ބޭރު ފައިސާ މާރުކުރުމުގެ މުޢާމަލާތްތައް ބަލަހައްޓާ ނިޒާމެއް އެމްއެމްއޭއިން ތަޢާރަފުކޮށްފި

Loading

November 6, 2026
profile
Facebook
Twitter
WhatsApp

ބޭރު ފައިސާ މާރުކުރުމުގެ މުޢާމަލާތްތައް ރެކޯޑުކޮށް ރިޕޯޓުކުރުން ލުއިފަސޭހަކޮށްދޭނެ ސިސްޓަމެއް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ތަޢާރަފުކޮށްފިއެވެ.

މިގޮތުން ތަޢާރަފުކުރި ”މަނީ އެކްސްޗޭންޖިންގ ސިސްޓަމް“ އިފްތިތާޙު ކޮށްދެއްވީ އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު ޢާއިޝަތު އަސްނާ ޙަމްދީއެވެ. މިއީ ބޭރު ފައިސާ މާރުކުރުމުގެ މުޢާމަލާތްތަކުގެ ރިކޯޑުތައް ފަސޭހަކަމާއެކު ބަލަހައްޓައި، އަދި ރިޕޯޓުކުރެވޭނެ ފަސޭހަ ނިޒާމެއް ކަމަށް އެމްއެމްއޭއިން ބުނެއެވެ.

އެމްއެމްއޭއިން މަޢުލޫމާތުދޭގޮތުގައި، މިއީ މާލީ ދާއިރާ ޑިޖިޓަލައިޒްކޮށް އަދި އޮޓޮމޭޓްކުރުމުގެ ތެރެއިން، މުޢާމަލާތްތައް ހިންގުމުގެ ޤާބިލުކަން އިތުރުކުރުމަށާއި މާލީ ނިޒާމުގެ އިތުބާރާއި ނަޒާހަތްތެރިކަން ވަރުގަދަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

އަދި މި ސިސްޓަމުގެ ތެރެއިން، ގަވައިދުން ހުށަހަޅަންޖެހޭ ރިޕޯޓުތައް ހުށަހެޅުންފަދަ ކަންކަން ހަރުދަނާކުރެވޭނެ ކަމަށްވެސް އެ އެމްއެމްއޭއިން ބުނެއެވެ.

މި ސިސްޓަމާއެކު، ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް އޮންނަ ހުރިހާ ފަރާތްތަކުންވެސް އަންނަ ޑިސެންބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން މި ސިސްޓަމް ބޭނުންކުރަން މަޖުބޫރުވާނެކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް