ދަރަނީގެ ބަލާ : 39 ޓްރިލައން ޑޮލަރުގެ ދަރަންޏާއެކު ދަރަނިވެރި 10 ގައުމުތެރެއަށް

Loading

Facebook
Twitter
WhatsApp

ޖަޕާނާއި ސިންގަޕޯރުގެ އިކޮނޮމީ ސައިޒަށް އަޅާކިޔާއިރު އެމެރިކާގެ ދަރަނި 39 ޓްރިލިއަނަށް އަރައިގެން ދިއުމަކީ ބޮޑު މައްސަލައެއް ނޫންކަން ދޭހަވާ މޭރުމަކުން ފޯރޗޫން.ކޮމް އިން ހާމަކޮށްފިއެވެ. 39 ޓްރިލިއަން ޑޮލަރުގެ ދަރަންޏާއެކު މިހާރު އެމެރިކާ ގުނަމުންދަނީ ދަރަނިވެރި 10 ގައުމުގެ ތެރޭގައެވެ. އެހެންނަމަވެސް އެމެރިކާގެ ބިޔަ އިގްތިސާދަށް ބަލާއިރު ބައެއް އެހެންގައުމުތަކުގެ ދަރަނި-އިގްތިސާދުގެ ނިސްބަތުން އެމެރިކާގެ ދަރަނި ބޮޑުވެ އަތްނުފޯރާފަށަށް ހިނގައްޖެކަމަށް ބުނަން އަދި މާއަވަސް ކަމުގައިވެސް ފޯރޗޫން.ކޮމް ގެ ރިޕޯރޓުގައި ފާހަގަކޮށްފައިވެއެވެ.                                                         

ދުނިޔޭގެ އިގްތިސާދުގައި އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ޖަޕާނުގެ ދަރަނީގެ ނިސްބަތަކީ 204% އެވެ. އަވަށްޓެރި ސިންގަޕޯރުގެ ނިސްބަތަކީ %172 އެވެ. އެމެރިކާގައި އަދިވެސް އެ ނިސްބަތަކީ ހަމައެކަނި %126 އެވެ. އެހެންނަމަވެސް ދަރަނީގެ މިންވަރު 39 ޓްރިލިއަން ޑޮލަރާއެކު އެންމެ ބޮޑަށް ދަރަނިވެރިވެފައިވާ ގައުމަކީ އެމެރިކާއެވެ. ޗައިނާގެ ދަރަނީގެ މިންވަރަކީ 18.7 ޓްރިލިއަން ޑޮލަރ ކަމުގައިވެސް ބުނެފައިވެއެވެ.                                                    

މިސާލެއްގެ ގޮތުން ޖަޕާނުގެ %204 ނިސްބަތަށް ބަލާއިރު އެއީ އެގައުމުގެ އިގްތިސާދުގެ ދެ ގުނަ ކަމުގައި އަންދާޒާކުރެވެއެވެ. އޭގެ މާނައަކީ ޖަޕާނުން އެހެންހުރިހާ ކަމަކަށް ޚަރަދުކުރުން ހުއްޓާލާފައި ހަމައެކަނި ދަރަނި އަދާކުރަން  ގަސްދުކުރިކަމުގައި ވިޔަސް 2 އަހަރު ދުވަސް ގުރުބާންކުރަން ޖެހޭނެއެވެ. ދަރަނީގެ މިންވަރު ދަރަނި-ޖީޑީޕީ ގެ ނިސްބަތުން ނުރައްކާ ވެގެންދާއިރު އެކަމަށްޓަކައި ލުއިފަސޭހަ ގޮތެއް ހޯދަން ހަދާނެ ސިހުރެއް ނޯންނާނެއެވެ.                                                             

ޖަޕާނުގެ ދަރަނި ބޮޑުވެފައިވީނަމަވެސް ޖޯރޖް މޭސަން ޔުނިވަރސިޓީގެ މާރކޭޓަސް ސެންޓަރުގެ އިގްތިސާދީ މާހިރުން ދެކޭގޮތުގައި ޖަޕާނަކީ މުޅިދުނިޔޭގައިވެސް އެންމެ ގިނައިން ދަރަންޏަށް ފައިސާ ދޫކުރާ ގައުމެވެ. ޖަޕާނުން އަމަލުކުރަމުން ގެންދަނީ ބަޑަށް ޖެހުމުގެ ނުރައްކަލުން ސަލާމަތްވުމުގެ އެންމެ ފުރިހަމަ މިސާލުކަމުގައި ނުބުނެވޭނެއެވެ. ޖަޕާނު ފައިސާގެ އަގު ނުހިފޭއްޓިގެން އުޅޭ ސަބަބުތަކުގެ ތެރޭގައި ހަނގުރާމައެއް ހިނގަމުންދާ ދުވަސްވަރެއްގައި ގައުމަށް ބޭނުންވާ ތެލާއި ހަކަތަ ގަތުމަށްޓަކައި އެމެރިކާ ޑޮލަރަށް ބަރޯސާވުން ހިމެނެއެވެ.   

އެމެރިކާގެ ދަރަނި-ޖީޑީޕީގެ %122 ނިސްބަތް އެގައުމުގެ އިގްތިސާދުގެ ތެރެއަށް ލިބޭ އެއްޗަކަށްވުރެން މާބޮޑު ކަމަށާއި ދުވާލަކު ގާތްގަނޑަކަށް 7 ބިލިއަން ޑޮލަރ ދަރަންޏަށް ނަގަންޖެހުމަކީ ގައުމު ބަޑަށްޖެހުމުން ސަލާމަތް ކުރެވިދާނެ ހާލަތެއް ނޫންކަމަށް އެޕޯލޯ ގެ ޗީފް އިކޮނޮމިސްޓް ޓޯރސެން ސްލޯކް ބުނެފައިވެއެވެ. އެމެރިކާއަކީ އެ ޙާލަތު ބަދަލުކުރަން މާބޮޑުކަމެއް ކުރެވިދާނެ ގައުމެއްނޫނެވެ. ފެޑެރަލް ރިޒާވުންވެސް އިތުރު ލުއި ގޮތްތަށް ތަޢާރުފް ކޮށްގެންވިއަސް ރޭޓުތައް ދަށް ކުރެވޭކަށް ނޯންނާނެއެވެ.                                   

ސްލޯކުގެ ރިޕޯރޓުގައި ފަހުގެ ތާރީޚުގައި އެމެރިކާ ބަނޑަށް ޖެހިފައިވާކަން އެނގޭކަށް ނެތެވެ. އެހެންނަމަވެސް އެމެރިކާގެ ޙާލަތު ޖަޕާނާއެކު އަޅާ ނުކިޔޭނެއެވެ. ޖަޕާނަކީ ދުނިޔޭގެ ނިސްބަތުން އެންމެ ގިނައިން ދަރަންޏަށް ފައިސާ ދޫކުރާ ގައުމުކަމަށް ވެފައި އެމެރިކާއަކީ އެންމެ ގިނައިން ދަރަންޏަށް ފައިސާ ނަގާ ގައުމެވެ.        

މިކަހަލަ ކޮންމެ ވަގުތެއްގައިވެސް ދިވެހީންގެ ޙާލަތަށް ބަލާލުމަކީވެސް ނެތްކަމެއް ނޫންކަމަށް ދެކެމެެވެ. ދިވެހިރާއްޖޭގައި ފަތުރުވެރިކަން ތަޢާރުފްވެ ގައުމަށް ނިސްބަތްކުރެވޭ ބޮޑު ޝިޕިންގ ލައިނަކާއި އަދި މަސްވެރިކަމުގެ ރަނގަޅު ސިނާއަތެއް އޮތް 1997 ވަނަ އަހަރު ހިސާބުގައި ރާއްޖޭގެ ޖީ ޑީ ޕީ އުޅުނީ ގާތްގަނޑަކަށް 38 އިން ސައްތައިގައެވެ.  ދަރަނީގެ ނިސްބަތަކީ ބޮލަކަށް އެންމެ ހާހެއްހާ ޑޮލަރެވެ. ދެތިން ޓްއަރިސްޓް ރިސޯޓަކައި ހައެއްކަ ކޮމްޕިއުޓަރުން ދިވެރިންނަށް ހެޔޮ ވެރިކަމެއް ކޮށްދެވިދާނެ ކަމުގެ ދައުވާކުރަމުން އައި ޑިމޮކްރެސީގެ ފުރަތަމަ އަހަރެއްހާ ދުވަހު އެ މިންވަރުގައި ގައުމުގެ ދަރަނީގެ ނިސްބަތް ހިފޭއްޓިފައި ހުރިކަމަށްވެއެވެ. ވެރިކަން ކުރުމުގެ ތަޖްރިބާ ލިބުނުލިބުނުހެން ދަރަނިވެސް ދިޔައީ އިތުރުވަމުންނެވެ. 2014 ވަނައަހަރާ ހަމަޔަށް އައިއިރު ދަރަނީގެ ނިސްބަތް ފަންސާސް އިން ސައްތައަށްވުރެން މައްޗަށް ހިނގައްޖެއެވެ. ދަރަނިވެރިވަމުން ދިޔައިރު ރައްޔިތުންނަށް ކޮންމެވެސް އެއްޗެއް ނުލިބެއޭ ބުނާކަށް ނެތީމެވެ.

ރަށަށް އަރުވަންޏާ ކާޅަށްވެސް ކާން ލިބޭނެއޭ ބުނެ އުޅޭ އުސޫލުންނެވެ. ބޮޑެތި މަގާމުތައް ގިނަވެ ބޮޑެތި މުސާރައާއި އިނާޔަތް ދިނުންވެސް ދިޔައީ ގިނަ ވަމުންނެވެ. ފުރިހަމަ ގޮތުގައި ރައްޔިތުންގެ ސަރުކާރެއް ހިންގަން އިތުރު މީހުން ބޭނުންވާ ކަމުގެ ބަހަނާ ގައެވެ.

 2026 ވަނައަހަރުގައި ދަރަނީގެ ނިސްބަތް ބޮލަކަށް ފަނަރަހާސް ޑޮލަރަށް އަރައިފިކަމަށް ބުނެފައި ވެއެވެ. ގައުމުގެ ދަރަނީގެ ތެރެއިން މިއަދުގެ ސަރުކާރުން 500 މިލިއަން ޑޮލަރ އަދާކޮށްފައި ވާކަމަށެވެސް ބުނެފައިވެމެވެ. ދައުލަތުގެ ޖުމްލަ ބެލެންސް ޝީޓުން ދަރަނި މަދުވިކަމަށް ފެންނާކަށް ނެތެވެ. މިއަހަރު ދެވަނަ ހާފުގައި އިތުރު 535 ޑޮލަރގެ ދަރަނީ އަދާކުރަން ޖެހޭނެ ކަމަށްވެއެވެ. މިއަދުގެ ސަރުކާރުން އެދަރަނިވެސް އަދާ ކުރައްވާނެކަމުގައި ބުނެފައިވެއެވެ. ދިވެހި ރުފިޔާ އާއި ޑޮލަރުގެ ވަގުބާޒާރު ހަންމަތަނުވެގެންދާ ދިއުމަކީ ވަރަށްބޮޑު ނުރައްކަލެއް ކަމުގައި ގިނަ އިކޮނޮމިސްޓުން ބުނެއެވެ. އެހެނީ ހުރިހާ ލޯނެއްވެސް ނެގިފައިވަނީ ޑޮލަރުންކަމަށް ވާތީއެވެ.                           

މިއަދުވެސް އަޅުގަނޑުމެންގެ ދިވެހިރާއްޖެއޮތީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑާއި ވޯރލްޑް ބޭންކުން އެންމެ ދަރަނިވެރި ގައުމުތަކުގެ ލިސްޓްގައިކަން ފާހަގަކޮށްލަމެވެ. އަދި ދެކުނު އޭޝިއާގެ އެންމެ ލަދުވެތި ދަރަނިވެރި މަގާމުގައިވެސް މެއެވެ. ދިވެހި ރައްޔިތުންގެ ބޮލުގައި އަޅުވާފައިވާ މި ލަދުވެތި ދަރަނިވެރިކަމުން މިންޖުކުރުވުމާއެކު ތަރައްގީގެ މަޝްރޫއުތައް ރާއްވަވަމުން ގެންދެވުމަށް އިލްތިމާސްކުރަމެވެ. ހުކުރު ޚުތުބާތަކައިވެސް އަބަދުމެ ކިޔަނީ ލޯން ޚަރާމް ވާނެކަމާއި ލޯނު ނެގުމުގެ ނުރައްކަލާއި ބޮޑުފާފައިން ފާފަވެރި ވާނެވާހަކައެވެ. ނަމަވެސް ބަޖެޓްވެސް އަންދާޒާވެސް ކޮށްލެވެނީ މިއަންނަ އަހަރު މިވަރު ދަރަނި ލޯނުން ލިބޭނެކަމަށް ބަލައިގެނެވެ.          ގަބޫލުކުރާ ރަނގަޅުގޮތާއި ދައްކާވާހަކަޔާއި ޢަމަލެއް ދިމެއެއް ނުވެއެވެ.                                

Loading

Leave a Reply

ފަހުގެ އަޕްޑޭޓް