މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ޗެއާމަންކަމުގެ މަގާމަށާއި، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް އަޙްމަދު ޝަހީރު އައްޔަންކުރައްވައިފިއެވެ.
ޝަހީރު އެ މަގާމަށް އައްޔަންކުރައްވާފައި ވަނީ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންގެ މަގާމުން މިދިޔަ ހަފުތާގެ ތެރޭގައި އޭނާ ވަކިކުރެއްވުމަށް ފަހުގައެވެ.
އަޙްމަދު ޝަހީރަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ގިނަ އަހަރުތަކެއް ވަންދެން އިސް މަގާމުތަކެއް ފުރުއްވައި، މެނޭޖްމަންޓް ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. ޝަހީރު ވަނީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގައި 29 އަހަރު ދުވަހު ޚިދުމަތް ކުރައްވާފައެވެ. މިގޮތުން 2015 އިން 2018 އަށް އޭނާ ވަނީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވާފައެވެ.
ެެއަދި ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމު ވެސް ޝަހީރު ވަނީ ފުރުއްވާފައެވެ.
އެމްޓީޑީސީގެ ޗެއާމަނަކަށް އެންމެ ފަހުން ހުންނެވީ އަބްދުﷲ ފާއިޒެވެ. ފެބުރުއަރީ 2017 އިން ފެށިގެން އެ ކުންފުނީގައި ހުންނެވި ފާއިޒް މިދިޔަ ހަފުތާގައި ވަނީ މިފްކޯގެ ޗެއާމަނަކަށް އައްޔަން ކުރައްވައިފައެވެ.
![]()
