ރަހަފަތް: ސްޓްރޯބެރީ ފަލޫދާ

ބޭނުންވާ ތަކެތި1 ލީޓަރު ސްޓްރޯބެރީ ފްލޭވަރ ކިރު1 ޖޯޑު ކޮށާފައި ހުރި ޖެލީ (2 ކުލައެއްގެ ޖެލީ ހިމެނޭހެން)2 މޭޒުމަތީ ސަމުސާ ޗިއާ ސީޑްދޮންކެޔޮވަކެއް ތުނިކޮށް ފޮތިކޮށްފައިމޭބިސްކަދުރު ފަޅިކޮށްފައިވެނީލާ އައިސްކްރީމް ތައްޔާރުކުރާނެ ގޮތް:ޗިއާ ސީޑް 2 ޖޯޑު ހޫނު ފެނަށް އަޅާފައި ގަޑިއެއްހާއިރު ބަހައްޓާށެވެ.އެއަށްފަހު ކިރު އެތީގެ ތެރެއަށް ކޮށާފައި ހުރި ތަކެތި އަޅައި އެއްކޮށްލުމަށްފަހު ޗިއާ ސީޑް ކޮޅު އަޅާފައި އައިސްއަލަމާރިއަށް ލައި ފިނިކުރާށެވެ.ބޯންވީމާ ތައްޓަށް އެޅުމަށްފަހު މައްޗަށް އައިސްކްރީމް އަޅާލާށެވެ. ނޯޓް: ޗިއާ ސީޑުގެ […]
6 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ބަޔަކު ހައްޔަރުކޮށްފި

6 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ބަޔަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފިއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ; ގދ. ގައްދޫ / ހިތިލާގެ، ޢަލީ ޢިރުފާނު (28އ) އާއި ދަނޫޝްކާނދަން ގޯޕާލް، އިންޑިއާ (19އ) އާއި ކަތިރިވިލް މަނިމަރަން، އިންޑިއާ (21އ) ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދެއެވެ. ފުލުހުންގެ ޚިދުމަތުން ބުނީ، މި މަހުގެ 3ވަނަ ދުވަހު ހައްޔަރުކުރި މި ތިން މީހުންނަކީ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓައި، […]
މއ. ސިޓީވިލާގައި ރޯވި އަލިފާންގަނޑު ނިއްވާލެވިއްޖެ: އެމްއެންޑީއެފް

ރޭ ހާރުދަމުގެ ވަގުތުގައި މއ. ސިޓީވިލާގައި ރޯވި އަލިފާންގަނޑު ނިއްވާލެވިފައިވާކަމަށް މޯލްޑިވްސް ނޭޝަލަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ބުނެފިއެވެ. އެމްއެންޑީއެފުން ބުނީ، މި ހާދިސާގެ މަޢުލޫމާތު އެ މުއައްސަސާއަށް ލިބިފައިވަނީ ހާރުދަމު 3:05ގައި ކަމަށެވެ. އެއާއެކު ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށި ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. އެމްއެންޑީއެފުން ބުނީ، އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ ފަތިހު 4:15 ވަނިކޮށް ކަމަށާއި، މި ހާދިސާގައި އެ ގޭގެ އެކި ބައިތަކަށް ގެއްލުންވެފައި ވާކަމަށެވެ. މި […]
މާފުށީ ޖަލުގައި ބޮޑީ ސްކޭނަރެއް ބަހައްޓައިފި

މާފުށީ ޖަލުގައި ފުރަތަމަ ފަހަރަށް ބޮޑީ ސްކޭނަރެއް ބަހައްޓައިފިއެވެ. ޖަލަށް ވަންނަ މީހުން ފާސްކުރުމަށްޓަކައި ބެހެއްޓި މި ސްކޭނަރުގެ ޚިދުމަތް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު، ޢަލީ އިޙުސާނެވެ. މިއީ ސޮޓަރ އާރްއެސް ބޮޑީ ސްކޭނަރެކެވެ. މިއީ ހަށިގަނޑުގައި ރައްކާކޮށްގެން އެއްޗެހި އެތެރެކުރާ ތަކެތި ދެނެގަނެވޭނެ މެޝިނެކެވެ. މިގޮތުން، މަސްތުވާތަކެއްޗާއި އަދި ފޯނު ފަދަ އާލާތްތައް މި ސްކޭނަރު މެދުވެރިކޮށް ދެނެގަނެވޭނެއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މަޢުލޫމާތުދޭގޮތުގައި، މާފުށީ ޖަލުގެ ގައިދީންނާއި މުވައްޒަފުން އަދި […]
ބީޓްރޫޓް ހިކިރިހަ

ބޭނުންވާ ތަކެތި:1 ޖޯޑު ބީޓްރޫޓް (ހިމަދިގަށް ތުނިކޮށް ކޮށާފައި)2 ހިކަނދިފަތް1 މޭޒުމަތީސަމުސާ ލޮނުމިރުސް ހަވާދު1 ފިޔާ (މެދު ސައިޒުގެ)2 ލޮނުމެދުބައިޖޯޑު ބޯ ކާށިކިރު ތައްޔާރުކުރާނެ ގޮތް:ފިޔާ ތުނިކޮށް، އަދި ލޮނުމެދު ހިމުންކޮށް ކޮށާލާށެވެ.އެއަށްފަހު ހިކަނދިފަތް އަޅައިގެން ފިޔައާއި ލޮނުމެދު ތެޔޮފޮދެއްގައި މީރުކޮށްލާށެވެ.ފިޔައަށް ބިއްލޫރި ކުލަ އެރުމުން 1 ސައިސަމުސާ ލޮނު އަޅާފައި ބީޓްރޫޓްކޮޅު އެޅުމަށްފަހު ބައިޖޯޑު ފެން އަޅައި، މަތިޖަހައިގެން މަޑުގިނީގައި ކައްކާލާށެވެ.ބީޓްރޫޓުގެ ރޯ ރަހަ ކެނޑި، މަޑުވުމުން ލޮނުމިރުސް ހަވާދުކޮޅު އަޅައި އެއްކޮށްލާށެވެ.މިނިޓެއްހާއިރު ކައްކާލުމަށްފަހު ކާށިކިރުފޮދު […]
ދީނަށް ފުރައްސާރަކުރާތީ ”ބޫ“ ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގައިފި

މީސްމީޑިއާގެ އެކި މަންސަތަކުގައި އިސްލާމްދީނާ ފުށުއަރާފަދަ ވާހަކަތައް ދެއްކުމާއި ދީނަށް ފުރައްސާރަކުރުމުގެ މައްސަލާގައި އަޙްމަދު ޢާމިރު، ފިލިކުރިގެ، މާލެ، މީސްމީޑިއާގައި މަޝްހޫރު ނަމުންނަމަ ޑރ. ބޫ ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އާންމުކޮށް އަންގައި އިޢުލާންކޮށްފިއެވެ. ފުލުހުންގެ އިޢުލާނުގައި ވާގޮތުން އޭނާ އެ އިދާރާއަށް ހާޒިރުވުމަށް އަންގާފައި މި ވަނީ، މީސްމީޑިއާގެ އެކި ޕްލެޓް ފޯމްތަކުގައި އިސްލާމް ދީނަށް ތައުހީނުކޮށް، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމަށް ބުރޫއަރާފަދަ ވާހަކަ ދެއްކުމާއި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ނައްތާލުމަށް ގޮވާލައި […]
ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ

މާލޭން ގެއްލިގެން ހޯދަމުންދިޔަ އިބްރާހީމް އިމްތިޔާޒް ޢަލީ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި ފުލުހުންގެ އިދާރާއަށް ހާޒިރުވެފައި ވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފިއެވެ. ފުލުހުން ބުނީ ހޮނިހިރު ދުވަހުގެ ރޭ 10:25ގައި އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުވެފައި ވާކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އިބްރާހީމް އިމްތިޔާޒް ޢަލީ ގެއްލިގެން ހޯދަން ފަށާފައިވަނީ މި މަހުގެ 13ވަނަ ދުވަހު މެންދުރުފަހުގެ ވަގުތެއްގައި ގެއިން ބޭރަށް ދިޔަފަހުން ޚަބަރެއްނުވެ ގެއްލިފައިވާކަމަށް، މި މަހުގެ 17 ވަނަ […]
ރަހަފަތް: ލަންޗަން މީޓް އާލިއޯ އޮލިއޯ

1 ޖޯޑު ލަންޗަން މީޓް (ތުނިކޮށް، ކުދިކޮށް ކޮށާފައި) 7-8 ލޮނުމެދު (ތުނިކޮށް ކޮށާފައި)ހިކިމިރުސް (ބުރިކޮށްފައި) 1 ޕެކެޓް ޕާސްތާ ޒައިތޫނި ތެޔޮޕާސްތާ ޕެކެޓުގައި ބުނެފައި އޮތް ގޮތަށް ޕާސްތާ ކައްކާލުމަށްފަހު ފުރާނާލާށެވެ. އަދި އޭގެ ތެރެއަށް 1 މޭޒުމަތީ ސަމުސާ ޒައިތޫނި ތެޔޮ އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ތަވައަށް 2 މޭޒުމަތީ ސަމުސާ ޒައިތޫނިތެޔޮ އަޅާފައި ލޮނުމެދާއި ހިކިމިރުސް ކުޑަކޮށް ތެއްލާލާށެވެ. ލޮނުމެދުތަކަށް މުށިކުލަ އަރަންފެށުމުން ތެޔޮގަނޑުން ނަގައި ޕާސްތާގެ މައްޗަށް އަޅާލާށެވެ. ތަވާގައި ބާކީ […]
ސަތޭކަ ރުފިޔާ ހޭދަކޮށްގެން އެއް ދުވަހުގެ ތެރޭގައި ފަސްހާސް ރުފިޔާ

މި ޒަމާނަކީ އެކި ކަހަލަ ”ޓްރޭޑިންގ“ މަންސަތަކުގެ ބޭނުން މީހުން ހިފަމުންދާ ޒަމާނެކެވެ. ބައެއް މީހުންނަށް އެއިން ގެއްލުންވާއިރު އަނެއްބައި މީހުންނަށް ބޮޑެތި އަދަދުތަކުން ފައިދާ ލިބޭ ވާހަކައަކީ އަބަދުމެ އިވެމުންދާ ވާހަކަތަކެވެ. އަދި ބައެއް މީހުންގެ މުޅި މާލިއްޔަތު އެކަމަށް ހުސްވެ އިނދަޖެހޭ ވާހަކަތައްވެސް އިވެނީ މަދެއްކޮށެއް ނޫނެވެ. ނަމަވެސް ކިޔައިދޭން މި އުޅެނީ މުޅި މާލިއްޔަތު ހުސްކޮށްލައި އެއިން އެއް ދުވަހުގެ ތެރޭގައި ފަންސާސް ގުނަ ލިބުނު ގޮތުގެ ވާހަކައެކެވެ. މިފަދަ މަންސައަކުން ނޫނެވެ. […]
ބޭރަށްހިންގުމާއި ހޮޑުލުމުގެ ރޯގާ ދަނީ ގަދަޔަށް ފެތުރެމުން: އެޗްޕީއޭ

ބޭރަށްހިންގުމާއި ހޮޑުލުމުގެ ރޯގާ މި ދުވަސްވަރު ދަނީ ގަދަޔަށް ފެތުރެމުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ. އެޗްޕީއޭން ވަނީ މިކަމާ ގުޅިގެން ސަމާލުކަންދޭންވީ ބައެއް ކަންތައްތަކާގުޅޭ އިރުޝާދު ދީފައެވެ. މިގޮތުން ސަމާލުކަންދޭންވީ ކަންކަމުގެ ތެރޭގައި، ކައްކައި ކާން ތައްޔާރުކުރުމުގައި ރަނގަޅަށް ސައިބޯނިލައިގެން އަތްދޮވުމާއި، ކާތަކެތީގައި މަތިޖަހާފައި ބެހެއްޓުމާއި، އަދި ކާތަކެތި ގިނައިރު ބަހައްޓަން ޖެހިއްޖެނަމަ އައިސްއަލަމާރީގައި ބެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން، ފާޚާނާކޮށް ނިމިގެން ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން ހިމެނެއެވެ. އަދި ހޮޑުލައި، ބޭރަށްހިންގާނަމަ […]