މާލެ އަތޮޅު ރިސޯޓެއްގެ ފަޅުތެރޭގައި އޮތް ލޯންޗެއްގައި ރޭ ދަންވަރު ރޯވެ، ލޯންޗުގެ ކެޕްޓަން ވަރަށް ބޮޑަށް ފިހިއްޖެއެވެ.
ފުލުހުން ބުނިގޮތުގައި، ރޭގެ ދަންވަރު 3:00 ހާއިރު ހިނގި މި ހާދިސާގައި ފިހިފައިވަނީ އެ ލޯންޗުގެ ކެޕްޓަނެވެ. އޭނާގެ ކަރާއި މޭމަތި ފިހިފައިވާކަމަށާއި، އޭނާ އައިޖީއެމްއެޗަށް ގެނެސް މިހާރު ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި ރޯވިއިރު އެ ލޯންޗުގައި ހުރީ ހަމައެކަނި އޭނާއެވެ. އަދި މި ހާދިސާގައި ލޯންޗަށް އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.
ލޯންޗުގައި ރޯވާން ދިމާވި ސަބަބު ތަޙުޤީޤުކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.
![]()
