އެމެރިކާ އަލުން ހަމަލާތައް ފަށައިފިނަމަ ދުނިޔެ ހައިރާންކޮށްލާނަން

Loading

Facebook
Twitter
WhatsApp

އެމެރިކާއިން އީރާނާ ދެކޮޅަށް އަލުން ހނަގުރާމަ ފަށައިފިނަމަ ދެން ކަންތައް ވެގެން ހިނގައިދާނެ ގޮތުގެ އާންމު އިންޒާރެއް އީރާނުން އިއުލާންކޮށްފިއެވެ.

ފާއިތުވެގެން މިދިޔަ ދުވަސްތަކުގައި އީރާނުން ތަފާތު ވައްތަރުގެ ގިނަހަތިޔާރު އުފައްދާފައިވާކަމަށާއި ޓާގެޓްތަކަށް ފޮނުވާލުމަށް ތައްޔާރު ކޮށްފައިވާކަމަށް އީރާނުން މިލިޓްރީ އޮފިޝަލުން ގެންދަނީ އިންޒާރު ދެމުންނެވެ. އަދި ކަނޑު އަޑީގައި އަޅާފައިހުރި އިންޓަރނެޓް ކޭބަލްތައް ބުރިކޮށްލާނެކަމަށްވެސްއީރާނުންދަނީއިންޒާރުދެމުންނެވެ.
އަހަރެމެން މިހާތަނަށް އަމާޒުކޮށްފައިނުވާ ޓާގެޓްތައް މިހާރުވަނީ ފާހަގަ ކޮށްފައެވެ. އެ ތަންތަނަށް ހަމަލާދެމުންގެންދާއިރު ދުނިޔެއަށް ހައިރާންކަމެއް ލިބިގެންދާނެ ކަމަށް އީރާނުގެ އިންގިލާބީ ލަޝްކަރުގެ ތަރުޖަމާނު ހުސައިން މުހިއްބީ ވިދާޅުވިއެވެ. ހަނގުރާމަ އަދި ނުނިމޭ ކަމަށާއި އީރާނުން އޮތީ ދިގުދެމިގެންވާ ހަނގުރާމައަކަށް ތައްޔާރަށް ކަމުގައިވެސް މުހިއްބީ ވިދާޅުވެފައިވެއެވެ.


އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައަށް ނުވަ މަސްދުވަސް ފާއިތުވެގެންދާއިރު ދުނިޔޭގެ ސުޕަރ ޕަވަރ އެމެރިކާއަށް ހާސިލު ކުރެވިދާނެ ކާމިޔާބީ އަކާދޭތެރޭ ގިނަ ސުވާލުތަކެއް ދަނީ އުފެދެމުންނެވެ. އެމެރިކާ ސަރުކާރުން މިހާރު ގެންދަނީ އީރާނާ ދެކޮޅަށް އިގްތިސާދީ އަދި މިލިޓްރީ ފިއްތުންތައް ކުރިމަތި ކުރަމުންނެވެ. އީރާނުގެ މިލިޓްރީންދިގު ދެމިގެންވާ ހަނގުރާމައަކަށް ތައްޔާރުވެފައިވާއިރު ގައުމުގައި ދިރިއުޅުމުގެ އަގުތައް އުފުލި ބަނޑުހައިހޫނުކަން ވަނީ އާންމު ވެފައެވެ. އަދި ކޮންމެ ވަގުތަކުވެސް އެމެރިކާގެ ބޮން އެޅުމާ ކުރިމަތިލާން ޖެހިދާނެކަމުގެ ބިރުވެރިކަންވެސް ވަނީ ގައުމުގައި ޢާންމުވެފައެވެ. އިންގިލާބީ ލަޝްކަރުގެ ހަރަކާތްތައް ފެންނަ ހިސާބު ކައިރިން ކޮންމެ ދުވަހަކު ދެ ދަރިން ސްކޫލަށް ފޮނުވާ މަންމައަކު އޭނާގެ ބިރުވެރިކަން ސީ އެން އެން އަށް ކިޔާދީފައިއިވެއެވެ. ހަނގުރާމައިގެ ބިރުވެރިކަން ކުރިމަތިވެފައިވާ މިންވަރު އީރާނުގެ ގިނަ ރައްޔިތުން ސީ އެން އެން އަށް ވަނީ ހިއްސާ ކޮށްފައެވެ.


އަލުން ފެށޭ ހަނގުރާމައެއްގެ އަލިފާންގަނޑު އޮންނާނީ ހަމައެކަނި ގަލްފުތެރެއަށް ނޫންކަމަށާއި އެއަށްވުރެން މާދުރަށް ފުޅާވެގެންދާނެކަމަށްޥެސް އީރާނުން ގެންދަނީ އިންޒާރު ދެމުންނެވެ.
މެދުއިރުމަތީގެ އެހެން ޚަބަރުތަކުގައި އުމުރުމް 68 އަހަރުފުޅުގެ މެހެރްދާދު އަޚްލާގްޗީ ކިތާބުޗީ އީރާނުގެ ދިފާއީ ވަޒީރުގެ މަގާމަށް އައްޔަންކުރަން އެ ގައުމުގެ މަޖިލީހުން ރުހުންދީފިއެވެ. އީރާނުގެ ސިޔާސީ މަސްރަހްގައި މެހެރްދާދް އަޚްލާގްޗީ ކިތާބުޗީ މަޝްހޫރުވެފައިވަނީ މިސައިލްމޭންގެ ނަމުންނެވެ. އެމަނިކުފާނާ ދެކޮޅަށް އެމެރިކާއާއި ޔޫރަޕިއަން ޔޫނިއަން އަދި ޔުނައިޓެޑް ނޭޝަންސް އާއި އޮސްޓްރޭލިޔާއާއި ބެލްޖިއަމް އާއި ސުވިޒަރލޭންޑާއި ކެނެޑާ އަދި ފަރަންސޭސި ވިލާތުން ވަނީ ދަތި ކުރުމުގެ ހަރުކަށި ފިޔަވަޅުތައް އަޅާފައެވެ.


މެހެރްދާދު އަޚްލާގްޗީ ކިތާބުޗީ އަކީ އީރާނުގެ މިސައިލް ޕްރޮޖެކްޓްގެ އާރކިޓެކްޓް ހަސަން ތެހެރާނީ މުގައްދިމް އާއި އަދި އެގައުމުގެ ނިއުކްލިއަރ ޕްރޮގްރާމްގެ މޭސްތިރިޔާ މުހުސިން ފަޚްރިޒާދާގެ ވަރަށް އަރިސް ބޭފުޅެކެވެ. އެމަނިކުފާނުގެ ކުރިން ދިފާއީ ވަޒީރަކަށް ހުންނެވި އަޒީޒް ނަޒީރް ޒާދާ ވަނީ އެމެރިކާއާއި އިސްރާއީލުން ފެބްރުއަރީ މަހުގައި ދިން ހަމަލާގައި ޝަހީދު ވެފައެވެ.
ދިފާޢި ވަޒީރުކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު އެންމެ ފުރަތަމ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ އީރާނުން މިތިބީ އެމެރިކާގެ ކޮންމެ ހަމަލާއަކަށް ތައްޔާރަށެވެ. އެމެރިކާއިން އެންމެ ބޮމެއް އެޅިނަމަވެސް އެމެރިކާގެ ސިފައިން މި ސަރަހައްދުން ގެންދަންޖެހޭނީ ގޯނިތަކަކަށް އަޅައިގެންކަން ރައީސް ޓްރަމްޕް ދަންނަން ޖެހޭނެއެވެ.
އީރާނުން އަވަށްޓެރިގައުމުތަކުގެ އިސްތިގްލާލަށް ފުރިހަމައަށް އިހްތިރާމް ކުރާކަމަށާއި އަވަށްޓްރި އެއްވެސް ގައުމަކަށް ހަމަލާ ނުދޭނެކަން ކަށަވަރު ކޮށްދޭ ކަމަށާއި މިހާތަނަށްވެސް އީރާނުން ހަމަލާ ދީފައިވާނީ އަވަށްޓެރި ގައުމުތަކުގައިހުރި އެމެރިކާގެ މިލިޓްރީ ވަސީލަތްތައްތަކަށް ކަމުގައި ބަޣްދާދުގައި ބޭއްވުނު އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯ-އޮޕަރޭޝަންގެ ބައްދުކުރުމުގެ ހަވާސާގައި އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ އިރާގުގެ ބޮޑުވަޒީރު އަލީ އަލް ޒައިދީ އަރިހުގައި ވިދާޅުވެފައިވެއެވެ. އަދި އީރާނުން ޔުނައިޓެޑް ނޭޝަންސްގެ ޗާރޓަރ އޮން އިންޓަރނޭޝަނަލް ލޯއަށް އަބަދުވެސް އިހްތިރާމް ކުރާނެކަމަށް ވިދާޅުވިއެވެ. އެމެރިކާގެ އަސްކަރީ ވަސީލަތްތަކަށް އަމާޒުކޮށް އީރާނުން ދޭ ހަމަލާތަކުގައި އަވަށްޓެރި ގައުމުތަކަށް ގެއްލުން ލިބުމުން އީރާނުން ހިތާމަކުރެއެވެ.
އީރާނުން އެއްވެސް ޒަމާނެއްގައި ބާރުގެ ކުރިމަތީގައި އިސްދަށަށް ޖަހާފައިނުވާނެ ކަމަށާއި ކުރިއަށް އޮތް ޒަމާންތަކުގައިގައުމާއި ރައްޔިތުންގެ މިނިވަން ރައްކާތެރިކުރުމުގައި އީރާނު ދެމި އޮންނާނެކަމަށެވެ. ތަފާތުތައް ހައްލު ކުރުމަށްޓަކައި މަޝްވަރާއަށް އީރާނު އޮންނާނީއަބަދުވެސް ހުޅުވާލާފައެވެ.


އިރާގުގެ ބޮޑުވަޒީރު އަލީ އަލް ޒައިދީ އެކު ބޭއްވި ބައްދަލު ކުރެއްވުމުގައި އީރާނާ އިރާގުން އަދިވެސް ބޮޑަށް ގުޅުން ގާއިމް ކުރުމަށް އުންމީދު ކުރައްވާކަން އަރާގްޗީ ހާމަކުރެއްވިއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް