އިމާރާތްކުރުމުގެ ގާނޫނަށް ތ. އަދި ލ. އަތޮޅު ކައުންސިލްތައް އަހުލުވެރިކުރުވަން ސެޝަންތަކެއް

Loading

Facebook
Twitter
WhatsApp

އިމާރާތްކުރުމުގެ ގާނޫނަށް އަހުލުވެރިކުރުވުމުގެ ގޮތުން މިނިސްޓްރީން ހިންގާ ސިލްސިލާ ޕްރޮގްރާމްތަކުގެ ތެރެއިން، ތ. އަދި ލ. އަތޮޅުގެ ރަށު ކައުންސިލްތަކަށް އަމާޒުކޮށްގެން ހާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.

ސެޕްޓެމްބަރު 7 އިން 10 ގެ ނިޔަލަށް 4 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ އެ ޕްރޮގްރާމްގެ ސެޝަންތައް ކުރިއަށްދަނީ ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށެވެ.
ހައުސިން މިނިސްޓްރީން ބުނީ މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ އިމާރާތްކުރުމުގެ ގާނޫނާއި އޭގެ ދަށުން ހެދިފައިވާ ގަވާއިދުތަކަށް ކައުންސިލްތަކުގެ މުވައްޒަފުން އަހުލުވެރިކޮށް، ގާބިލުކަން އިތުރުކުރުން ކަމަށެވެ.
މި ތަމްރީނު ސެޝަންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ އިމާރާތްކުރުމުގެ ހުއްދަތައް ނެގުމާއި، ކުރެހުން ފާސްކުރުމުގެ އުސޫލުތަކާއި، މަޝްރޫއުތަކަށް ލައިސަންސް ދިނުމުގެ މައްޗަށް ކަމަށް މިނިސްޓްރީން ބުނެއެވެ.
މީގެއިތުރުން އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލްކުރުމުގެ ގަވާއިދާއި، ސައިޓުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާ ބެހޭގޮތުންވެސް މައުލޫމާތު ދެވޭނެއެވެ.
ހަމައެއާއެކު، ޕްލޭނިން ގަވާއިދެއް ނެތް ރަށްރަށް ނުވަތަ ފަޅުތަކުގައި އިމާރާތްކުރުމުގެ ގަވާއިދުގެ ދަށުން ކުރެހުން ފާސްކުރުމާއި ހުއްދަ ދޫކުރުމުގެ އުސޫލުތައް ކައުންސިލްތަކަށް ކިޔައިދެވޭނެއެވެ. އަދި ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު އަމަލުކުރާނެ ގޮތްތަކާއި ކޮންޓްރެކްޓަރުންގެ ވާޖިބުތަކާ ގުޅޭގޮތުންވެސް މި ސެޝަންތަކުގައި ފުޅާ ދާއިރާއެއްގައި މަސްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް