ފުވައްމުލައް ސިޓީގައި މޫދަށް އެރި އުޅެނިކޮށް ގެއްލިގެން ހޯދަމުން ދިޔަ އުމުރުން 17 އަހަރުގެ ފުވައްމުލަކު ޔޫރޯގެ، އަޙްމަދު ފައުޒާން ޙަސަން މޫދު އަޑީގައި އޮއްވާ ފެނިފައިވަނީ 17:50ކަން ހާއިރެވެ.
ފައުޒާން ގެއްލިގެން ރިޕޯޓްކޮށްފައި ވަނީ މިއަދު ހަވީރު 16:47 ހާއިރު އެވެ. އިތުރު ކުދިންތަކަކާއެކު މޫދަށް އެރި އުޅެނިކޮށް މި ކުއްޖާ ގެއްލުނީ ފުވައްމުލަކު ސިޓީގެ ”މާނޭރާ“ ސަރަހައްދަށެވެ.
މިޒުވާނާ ނިޔާވެފައިވަނީ ފުވައްމުލަށް ސިޓީ ހޮސްޕިޓަލުގައި އަވަސް ފަރުވާ ދެމުންދަނި ކޮށެވެ.
މޫދުއަޑިން ފެނުނު މިކުއްޖާއަށް ހޮސްޕިޓަލުގައި ފަރުވާ ދެވެމުން ދަނިކޮށް މަރުވެފައިވާއިރު، މިހާދިސާއާއި ގުޅިގެން ފުވައްމުލަށް ސިޓީ ހޮސްޕިޓަލުން ރަސްމީކޮށް އަދި އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.