ޤާނޫނާ ޚިލާފުވެފައިވާތީ ޕީއެންއެފް އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ!

Loading

Facebook
Twitter
WhatsApp

ޤާނޫނާ ޚިލާފުވެފައިވާތީ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.


އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޕީއެންއެފަށް ފޮނުވި ސިޓީގައި ބުނީ ސިޔާސީ ޕާޓީގެ ޤާނޫނުން ޕާޓީތަކުގެ ސިޔާސީ ހަރަކާތްތައް ހިންގުމުގެ މަގުފަހިކޮށްދީފައިވަނީ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ކަމަށެވެ.
އެގޮތުން ސިޔާސީ ޕާޓީގެ ޤާނޫނުގައި މަގުތަކާއި އާންމު މައިދާންތަކުގައި ސިޔާސީ ޕާޓީގެ އާންމު ބައްދަލުވުންތަކާއި ހަރަކާތްތައް ނުބޭއްވުމަށާއި އެފަދަ ބައްދަލުވެއް ބާއްވާނަމަ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް ބަޔާންކޮށްފައިވާ ކަމަށް އީސީން ބުނެފައި ވެއެވެ.
އަދި އެކަން ހުއްޓުވުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވުމުގެ އިތުރުން އެ ޕާޓީއާ ބައްދަލު ކުރުމަށް އީސީން އެދިފައިވާ ނަމަވެސް އެ ޕާޓީން އެކަމަށް ދެކޮޅު ހަދާފައިވާ ކަމަށް އެ ސިޓީގައި ބުނެފައި ވެއެވެ.
އެހެންވެ، ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން އެ ޕާޓީ އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް އީސީން ބުނެފައި ވެއެވެ.
ހަމައެހެންމެ ޕީއެންއެފް އާއި އެ ޕާޓީއަށް ނިސްބަތްވާ މީހުން ސިޔާސީ ޕާޓީގެ ގާނޫނާ ހިލާފަށް އަމަލުނުކުރާނަމަ، އެ އަމަލެއް ހިންގާ މީހަކަށް ވެސް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އީސީގެ ސިޓީގަައި ވަނީ ބުނެފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް