ގެދޮރު އިމާރާތްކުރުމަށާއި ގަތުމަށް 1 މިލިިއަން ރުފިޔާއާ ހަމައަށް އެހީ

Loading

October 19, 2026
profile
Facebook
Twitter
WhatsApp

ގެދޮރު އިމާރާތްކުުރުމަށާއި ގަތުމަށް ލޯނު ނަގަން ބޭނުންވާ އިކުއިޓީގެ އެހީތެރިކަން ދިނުމަށް ސަރުކާރުން އެކުލަވާލާފައިވާ ޕްރޮގްރާމަށް އިތުރު ދެ ކަމެއް އިތުރުކޮށް، ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މިއަދު ފަހުމުނާމާގައި ސޮއިކޮށްފިއެވެ.

މާލީ ހަތަރު އިދާރާއެއްގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ ”ނޭޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމް“ގެ ދަށުން ނަގާ ލޯނަށް އިކުއިޓީ ދިނުމަށް ހިންގާ ”ހެލްޕް ޓު ބިލްޑް“ އަދި ”ހެލްޕް ޓު ބައި“ ޕްރޮގްރާމް މިއަދު ފަށާފައިވަނީ ބޭންކް އޮފް މޯލްޑިވްސްއާއި، މޯލްޑިވްސް އިސްލާމިކް ބޭންކާއި، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އަދި މޯލްޑިވްސް ހައުސިންގ ފައިނޭންސް ލީޒިންގ (އެމްއެފްއެލްސީ)އާ ގުޅިގެންނެވެ.

”ހެލްޕް ޓު ބިލްޑް“ގެ ދަށުން

  • ދިރިއުޅޭނެ އެކަށީގެންވާ ތަނެއް ނެތް ބިންވެރިންނަށް ގެދޮރު އިމާރާތްކުރުމަށް ބޭންކް ލޯނެއް ހޯދުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މިބައި އަމާޒުކޮށްފައިވަނީ މާލެ އަދި އަތޮޅުތަކުގެ މީހުން ދިރިއުޅޭ ރަށްރަށަށެވެ. (ހުޅުމާލެ، ވިލިމާލެ، ގުޅީފަޅު އަދި ގިރާވަރުފަޅު މީގެ ތެރޭގައި ނުހިމެނޭނެއެވެ.)

  • 1 މިލިއަން ރުފިޔާގެ ލޯނެއްގެ އިކުއިޓީ ޕޭމަންޓަށް 2 ލައްކަ ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ އެހީ ދޭނެއެވެ.

މިގޮތުން، އާއިލީ ބިމެއްގައި އެއްފަރާތަށްވުރެ ގިނަ މިލްކުވެރިން އެކުވެގެން އިމާރާތްކުރަން ބޭނުންވާ ހާލަތެއްގައި ބޮލަކަށް 2 ލައްކަ ރުފިޔާގެ މަގުން 1 މިލިއަން ރުފިޔާއާ ހަމައަށް ލޯނުގެ އިކުއިޓީ ޕޭމަންޓުގެ ގޮތުގައި ހަމަޖައްސައިދޭނެއެވެ.

މި އުސޫލު ހިނގާނީ މާލޭގެ ބިންތަކަށް އެކަންޏެވެ.

ކުރެހުމާއި ބީއޯކިއުއަށް ބަލައި، 1 މިލިއަން ރުފިޔާއަށްވުރެ މަތިން ލޯނު ނެގި ނަމަވެސް ސަރުކާރުން ދޭ އެހީގެ އެންމެ މަތީ އަދަދަކީ ބޮލަކަށް ދެ ލައްކަ ރުފިޔާއެވެ. މިއީ އަނބުރާ ދައްކަން ނުޖެހޭ އެހީއެކެވެ.

ނަމަވެސް 20 އަހަރު ދުވަހުގެ ތެރޭގައި އެ އިމާރާތް ވިއްކާލައިފިނަމަ އެ ފައިސާ ދައުލަތަށް އަނބުރާ ދައްކަންޖެހޭނެއެވެ.

މިއަދު އިތުރުކުރި ދެ ބައިގެ ދަށުން، ކޮންމެ ބަޔަކަށްވެސް އެހީ ދޭނީ ތިރީގައިވާ ޝަރުތުތައް ހަމަވާނަމައެވެ. މިގޮތުން ބަލާއިރު:

”ހެލްޕް ޓު ބައި“ގެ ދަށުން

  • ޕީޕީޕީ އުސޫލުން އަޅާފައިވާ 1.5 މިލިއަން ރުފިޔާގެ އަގުހުރި އެފޯޑަބަލް ހައުސިން ޔުނިޓެއް ގަތުމަށް 250،000 ރުފިޔާއާ އާ ހަމައަށް ހިލޭ އެހީ ދޭނެއެވެ. (މިއީ 2024 ވަނަ އަހަރުގެ ”ހިޔާވަހި“ ސްކީމާ ވަކިން ހިންގާ ސްކީމެކެވެ.)
  • ރިއަލްއެސްޓޭޓް އުސޫލުން މާކެޓް އަގުގައި ވިއްކާ ޔުނިޓެއް އަލަށް ގަންނަ ފަރާތްތަކަށްވެސް 250،000 ރުފިޔާއާ ހަމައަށް ހިލޭ އެހީ ދޭނެއެވެ.

މި އެހީގެ ފައިސާ މާލީ އިދާރާތައް މެދުވެރިކޮށް ދައްކާނީ ސީދާ ޑިވެލޮޕަރަށެވެ. އެއަށްފަހު، ގަންނަ ފަރާތުން ދައްކަންޖެހޭ ޖުމްލަ އަގުން އެ އަދަދު އުނިކުރާނެއެވެ.

ނޭޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމަށް މިއަދު އިތުރުކުރި ދެ ބައިގެ މަގުސަދަކީ ގޯއްޗެއް އޮވެ، ނަމަވެސް މާލީ ދަތިކަމުގެ ސަބަބުން ގެދޮރު އިމާރާތްކުރެވިފައިނުވާ މީހުންނަށާއި އަލަށް ގެދޮރު ގަންނަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް