ލާމަރުކަޒީ ގާނޫނު އިސްލާހުކުރުމުން ހައްގުތަކެއް ގެއްލި، ކައުންސިލްތަކަށް ގެއްލުންވޭ: ކުޅުދުއްފުށީ މޭޔަރު

ކައުންސިލްތައް އިންތިޚާބުވެ ފަހު އަހަރުގެ ތެރޭ ލާމަރުކަޒީ ގާނޫނު އިސްލާހުކުރުމުން ހައްގުތަކެއް ގެއްލި، ކައުންސިލްތަކަށް ގެއްލުންވާ ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު ޢާޠިފް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހދ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައެވެ.  މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޢާޠިފް ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކީ ރާއްޖެ ހިނގަން އެންމެ ރަނގަޅު ނިޒާމު ކަމަށާއި، މާލޭގައި ހުންނަ ވުޒާރާއަކުން ރަށްރަށުގައި ޚިދުމަތްދިނުމަކީ ރައްޔިތުން […]

ނޫސްވެރިން މުލީއާގޭދޮށުގައި އިހުތިޖާޖުކުރަން ފަށައިފި

މީޑިއާއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ހުށަހަޅައިފައިވާ ބިލާ ދެކޮޅަށް މުޒާހަރާ ކުރަމުން ދިޔަ ނޫސްވެރިން ރައީސް އޮފީސްދޮށުގައި ތިއްބައި އިންޒާރު ދިންފަހުންވެސް އެ ސަރަހައްދުގައި މުޒާހަރާކުރުމަށްފަހު މުލީއާގޭދޮށަށް އެއްވެ އިހުތިޖާޖު ކުރަންފަށައިފިއެވެ. މަޖިލީހުގެ މިއަދު ޖަލްސާގައި ވަނީ 49 މެންބަރުންގެ ތާއީދާއެކު މި ބިލު މަޖިލީހަށް ބަލައިގެންފައެވެ. މި ބިލާ ދެކޮޅަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ. މި ބިލާ ދެކޮޅު ހެދުމުގެ ގޮތުން ނޫސްވެރިން ފުރަތަމަ ދެއްވީ މަޖިލިސްކުރާގޭދޮށަށެވެ. އެއަށްފަހު ނޫސްވެރިން ދެން ދިޔައީ ރައީސް […]

ޖަރުމަނުވިލާތުގައި އެއްޗެއް ގޮވައި ދިވެއްސަކަށް ސީރިއަސް އަނިޔާތަކެއް

ޖަރުމަނުވިލާތުގެ މިއުނިކުގައި އެއްޗެއް ގޮވައި ހިނގި ހާދިސާއެއްގައި ދިވެއްސަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.  މަޢުލޫމާތު ލިބިފައިވާގޮތުގައި މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ، ބ. ތުޅާދޫ ރައްޔިތެއް ކަމަށްވާ ފައްޔާޒް ދާއޫދަށެވެ.  މި ހާދިސާގައި އޭނާގެ ބޮލަށް ވަރަށްބޮޑަށް ގެއްލުންވެފައިވާއިރު، އޭނާއަށް ފަރުވާދެމުންދަނީ އައިސީޔޫގައި ކަމަށް ޚަބަރު ލިބިފައިވެއެވެ.  ރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ކައިޓް ސަރފަރުންގެ ތެރޭގައި ހިމެނޭ ފައްޔާޒް މިހާރު ދިރިއުޅެމުން އަންނަނީ އޭނާގެ އަންހެނުންގެ ޤައުމު ކަމަށްވާ ޖަރުމަނުވިލާތުގައެވެ.

ފިނޭންސް މިނިސްޓްރީގެ ޕްލޭނިންގ އެޑްވައިޒަރަކަށް ޙަމްދޫން ޙަމީދު

މިނިސްޓްރީ އޮފް ފިނޭންސްގެ ޕްލޭނިންގ އެޑްވައިޒަރަކަށް، ކުރީގެ ޕްލޭނިންގ މިނިސްޓަރު ޙަމްދޫން ޙަމީދު އައްޔަންކުރައްވައިފިއެވެ. ރައީސް މައުމޫނުގެ ސަރުކާރުގައި ޕްލޭނިންގ މިނިސްޓަރުކަން ކުރެއްވި ޙަމްދޫން ވަނީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ސަރުކާރުގައި، ސިންގަޕޫރުގައި ހުންނަވާ ނޮން ރެސިޑެންޓް ސަފީރުގެ މަގާމުވެސް ފުރުއްވާފައެވެ. މީގެ އިތުރުން، ޙަމްދޫން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވާފައެވެ. ރައީސް މައުމޫނަށް ބޮޑުބޭބެ ވިދާޅުވާ ޙަމްދޫން ޚާއްޞަވެފައިވަނީ ޕްލޭނިންގ ދާއިރާއިންނެވެ. ރައީސް މުޢިޒުގެ ސަރުކާރުގައި ފުރަތަމަ ކެބިނެޓް އެކުލަވާލެއްވިއިރު ނޭޝަނަލް ޕްލޭނިންގެ […]

ދިވެހި ފުލުހަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ

ދިވެހި ފުލުހަކު މިއަދު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ. ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް, މިއަދު ހެނދުނު ނިޔާވެފައިވަނީ ސަރޖަންޓް މުޙައްމަދު އަރުޝަދު, (37އ) އެވެ. އޭނާ ނިޔާވީ ނޭވާލާން ދަތިވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ. ސަރޖަންޓް އަރުޝަދަކީ ހޯމް މިނިސްޓަރު ޢަލީ އިޙުސާނުގެ ކާރު ޑްރައިވަރެއްގެ ގޮތުގައި މަސައްކަތްކުރާ ފުލުހެކެވެ.

ހުޅުމާލޭ ވޯޓަރ ތީމް ޕާކު ސަރަހައްދުގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ 

ހުޅުމާލޭ ވޯޓަރ ތީމް ޕާކު ސަރަހައްދުގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި އެ މީހާ ފެނިފައިވަނީ އެ ސަރަދުން ވަރަށް ގަދަޔަށް ކުނިވަސް ދުވާތީ މީހަކު ގޮސް ބެލުމުންނެވެ. އަދި، މަރުވެފައިވާ މީހާގެ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެފައި ކަމަށްވެސް އެ ސަރަހައްދަށް ދިޔަ މީހާއާ ހަވާލާދީ ޚަބަރުތައް ލިބެއެވެ.

ޞައްޙަނޫން ތަޢުލީމީ ސެޓުފިކެޓުތަކުގެ މައްސަލަ ދަނީ އިތުރުވަމުން: ފުލުހުން

މަތީ ތަޢުލީމާއި ވަޒީފާގެ ފުރުސަތު ހޯދުމަށްޓަކައި ޞައްޙަނޫން ސެޓުފިކެޓު ހެދުމުގެ މައްސަލަ ފަހަކަށްއައިސް އިތުރުވަމުން ދާކަމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން، މިފަދަ މައްސަލަތައް ތަޙުޤީޤުކުރަމުންދާކަމަށާއި، އަދި ބައެއް މައްސަލަތަކުގެ ތަޙުޤީޤު ނިންމައި ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވާކަމަށެވެ. ޞައްޙަނޫން ސެޓުފިކެޓު ހުށަހެޅުމާއި ބޭނުންކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 310ވަނަ މާއްދާ (ޞައްޙަ ލިޔުމަށް ބަދަލު ގެނައުމާއި، އެ ހަދާ […]

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 3 ބޭފުޅަކަށް، ހިތްވަރުދިނުމުގެ ޤައުމީ އިނާމު 9 ބޭފުޅަކަށާއި ކުންފުންޏަކަށް

ޤައުމީ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 3 ބޭފުޅަކަށް، އަދި ހިތްވަރުދިނުމުގެ ޤައުމީ އިނާމު 9 ބޭފުޅަކަށާއި ކުންފުންޏަކަށް ދެއްވައިފިއެވެ. ޤައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ހއ. އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގައި، މި އިނާމުތައް އެ ފަރާތްތަކާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ދެއްވި 3 ބޭފުޅުންނަކީ: 1- އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން: […]

ޤައުމީ ދުވަހުގެ މުނާސަބުގައި ދިފާޢީ ބާރުން ނެރޭ ”ޤައުމީ ލަވަ“ އަލްބަމް ނެރެފި

ޤައުމީ ދުވަހުގެ މުނާސަބުގައި ކޮންމެ އަހަރަކުވެސް ޤައުމީ ދިފާޢީ ބާރުން ނެރޭ ”ޤައުމީ ލަވަ“ އަލްބަމް ނެރެފިއެވެ. ޖުމުލަ ހަތް ލަވަ ހިމެނޭ މި ލަވަ އަލްބަމް ޚާއްޞަކޮށްފައި ވަނީ ”ޤައުމުގެ ދިފާޢުގައި“ މި މައުޟޫއަށެވެ.   އެހެން އަހަރުތަކެކޭވެސް އެއްފަދައިން، މި ފަހަރުގެ އަލްބަމުގައިވެސް ޤައުމީ ރޫޙާއި ޤައުމީ ޖޯޝުން ލޭ ކައްކުވާލާފަދަ ޅެންތަކާއި ރާގުތައް ހިމެނޭނެކަމަށް ޤައުމީ ދިފާޢީ ބާރުން މަޢުލޫމާތުދެއެވެ. މި އަލްބަމުގައި ހިމެނޭ ލަވަތައް ހުށަހަޅައިދީފައިވަނީ ރާއްޖޭގެ ކުޅަދާނަ ލަވަކިޔުންތެރިންނެވެ. މި ފަހަރުގެ […]

ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު އުތީމު ރައްޔިތުންނަށް ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ޤައުމިއްޔަތަށް ޚިދުމަތްކުރުމުގެ ޚާއްޞަ ޝަރަފު އުތީމު ރައްޔިތުންނަށް ދެއްވައިފިއެވެ. ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން އުތީމުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، އުތީމު ރައްޔިތުންގެ ފަރާތުން މި އިނާމާ ހަވާލުވެވަޑައިގަތީ އެ ރަށު ކައުންސިލުގެ ރައީސް ޢަބްދުﷲ ރަޝީދެވެ. މި އިނާމު އެރަށު ރައްޔިތުންނަށް ދެއްވުމަށް ނިންމެވީ އުތީމު ގަނޑުވަރު ބެލެހެއްޓުމުގައި 500 އަހަރުވަންދެން އުތީމު ރައްޔިތުން އަދާކޮށްފައިވާ ދައުރާއި، އެކަމަށް ދީފައިވާ އަހައްމިއްޔަތުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ […]