ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ފުލުހުން ބަލަނީ

Loading

November 6, 2026
profile
Facebook
Twitter
WhatsApp

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަންފަށާފައި ވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން ކުރި އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، މި ކަމަކީ ރާއްޖޭގައި ހުއްދަ ކަމަކަށް ނުވާތީ މި މައްސަލަ ތަޙުޤީޤުކުރަމުން ދާކަމަށެވެ.

ދިވެހިރާއްޖޭގެ ދީނަކީ އިސްލާމް ދީން ކަމަށް ވެފައި، ދީނީ އަދި ޝަރުޢީ އުސޫލުތަކާއި، ދިވެހިރާއްޖޭގެ ގާނޫނުތަކާއި، އާންމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފު މިފަދަ ޢަމަލުތައް އެއްވެސް ފަރާތަކުން ނުހިންގުމަށާއި، ރިސޯޓުތަކާއި ގެސްޓުހައުސްތަކުގައި އުޅޭ ބިދޭސީ މުވައްޒަފުންވެސް މިފަދަ ޢަމަލުތައް ހިންގިޔަނުދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ވަނީ ދީފައެވެ.

މި މައްސަލަ އާންމުންގެ ސަމާލުކަމަށް އައިސްފައިވަނީ އަމިއްލަ ފަރާތަކުން ސޯޝަލް މީޑިއާގައި ހިއްސާކުރި ވީޑިއޯއަކާ ގުޅިގެންނެވެ. ފަތުރުވެރިންތަކެއް ކަމަށް ބެލެވޭ ދެ ފިރިހެނަކު ކައިވެނިކުރާ މަންޒަރު ހިމެނޭ މި ވީޑިއޯ ހިއްސާކޮށްފައިވަނީ މިދިޔަ ހަފުތާގައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް