މާލޭގެ ބައެއް ޕާކިން ޒޯންތައް ކުއްޔަށް ދޫކުރަނީ

Loading

Facebook
Twitter
WhatsApp

 

 

މާލެސިޓީގެ ބައެއް ޕާކިން ޒޯންތައް ކުއްޔައް ދޭން ނިންމާފައިވާ ކަމަށް މާލެ ސިޓީކައުންސިލުން ބުނެފިއެވެ.

ސިޓީކައުންސިލުން ބުނީ ކުއްޔަށްދޭން ނިންމާފައިވަނީ އަމީނީމަގު ދެކުނުން އިއްޒުއްދީން މަގާއި ދޮންއަދަރާދަ ހިނގުމާއި ދެމެދުގައިވާ މަގުތަކާއި ގޯޅިތަކުގެ ޕާކިންގ ޒޯންތައްކަމަށެވެ.

 

ޕާކިން ޒޯންތަކުން ކުއްޔަށް ދޫކުރަން ނިންމާފައިވަނީ ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކުރުމަށެވެ. އެއިން ސްލޮޓެއް ދޫކުރުމަށް ހަމަޖައްސާފައިވަނީ މަހަކު 1500 ރުފިޔާ އަށެވެ.

ސިޓީ ކައުންސިލުން ބުނީ މި ސްލޮޓްތައް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި އެދި ހުށަހެޅުމުގެ ފުރުސަތު މާދަމާ މެންދުރު 13:00 ން ހުޅުވާލާނެކަމަށެވެ.  

 

ސިޓީކައުންސިލުން ބުނީ މި ޒޯނުން  292   ޕާކިން ސްލޮޓް ދޫކުރުމަށް ހަމަޖެހިފައިވާކަމަށާ މިޒޯނުން ޖާގަ ދެވޭނީ ކާރަށާއި 350 ކިލޯއަށް ވުރެ މަތިނޫން ޕިކަޕްތަކަށްކަމަށެވެ.

މި ޒޯނުތަކަށް އެދެން ބޭނުންވާ ފަރާތްތަކުން މާލެސިޓީ ކައުންސިލްގެ ވެބްސައިޓްގައިވާ މިކަމަށް ހާއްސަކޮށް ގާއިމްކޮށްފައިވާ ”ޕާރކިންގ“ ޕޯޓަލް މެދުވެރިކޮށް ޕާކިން ސްލޮޓްތަކަށް އެދެވޭނެކަމށް އެ ކައުންސިލުން ހާމަކުރެއެވެ.  

             

             މާލެ ސިޓީ ކައުންސިލުން މައުލޫމާތުދޭގޮތުގައި ހަމަޖެހިފައިވާ ޕާކިންގ ޒޯންގެ ޖާގަތަކާއި ހުސްވަމުންދާ ޖާގަތައް އެ ކައުންސިލްގެ ވެބަސްއިޓްގައިވާ ޕޯޓަލުން ފެންނަން ހުންނާނެއެވެ. އަދި ޖާގަތައް ޕޯޓަލަށް އަޕްލޯޑުވަމުންދާ ވަރަކަށް، ޖާގަތައް ހޯދަން ބޭނުންވާ ފަރާތްތަކުން ޕޯޓަލް މެދުވެރިކޮށް ޖާގަތަކަށް ހުށަހެޅޭނެ ކަމަށްވެސް މާލެ ސިޓީކައުންސިލުން ހާމަކުރެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް