އީރާން އަކީ ޓެރަރިޒަމް ގެ ”ވިކްޓިމް“ އެއް – މައްސޫދު ޕެޒެޝްކިއާން

Loading

September 23, 2026
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

އީރާން އަކީ ޓެރަރިޒަމްގެ ވިކްޓިމް އެއްކަމަށް، ނުވަތަ ޓެރަރިޒަމްގެ ސަބަބުން އަނިޔާ ލިބެމުންދާ ގައުމެއްކަމަށް އީރާންގެ ރައީސް މައްސޫދު ޕެޒެޝްކިއާން ވިދާޅުވެއްޖެ އެވެ.


އދގެ ޖެނެރަލް އެސެމްބްލީ އާއި މުޚާތަބް ކުރައްވާ މިރޭ ރާއްޖޭގަޑިން ހަތްގަޑި ދިހައެއްހާއިރު ޕެޒެޝްކިއާން ދެއްވި ވިއްސަކަށް މިނިޓްގެ ތަގްރީރުގައި އެމެރިކާއަށާއި އިޒްރޭލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި ވެއެވެ.
ތަގްރީރް ފައްޓަވަމުން ޕެޒެޝްކިއާން ވަނީ އަވަހާރަ ކޮށްލެވުނު އީރާންގެ ސުޕްރީމް ލީޑަރ އަލީ ޚާމަނާއީ ގެ ފޮޓޯ ފުޅެއްދައްކާ ޚާމަނާއީ އަވަހާރަ ކޮށްލެވުނީ އެއްވެސް ކަހަލަ ލީގަލް ސަބަބެއް އޮވެގެން ނޫން ކަމަށް ވިދާޅުވެފައެވެ.މިއާއެކު އެމެރިކާގެ ބޯޓުތަކުން ބޮން އެޅުމުގެ ސަބަބުން މަރުވެގެންދިޔަ ކިޔަވާކުދިންނާއި އެކުދިންގެ މަހާނަ ތަކުގެ ފޮޓޯވެސް ޕޯޑިއަމްގައި ދައްކަވާފައި ވެއެވެ. އަދި މިއެންމެންނަކީ ވެސް އެމެރިކާގެ ޓެރަރިޒަމްގެ ވިކްޓިމްސް ކަމަށް ވިދާޅުވެފައި ވެއެވެ.
ތަގްރީރުގައި އެތައްފަހަރަކު ޕެޒެޝްކިއާން ވަނީ އީރާނުން އެމެރިކާގެ ކުރިމަތީގައި ބޯގުދު ނުކުރާނެ ކަމަށާ އަދި ކަކޫވެސް ނުޖަހާނެ ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް އީރާނުން ދުނިޔެއަށްވެސް ސުލްހައިގެ އަތް ދިއްކުރަން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައި ވެއެވެ.
ޕެޒެޝްކިއާންގެ ތަގްރީރުގައި ވިދާޅުވީ އދމަޖިލީހުން އެކުލަވާލާ އެއްވެސް ބައިނަލް އަގްވާމީ ގާނޫނެއް އެމެރިކާ އަދި އިޒްރޭލުގެ މައްޗަށް ނުހިނގާ ކަމަށެވެ.
ހަގީގަތުގައި ނިއުކްލިއަރ ހަތިޔާރުވެސް ހުރީ އިޒްރޭލުގައި ކަމަށާ ނަމަވެސް އިންސްޕެކްޓަރުން ބަލާފާސްކުރަން ބޭނުންވަނީ އީރާން ކަމަށް ޕެޒެޝްކިއާން ވިދާޅުވިއެވެ.
މީގެ އިތުރުން ހަމައެކަނި ބާރުގަދަ ”ބުލީ“ ގައުމުގެ ތަކުގެ މުށުތެރޭގައިތިބެ 21 ވަނަ ގަރުނު ނިމިގެން ދާތަން ބަލަހައްޓައިގެން ގައުމުތަކުން ތިބެގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.
އީރާނާއެކު ޞުލްޙައިގެ އެއްބަސްވުމަކާ ހަމައަށް ނާދެވިއްޖެ ނަމަ އެމެރިކާއިން އީރާނު ނައްތާލައި ފަނާކޮށްލާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވާތީ އެކަމާ ބެހޭ ގޮތުން ޕެޒެޝްކިއާން ވިދާޅުވީ ޓްރަމްޕް ދައްކަވާ ވާހަކަފުޅުތަކަކީ ބައިނަލް އަޤްވާމީ ގާނޫނުތަކާއި އުސޫލުތަކާ ފުށުއަރާ ވާހަކަ ތަކެއްކަން ޓްރަމްޕަށް އެނގެން ޖެހޭނެ ކަމުގައެވެ.އަދި ޓްރަމްޕް ގެ އެފަދަ ބިރުދެއްކުން ތަކުގެ ނަތީޖާއަކަށްވެސް ވަނީ ބޯގުދު ނުކުރުމަށް އީރާނުން ނިންމައިގެންތިބި ނިންމުން އިތުރަށްވަރުގަދަ ވުން ކަމަށް ވިދާޅުވިއެވެ.
އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ ވެސް ވަނީ ބުދަދުވަހު ޖެނެރަލް އެސެމްބްލީ ގެ އިތުރުން ނިއުޔޯކްގައި ކުރިޔަށް ދިޔަ އެތައް ޕްލެޓްފޯމް ތަކެއްގައި ބައިވެރިވެ ވަޑައިގެން އީރާންގެ ނިންމުންތައް ހާމަ ކުރައްވާފައެވެ. އަރަޤްޗީ ވިދާޅުވީ އދ މަޖިލީހުގެ މައްޗަށް އޮތް އިތުބާރު މިހާރު މުޅިން ނެތިގޮސްފައިވާ ކަމަށާ އީރާންގެ ވަފްދު އައީ ”އޯޓޮޕްސީ“ ހަދަން ކަމުގައެވެ. އަރަޤްޗީ ގެ ތަގްރީރުގައި މުހިންމު ތިން އިބާރާތެއް ބޭނުން ކުރައްވާފައި ވެއެވެ. ފުރަތަމަ ޖުމްލަ އެއްގެ ގޮތުން، އެމީހުން ބޭނުން ކޮންމެ ކަމެއް ކުރެވިދާނެ ކަމަށް ބައެއް ގައުމުތަކުން ގަބޫލު ކުރާ ކަމަށް ވިދާޅުވެފައި ވެއެވެ.
ދެވަނަ ޖުމްލަ އަކީ އީރާނުން ކަމެއް ކޮށްފިނަމަ އެންމެން ގުޅިގެން ރޮއި ހޭރި ހަދާކަމަށާ ނަމަވެސް އެމެރިކާއިން ބޮން އަޅައިގެން އީރާންގެ 168 ކިޔަވާ ކުދިން އެކުގައި މަރުވުމުންވެސް އެޚަބަރު ހުޅަގުގެ މީޑިޔާތަކުގެ ހެޑްލައިނަށް އަރާފައި ނުވާކަމުގައެވެ.
އަދި ތިންވަނަ ޖުމަލް އަކީ އދގެ ޖެނެރަލް އެސެމްބްލީ އަކީ ހަމައެކަނި ޑިޕްލޮމެޓިކް ”ވެނިއު“ އެއްނޫން ކަމަށާ އެއީ ކޯޓްރޫމެއް ވެސްމެ ކަމަށް ވިދާޅުވިއެވެ. އަދި އަރަޤްޗީ މިވަޑައިގެންނެވީ އުސޫލެއް ހަމައެއްނެތި އެމެރިކާއިން މަރަމުން ގެންދާ މީހުންނާބެހޭ ގޮތުން ކޯޓުގައި ހެކިބަސް ދެއްވުމަށް ކަމަށް އަރަޤްޗީ ވިދާޅުވެފައި ވެއެވެ.
އެމެރިކާއިން އީރާންގެ ވަފްދް ނިއުޔޯކަށް ދިއުމަށް ވިސާދިން އިރު ވަފްދުގެ މްމްބަރުންނަށް ދެވޭނެ އަދި ނުދެވޭތަންތަން ކަނޑައަޅާފައިވާ ކަމަށް ވެއެވެ.އަދި ބައެއްކަހަލަ ސާމާނުގަނެ ބައެއް ފިހާރަތުން ބާޒާރު ކުރުންވެސް ވަނީ މަނާކޮށްފައި ކަމަށް ވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް