އީރާނުން އިންޒާރު ދެމުންދަނިކޮށް އެމެރިކާގެ މަނަވަރެއް އަތުވެއްޖެ

Loading

Facebook
Twitter
WhatsApp

މެދުއިރުމައްޗަށް އެމެރިކާގެ ތިންވަނަ އެއާކްރާފްޓް ކެރިއަރު އައުމާއެކު އެމެރިކާ އާއި އީރާނާ ދެމެދު އޮތް ނުތަނަވަސްކަން އިތުރަށް ބޮޑުވެއްޖެއެވެ. އަދި ވޮޝިންޓަނުން އިސްވެ ހަމަލާދޭންދެން އީރާނުން މަޑުނުކުރާނެ ކަމަށް ތެހެރާނުން ވަނީ އިންޒާރު ދީފައެވެ.

ޔޫއެސް ސެންޓްރަލް ކޮމާންޑްގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ އެމެރިކާގެ އަނެއް ދެ އެއާކްރާފްޓް ކެރިއަރާ ޔޫއެސްއެސް ތިއޮޑޯ ރޫޒްވެލްޓް ގުޅިފައިވާކަން އެމެރިކާގެ އޮފިޝަލަކު ވަނީ މިއަދު އަލްޖަޒީރާއަށް ކަށަވަރުކޮށްދީފައެވެ.

އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ފޯ ލީގަލް އެންޑް އިންޓަނޭޝަނަލް އެފެއާޒް، ކާޒިމް ޣަރީބްއާބާދީ އިންޒާރު ދެއްވި ގޮތުގައި، އެމެރިކާއިން އިސްވެ ހަމަލާދޭންދެން ތެހެރާނުން މަޑެއް ނުކުރާނެއެވެ. މީގެ އިތުރުން، އެހެން ހަމަލާއެއް ދިނުމުގެ ކުރިން ވަގުތު ހޯދުމުގެ ގޮތުން ވޮޝިންޓަނުން ޑިޕްލޮމެޓިކް މަޝްވަރާތަކުގެ ބޭނުން ހިފަމުންދާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

މި އެންމެ ފަހުގެ ކުރިއެރުންތައް މި ފެންނަނީ ދެ ގައުމުގެ ދެމެދުގައި އަސްކަރީ އަދި ސިޔާސީ ނުތަނަވަސްކަން އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.

މިދަނޑިވަޅުގައި، އެމެރިކާގެ ސަރަހައްދަށް އީރާނުން ކުރިމަތިކޮށްފާނެ ނުރައްކާތަކަށް ރައްދު ދިނުމަށް ވޮޝިންޓަން އޮތީ ތައްޔާރަށް ކަމަށް އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ މާކްވޭން މުލިން ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން އަންނަނީ ކުރިމަތިވެދާނެ ނުރައްކާތައް ކޮންމެ ދުވަހަކު ވެސް މޮނިޓާކޮށް، ސަލާމަތީ ތައްޔާރީތައް ވިލަރެސްކުރަމުންނެވެ.

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާޤްޗީ ވެސް ވަނީ އެމެރިކާގެ ވާހަކަތަކަށް ފާޑުވިދާޅުވެފައެވެ. އަދި އެމެރިކާގެ އަސްކަރީ ބާރުގަދަ ނަމަވެސް، ވޮޝިންޓަނަށް ފުނޑުފުނޑުކޮށްލަނިވި ބައްޔަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ ކަންބޮޑުވުންތައް އޮތް ދަނޑިވަޅެއްގައި، އެމެރިކާގެ އިތުރު އެއާކްރާފްޓް ކެރިއަރެއް އައުމަކީ އެ ސަރަހައްދުގައި އެ ގައުމުގެ އަސްކަރީ ބާރު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ބެލެވޭ ކަމެކެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް