އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދާ ލާއިންސާނީ އަނިޔާތަކަށް ތާއީދުކޮށް ފަލަސްތީނު ރައްޔިތުންގެ އާދޭސްތަކަށް ބީރުކަންފަތެއް ދެއްވަމުންގެންދަވާތީ އެމެރިކާގެ ރައީސް ޖޯ ބައިޑެންއަށް ގިނަ ބަޔެއްގެ ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ.
އިޒްރޭލުން މަސްޖިދުލް އަގުސާއަށް ހަމަލާދީ، ޝޭޚް ޒައްރާގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންގެ ގެތަށް ފޭރިގަތުމުގެ އިތުރުން ޣައްޒާއަށްބޮން އަޅައި އެތައް ބަޔެއްގެ ފުރާނަ ދުއްވާލަމުންދާއިރު ވެސް އެމެރިކާއިން އިޒްރޭލަށް އެހީތެރިކަން ފޯރުކޮށްދެމުންދާތީ އެމެރިކާގެ ރައީސް ނިސްބަތްވާ ޑިމޮކްރެޓިކް ޕާރޓީން ވެސް ދަނީ އެމަނިކުފާނަށް ފާޑުކިޔަމުންނެވެ. މިގޮތުން ޑިމޮކްރެޓިކް ޕާރޓީއަށް ނިސްބަތްވާ 25 މެމްބަރުން ވަނީ ސަރުކާރުން މިކަމާ ގުޅިގެން ފިޔަވަޅެއް އެޅުން އަވަސް ކުރުމަށް ގޮވާލައްވާފައެވެ. އަދި ޑިޕްލޮމެޓިކް ޕްރެޝަރގެ ބޭނުންކޮށް އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ހަރަކާތްތައް ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން އަވަސްކުރުމަށް ވެސް އެބޭފުޅުން ވަނީ ބައިޑެންއަށް ގޮވާލައްވާފައެވެ.
3 Responses
Israel ge beynun fudhuneema huttaalaa, beynun veema udhuvaan hingan jahaa malhi. America in terrorist Israel himaayaiy kurun huttayeh nulaane!
މިއީ ސީދާ އެމެރިކާއާއި ޖަރުމަނާއި އީޔޫގެ ބައެއް ގައުމުތަކުން ބޭނުންވެގެން އެމީހުންގެ ޕްރޮސީގޮތުގައި ޔަހޫދީ ޒައިނިސްޓުން ހިންގާ އުދުވާނެއް. އެހެނަސް އިސްލާމީ އެމްބީއެސް އާއި މިސުރުގެ އެހުރި މިލިޓަރީ ވެރިމީހާ އަށް ހަމަ އޯކޭ. އެހެންތާ ވާނީވެސް ކަޝޯގީ މަރާލައިފަ އެމްބީއެސް ސަލާމަތުން ހީހީ އެހުރެވެނީ އެމެރިކާ ސަރުކާރުގެ އެނހީގައި، މިސުރުގެ މިލިޓަރީ ގޮލާ އެ ހުންނަނީ 800 މިސުރުގެ މީހުން މަރާފަ ރައީސް އެތަނުގެ ރައްޔަތުން ވޯޓުލައިގެން ހޮވީ މޯރސީ ޖަލަށް އެއްލާލައިގެން. މިފަދަ އިސްލާމީ ވެރިންނޭ ކިޔައިގެން އުޅޭ މީހުން އެ ޒައިނިސްޓުންގެ އިންޓަރެސްޓް ސަލާމަތްކޮށްދީގެން މިވެރިންގެ ސަލާމަތްކަން އޮތީ. އެހެންވީމާ ވާނެގޮތް މިވަނީ. ދެރަވަރު އެހެނަސް މި އަނިޔާއާއި ޖެނޮސައިޑް ކުރިއަށްދާނެ. މިއަދު އިސްލާމީ ދުނިޔެއަށް ކުރެވޭނެ މާބޮޑުކަމެއްނެތް.
އެއްބަޔަކު ޝިއާއީ. އަނެއް ބަޔަކު ސުންނީ. އަނެއްބަޔަކު ޝާފީ. ހަންބަލީ. މާލިކު ދެންމިހެންގޮސް ބައިބައިވެ މަގަބޫލުކުރާ ގޮތަށް ނޫޅޭ އެންމެން ނަރަކައަށް ދާނެކަމަށް ޒުވާބުކޮރުން ކަމަކީ. އަސްލު ޖައްބާރު ޚާއިނުން މަތިން ޣާފިލުވެވިފަ. އެއީ ކީރިތި ގުރުއާނުގައި އިންޒާރުގެ ބަސްފުޅުން އައިސްފައިވާ ޔަހޫދީންނާއި ނަސޯރާއިން. އެމީހުން ތިބައި މީހުނަކަށް ހެވެއްނޭދޭނޭ. އެމީހުން ތިބައިމީހުންގެ ޕްރޮޓެކްޓަރ އަކަށް ނުހަދާށެވެ. ވީމާ ފަލަސްތީނަށް ތިބާގެ އަތް އުފުލާފަ ހެޔޮދުޢާ ކޮށްދެއްވާށެވެ. އިތުރު މާބޮޑުކަމެއް ޢާންމު މީހަކަށް ކުރެވޭނެ ގޮތެއް ނެތެވެ. އެމީހުންގެ އެޖެންޓުން ހުރިހާދިމާލެއްގައި ވެރިކަން ކުރަނީ. މަދު ވެރިޔަކު ނޫނެކޭ ބުނެލަން ކެރެނީ. މާތްﷲ ފަލަސްތީނަށް ނަސްރުދެއްވާށިއެވެ. އާމީން!
ކޮންމެ މީހަކު އެމެރިކާގެ ވެރިޔަކަށް ހުއްޓަސް އިސްލާމީ ގައުމަކަށް ހެވެއްނޭދޭނެ. ތަޅާލަންވީމާ ތަޅާލާނީ. ހަނދާންވާނެ. އިރާނާއި ހަނގުރާމަ ކުރީ އިރާގުގެ ރައީސް ސައްދާމުލައްވާ. ފަހުން ސައްދާމު ފުނޑާލީ. އެއީ ޔަހޫދީންއާއި ނަސޯރާއިންގެ ޙިމާޔަތް ހޯދީމާ ލިބޭނެ ހަށިރައްކަލަކީ. ދެން މިތާ މިއުޅޭ ސޮރުވެސް މާ ބޮޑު ރައިސްއަކަށް ހެދިގެން އެވެރިންގެ އެޖެންޑާ ރާއްޖޭގައި ފަތުރަން. ރައްޔަތުން ވޯޓްވިއްކާ ގައުމަށް ތެދުވެރި ނުވަންޏާ ފަލަސްތީނަށް ވީގޮތްވާނޭ!