މުދާ އުފުލުމަށް ދަތިތަކެއް: 1600ޕައުންޑްގެ ކޮންޓެއިނާ އަކަށް 10,000ޕައުންޑް ދައްކަންޖެހޭ.

Loading

Facebook
Twitter
WhatsApp

މިދިޔަ ނޮވެމްބަރު މަހުގައި، ކޮންމެ ކޮންޓެއިނާ އަކަށް 1600 ޕައުންޑް ދައްކަމުން ދަނިކޮށް، މިމަހުގައި 10 ހާސް ޕައުންޑް އަށް ޝިޕިންގ ގެ އަގު މަތިކޮށްފައިވާ ކަމަށް ހެލެން ވައިޓް ބުނެފިއެވެ.

ޗައިނާ އިން ޔޫކޭ އަށްލައިޓް އެތެރެކުރާ ކުންފުންޏެއް ކަމަށްވާ، ހައުސްއޮފް.ކޮމް އުފެއްދި މީހާ، ހެލެން ވައިޓް ބުނެފައިވާ ގޮތުގައި މުދާ އުފުލާ އުޅަނދުފަހަރުން މިހާރު ނަގަމުންދާ އަގު މަތިކޮށްފައިވެއެވެ. މިހެން ދިމާވުމުގެ ސަބަބުން އޭނާގެ ވިޔަފާރިއަށް ވަނީ ގެއްލުމަކާ ކުރިމަތިލާން ޖެހިފައެވެ.

އޭޝިޔާ ސަރަޙައްދުގައި މުދާ އުފުލުމަށް ބޭނުންކުރާ ކޮންޓެއިނާ ތައް މަދުވުމުގެ ސަބަބުން، މުދާ އިމްޕޯރޓް ކުރުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ.

ޗައިނާގެ އައު އަހަރު ފާހަގަ ކުރަމުންދާ ފެބުރުއަރީ މަހުގެ ތެރޭގައި، މިކަމަށް ހައްލެއް ލިބޭނެ ކަމަށް އުންމީދު ކުރަމުން ދަނިކޮށް، މިކަމަށްވެސް ގޮންޖެހުންތަކެއް ކުރިމަތިވެ، ހުއްޓުމަކަށް އައެވެ. ޗައިނާގައި ކޮރޯނާ ވައިރަސް ފެތުރި، މުދާ އިމްޕޯރޓް ކުރުން މެދުކެނޑިގެން ދިޔަ އެވެ.

ޔޫކޭ ގައި އިންޓަރނޭޝަނަލް ޝިޕިންގ ގައި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާއިރު، އީ.ޔޫ އާ ގުޅިގެން ވިޔަފާރީގެ މުޢާމަލާތްތައް ހިންގުމަށް ވެސް ވަނީ ބުރޫ އަރައިފަ އެވެ.

ކާރޑިނަލް މެރިޓައިމް ގެ ފަރާތުން ކްރެއިގް ޕޫލޭ ބުނެފައިވާ ގޮތުގައި، ލޮކްޑައުން ގެ ސަބަބުން އޮންލައިން ވިޔަފާރި ވަނީ ޢާންމުންގެ ތެރޭގައި ވަރަށް ބޮޑަށް މަޤްބޫލު ވެފައެވެ. މިކަމުގެ ސަބަބުން ޗައިނާގެ ވިޔަފާރިތައް އިތުރަށް ފުޅާވެގެން ދިޔައެވެ. އެހެންނަމަވެސް، ބައެއް ކުންފުނިތަކުން، ވައިގެ މަގުން ވިޔަފާރީގެ މުޢާމަލާތްތައް ކުރާއިރުގައި، އުޅަނދުން ނަގާ ފީ މާބޮޑު ވެ، ކަސްޓަމަރުންނަށް ވިއްކަމުންދާ ތަކެތީގެ އަގު ބޮޑު ވާ ގޮތް ވެދާނެ އެވެ. ހަމަ އެގޮތަށް، އެހެންވުމުގެ ސަބަބުން ވިޔަފާރި ހުއްޓާލަން ވެސް ޖެހިދާނެ އެވެ.

ހެލެން ވައިޓް ގެ ލައިޓް ކުންފުންޏަކީ، ޗައިނާގެ ގުއަންގްޒ އިން އުފައްދާ ލައިޓް ތައް، ޔޫކޭއަށް އިމްޕޯރޓް ކޮށް، ވިޔަފާރި ކުރަމުންދާ ކުންފުންޏެކެވެ.

ހެލެން ބުނެފައިވާ ގޮތުގައި، މިހާ ކުޑަ ވިޔަފާރިއެއް ހިންގުމަށް އުނދަގޫ ވާ މައިގަނޑު ސަބަބަކީ ކުރަންޖެހޭ ޚަރަދު ތައް ގިނަވެފައި، ބޮޑުވުމެވެ. ވިއްކާ އެއްވެސް އެއްޗަކަމުން ފައިދާއެއް ނުލިބި، ގެއްލުންތައް ލިބިފައިވެއެވެ. ޗައިނާގެ ލައިޓް އުފައްދާ މީހުން ބުނަމުންދާ ގޮތުގައި، އެމީހުންނަށް ވެސް މިކަމުގެ ސަބަބުން ބޮޑެތި އުނދަގޫ ތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

ޢާންމުން ގޮތެއްގައި، ޗައިނާގެ އައު އަހަރު ފާހަގަ ކުރާ ދުވަސްތަކުގައި، ޗައިނާގެ ފެކްޓްރީތައް 2 ހަފްތާ އަށް ބަންދު ކުރެއެވެ. މި 2 ހަފްތާގެ ތެރޭގައި ޔޫކޭ އަށް އެތެރެ ކުރުމަށް ދަތިވެފައިވާ ހުސް ކޮންޓެއިނާ ތައް ލިބޭނެ ކަމަށް އުންމީދު ކުރަމުން ދެއެވެ. އަދި އޭޝިޔާ ސަރަޙައްދަށް އަލުން ގިނަ ކޮންޓެއިނާ ތަކެއް ފޮނުވޭނެ ކަމަށްވެސް ބުނަމުން ދެއެވެ.

އެހެންނަމަވެސް، ޗައިނާގައި ކޮރޯނާ ވައިރަސް ހަލުވި ކަމާއެކު ފެތުރިގެން ދިއުން ވެގެން ދިޔައީ، ފެކްޓްރީތައް ބަންދުކޮށް، އެތަނުގައި މަސައްކަތް ކުރާ މީހުންނަށް އެމީހުންގެ އަމިއްލަ ވަޒަނަށް ދިޔުމަށް އެޅުނު ހުރަހެއް ކަމުގައެވެ. އަދި މިކަމުގެ ސަބަބުން، ދަތުރު ފަތުރު ކުރުމަށް ދަތިވެ، ބައެއް ފެކްޓްރީތަކުގެ މަސައްކަތް ތަކަށް ހުއްޓުމެއް އައިސްދާނެ ކަމަށް ބެލެވެއެވެ.

ކްރެއިގް ޕޫލޭ ބުނެފައިވާ ގޮތުން ބައެއް ކުންފުނިތަކުން އެމީހުންގެ ފެކްޓްރީތައް ބަންދުކޮށްފައި ވަނީ، ބަންދު ކުރުމަށް ނިންމާފައިވާ ތާރީޚުގެ ކުރިން ކަމުގައެވެ.

މިސްޓަރ ލީ ވަނީ އުޅަނދު ފަހަރު ތަކާ ބެހޭ ފަރާތްތަކަށް އަންގައި، މިހާރު ހުރި ޢަދަދަށްވުރެ ގިނައިން ބޯޓުފަހަރު ފޮނުވައި، ކޮންޓެއިނާ ތައް އުފުލުމަށް ފަސޭހަ ކޮށް ދިނުމަށް އެހީތެރިވެދީފަ އެވެ.

ޝިޕިންގ ލައިންސް އިން ވަނީ ބްރިޓިޝް އިން އިމްޕޯރޓް ކުރާ މީހުން ގެ ޑިމާންޑް ދަށް ކުރުމަށް މަސައްކަތް ކޮށްފައެވެ. މިގޮތުން، ޔޫކޭ އަށް އެތެރެ ކުރާ މުދާތަކުން ޕްރިމިއަމް އެއް ޗާޖުކުރެއެވެ.

އެއް ޝިޕިންގ ލައިނަކުން ވަނީ 40ފޫޓުގެ ކޮންޓެއިނާ އަކަށް 12,050 ޑޮލަރު ހުށަހަޅައިފަ އެވެ. މިއީ ޗައިނާ އިން ފެށިގެން ސައުތަމްޓަން އަށް އެތެރެ ކުރާ ކޮންޓެއިނާ އެކެވެ. އެހެންނަމަވެސް، ހަމަ މި ކޮންޓެއިނާ، ޗައިނާ އިން ފެށިގެން ރޮޓަޑަމ، ހަމްބާގ، ނޫނީ އެންޓްވަރޕް އަށް ހުށަހަޅައިފައިވަނީ 8450 ޑޮލަރެވެ.

އެހެންކަމުން، ހެލެން ވައިޓް ފަދަ ވިޔަފާރިވެރިންނަށް މިފަދަ ކަންތައްތަކަކީ ހައްލުކުރަން ވަރަށް އުނދަގޫ ކަންތައްތަކަކަށް ވެގެން ދާނެއެވެ.

Loading

One Response

  1. ކޮވިޑް19 ގެ ގެއްލުން އެމީހަކަށް ފެލުނު ބައެއް ފެލުނު ގޮތަކަށް ގެލައިގެން ފޫބައްދަނީއެވެ. މި ދިވެހިރާއްޖޭގައިވެސް ހަމަ އެހެނެވެ. ވަޒީފާތަށް ގެއްލި މީހުން ނިކަމެތިވެފައެވެ. މިތަނުގެ ޝިޕިން އެޖެންޓުންވެސް ކުރީގާ 1600 ގެނެވީ ކޮންޓެނަރެއް 3500 އަށް ހަދައިފިކަމަށް ބުނެއެވެ. އަދި އެޖެންޓުންނަގާ އެހެނިހެން ޗާރގަސްތައްވެސް ހަމަ ހަބޭސް އެވެ. އެކި ނަންނަން ޖަހައިގެން ނަގަނީއެވެ. އެމީހަކާ އެމީހެކެވެ. ރެގިއުލޭޓްވެސް ނުކުރެވުނެވެ. ބަޔަކަށް ޖެހޭ މުސީބާތަކީ ބަޔަކަށް ލިބޭނަސީބެކެވެ. މިސާލަކަށް ވެންޓިލޭޓަރ ޑީލް. ނޭފަތަށް ކޮވިޑް ޓެސްޓުކުރަން ކޮށްޕާ ކަފަބޫރު ސްވެބް. ބަޔަކު މުއްސަދިވެ އަވަދިވީއިރު ބަޔަކު ހާލުގައިޖެހި ރަށްރަށުގެ ފުރެންޑުންގެ އެނހީގައި ޖަޒީރާ ރާއްޖޭވެ ޙިޖުރަ ކުރަނީއެވެ. ސަހަރޯއޭ ހީވާވަރު ވެއްޖެއެވެ. ހަމަ ތެދެކެވެ.!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް