ލިންކު ރޯޑުގައި ދުއްވަން ދަތިވެގެން އައްޑޫ ޒުވާނުން އިޙްތިޖާޖު ކުރަނީ

Loading

October 28, 2026
profile
Facebook
Twitter
WhatsApp

އައްޑޫ ސިޓީ ލިންކު ރޯޑުގެ ހާލަތު ގޯސްވެ އެމަގުން ދުއްވަން ދަތިވެފައިވާތީ އެ ސިޓީގެ ޒުވާނުންތަކެއް އިޙްތިޖާޖެއް ފެށުމަށް ނިންމައިފިއެވެ.

”ބެރިކޭޑު“ގެ ނަމުގައި ކުރިއަށްގެންދާ މި އިޙްތިޖާޖު ބޭއްވުމަށް ނިންމާފައިވަނީ ލިންކު ރޯޑުގައި ހުންނަ އައްޑޫ މަރުކަޒީ އިންޖީނުގޭގެ ކުރިމަތީގައި އޮންނަ ހުސް ބިމުގައެވެ. މި އެއްވުމުގައި އައްޑޫގެ ހުރިހާ އުމުރުފުރައެެއްގެ މިހުންނަށްވެސް ބައިވެރިވެވޭނެކަމަށް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.

”މަބެނީ ތޯ ކޮބާ؟“ ފޭސްބުކް ޕޭޖު މެދުވެރިކޮށް އިންތިޒާމުކުރާ މި ސުލްހަވެރި އިޙްތިޖާޖުގައި ބޭނުންކުރާނީ ރަތް، ކަޅު އަދި ހުދުކުލަ ކަމަށާއި، މި އެއްވުމުގައި ބޭނުންކުަރާނެ މަޢުލޫމާތާއި ބޯޑުތައް ހެދުމުގަިއވެސް އެހީތެރިވެދޭނެ ކަމަށް އެ ފަރާތުން ބުނެއެވެ.

ލިންކު ރޯޑު ހަލާކުވެ ބޮޑެތި އަޑިގަނޑުތައް ހެދިފައިވާއިރު، މިހާރު އެ މަގުގައި ދުއްވުމަކީ ބޮޑު ތަކުލީފަކަށް ވަނީ ވެފައެވެ. އެ މަގު ހެދުމަށް ސަރުކާރުން ކިޔާތާ 3 އަހަރު ވެފައިވާއިރު، އެންމެ ފުރަތަމަ މަގު ހަދަން ހަވާލުކުރީ އާރުޑީސީ އާއިއެވެ. އާރުޑީސީން ކޮންމެވެސް ވަރަކަށް ވެހިކަލާއި މެޝިނަރީ ގެންދިޔަނަމަވެސް އެކަމުގެ ޢަމަލީ މަސައްކަތް ފެށިފައިނުވާކަމަށް މަޢުލޫމާތު ލިބެއެވެ.

އޭގެ ފަހުން ރައްޔިތުންގެ ޝަކުވާ ބޮޑުވެ ސޯޝަލް މީޑިއާގައި ވީޑިއޯ އާއި ފޮޓޯ އާއްމުކޮށް ފާޑު ކިޔަން ފެށުމުން، ސަރުކާރުން ވަނީ ޗައިނާގެ ކުންފުންޏަކާ މި މަސައްކަތް ހަވާލުކޮށްފައެވެ. އެ ކުންފުނިން ދާދި ފަހުން ވަނީ އައްޑޫއަށް ގޮސް، މަގުގެ ސަރވޭ ކޮށްފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް