ސިނަމާލެ ބްރިޖް ހައިވޭގައި ބޮޑު އެކްސިޑެންޓެއް

ސިނަމާލެ ބްރިޖް ހައިވޭގައި ބޮޑު އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެންޓު ހިނގާފައިވަނީ އާރްޓީއެލް ބަހަކާއި ތިން ސައިކަލެއް ޖެހިގެންނެވެ.  އޭގެތެރޭގައި ފުލުހުންގެ ސައިކަލެއްވެސް ހިމެނެއެވެ. މި ހާދިސާއާ ގުޅޭ ވީޑިއޯއިން ފެންނަގޮތުގައި ހާދިސާގައި ހިމެނޭ އެއް ސައިކަލު އޮތީ ބަހުގެ އަރިމަތިން ބަސްދަށުވެފައެވެ. މި ހާދިސާގައި އަނިޔާވެގެން ބަޔަކަށް ހޮސްޕިޓަލުގައި ފަރުވާދީފައި ވީނަމަވެސް، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވާކަމަށް މަޢުލޫމާތު ލިބެއެވެ.

ނޭޕާލުގައި ހަމަނުޖެހުން ހިނގާތީ އެ ޤައުމަށް ނުދިއުމަށް ޚާރިޖީ ވުޒާރާއިން އިލްތިމާސްކޮށްފި

ނޭޕާލުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެ ޤައުމަށް ދިވެހިން ދަތުރުނުކުރުމަށް ޚާރިޖީ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ. އެ ވުޒާރާއިން ނެރުނު ބަޔާނުގައި، ނޭޕާލުގެ އިދާރާތަކުންނާއި، އިންޑިއާ ހައިކޮމިޝަނާއި، މިނިސްޓްރީން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށް ވަނީ އެދިފައެވެ. އަދި ހަމަނުޖެހުން ހިނގާ ސަރަހައްދުތަކާ ދުރުވެ، ރައްކާތެރިކަމަށް އިސްކަންދިނުމަށް ވަނީ ނަސޭހަތްތެރިވެފައެވެ. އޭގެ އިތުރުން، ނޭޕާލުގެ ވެރި ރަށް ކަތަމަންޑޫގެ ގިނަ ސަރަހައްދުތަކެއްގައި ކާފިއު އިޢުލާންކޮށްފައިވާތީ، އެ ސިޓީގައި ދިރިއުޅޭ މީހުން ދަތުރުފަތުރުކުރުމުގައި ސަމާލުކަން ދިނުމަށާއި، އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް […]

ސަރުކާރުގެ އެހީގައި ގޯތީގައި ގެ އަޅަން ބޭނުންވެގެން 43 ރަށަކުން މަޢުލޫމާތު ފޮނުވައިފި

ސަރުކާރުގެ އެހީގައި އަމިއްލަ ގޯތީގައި ގެ އަޅަން ބޭނުންވެގެން، ގެދޮރުވެރިކަމާއި، ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއަށް 43 ރަށަކުން މިހާތަނަށް މަޢުލޫމާތު ފޮނުވާފައި ވާކަމަށް އެ ވުޒާރާއިން ބުނެފިއެވެ. އެ ވުޒާރާއިން ހާމަކޮށްފައިވާގޮތުގައި، މީގެތެރޭގައި ހިމެނެނީ އަތޮޅުތަކުގައި ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް އިޢުލާންކޮށްފައިވާ ރަށްތަކެވެ. އަމިއްލަ ގޯތީގެ ބިންތަކުގައި ގެދޮރު އެޅުމަށް ސަރުކާރުން ހުޅުވާލި މި ފުރުސަތަކީ، ބަންޑާރަ ގޯތީގައި ގެދޮރު އެޅުމަށް މާލީގޮތުން ދަތި މީހުން އެހީތެރިކަމަށް އެދުމަށް ހުޅުވާލި ފުރުސަތެކެވެ.  ގެދޮރު […]

އަތޮޅުތައް އުވާލަނީކަމަށް ބުނެ ދައްކާ ވާހަކަ ވަޒީރު ދޮގުކުރައްވައިފި

ރާއްޖޭގެ އަތޮޅުތައް އުވާލަނީކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތައް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ދޮގުކުރައްވައިފިއެވެ. މިކަމާ ގުޅޭގޮތުން ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި މަޢުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ފެށިގެންއައިއިރު ޕްރޮވިންސްތައް ހެދުމުގެ ނަތީޖާއަކަށްވީ ނިޒާމުގެ ތެރެެއަށް ލޭޔަރެއް އިތުރުވެ، އެކި ކަންކަމުގައި މާލެއަށް ބަރޯސާވުން ބޮޑުވުން ކަމަށެވެ. އެހެންކަމާއެކު، ކޮންމެ ރަށަކުން އެރަށެއްގެ ތަރައްޤީއަށް އިންތިޚާބުކުރާ ކައުންސިލަރުން އަތޮޅު ކައުންސިލުގައި […]

އއ. މާފަރުފަޅަކީ އެ އަތޮޅު ފެރިދޫގެ ބައެއް ކަމުގައި ރައީސް ހަމަޖައްސަވައިފި

އަރިއަތޮޅު އުތުރުބުރީ މާފަރުފަޅަކީ އެ އަތޮޅު ފެރިދޫގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.  އެމަނިކުފާނު މިގޮތަށް ހަމަޖައްސާފައިވަނީ، މާފަރުފަޅަކީ ފެރިދޫގެ ތަރައްޤީގައި ރަށަށް އާމްދަނީ ހޯދޭނެ ވަސީލަތެއްގެ ގޮތުން ބޭނުންކުރެވޭނެ ތަނަކަށް ހެއްދެވުމަށްޓަކައެވެ. ރައީސުލްޖުމްހޫރިއްޔާ މި ގޮތަށް ކަނޑައަޅުއްވާފައިވަނީ، ގާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު)ގެ 134 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ. މި ނިންމެވުމާއެކު އެމަނިކުފާނު މިއަދު ނެރުއްވި، […]

މާލޭގެ ގެއެއްގެ ބަދިގޭގައި ރޯވެ ވަރަށް ބޮޑަށް ގެއްލުންވެއްޖެ

މާލޭ ގެއެއްގެ ބަދިގޭގައި ރޯވެ، ވަރަށް ބޮޑަށް ގެއްލުންވެއްޖެއެވެ. ރޯވެފައިވަނީ ހ. މެލްބޯން ގޭގެ ދެވަނަ ފަންގިފިލާގައި ހުރި އެޕާޓުމަންޓެއްގެ ބަދިގޭގައި ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު އެ މުއައްސަސާއަށް ލިބިފައިވަނީ މިއަދުގެ 11ޖަހާ އެހާކަންހާއިރު ކަމަށާއި، 11.17ހާއިރު އަލިފާން ނިއްވާލެވިފައި ވާކަމަށެވެ. މި ހާދިސާގައި މީހަކަށް އަނިޔާވެފައި ނުވިނަމަވެސް ބަދިގެއަށް ވަރަށް ބޮޑަށް ގެއްލުންވެ، ބަދިގޭގައި ހުރި ސާމާނުތައް ވަރަށް ބޮޑަށް އަނދާފައިވާކަން ފޮޓޯތަކުން ފެންނަން ހުއްޓެވެ.

ފަހުމީއަށް ރައީސް އޮފީހުގެ ވަޒީރު ފެންވަރުގެ މަގާމެއް

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން އިއްޔެ ވަކިކުރެއްވި ޙުސައިން ފަހުމީއަށް ރައީސް އޮފީހުގެ ވަޒީރު ފެންވަރުގެ މަގާމެއް ހަމަޖައްސަވައިފިއެވެ. ރައީސް އޮފީހުން މަޢުލޫމާތު ދީފައިވާގޮތުގައި ފަހުމީ ހަމަޖެއްސެވީ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށެވެ. ފަހުމީ ސްޓެލްކޯއާ ގުޅިވަޑައިގަތީ އެކައުންޓް އެސިސްޓެންޓް ޓްރެއިނީއެއްގެ ގޮތުގައެވެ. އޭގެ ފަހުން އޭނާ އިނގިރޭސި ވިލާތުން ކިޔަވާވިދާޅުވެގެން ވަޑައިގެން އެ ކުންފުނީގެ އެކައުންޓިންގ ޑިޕާޓްމެންޓްގެ ގިނަ ވަޒީފާތަކެއް އަދާކުރެއްވިއެވެ. ފަހުމީ އެ ކުންފުނީގެ މެނޭޖިން […]

އެމްޑީޕީގެ މަޖިލިސް މެމްބަރުން މާލީ ވުޒާރާދޮށުގައި އިހުތިޖާޖު ކުރަައްވައިފި

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން މާލީ ވުޒާރާދޮށުގައި އިހުތިޖާޖު ކުރައްވައިފިއެވެ. އެމްޑީޕީ މެންބަރުން އިހުތިޖާޖު ކުރައްވާފައިވަނީ، ރާއްޖޭގެ މާލީ ހާލަތާ ގުޅިގެން ސާފުކުރަން ބޭނުންވާ މަޢުލޫމާތު އެ ވުޒާރާއިން ސާފުކޮށްދީފައި ނުވާކަމަށް ވިދާޅުވެއެވެ. މެންބަރުން ވަޑައިގަތީ ވަޒީރާ ބައްދަލުކުރައްވަން ކަމަށާއި، ނަމަވެސް ވަޒީރު ރަށުގައި ނޫޅުއްވާތީ ވުޒާރާގެ އިސް ވެރިއަކު މެންބަރުންނާ ބައްދަލުކުރެއްވުމަށް އެދިވަޑައިގެންފައި ވާކަމަށް މަޢުލޫމާތު ލިބެއެވެ. ނަމަވެސް ވުޒާރާގެ ފަރާތުން އެކަން ހަމަޖައްސައިދީފައި ނުވާތީ މެންބަރުން ވުޒާރާ ތެރެއަށް ވަދެވަޑައިގަތުމަށް މަސައްކަތްކުރެވިއެވެ. ނަމަވެސް […]

ސިވިލް ސަރވިސް ކޮމިޝަނަށް 3 މެންބަރަކު އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސިވިލް ސަރވިސް ކޮމިޝަނަށް މިއަދު ތިން މެންބަރަކު އައްޔަން ކުރައްވައިފިއެވެ. މި މަޤާމަށް އައްޔަން ކުރައްވާފައިވަނީ، މ. ފަލްކަންގެ، މުޙައްމަދު ނާޞިޙާއި، ދަފްތަރު. ނަންބަރު 1325، ޑޮކްޓަރ ޙުސައިން ފާއިޒް، އަދި މ. ވައިޓްބެލް، ޑރ. ދީބާ މޫސާއެވެ. މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް އައްޔަން ކުރެއްވި ބޭފުޅުން ވަނީ އެ ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ކުރައްވާފައެވެ. އެ ބޭފުޅުންނަށް ހުވާ ލައިދެއްވީ […]

ލިބުނު މަޢުލޫމާތަކާ ގުޅިގެން ރެހެންދި ސްކޫލުގައި ފުލުހުން ހަރަކާތްތެރިވަނީ

ފުލުހުންގެ ޚިދުމަތަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހުޅުމާލޭ ރެހެންދި ސްކޫލުގައި ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ފުލުހުން ދަނީ ލިބިފައިވާ މަޢުލޫމާތާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންނެވެ. މިކަމާ ގުޅިގެން މިހާތަނަށް އަދި ނުރައްކަލެއް ފާހަގަވެފައި ނުވާކަމާއި، އާދައިގެމަތިން ކިޔަވައި ދިނުމުގެ ކަންކަންވެސް މެދުނުކެނޑި އެ ސްކޫލުގައި ކުރިއަށްދާކަން ވަނީ އެނގިފައެވެ.