރަނގަޅަށް ހަރުކޮށްފައި ބެހެއްޓުމަށް އެދިފައެވެ. މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް (ޚާއްޞަކޮށް އުތުރާއި މެދުރާއްޖެތެރެއަށް) މޫސުން ގޯސް ދުވަސްވަރެކެވެ. މިގޮތުން، އެ ސަރަހައްދުތަކަށް ގަޑިއަކު 19 […]
ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު މާލޭގެ ތިން ސަރަހައްދަކުން 1.75 ޓަނުގެ ކުނި ނެގުނު: ސިޓީ ކައުންސިލް

ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު ދުވަހުގެ ތެރޭގައި، މާލޭގެ ތިން ސަރަހައްދަކުން 1.75 ޓަނުގެ ކުނި ނަގައި ސާފުކޮށްފައި ވާކަމަށް، މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ. މި މަސައްކަތް ކޮށްފައިވަނީ މާލޭ ސިޓީ ކައުންސިލުގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓާއި ދިވެހި ފުލުހުން ގުޅިގެން ކަމަށާއި، މިއީ މާލެ ސާފުތާހިރުކޮށް ބޭއްވުމާއި، މަގުތައް ހިތްފަސޭހަ ތަނަކަށް ހެދުމުގެ މަގުސަދުގައި ކުރާ ކަމެއް ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. މިފަހަރު ކުނި ނަގައިފައިވާ ތިން ސަރަހައްދަކީ؛ ބާޒާރުމަތީ ވަދުފޮށި ކަންމައްޗާއި، […]
ގާނޫނު އަސާސީ އެކުލަވައިލި ޚާއްޞަ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން މިއީ ހިތާމަވެރި ދުވަހެއް: ފައިޞަލް ނަސީމް

ގާނޫނު އަސާސީ އެކުލަވައިލި ޚާއްޞަ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން މިއީ އެމަނިކުފާނަށް ވަރަށް ހިތާމަވެރި ދުވަހެއް ކަމަށް، ނިމިދިޔަ ސަރުކާރުގެ ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، ލޯކަލް ކައުންސިލްތަކުގެ މާލީ ކަންކަން ހިފެހެއްޓޭގޮތަށް ލާމަރުކަޒީ ގާނޫނަށް ސަރުކާރުން އިސްލާހުތަކެއް ހުށަހެޅުއްވުމާ ގުޅިގެންނެވެ. ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ޙުސައިން ހުށަހަޅުއްވާފައިވާ މި ބިލުގެ ފުރަތަމަ ކިޔުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ. މިކަމާ ގުޅޭގޮތުން […]
އޮޅުހިޔާއަށް އިތުރު 75 ބުޅާ ގެންގޮސްފި

މާލޭ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބެލެހެއްޓުމަށް ހަދާފައިވާ ”އޮޅުހިޔާ“ގެ ކަރަންޓީނު ބައިގެ ޖާގަ ބޮޑުކޮށް، އިތުރު 75 ބުޅާ އެތަނަށް ގެންގޮސްފިއެވެ. ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބުނީ، ވިއްސާރައާ ގުޅިގެން މެދުކެނޑާލުމަށްފަހު އިއްޔެ އަލުން އެ މަސައްކަތް ފަށާފައި ވާކަމަށެވެ. އޮޅުހިޔާ ހުޅުވިއިރު، އެތަނުގައި ކަރަންޓީނުކުރުމުގެ ވަސީލަތްތައް ނެތް ކަމަށާއި، ނަމަވެސް، ކޮށިތައް ތައްޔާރުކޮށް، 15 ބުޅާ އޭރުވެސް އެތަނަށް ގެންދިޔަ ކަމަށް އެ ވުޒާރާއިން ބުނެއެވެ. މަގުމަތިން ހިފައިގެން ގެންދާ ބުޅާތައް ކަރަންޓީނުގައި […]
ތިލަފުށްޓަށް ދަތުުރުކުރަނިކޮށް ފަރަށް އެރި ދޯންޏަކަށް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި

ހއ. މަނަފަރު ރިޒޯޓުން ކުނި ބަރުކޮށްގެން ކ. ތިލަފުށްޓަށް ދަތުުރުކުރަނިކޮށް ފަރަށް އެރި ”ގުރުވަ 1“ ނަމަކަށްކިޔާ ދޯނީގައި ތިބި ފަޅުވެރިންނަށް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެމްއެންޑީއެފުން ބުނީ، ދިވެއްސަކާއި ދެ ބިދޭސީން ދަތުރުކުރި މި ދޯނި، ނ. ކުޑަރަށް ކައިރިން ފަރަށް އެރިކަމުގެ މަޢުލޫމާތު ލިބިފައިވަނީ އޮގަސްޓު މަހުގެ 1ވަނަ ދުވަހުގެ 11.30 ވަނިކޮށް ކަމަށެވެ. އެއާއެކު، ކޯސްޓްގާޑުން ވަނީ އެ ސަރަހައްދަށް ދަތުރުކޮށް، ދޯނިން ދަތުރުކުރި ތިން ފަޅުވެރިން ސަލާމަތްކޮށްފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ […]
އެމްޑީޕީ ހަރުގެއަށް ގެއްލުންދިން މީހަކު ހައްޔަރުކޮށްފި

އިސްކަންދަރު ސްކޫލް ކައިރީގައި ހުންނަ އެމްޑީޕީ ހަރުގެއަށް ގެއްލުންދިން މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ، މ. ސްޓާރ، މުޙައްމަދު ރަޒީން (49އ) އެވެ. ފުލުހުން ބުނީ، ޗާނދަނީމަގުގައި ހުންނަ އެމްޑީޕީ ހަރުގޭގެ ދޮރަށް ގެއްލުން ދިން މައްސަލަ ރިޕޯޓުކޮށްފައިވަނީ ރޭ ދަންވަރު 1:30 ހާއިރު ކަމަށެވެ. އެކި މައްސަލަތަކުގައި މީގެ ކުރިންވެސް އޭނާ ހައްޔަރުކޮށްފައި ވާއިރު، އެންމެ ފަހުން އޭނާ ހައްޔަރުކޮށްފައިވަނީ މާލޭގެ ކެފޭއެއްގެ ބިއްލޫރިގަނޑު ތަޅައިލި މައްސަލައެއްގައެވެ. އަދި އައިޖީއެމްއެޗްގައި، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި […]
މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މިއަދުގެ އެކި ވަގުތުތަކުގައި މާލެއާއި ހުޅުމާލޭގެ އެކި ހިސާބުތަކުން ކަރަންޓު ކެނޑިދާނެކަމަށް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން ބުނެފިއެވެ. ސްޓެލްކޯއިން ބުނީ، މިއަދު މާލެއާއި ހުޅުމާލޭގެ ކަނޑައެޅިފައިވާ ސަރަހައްދުތަކެއްގައި ކަރަންޓު ވިއުގައިގެ މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވާތީ، އެ ސަރަހައްދުތަކުން ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށެވެ. ކަރަންޓު ވިއުގައިގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކަކީ: ސްޓެލްކޯއިން ބުނެފައިވާގޮތުގައި، ކަރަންޓުގެ ޚިދުމަތް އެ ސަރަހައްދުތަކުން މެދުކެނޑޭނީ ބަޔާންކޮށްފައިވާ ވަގުތުގެ ތެރޭގައި، ކުޑަ ވަގުތުކޮޅަކަށެވެ.
ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލަން ޖެހޭކަމަށް ބުނި މީހަކު ހައްޔަރުކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަވަހާރަކޮށްލަން ޖެހޭކަމަށް ބުނެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ތ. ތިމަރަފުށި، މަލަސް، މަސީޙު މޫސާއެވެ. އޭނާ ހައްޔަރުކޮށް، އޭނާގެ ފޯނުވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މަސީޙު މޫސާ ކުރި މި ޕޯސްޓަކީ، މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ކަނޑައެޅުމާގުޅޭ ދިރާސާއެއް ކުރުމަށް ކަމާބެހޭ މުއައްސަސާތަކަށް ރައީސް މުޢިއްޒު އެންގެވުމާ ގުޅިގެން […]
ހައިކޯޓުގެ ފަނޑިޔާރުކަމަށް މުޙައްމަދު ޝަހީދާއި ޢަބްދުﷲ ޖަމީލު އައްޔަންކުރަނީ

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް މުޙައްމަދު ޝަހީދާއި ޢަބްދުﷲ ޖަމީލު އައްޔަންކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބުނީ، އެ ދެ ބޭފުޅުން އައްޔަންކުރުމަށް ނިންމާފައިވަނީ، ހައިކޯޓަށް ދެ ފަނޑިޔާރުން ހޯދުމަށް ކުރެވުނު އިޢުލާނާ ގުޅިގެން އެކަމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައިވާ ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު ކަމަށެވެ. މި ދެ ބޭފުޅުންގެ ތެރޭން މުޙައްމަދު ޝަހީދު ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތު އޮނަރސް ހާސިލްކުރައްވާފައެވެ. ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވުމުގެ […]