ކ އަތޮޅުން ފެށިގެން ލ އަތޮޅާ ހަމައަށް ރީނދޫ ސަމާލު

Loading

October 21, 2026
profile
Facebook
Twitter
WhatsApp

މޫސުމާބެހޭ ޤައުމީ އިދާރާއިން ކ އަތޮޅާ ލ އަތޮޅާ ދެމެދުގެ ސަރަހައްދަށް ރީނދޫ ސަމާލު ނެރެފިއެވެ.

މިއަދު ހަވީރު 5:00ން ފެށިގެން މިރޭގެ 9:00އާ ހަމައަށް ދަމަހައްޓާފައިވާ ރީނދޫ ސަމާލުގެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ގަދަ ވަޔާއެކު ވިއްސާރަކުރަމުންދާ ދުވަސްވަރެކެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް