ރައީސް ޓްރަމްޕް އެވަޑައިގަންނަވަނީ އީރާނުން ޖަހާފައިވާ ދަންތޫރައަކާ ދިމާލަށްތަ !

Loading

Facebook
Twitter
WhatsApp

ރައީސް ޓްރަމްޕް މިހާރު އެ ވަޑައިގަންނަވަނީ އީރާނުން ޖަހާފައިވާ ދަންތޫރައަކާ ދިމާލަށް ކަމުގައި އިނގިރޭސި ވިލާތުގެ މަޝްހޫރު ނިއުސް އޭޖެންޓްގެ ޕޮޑްކާސްޓް ގެ ޕްރޮގްރާމެއްގައި ބުނެފިއެވެ. ނިއުސް އޭޖެންޓަކީ އާންމުގޮތެއްގައި އެސޯޝިއޭޓެޑްޕްރެސް އާއި ރޮއިޓާރސްއެކޭ އެއްފަދައިން ބައިނަލް އަގްވާމީ މީޑިއާގައި އިސްދައުރެއް އަދާކުރާ ޕްލެޓްފޯމެކެވެ.


ނިއުސް އޭޖެންޓްގެ ޕޮޑްކާސްޓްގައި ބުނެފައިވާގޮތުން ރައީސް ޓްރަމްޕްއަށް އޮތީ 2 އިޚްތިޔާރެކެވެ. ފުރތަމަ އިޚްތިޔާރަކީ ހޮރްމުޒް ކަނޑުއޮޅި އީރާނުން ބޭނުންވާގޮތަކަށް ދޫކޮށްލުމަށްފަހު އަމާންދިނުމެވެ. ދެވަނަ އިޚްތިޔާރަކީ އެމެރިކާގެ އެތައްހާސް ސިފައިން އީރާނަށް އެއްގަމުންމަގުންއަރާ ހަމަލާދިނުމެވެ. މިކަމުގައި ނުރައްކާތެރިކަން ބޮޑުކަން ރައީސް ޓްރަމްޕްއަށް ވިސްނިވަޑައިގަންނަވާތީ އެގޮތް ބޭނުންފުޅެއް ނުވެއެވެ.
އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައިގާ އެމެރިކާއިން ހޯދަމުންގެންދާ ކުރިއެރުންތަކާއި ކުރިއަށްއޮތް ރޭވުންތަކާބެހޭގޮތުން ކުރީގެ ރައީސުންނާއެކު މަޝްވަރާކުރެއްވި ވާހަކައާއި އަދި އެބޭފުޅުންގެ ރިޔާސަތުގައި މިހާރު ރައީސް ޓްރަމްޕް ތިޔަ ކުރައްވާ ކަންތައް ކުރެއްވެވުނު ނަމައޭ ހިތަށް އަރާ ވަޑައިގަންނަވާކަމަށް ވިދާޅުވިކަން ދާދިފަހުން ބޭއްވި ޕްރެސްކޮންފަރެންސެއްގައި ރައީސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. ރައީސް ޓްރަމްޕްގެ ކުރިން ހުންނެވި 46 ވަނަ ރައީސް ޖޯ ބައިޑަންއަށް ރައީސް ޓްރަމްޕް އެވިދާޅުވާ ވާހަކފުޅު އެއްވެސް ވަރަކަށް އެނގިވަޑައިނުގަންނަވާކަމަށް ވިދާޅުވިއެވެ. އެމެރިކާގެ 45 ވަނަ ރައީސަކީ ޑޮނާލްޑް ޓްރަމްޕް އެވެ. އެމަނިކުފާނުގެ ކުރިން ހުންނެވި އެމެރިކާގެ 44 ވަނަ ރައީސް ބަރަކް އޮބާމާއާއި އެއްވެސް ވާހަކައެއް ދައްކަވާފައި ނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެކުރިން ހުންނެވި 43 ވަނަ ރައީސް ޖޯރޖް ޑަބްލިޔޫ ބުޝް ވިދާޅުވެފައިވަނީ އެއްވެސް ކަމެއް އެނގިވަޑައިގެންފައި ނުވާކަމަށެވެ. ދެން އޭގެކުރިން ހުންނެވި ރައީސް ބިލް ކްލިންޓަންވެސް ވިދާޅުވެފައިވަނީ އެމަނިކުފާނާއެކު އެއްވެސް ވާހަކައެއް ދެކެވިފައި ނުވާކަމަށެވެ.
ނިއުސް އޭޖެންޓުގެ ފަރާތުން ބައިވެރިވި 3 ޕޮޑްކާސްޓަރުން އެހިސާބުން ރައީސް ޓްރަމްޕް މަޝްވަރާ ކުރެއްވިކަމަށްވާނީ ރައީސް އަބްރަހަމް ލިންކަން އާއި އެކުގައި ކަމަށް ބުނެ މަލާމާތް ކޮށް ފައިވެއެވެ. އަދި އެމަނިކުފާނު އަބަދުވެސް އުޅުއްވާތަން ފެންނަނީ ޚިޔާލީ ދުނިޔެއެއްގައިކަމަށް ބުނެފައިވެސް ވެއެވެ.
މިހާރު ހިނގަމުންދާ ހަނގުރާމައިގާ އެމެރިކާއިން އީރާނަށް ބޮޑެތި ގެއްލުންތަކެއްވަނީ ދީފައެވެ. އެހެންނަމަވެސް ވަކިހިސާބަކަށް ދިއުމުން އީރާނުން މުޅި ދުނިޔޭގެ އިގްތިސާދު އިނދަޖައްސާލުމަކީ ނުކުރެވޭނެ އަދި ނުކުރާނެކަމަކަށް ބަލައިގެން ނުވާނެއެވެ.
ނައިޖީރިއާގެ ސިޔާސީ ބޭފުޅެއްކަމުގައިވާ ގާނޫނީ ވަކީލު ކެލެޗީ އިގްވޭގެ ރައުޔުގައި އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައިގާ އެމެރިކާގެ ޚަބަރުތަކަށް ބަލާއިރު އީރާނުގެ މިލިޓްރީގައި މިހާރު ބޮލެއް ކަނދުރާއެއް އަތެއް ފަޔެއް ނެތެވެ. މި ހަނގުރާމައިގާ އެމެރިކާއަކީ ދޮގު މައުލޫމާތު ފެތުރުމުގައި އެންމެ ކުރީސަފުން ފެންނަ ގައުމޭ ބުނެވިދާނެއެވެ. އެމެރިކާގެ ބަޔާންތަކަށް ބަލާއިރު މި ދެކެވެނީ 2 ހަނގުރާމައެއްގެ ވާހަކަ ބާވައޭވެސް ހިތަށް އަރައެވެ. އެއީ އަސްލު ހިނގަމުންދާ ހަނގުރާމައަކާއި ދޮގު މައުލޫމާތުގެ މައްޗަށް ބިނާކޮށް މީސްތަކުންނަށް އަންގައިދޭން މަސައްކަތްކުރާ ހަނގުރާމައެކެވެ.
އެމެރިކާއިން ނެރެމުންދާ ބަޔާންތަކާއި ހަގުރާމައިގެ މައިދާނުން ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރު އެ ދެމެދުން ނިއުކްލިއަރ އެއާރކްރާފްޓް ކެރިއަރ ގުރޫޕެއް ދަތުރުކުރާނެ ޖާގަ ހުސްކޮށް އޮތީތީ ފެންނާނެއެވެ.
ކުރިން ބުނެވުނު 2 ހަނގުރާމައިގެ ތެރެއިން ފުރަތަމަ ހަނގުރާމައަކީ އީރާނުގެ މިލިޓްރީ އެއްކޮށް ނައްތާލެވިއްޖެކަމަށް އެމެރިކާއިން ބަޔާންކުރާ ހަނގުރާމައެވެ. އެއީ ރައީސް ޓްރަމްޕް އަދި ނައިބު ރައީސްގެ ބަސްފުޅުގެ ސީދާ ތަރުޖަމާއެވެ. އީރާނުގެ މިލިޓްރީގައި މިސައިލެއް ޑްރޯނެއް ނޭވީއެއް އަދި ބޭނުންކުރާނެ އެއްވެސް ހަތިޔާރެއް ނެތުމުގެ ސަބަބުން ހަނގުރާމަ ހުއްޓާލަދޭތޯ އީރާނުން އާދޭސްކުރަމުންގެންދާކަމަށް އެ ދެބޭފުޅުން ވިދާޅުވަމުން ގެންދާ ވާހަކައެވެ. ދުނިޔޭގެ ބާޒާރުގައި ފުދޭވަރަށް ތެލާއި ހަކަތަ ލިބެންހުރި ވާހަކައެވެ.
ދެވަނަ ހަނގުރާމައަށްބަލާލާއިރު ފެންނަމުންދަނީ ހަތިޔާރެއް މިސައިލެއް ޑްރޯނެއް އަދި ނޭވީއެއްވެސް ނެތި ބަލިކަށިވެ ހަދާނެގޮތެއް ނެތިފައިވާކަމަށް އެމެރިކާއިން ބަޔާންކުރާ އީރާނުން، ގަލްފުގެ ފަސް ގައުމެއްގައި ގާއިމްކޮށްފާހުރި އެމެރިކާގެ މިލިޓްރީ ވަސީލަތްތަކަށް އެއްފަހަރާ ހަމަލާދީ ބިމާ ހަމަކޮށްލި މަންޒަރެވެ. އަދި ހަމައެއާއެކު ބައިނަލް އަގްވާމީ ދަތުރުތަކަށް ހޮރްމުޒް ކަނޑުއޮޅި އެމެރިކާގެ ބާރުގަދަ ނޭވީންގެ ކުރިމަތީގައި އަނެއްކާވެސް ބަންދުކޮށްލައި ދެބޯޓަކަށް ހަމަލާދީ އެތަނުން އެއްބޯޓު ފައްތާލި މަންޒަރެވެ. އޭގެ ބަދަލުގައި އެމެރިކާއިން 140 ހަމަލާ އީރާނަށް ދިނުމުން ހަނގުރާމަ ހުއްޓާލުން އެދި އާދޭސްކުރަމުން ގެންދާ އީރާނުން ގަލްފުގައި ހުރި އެމެރިކާގެ މިލިޓްރީ ވަސީލަތްތަކަށް ދެމުންގެންދާހަމަލާތަކަށް ހަފުތާއެއް ވެގެންދާއިރުވެސް އެ ހަމަލާތައް ހުއްޓުވޭނެގޮތެއް އެމެރިކާއަކަށް ނުފެނުނެވެ. ގަތަރާއި އެމިރެޓްސް ކުވޭތާއި އަދި ބަހްރައިނުން ހަނގުރާމައިގެ ނުރައްކާތެރިކަން އަންގައިދޭ އިންޒާރުގެ ބަރުގޮނުތަކުގެ އަޑު ކަނޑައިގެން ނުދެއެވެ. މިއީ އެއްވެސް ހަކަތައެއް ނެތް މިލިޓްރީއަކުން ދެމުންގެންދާ ހަމަލާތަކުގެ އަންޖާމް ފެންނަމުންދާގޮތެވެ. ހަތްގައުމަކުން ގުޅިގެން އެ ހަމަލާތަކުގެ ނުރައްކާ ބަޔާންކުރުމަކީ ހަތިޔާރެއް އާރމީއެއް އަދި ނޭވީއެއް ނެތް ގައުމަކާ ދޭތެރޭ ބިރުހީވާންވީ މިންވަރެއް ނޫނެވެ. ދުނިޔޭގެ ބާޒާރުގައި ފުދޭވަރަށް ތެލާއި ހަކަތަ ލިބެން ހުރި ކަމަށް އެމެރިކާއިން ބުނަމުންގެންދާއިރު އެނަލިސްޓުންގެ ހޯދުންތަކުން މިދިޔަ ހަތްދުވަހުގެ ތެރޭގައި ދުނިޔޭގެ ބާޒާރަށް އެއް ބިލއަން ފީފާގެ ތެޔޮ ވަނީ ނުލިބިފައެވެ. ދުނިޔޭގެ ބާޒާރުގައި ތެޔޮ ނުލިބުމުގެ ބިރުވެރިކަން ވަނީ އުފެދިފައެވެ. މިއީ އެއްވެސް އާރެއް ބާރެއްނެތް ކަމަށް އެމެރިކާއިން ބުނާ އީރާނުން ދުނިޔޭގެ ހަކަތަ ކޮންޓްރޯލް ކުރަމުން ގެންދާ މިންވަރު އަންގައިދިނުމެކެވެ.
އެއްވެސް މީހަކު ހަދަނީ ދޮގުކަން ސާބިތުކޮށްދޭން މަސައްކަތް ކުރުމަކީ އަހަރެންގެ އަމާޒެއް ނޫނެވެ. އެމެރިކާއިން އީރާނުގައި މިލިޓްރީއެއް ހަތިޔާރެއް ގާބިލުކަމެއް ނެތްކަމަށް ބަޔާންކޮށް ޕޯޑިއަމްތަކުގައި ދައްކާވާހަކައާއި ހަގީގަތް ދިމާނުވާކަމަށް އެމެރިކާގެ އިންޓެލިޖެންސުން އެއްބަސްވެއެވެ. އަދި އެއީ ފެންނަން އޮތް ހަގީގަތެއްވެސް މެއެވެ.
ވިއެޓްނާމް ހަނގުރާމައިގާވެސް އަހަރެމެންވަނީ ހަމަ މިކަންތައް ތަޖްރިބާކޮށްފައެވެ. ހަވީރު 5 ޖަހާއިރު ނޫސްވެރިންނަށް މައުލޫމާތު ދިނުމުގައި ހަނގުރާމައިގެ ކާމިޔާބީ އިއުލާންކުރަމުންދިޔައިރު މަރުވެފައިވާ އެމެރިކާ ސިފައިންގެ ހަށިގަނޑުތަކުގެ އަދަދު ބުނަނީ އެހެން ވާހަކައެކެވެ. އިރާގު ތަޅާ ސުންނާފަތި ކޮށްލީ އެގައުމުގައިނެތް ފަނާކުރަނިވި ހަތިޔާރު ހުރިކަމަށް ބުނެފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް