ޑޮލަރު މާރުކުރާ ކުންފުންޏެއް ޖޫރިމަނާކޮށް، ލައިސަންސް ހިފަހައްޓައިފި

Loading

Facebook
Twitter
WhatsApp

މަނީ ޗޭންޖިންގ ވިޔަފާރިއާބެހޭ ގަވާއިދާ ޚިލާފުވުމުގެ ސަބަބުން ޑޮލަރު މާރުކުރާ ކުންފުންޏެއް ޖޫރިމަނާކޮށް، ލައިސަންސް ހިފަހައްޓައިފިއެވެ.

އެމްއެމްއޭ އިން ބުނީ އެ އޮތޯރިޓީން ޖޫރިމަނާކުރީ އެމްއެސް ފައިނޭންސް ކަރަންސީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް ކަމަށެވެ. އެމްއެމްއޭ އިން އެ ކުންފުނި 5 ލައްކަ ރުފިޔާއިން ޖޫރިމަނާކުރުމާއެކު އެ ކުުންފުންޏަށް ދީފައިވާ މަނީ ޗޭންޖިންގ ލައިސަންސް ވަނީ ހިފަހައްޓާފައެވެ.

މިއީ ރާއްޖޭގައި އެންމެ ގިނައިން ބޭރު ފައިސާ މާރުކުރާ އެއް ކުންފުންޏެވެ. އެނގިފައިވާ ގޮތުގައި، މިދިޔަ އަހަރުގެ އޮކްޓޫބަރުން މި އަހަރުގެ ޖޫންއާ ދެމެދު 18 މިލިއަނަށްވުރެ ގިނަ ޑޮލަރުގެ މުއާމަލާތް އެ ކުންފުނިން ކޮށްފައިވެ އެވެ.

ބޭރު ފައިސާއާބެހޭ ޤާނޫނަށް ގެނައި އިސްލާޙުގައި އެމްއެމްއޭއިން ވަނީ ބޭރު ފައިސާ ގަނެ ވިއްކުމުގައި މުއާމަލާތްތައް ކުރަންވާނީ އޮތޯރިޓީން ކަނޑައަޅައި، އާންމުކޮށްފައިވާ ރޭޓުތައް ނުވަތަ ބޭންޑުތަކަށްވުރެ މަތިނުވާ ގޮތެއްގެ މަތިންކަން ހާމަކޮށްފައެވެ. އެ ރޭޓާ ޚިލާފަށް ބޭރު ފައިސާ ވިއްކުމަކީ ނުވަތަ ވިއްކަން މަސައްކަތް ކުރުންވެސް ކުށަކަށްވާނެ ކަމަށް އެ އޮތޯރިޓީން ވަނީ ބަޔާންކޮށްފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް