ޗައިނާގެ އާއިލާތަކުގައި ބަލަހައްޓަންޖެހޭ ކުދިންނަށް ވުރެ މުސްކުޅިން ގިނަ

Loading

Facebook
Twitter
WhatsApp

ޗައިނާގެ އާއިލާތަކުގައި ބަލަހައްޓަންޖެހޭ ކުޑަ ކުދިންނަށް ވުރެ ބަލަހައްޓަންޖެހޭ މުސްކުޅިން ފުރަތަމަ ފަހަރަށް ގިނަވެފައިވާކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ.


ނިމުނު ހަފްތާގައި އާންމު ކުރެވުނު ރަސްމީ ތަފާސްހިސާބު ދައްކާގޮތުން، މަސައްކަތްކުރާ އުމުރުގެ އާބާދީ އާއި އަޅާބަލާއިރު ބަލަހައްޓަންޖެހޭ އުމުރުގެ ކުޑަކުދިންގެ ނިސްބަތަކީ 22އިންސައްތަ ކަމަށްވާއިރު މަސައްކަތް ނުކުރެވޭ އުމުރުގެ މުސްކުޅިންގެ ނިސްބަތްވަނީ 23 އިންސައްތަ އަށް އަރާފައެވެ.
މަސައްކަތް ކުރެވޭ އުމުރުގެ އާބާދީ ކުޑަވަމުން ދިއުމާއިއެކު ދުނިޔޭގެ އެންމެ ބޮޑު އާބާދީ އަށް މިކަމުން ކުރާނެ އަސަރުތައް ބަލާދިރާސާ ކުރުމުގެ ގޮތުން ،މިހިސާބުތަކަކީ ޗައިނާ ސަރުކާރުން ވަރަށް ފަރުވާތެރިކަމާއި އެކު ބަލަހައްޓަމުން ގެންދާހިސާބުތަކެއް ކަމަށްވެއެވެ.
އިތުރުވަމުންދާ މުސްކުޅިންގެ އާބާދީ އާއި ގުޅޭ ގޮތުން ކުރިމަތިވާ މައިގަނޑު މައްސަލަ ތަކުގެ ތެރޭގައި ޕެންޝަން އަދި ހެލްތުކެއާ އަށް ކުރަންޖެހޭ ޚަރަދު ބޮޑުވެގެން ދިނުން ހިމެނެއެވެ.
ފަހުގެ އަހަރުތަކުގައި ޗައިނާއިން އަންނަނީ މުސްކުޅިންގެ އާބާދީ އިތުރުވަމުންދާމައްސަލަ ތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުންނެވެ.އަދި ޒުވާނުން އަވަހަށް ކައިވެނިކުރުމަށާ އެންމެންވެސް ގިނަ ކުދިން ހޯދުމަށް ދަނީ ބާރު އަޅަމުންނެވެ.
ޗައިނާގެ ނެޝަނަލް ބިއުރޯއޮފް ސްޓެޓިސްޓިކްސްގެ ހިސާބުތައް ދައްކާ ގޮތުން ޗައިނާގައި މިވަގުތު އުމުރުން 65 އަހަރުން މަތީގެ 223މިލިއަން މީހުން އެބަތިއްބެވެ. މިއީ ޖުމްލަ އާބާދީގެ 16 އިންސައްތައެވެ.
ހިސާބުތައް ދައްކާގޮތުން 14 އަހަރުން ދަށުގެ ކުދިންގެ އަދަދަކީ 213މިލިއަނެވެ.
ޗައިނާގައި މުސްކުޅިންގެ އާބާދީ އިތުވާން ދިމާވި ތަފާތު ސަބަބުތައް ހިމެނޭއިރު މީގެ ތެރޭގައި ރަށް ފުށުގެ ހިސާބުތަކުން ތަރައްގީވެފައިވާ ހިސާބުތަކަށް މީހުން ބަދަލުވި އަދަދު ގިނަވުމާއި އަދި 1980އިން 2015އަށް އަގައުމުގައި އޮތް ”ވަން ޗައިލްޑް ޕޮލިސީ“ ފާހަގަކޮށްލެވެއެވެ.
ޗައިނާގެ އާބާދީ މާބޮޑަށް އިތުރުވުން ހުއްޓުވުމަށް ހިންގުނު ޕޮލިސީގެ ގެ ސަބަބުން 400މިލިއަނެއްހާ ކުދިން އުފަންވުން ހުއްޓުވުނު ކަމަށްވެސް ބައެއް ރިޕޯޓްތައް ބެނެފައިވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް